“ޒޯޔާއޭ؟ ކާކު ބުނީ ޒޯޔާ ދެކެ އޭ އަހަރެން ލޯބިވަނީ؟” މިފަހަރު ވާނުވާގައި އިނީ މާނިއު އެވެ. “ޒޯޔާ ނޫނިއްޔާ ދެން ކާާކު؟” މިޒްނާ ކެއްމަދުވެފައި އެއްސެވެ. “އިޓްސް…” މާނިއު ބޭނުންވީ މިޒްނާ ތަޅުވާލަންށެވެ. “އިޓްސް ހޫ؟” މިޒްނާއަށް އެހެން އެހުނީ ތަންކޮޅެއް ބާރަށް ކަމުން އެތާ ތިބި ކުދިންތަކެއް ބަލަން ފެށިއެވެ. މިޒްނާ ލަދުން މޫނު އަތުތެރޭ ފޮރުވާލިއެވެ. މާނިއުއަށް އެތަން ފެނި ކުޑަކޮށް ހިނި އަންނަ ގޮތްވިއެވެ.”އިޓްސް ޔޫ ބޭބީ. އިޓްސް ޔޫ ހޫ އައި ލަވް. އައި ލަވް ޔޫ ސްވީޓްހާޓް.”މާނިއު ބުނެލިއެވެ. މިޒްނާ ހުރީ ޝޮކެއްގެ މަތީ ކަންނޭގެއެވެ. މޫނުގައި އަތްއެޅާލެވުން ގޮތައް ނަގަން ނޭނގިފައި ހުރީއެވެ.މާނިއުނެންގެ އިތުރުން އެތާ އަދި ދެމީހަކު ހުރިކަން މާނިއުމެނަކަށް ރޭކާވެސް ނުލައެވެ. އެ ދެމީހަކު ބާރު ހިނގުމެއްގައި ގޮސް ލޮލު ކޮޅަށް އޮބާލީ ކޮންމެސް ވާހަކައެއް ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ. **************************** “އައި ލަވް ޔޫ ޓޫ މާނީ” އެންމެ ފަހުން މިޒްނާ ބުނެލިއެވެ. “ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ” މާނިއު ޖެއްސުމަކަށް ބުނެލިއެވެ. މިޒްނާ ލަދުން ވިރިގެން އަނެއް އަތަށް އަޅަން ފެށުމުން އަނެއްކާ މޫނު ފޮރުވާލީއެވެ. މިޒްނާގެ ނަސީބު ރަނގަޅު ވީ ކަމަށް ވެސް ވެދާނެއެވެ. އެތަނަށް އެވަގުތު ޒޯޔާ އާއި މާއިޝް އައިސް ވަނެވެ. މިޒްނާމެން ތިބި ގޮތް ފެނިފައި އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. މާއިޝް ކަރު ކެހެލި އަޑަށް މާނިއު ސިއްސައިން ގޮސް މިޒްނާއާ ދުރަށް ޖެހިލެވުނެވެ. މިޒްނާވެސް މޫނުމަތިން އަތް ނަގާ ބަލާލިއެވެ. “މި އަނެއްކާ ކޮން ކަމެއް.” ލާނެއް ހިނިތުންވުމެއް ދީފައި މާއިޝް ބުންޏެވެ. “އެއްވެސް ކަމެއް ނުނޭ މީ. އިޓްސް ޖަސްޓް އައި ޓޯލް ހާ ވަޓް އައި ފެލްޓް އެބައުޓް ހާ.” މިޒްނާގެ މޫނު މައްޗަށް ޖަނބުކުލަ އަރައިން ދިޔައެވެ. މާއިޝް އާއި ޒޯޔާ އަށް އަނެއްކާވެސް ބަލާލެވުނީ ކަންބޮޑުވެ ހުރެއެވެ. “އޯކޭ އިނގޭ. ޔޫ ޓޭކް ޔޮއަ ޓައިމް ލަވް ބާޑްސް.” ހަނާ އަޅާލަމުން އެންމެ ފަހުން ޒޯޔާ ބުނެލިއެވެ. އެއާ އެކު މާއިޝްގެ އަތުގައި ހިފައިން ގޮސް ކޮލެޖުން ބޭރަށް ދިޔައެވެ. “ވީ ނީޑް އަ ޕްލޭން ޓު ސެޕަރޭޓް ދެމް. އައި ވޯންޓް މާނިއު.” ރުޅިވެރި ކަމާ އެކު ޒޯޔާ އަތް މުއްކަވާލިއެވެ. “ބަޓް ހައު؟” މާއިޝް އެހިއެވެ. “ވަޓް އަބައުޓް ކްރިއޭޓިންގް އަ މިސް އަންޑަރ ސްޓޭންޑިންގް.؟” ޒޯޔާ ހިޔާލެއް ދިނެވެ. “ދެޓްސް އަ ބޭޑް އައިޑިއަރ ޒޯއީ” މާއިޝް ބުނެލީ ކުޑަކޮށް ވިސްނާލުމަށްފަހުގައެވެ. “ޑޫ ޔޫ ވޯންޓް މިޒޫ؟” ޒޯޔާ ކުއްލިއަކަށް އެ ސުވާލު އެއްސެވެ. މާއިޝް ހައިރާން ވެފައި ހުރީ ޒޯޔާ އަށް އެކަން އިނގޭ އިރުވެސް އެހީމައެވެ. “ޔެއަރ؟ ވައި؟” މާއިޝް އަށް ބޭ އިހްތިޔާރުގައި ބުނެލެވުނެވެ. “އެހެން ވިއްޔާ މަ މި ބުނި ގޮތް އެންމެ ރަނގަޅީ.”ޒޯޔާ އަވަހަށް ބުނެލިއެވެ. ” އޯކޭ ފައިން. ތި ޕްލޭން އަށް މަ އެއްބަސް.” މާއިޝް ބުނެލީ ދެން އިތުރު އެއްޗެއް ބުނަން ނެތުމުންނެވެ. ޒޯޔާ ވިހަ ހިނިތުންވުމެއް ވެރި ކުރުވީ އޭނާ މޮޅުވިކަން އިނގުމުންނެވެ. އަނެއްކާވެސް ކޮލެޖަށް ވަނީ ބުނެފައި އޮތް ގަޑި ހަމަވުމުން މިޒްނާމެން ކައިރިއަށް ދާށެވެ. އެއްވެސް ކަމެއް ޝައްކު ނުވާނޭހެން މާއިޝްއަށް ޒޯޔާ އެއްލޯ މަރައިލިއެވެ. މާއިޝްވެސް ހިނިތުންވުމެއް ރައްދު ކޮއްލީ މިޒްނާ އޭނާ އަށް ލިބޭނެ ކަމަށް ބުނީމާައެވެ. މާނިއު މިޒްނާ ގެއަށް ލާފަ އައި އިރަކު ރީހާން ފެންނާކަށް ނެތެވެ. ރީހާބްގެ ކޮޓަރި ބަލާލި އިރުވެސް އޭނާ އެއް ފެންނަން ނެތެވެ. ކޮޓަރިން ނުކުންނަން އުޅެނިކޮށް މާނިއުގެ ލޮލުގައި އަޅައިގަތީ އޭ 5 ސައިޒުގެ ކުޑަ ގަނޑު ކޮޅެކެވެ. “މަ މިދަނީ ދެން އަމިއްލަ ރަށަށް. މަށަށް ވަރަށް ބައިވަރު ކަންތައް ގޯސްކޮށްވެސް ކުރެވިފަ އެބަ އޮތް. އެކަން ކަމަށް މަ މާނިއު އާއި މިޒޫ ކައިރިން މައާފަށް އެދެން. މިޒޫގެ މައިންބަފައިން ކައިރިޔަށް މަ ނުދިޔައީވެސް ކުރެވިފަ ހުރި ކަން ކަމުން ލަދުގަނެ ދެރަވީމަ. އަހަރެންގެ ފަރާތުން މާއާފަށް އެދިލާތި އެމީހުން ކައިރިން. ވަރަށް ބޮޑަށް ސަލާމް. އަދި ދިމާވާނެ ކަމަށް އުއްމީދު ކުރަން. ރީހާން” ޒޯޔާ ގެއަށް ވަދެ ފުރަތަމަވެސް ނެގީ އޭނަގެ ފޯނެވެ. ނަގާ އޭނަގެ ވަރަށް ގާތް ރަހުމަތްތެރިޔަކަށް ގުޅާލިއެވެ. “ހެއި ޒޯ. ހާދަ ދުވަހެއް ކޮށްލާފަ” އެކޮޅުން އެއަންހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ . “ޔެސް. ކަމަކު މިގުޅީ” ޒޯޔާ ސީދާ މައުލޫއަށް ދިޔައެވެ. “ކޮންކަމެއް؟ ޒޯ ބުނާ ކޮންމެ ކަމެއްވެސް އަހަރެން ކުރަމެންނުން” އެއަންހެން ކުއްޖާ ވިޔަ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިކުރުވިއެވެ. ޒޯޔާ އެ އަންހެން ކުއްޖާ ކުރަންވީ ކަންތައް އަކުރުން އަކުރަށް ސާފުކޮށް ކިޔައިދިނެވެ. ދެކޮޅު ހެދުމެއް ނެތި އެކަން ކުރާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ. ޒޯޔާ ހިންހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލީ އޭނާއަށް މާނިއު ލިބޭނެ ކަމުގެ ހުޅުކޮޅު ރޯވުމުންނެވެ. ޒޯޔާ ފެންވަރާލަން ވަނީ މާއިޝް ގާތު ދިމާވެލަން ވާނޭ ބުނެއެވެ. މިޒްނާ ބަދިގެ ތެރޭގައި އޭނާގެ މަންމަ އާއި އެކު ހަވީރުގެ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނެވެ. އެހެން ހުރެފާ މިޒްނާ އޭނާގެ މަންމަ އަށް ގޮވާލިއެވެ. “ކީކޭ ދަރިފުޅާ!” ކުރަން ހުރި ޖަންތައް ކުރަމުން ރާމިޒާ މިޒްނާ ކުރެން އެހިއެވެ. ” މަންމާ އަހަރެންނާއި…” މިޒްނާ ގެ ވާހަކަ މެދުކަނޑާލަނީ ޖެހުނީ މިޒްނާ ގެ ބައްޕަ އައިސް ވަނުމުންނެވެ. “އަނހަ ހުސެއިން. ހިނގާ ދޯ ސައިބޯން” ރާމިޒާ އަށް ހުސެއިން ފެނުމުން އަވަހަށް ބުނެލިއެވެ. ބޯ ޖަހާލާފައި ހުސެއިން ސައިބޯން އިށީނެވެ. ސިއްރު ސިއްރުން ރާމިޒާގެ ކަންފަތް ދޮށުގައި އޭނާގެ ބައްޕަ ނެތް ވަގުތަކު ބުނާނަން ކަމުގައި ބުންޔެވެ. ރާމިޒާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މިޒްނާ ވެސް ސައި ބޯން އޭނާގެ މަންމައާއި ބައްޕަ ކައިރީ ގޮނޑީގައި އިށީނެވެ. ހަވީރު ހަތަރެއް ޖެހި އިރު ޒޯޔާ އާއި މާއިޝް ތިބީ ޒޯޔާގެ ގޭގައެވެ. “މާއިޝް ޔޫ ނޯ އެވްރިތިންގް ވިލް ގޯ އެކޯޑިންގ ޓު އަވާ ޕްލޭން” މާއިޝް ގާތަށް އައީ ނުލަފާ ހިންޔެކެވެ. ޒޯޔާ ފޯނަށް ބަލާލީ އޭނާގެ ފޯނު ރިންގް ބީ އަޑަށެވެ. “ހަލޯ! އައީތަ؟ އޯކޭ ނިކުންނަނީ މި” ޒޯޔާ އެއްމިޔަކަނުން ހީލިއެވެ. މާއިޝްއަށް ވާނުވާ އެނގުމުން އަނެއްކާވެސް ހެވުނެވެ. މާއިޝް ބޭނުންވަނީ މިޒްނާ އޭނާގެ މީހަކަށް ހަދާށެވެ. “ހާއި ބިޗް” ޒޯޔާ އެ އަންހެން ކުއްޖާގެ ގައިގާ ބައްދާލިއެވެ. އަދި ގޮވައިގެން އެތެރެއަށް ވަނެވެ. މާއިޝްގެ ލޮލުގައި އަޅައިގަތީ އެ އަންހެން ކުއްޖާގެ ރާޅު ބާނީ އިސްތަށިގަނޑެވެ. އަޅި ލެންސް އެއް ލައްވާފައި އޭނާގެ ބޮޑު ތުންފަތުގައި ވަނީ ރަތްކުލައިގެ ލިޕް ގްލޯޒް ޖައްސާފައެވެ. ލިބިފައި ވަނީ ހިތި ފަތު ބުމަ އަކާއި ދިގު އެސްފިޔަތަކެކެވެ. ހަމުގެ ކުލަ އައްޔެވެ. ބަލާ ބެލުމަށް ޖަހަނީ އަށާރަ ނަވާރަ އަހަރުގެ ކުއްޖަކާއި އެެވެ. މާނިއު އެނދުމަތީގައި އޮށޯތީ ވެފައި ހުރި ފޫއްސެއްގެ ބޮޑުކަމުންނެވެ. މާއިޝް ވެސް ކަމަކު ދާން.ޖެހިއްޖޭ ކިޔާފައި ދިޔަ ފަހުން ގަޑި އިރެއް ވެއްޖެއެވެ. ލެޕްޓޮޕް ހުޅުވާލީ ސީރީޒްއެއް ބަލަންށެވެ. ޓީން ވުލްފް (teen wolf) ގެ ފަނަރަ ވަނަ ބައި އަޅުވާލާ އެނދުގެ ފަޑީގައި ލައްގަނެ ހެޑްސެޓް އަޅާލިއެވެ. އަޑު ގަދަ ކުރާ އިން މާނިއުއަށް ގޮވިޔަސް އަޑު ނީވޭނެކަން ޔަގީނެވެ. އެއަށް ވުރެން މާނިއު އިނީ ސީރީޒްއަށް ވަދެ ހުސްވެފައެވެ. ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން މާނިއު ދިޔައީ ސިއްސައިގެންނެވެ. އޭރު ނުދަންނަ ނަންބަރަކުން މީހަކު ގުޅަނީއެވެ. ފޯނު އެއްއަރި މަތީގައި ބާއްވާފައި އަނެއްކާ ވެސް ލެޕްޓޮޕް އަށް ނަޒަރު ހުއްޓާލިއެވެ. “ފޯނެއް ނުނަގާ” އެއަންހެންކުއްޖާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. “ހޭ މިސް ބިއުޓީ އިންޓްރޯ ވެބަލަ” މާއިޝް އެ އަންހެން ކުއްޖާއާއި ދިމާއަށް ލޯ އަޅާލިއެވެ. “މިސް ބިއުޓީ އެއް ނޫން. މަށަށް ކިޔަނީ އަނާ. ރައްޓެހި ކުދިން ކިޔަނީ ނާނާ، އާން، އާނޫ” މާއިޝްއަާް ހެވުނީ އަނާގެ ވަނަންތައް ކިޔައިދޭން ފެށީމައެވެ. “ވައި އާޔޫ ލާފިން ރެބިޓް” އަނާ ދެލޯ ހަނިކޮށްލިއެވެ. “އޭތް ދެމީހުންގެ ސަކަރާތް ފަށާފަ ކުރަން އައި ކަންތައް މަތިން ހަނދާން ނައްތާލާ ބައެއްނޫން އިނގޭ” ޒޯޔާ މޫނު ކުނިކޮށްލިއެވެ. މިޒްނާ ކޮޓަރިއަށް ވަދެ ޑައިރީ ހުޅުވާލިއެވެ. ދެން ހަނދާން ވީ ފޯނު މަތިންނެވެ. ޑައިރީ އެނދުމައްޗަށް އެއްލާލާފައި ދުވެފައި ކޮޓަރީގެ އިން ފޮތް ކިޔާ ބަޔަށް ވަނެވެ. އަދި ޗާޖަށް ޖަހާފައި އޮތް ފޯނު ނަގާ ހުޅުވާލިއެވެ. ކަމަކު ދާކަށް ނެތެވެ. ޒޯޔާގެ ތިން މިސްޑްކޯލް އާއި މާނިއު ގެ ފަނަރަ މިސްޑްކޯލް އިނެވެ. ފުރަތަމަ ގުޅާނީ ކާކަށް ބާއޭ ވިސްނަ ވިސްނާ ހުއްޓެވެ. އެހެން ހުއްޓާ ރާމިޒާ ގޮވާލި އަޑު އިވުމުން ފޯނު މޭޒު މަތީގައި ބާއްވާފައި ނުކުތެވެ. އޭރު ރާމިޒާ މިޒްނާ ގެ ޑައިރީ ނަގާ ހުޅުވަނީއެވެ. “މަންމާ!” ރާމިޒާ ސިއްސައިގެން ގޮސް އަތުގައި އޮތް ޑައިރީ ވެއްޓުނެވެ. “މަންމާ! އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބައޮތް” މިޒްނާ ރާމިޒާގެ ކައިރިއަށް ގޮސް އަތުގައި ހިފާލިއެވެ. ރާމިޒާ ހުރީ ދަރިފުޅު ބުނަން އެއުޅެނީ ކޮން ވާހަކައެއް ބާއޭ ވިސްނާށެވެ. ޒޯޔާ އަނާ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. އަދި ދެން ކަންތައް ކުރަންވީ ގޮތުގެ ވާހަކަ ކިޔައިދިނެވެ. ޝައުގު ވެރި ކަމާއި އެކު އަނާ އިނީ އަޑު އަހާށެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމުން އަނާ “ތިކަންތައް ވެދާނެ” ކަމުގައި ބުންޔެވެ. މާނިއު ލެޕްޓޮޕް ސައިޑް ޓޭބަލް މަތީގައި ބޭންދީ މަޢްރިބް ނަމާދު ބަންގި ގޮވާން ކައިރިވެފައި ހުއްޓައެވެ. އޭރު ވެސް އޭނަގެ ފޯނަށް އެ ނުދަންނަ ނަންބަރުން ގުޅަނީއެވެ. އެންމެ ފަހުން ފޯނު ނަގާ ވާހަކަ ދައްކަން ފެށިއެވެ. މާނިއު އެ މީހާއާއި ވާހަކަ ދައްކަން މަޢްރިބް ނަމާދު ނިމިގެން ދިޔައިރުވެސް އޮތެވެ. ބަލާބެލުމަށް މާނިއުއަށް އެ ގުޅީ މާނިއު ދަންނަ މީހެކެވެ. ވާހަކަ ދެއްކި އިރު މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. – ނުނިމޭ –

11

2 Comments

  1. Princess

    June 23, 2021 at 6:10 pm

    V reethi Masha Allah ❣️❣️❣️❣️

  2. Najdha

    June 24, 2021 at 8:21 am

    Thank u princess☺️💞

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!