ކައިލާން އެނދުމައްޗަށް ވެއްޓިގަތެވެ. ސިނކުޑީގައި އެނބުރެނީ ވީރާގެ ހިޔާލުތަކެވެ. އެ ރީތި ބޮޑު ދެލޮލެވެ. ކަޅު ކަން ގަދަ ކަޅިއެއް ލިބިފައި ވީއިރު ލިބިފައި ވަނީ ދިގު ފަން އިސްތަށިގަނޑެކެވެ. އެ ރީތި ބޮޑު ތުންފަތެވެ. ނިއްކުރިމަތިން އިސްތަށިގަނޑު ވަނީ ކޮށާލާފައެވެ. ” ވަޓްދަ ހެކް. ވައި އޭމް އައި ތިންކިން އޮފް ދެޓް މިޑިލް ކްލާސް ގާލް. އާރް” ކައިލާން ބޮލުގައި ހިފާ ބާރުކޮށްލިއެވެ. އީރަމް ބެލަކަންޔަށް ނުކުމެލީ ކޮޓަރި ތެރޭ އޮވެ އޮވެ ފޫހިވެގެންނެވެ. އެހެން ހުއްޓާ އޭނާގެ ފޯނަށް މީހަކު ގުޅިއެވެ. ސޭވް ކޮށްފައި ނެތް ނަންބަރެއް ކަމުން ކާކު ކަމެއް އީރަމް އަށް ނޭނގުނު ނަމަވެސް ފޯނުނެގިއެވެ. އެކޮޅުން އިވުނު އަޑަކުން އެއީ ހަމަ ހަގީގަތް ބާވައޭ އެތަށް ފަހަރަކު ހިތަށް އެރިއެވެ.
* 4 ވަނަ ބައި *
ރޭގަނޑު 9 ޖެހި އިރު ހުރިހާ އަންހެން ކުދިން ކައިގެން ތިބީ ގޭތެރޭގައި ފިލްމެއް އަޅުވައިގެން ބަލާށެވެ. އީރަމް ނޫން އެންމެން ވެސް ވަރަށް ޝައުގުވެރިކަމާއިއެކު ފިލްމް ބަލަން ތިއްބެވެ. އީރަމްގެ ސިކުނޑީގައި ވަނީ އެންމެ ކަމެކެވެ. އިޔާޝް އޭނަގެ ނަންބަރު ހޯދީ ކިހިނެއް ބާއެވެ. އަހާ ކޮންމެ ފަހަރަކު ބުނަނީ ނަންބަރު ހޯދޭނެ އެތަށް ގޮތެއް އޮތްވާހަކައެވެ. އެތަށް އިރަކު އެހެން އިނދެފައި ބޮލަށް ތަދެއް އެރުމުން ހަޅޭލަވައިގަތެވެ. “ކިހިނެއްވީ އީއްކޯ” ޒާރާ ހާސްވިއެވެ. “ކަމެއް ނުވޭ. ދަނީ އިނގޭ ނިދަން ވަރަށް ސްލީޕީ” އީރަމް ހެދީ ރޯ ބުހުތާނު ދޮގެކެވެ. ކޮޓަރިއަށް ވަދެ ޓީޝާޓަކާއި ދޫ ހަރުވާޅެއް ލައިގެން ނުކުމެ އެނދުމައްޗަށް ވެއްޓިގަތެވެ.
ޔޫހަން ޕާސްޕޭޕަރެއް ހަދާ ނިންމާފައި އަތް ދަމާލީ ގޮނޑީގައި އެއްގޮތަކަށް އެތަށް އިރަކު އިނދެއި ދެ ބުރަކައްޓަށް ތަދެއް އަރައިގެންނެވެ. ޔޫމިން ނިދަން ވަނުމުން ޔޫހަން ވެސް ކޮޓަރިއަށް ގޮސް ފުރަތަމަވެސް ވަނީ ފާހަނައަށް ފެންވަރާލަށެވެ. އެތަށް އިރަކު ކިޔަވާ ކޮޓަރީގައި ކިޔަވަން އިނދެ އިނދެ ބޯ ވަނީ އެއްކޮށް ހޫނުވެފައެވެ. ޔޫހަންގެ ބޮލަށް ފެން އެޅުމުން ވީ އަރާމެއްގެ ބޮޑުކަމުން ދެލޯ މަރާލެވުނެވެ. ފެންވަރާ ނިމިގެން ޔޫހަން ނުކުތީ ތުވާލި އަނދެލައިގެންނެވެ. އެ ކަސްރަތީ ހަށިގަނޑު ގައި ފެންތިކި ތައް ހުރުމުން ފިރިހެން ވަންތަކަން އިތުރު ކޮށްދެއެވެ. ޔޫހަން އެގޮތަށް ހުއްޓާ އަންހެން ކުއްޖަކަށް ފެނިއްޖެ ނަމަ އަނބުރައިގަނެގެން ވެއްޓޭނެކަން ޔަގީނެވެ. ކަޅުކަން ގަދަ ކަޅި އާއި ރީތި ތުންފަތެއްގެ ވެރިއެކެވެ. އަލަމާރިން ސޯޓެއް ނަގާ އެލައިގެން ދިޔައީ ޑްރެސިންގް ޓޭބަލް ކައިރިއަށެވެ. ޑްރެސިންގް ޓޭބަލް ކައިރިއަށް ގޮސް އިސްތަށިގަނޑުގައި ހުރި ފެންތަށް އަތުން ބުރުވާލިއެވެ. ނިދާ ބޮކި ޖައްސާފައި ޔޫހަން އޮށޯތީ ނިދާށެވެ. ނިދިއައިސްފާ ހުރުމުން ޔޫހަންއަށް ވަރަށް އަވަހަށް ނިދިއްޖެއެވެ.
އީރަމް އަކީ ވަކިން ނިދާ ކުއްޖެއްކަމުން އެހެން ކުދިން ނިދަން ވަނަސް އީރަމް އަކަށް ނޭނގެއެވެ. ޒާރާ އެއްޗެހި ބަދަލުކޮށްގެން ނުކުތް އިރު ވީރާ އަށް އޮތީ ނިދިފައެވެ. އެނދުމަތީގައި އޮތް ވީރާގެ ރަޖާ ގަނޑު ރީތިކޮށްލާފައި ޒާރާ އެނދުމަތީގައި އޮށޯވެ ފޯނު ނަގާ ފޭސްބުކް ހާވަން ފެށިއެވެ. ޔޫހަން އޭނައަށް ފްރެންޑް ރިކުއެސްޓް ފޮނުވާފައި އިންތަން ފެނުމުން ޒާރާ އަންތަރީސްވިއެވެ. ޒާރާ އަކީ އެރަށަށް އަރާ ހުރި ބީރައްޓެއްސެކެވެ. އޭނަ އަކީ ނުވިތާކަށް އާދައިގެ ދިރި އުޅުމެއް އުޅެމުން އަންނަ ކުއްޖެކެވެ. މަންމަ ބައްޕަ ދުނިޔޭގައެއް ނެތެވެ. ޔޫހަން ކަހަލަ މުއްސަނދި އާއިލާއެއްގެ ކުއްޖަކު ޒާރާއާއި ރަހުމަތްތެރިކަން ބާއްވާނެހެއްޔެވެ. އެހެން އެކި ފިކުރު ކުރަން އޮއްވާ ޒާރާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
ފަތިސް ނަމާދު ކޮށްލައިގެން ޒާރާ އާއި ވީރާ ބަދިގެއަށް ވަނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. އޭރު މަނާލް އާއި ޔޫލީން ގެ އިތުރުން އީރަމް ވެސް ހޭލައިގެން އުޅޭ އަޑު އިވެއެވެ. ފުއް މޮޑެން ފެން ކައްކަން އުދާފައި ޒާރާ ދިޔައީ އީރަމް އާއި ޔޫލީން ފިހާރައަކަށް ފޮނުވަން ށެވެ. ނަމަވެސް އަދި ހައެއް ނުޖަހާތީ ޒާރާ އެދުނީ ގޭ މަގުމަތި ކުނި ޖަހާލާށެވެ. އީރަމްގެ މަންމަ ސާމިޔާ އޮފީސް ދަތުރަކު ވީ މާލެ ގޮސް އެވެ. އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ބުނެ ދިޔަ ގޮތަށް މިއަދާއި ހަމައަށްވެސް ސާމިޔާ އީރަމް އަށް ގުޅާ ނުލައެވެ. އީރަމް ގެ ބައްޕަ ހަސަނު ވަނީ އީރަމް އަށް ތިން އަހަރުގައި ސާމިޔާ ވަރިކޮށް ދެވަނަ ކައިވެންޏެއް ކޮށްގެން ދިރިއުޅުން އިންޑިޔާއަށް ބަދަލުކޮށްފައެވެ.
” ޔޫމިން! ޔޫމިން!” ހެނދުނު ސައި ބޯން ޔޫމިން ނުނުކުމެގެން މިންހާ ހުރީ ދޮރުގައި ޓަކި ދޭށެވެ. “މަންމާ! ވައި ސޯ ނޮއިސީ” ނިދި އަޑަކުން ޔޫހަން ބުނެލި އަޑު މިންހާގެ ކަންފަތު ގައި ޖެހުނެވެ. ޔޫހަން އާއި ދިމާއަށް އެނބުރި ވީ ގޮތް ކިޔައި ދިނެވެ. “މަންމާ! ފުރަތަމަވެސް އަޅުގަނޑަށް ގޮވަން އައި ނަމަ” ޔޫހަން ދެފަރާތަށް ބޯ ހޫރުވާލާފައި ކޮޓަރިއަށް ވަނީ ޔޫމިން ކޮޓަރީގެ ޑަބަލް ކީ ބަލައެވެ. ތަޅަށް ތަޅުދަނޑި ލައްވަން ހުއްޓާ ޔޫމިން ދޮރު ހުޅުވިއެވެ. ޔޫހަން ނޫން ކަމަށް ސޯޓުގެ ޖީބަށް ތަޅުދަނޑި ލައިފައި މޯޅިއަކަށް ދެމިލާކަމަށް އެކްޓް ކޮށްލިއެވެ. މިންހާ ސިޓިންރޫމަށް ގޮސް ވަނީ އޭނަ ގެ ފޯނު ރިންގް ވާ އަޑަށެވެ. “މި ކަލޭ ކަންތަކޭ” ޔޫމިން ގެ ބޮލުގައި ޖަހާ ކޮޓަރިތެރެއަށް ދެމި ގަނެ އެނދުމަތިގައި އޮށޯތެވެ. “މަ ކީއްކުރީތަ ދޮންބޭ” ޔޫމިން ހުރީ ވާނުވާ ނޭނގިފައެވެ. ” މަ ހަމަ ނަމާދުކޮށްގެން އޮށޯވެލީ މި ކޮޓަރީގެ ދޮރުގަ ތަޅާއަޑަށް ނޯވެވިގެން ނުކުންނަން ޖެހުނީ” ޔޫމިން ގާތަށް އައީ ނުލަފާ ހިންޔެކެވެ. ” ތި އެހެންޔާވެސް ނަމާދުކޮށްގެން ސީދާ ޖޮގިނަށް ދާ މީހާ” ޔޫހަން ލޯ ހަނިކޮށްލާގައި އަތް ދަމާ ޔޫމިންގެ ކޮލުގައި ހިފިއެވެ. ” އާން ދެން ކަލެއާ ހެދި އޯވާ ނައިޓް އިންނަ އިރުވެސް މިއަދު މި ޖެހުނީ ޖޮގިނަށް ދާން”
ހަތެއް ޖަހަން ވާއިރަށް އީރަމް އާއި ޔޫލީން ހުރީ ސްކޫލް ގޭޓު ކައިރީގައެވެ. މިއަދު ކޭމްޕް އޮންނާތީ ޒާރާ މެން ސްކޫލަށް ދާން ޖެހެނީ 8:30 އަށެވެ. އީރަމް ގެ ލޮލުގައި އަޅައިގަތީ ގޭޓާއި ދިމާއަށް ހިނގަމުން އައި އިޔާޝް، ޔޫމިން އަދި ނުހާޝް އެވެ. އިޔާޝް ގުޅިކަން ހަނދާން ވުމުން ކޯތާފަތް މައްޗަށް ޖަންބު ކުލަ ވެރިވިއެވެ. އިޔާޝް އަށް އީރަމް އިސް ޖަހާލިކަން އެނގުމުން ހިނިއައެވެ. ” ކައެ ތިޔަ ހެނީ ކީއްވެ؟” ޔޫމިން އަށާއި ނުހާޝް އަށް އެކީ އަހާލެވުނެވެ. ” މަށަށް މީހެއް ދެކެ ލޯބި ވެވިއްޖެ” ހިތާއި ދިމާލު އަތް އަޅާލާފައި އިޔާޝް ބުނެލިއެވެ. “އޭން. ކާކު ދެކެ. އިޔާޝް އެވެސް އަދި ލޯބި” ނުހާޝް އަށް ގަބޫލެއް ނުކުރެވުނެވެ. ޔޫމިން ފެށީ ހޭށެވެ. “ހަހަހަހަ. ނުވެސް ބުނާނަން”
ޒާރާ ސައި ބޮއެގެން ބުރުގައި ދަތް އުނގުޅާ ބުރުސް ދަބަހަށް ލިއެވެ. އޭރު ގަޑިން 8:15 އެވެ. ގަޑިޖެހެން 15 މިނެޓަށް ވުމުން ވީރާ އާއި ދެކުދިން ސްކޫލަށް ދާން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި ވީރާ ދެއްކީ ހުސް ކައިލާންގެ ވާހަކަ އެވެ. ކުލާސް ތެރޭ ޕަބްޖީ ކުޅެން އިން ވާހަކައެވެ. ޒާރާ ވަގު ވަގަށް ވީރާގެ މޫނަށް ބަލާލިއެވެ. ވީރާގެ ރުޅިގަދަ މޫނު ފެނުމުން ޒާރާގެ ގާތަށް އައީ ހިންޔެވެ. “ކޮއްކޮ ހާދަ ރުޅިއެއް އައިސްފަ” ޒާރާ ހިނިގަނޑެއް ޖަހާލިއެވެ. “ވައި ވުންޓް އައި ވީ އެންގްރީ. ޑިއުރިންގ ކްލާސް ޓައިމް ހީ ޕްލެއިޑް ގޭމް. ސިސް އަދިވެސް ހެނީތަ” ވީރާ ތުންކޮޅު އޫކޮށްލިއެވެ. ވީރާ ގެ ލޮލުގައި އަޅައިގަތީ ހެމުން ހެމުން ދިޔަ ކައިލާން އެވެ. ވީރާ މޫނުމައްޗަށް ވައްތަރެއް ޖައްސާލިއެވެ. ޒާރާ ވީރާގެ އަތުގައި ހިފައި ސްކޫލަށް ވަންނަން ދިޔަ ވަގުތު ގޭޓުގެ އަރިއެއްގައި އޮތް ގާ ގަނޑެއްގައި އަޅައިގަނެ ދެމީހުން އެއްކޮށް ވެއްޓެން ދިޔައެވެ. ވީރާ ދެލޯ ތަގުނޑިކޮށް ހަޅޭ ލަވައިގަތެވެ. ޒާރާ އަތް އަމައެކަނި ދެލޯ ބޮޑު ކޮށްލެވުނީއެވެ. ޒާރާ ވީރާ ބަލާލީ އެމީހުންގެ ގައިގާ ހިފެހެއްޓި ފިރިހެން ކުއްޖާގެ މޫނަށެވެ. ވީރާއަށް ދެލޯ ބޮޑު ކޮށްލެވުނީއެވެ. ވީރާގެ ގައިގައި ހިފަހައްޓައިގެން ހުރި ފިރިހެންކުއްޖާ ހުރީ ސީދާ ވީރާގެ ލޮލަށް ބަލާށެވެ. ޒާރާ އަށް ހުރެވުނީ އެ ކުއްޖާގެ މޫނަށް ކަޅިޖަހާެވެސް ނުލާ ބަލާށެވެ. އެ ފިރިހެން ކުއްޖާ ޒާރާ ސީދާ ކޮށް އެތެރެއަށް ވަދެގެން ދިޔައެވެ.
≈ ނުނިމޭ ≈
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


First view, First like, First comment!!
♥️
Hello readers! Mi bai thankolheh kuru vaane kuryge Bai thakah vureh.. Iraadha kurevviyyaa part 5 dhigu kohla dheynan kuriah vureh ?♥️
Stay safe
Love u all ♥️♥️♥️
Really nice Amy. Anywho naju said that u will be continuing her story. I’m so excited 4 this. N also her new story is outstanding. So nice. I guess story writing is a talent you gys have. Right?? Cox ur stories are soooooo nice.
Love this part too
Stay safe.
Lots of love
❤️❤️❤️❤️❤️❤️❤️?
Thank u Rainberry ❤️❤️ yes I’ll be continuing her story after discussing every single point w her.. ?? in Sha Allah miadhu Naju Ge storyge part 7 upload kolla dheynan ❤️❤️
Stay safe
Lots of love ❤️❤️❤️❤️
V reethi vhk eh mee❤️❤️❤️❤️❤️
Thank u princess ?
Hello ❤️❤️
This is my first cmnt to this stry ❤️❤️. Still Hama feshuny sure I kiyan mi vhk ❤️❤️
Masha Allah vrh Sali mi part vxxx❤️❤️
I love this characters they are amazing❤️❤️
And stry 2 . Awesome ingey❤️❤️
Keep it up Amy . ❤️❤️
Waiting for the next part❤️❤️
Lyssmm❤️❤️
Stay safe ❤️❤️and tvgc❤️❤️
Thank u ?YEOJA ? ur one of my favorite author ..
All ur stories I love them Masha Allah
Varah avahah part 5 up kohla dheynan
Love u more n more ♥️✨
Stay safe ? tvgc ♥️
Hello ❤️❤️?
This is my first cmnt to this stry ❤️❤️. Still Hama feshuny sure I kiyan mi vhk ❤️❤️
Masha Allah vrh Sali mi part vxxx❤️❤️
I love this characters they are amazing❤️❤️
And stry 2 . Awesome ingey❤️❤️
Keep it up Amy . ❤️❤️
Waiting for the next part❤️❤️
Lyssmm❤️❤️?
Stay safe ❤️❤️and tvgc❤️❤️
varah vvvvvvvvvvvvvv reethi mibaives
Thank u so much Rishu ♥️