“ދެންވެސް ތި ދިމާނުކޮށް ސައިބޮއެބަލަ އަވަހަށް ދެމީހުން. ވަޒީފާގެ ފުރަތަމަ ދުވަހު ދެމީހުން ގަޑިޖެހުނީމަ ރިއްޗެއް ނުވާނެ. ހެހެހެ…” ޝަހީން އެހެން ބުނެލުމުން ޝިޔާ އާއި ޝަޔާން ވެސް އަވަހަށް ސައިބޮއެގެން މަގުމައްޗަށް ނިކުތެވެ. މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފައި ހުރި ޝަޔާންގެ ސައިކަލު ހިފައިގެން ޝަޔާން އައުމުން ޝިޔާ ސައިކަލަށް އެރިއެވެ. އެއާއެކު ޝަޔާން މިސްރާބުޖެހީ ‘ހެޕީ ބީޓްސް’ ކްލިނިކާ ދިމާއަށެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް އޮފީސް ކަމަށްވާ ‘ގްރީން ވޭވް ‘ އޮފީސް ކުރިމައްޗަށް އެންމެ ފަހުގެ ސައިކަލެއްގައި ދުއްވާފައި އައިސް މަޑުކޮށްލި ކިޔާންއަށް އެންމެންގެ ނަޒަރު އަމާޒުވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ފޮރެސްޓް ގްރީން ކުލައިގެ ގަމީސް ގަޔަށް ހިފާލައިފައި ހުރިއިރު އެފަންފަން އިސްތަށިގަނޑު ޖެހެމުން ދިޔަ ވަޔަށް ވިހުރެމުން ދިޔައެވެ. ކުރީކޮޅު މީހުން ބަލާތީ އެކަމާ ރުޅިއައިސްގެން އުޅުނަސް މިހާރު ކިޔާން ވަނީ އެކަމަށް ހޭނިފައެވެ. އަންހެންކުދިން ކިޔާންއަށް ތުއި ދެއްކެމުން ދިޔައިރު އެކަމާ އަޅާވެސްނުލާ ސައިކަލު ޕާކްކޮށްލުމަށް ފަހު ކިޔާން ބާރު ހިނގުމެއްގައި ގޮސް އޮފީހަށް ވަނެވެ. އަވަހަށް ގޮސް ފިންގަރޕްރިންޓް ޖަހާލުމަށްފަހު ލިފްޓަށް އަރަމުން އޭނާ 13 ވަނަ ފަންގިފިލާއަށް ދިއުމަށް ފިތާލިއެވެ.

ހެޕީ ބީޓްސް ކްލިނިކް ކުރިމައްޗަށް ޝަޔާން ސައިކަލު މަޑުކޮށްލުމުން ޝިޔާ ސައިކަލުން ފޭބިއެވެ. އޭރު ޝިޔާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ހާސްވެގެން އޭރު ޝިޔާއަށް ދެއަތް ދެއަތާ މޮޑެވެމުން ދިޔައެވެ. ޝަޔާން އަށް އެކަން ފާހަގަކުރެވުމުން ޝިޔާއަށް ހިތްވަރު ދޭން ފެށިއެވެ.

” ހޭއި..ޝިއްކޮ… ޑީޕް ބްރެތް.. ތިހާ ނާވަސް ވާކަށް ނުވާނެޔޭ.. ދޮންބެގެވެސް ފަސްޓް ޑޭ އޭ މިއީ.. އަދި ދޮންބެއަކަށް ނޭނގެ ކޮންކަހަލަ މީހެއްގެ ޕީއޭ އަކަށް ކަމެއް މިވެވުނީ.. އެއޮފީހުގެ ސީއީއޯ ގެ އޯ އެ އޮފީހުން ބުނީ..ނަތިންގ އިސް ގޮއިން ޓު ހެޕަން.. ޝިއްކޮ ތީ ނުލާހިކު މޮޅަށް ކިޔަވައިގެން ހުރި ކާޑިއޮލޮޖިސްޓެއް ނުން… އިންޝާ ﷲ… ހުރިހާކަމެއްވެސް ރަނގަޅުވާނެ… ” ޝަޔާން ޝިޔާގެ އަތުގައި ހިފައިގެން ހުރެ ވާހަކަދެއްކުމުން ޝިޔާ ވަރަށް ހިތްހަމަޖެހުނެވެ. ހިތަށް ވެރިވެފައި ހުރި ހާސްކަން ވެސް މަޑުމަޑުން ފިލައިގެން ދާންފެށިއެވެ.

“ތެންކްސް ދޮންބޭ! ޔޫ އާރ ދަ ބެސްޓް ބްރަދަރ އެވަރ.. ގުޑްލަކް..” ޝިޔާ އެހެން ބުނެލަމުން ޝަޔާން އަށް ހަނާ އަޅާލަމުން ގޮސް ކްލިނިކް ތެރެއަށް ވަދެގެން ދިޔައެވެ. އެ ކްލިނިކް ތެރެއަށް ވަދެވުމާއެކު ޝިޔާގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ޝިޔާ ހީކުރި ވަރަށްވުރެ އެތަން މާ ފުރިހަމައެވެ. ލައިލަކް ކުލައިން އެ ކްލިނިކް ގެ ފާރުތައް ފަޅުފިލުވާލާފައިވާއިރު ތަންކޮޅުކޮޅުގައި ހިތުގެ ތަފާތު ބަލިތަކާ ބެހޭގޮތުން މައުލޫމާތު ދީފައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކެއް ހުއްޓެވެ. އަދި އެނޫނަސް ރިތި ކުރެހުންތަކުން ވެސް އެ ފާރު އިތުރަށް ފުރިހަމަ ކޮށްލާފައި ވެއެވެ. ލައިލަކް ކުލައިންނާ ހުދު ކުލައިން ފަރުމާ ކުރެވިފައިވާ ރިސެޕްޝަން ކައުންޓާރ ކައިރީގައި ހުއްޓިލަމުން ޝިޔާ ވާހަކަދައްކަން ފެށިއެވެ.

“ހާއި.. މީ އައިޝަތު ޝިޔާ ޝަހީން.. މި ކްލިނިކަށް އަލަށް ޖޮއިންކުރި ކާޑިއޮލޮޖިސްޓް..” ހިނިތުންވެލަމުން އެހެން ބުނެލުމުން ރިސެޕްޝަން ގައި އިން ކުއްޖާ ޝިޔާ ކައިރީގައި ބުނެލިއެވެ.

” އެހެން ދެއްތޯ؟ އަޅުގަނޑު މީ ތާރާ.. ހިންގަވާ ޑރ ޝިޔާ ގެ ރޫމަށް. ބޮސް ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ޑޮކްޓާރ އަކަށްވެސް ހުންނަން ވާނީ ވަކި ރޫމެއް..” ހިނިތުންވެލަމުން ތާރާ ބުނެލުމުން ޝިޔާ ތާރާގެ ފަހަތުން ހިނގައި ގަތެވެ. އެ ކްލިނިކް ގެ ދެވަނަ ފަންގިފިލާއަށް އަރާފައި އެންމެ ފުރަތަމަ އަށް ހުރި ކޮޓަރީގެ ދޮރުގައި ‘ޑރ.އައިޝަތު ޝިޔާ ޝަހީން، ކާޑިއޮލޮޖިސްޓް’ އެހެން ޖަހާފައި އިނުމުން ޝިޔާ އަށް އެއީ ޝިޔާގެ ބަލިމީހުން ބަލާ ކޮޓަރިކަން އިނގުނެވެ. ތާރާ ގޮސް އެތަނަށް ވަނުމުން ޝިޔާވެސް ގޮސް ވަނެވެ.

ޝިޔާ ހީކުރި ވަރަށް ވުރެ އެތަން މާބޮޑެވެ. އެތަނުގައި ޑޮކްޓަރ މޭޒަކާއި ޑޮކްޓަރ އިށީންނަ ގޮނޑިއަކާއި ބަލިމީހާ އިށީންނަ ގޮނޑިއެއްގެ އިތުރުން އެހީތެރިޔާ އިށީންނާނެ ގޮނޑިއެއް އިނެވެ. ގަދަ ފިޔާތޮށި ކުލައިގެ ފާރުގައި ހުދުކުލައިގެ ކަބަޑުސެޓެއް ހަރުކޮށްފައި ވެއެވެ. އެކަބަޑުގެ މަތި ޒީނަތްތެރި ކުރެވިފައިވަނީ ތަފާތު އެކި ވައްތަރު ވައްތަރުގެ މާ ޓުކުރި ތަކުންނެވެ. އޭގެއިތުރުން ބަލިމީހާ އޮށޯންނާނެ އެނދަކާއި ޑޮކްޓަރަށް ޚާއްސަ ކުރެވިފައިވާ ފާޚާނާ އެއްވެސް އެތާނގައި ވެއެވެ.

“ހޫމް… ތާރާ، އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ މިތަނާ ދޭތެރޭ. އެކަމް އަޅުގަނޑާއި އެހާ މާތްކޮށް ވާހަކަ ނުދައްކައްޗޭ.. ޔޫ ކޭން ޓޯކް ޓު މީ ލައިކް ފްރެންޑްސް..” ޝިޔާ އެހެން ބުނެލުމުން ތާރާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެއަށްފަހު އޭނާގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ޝިޔާއަށް ޝިޔާ ލާންޖެހޭ ޑޮކްޓަރ ކޯޓު ދައްކާލަމުން ތާރާ އެތަނުން ނުކުތެވެ.

ތާރާ ނިކުމެގެން ދިއުމުން ޝިޔާ އޭނާ މިއަދު އެއްވެސް ޕޭޝަންޓެއް ބަލަން ޖެހޭތޯ ޗެކްކޮށްލިއެވެ. އެއަށްފަހު ޑޮކްޓަރ ކޯޓު ޝިޔާގެ ގަޔަށް ހެޔޮވަރުކޮށްލަމުން އެތާނގައި އިން ލޯގަނޑެއް ކުރިމައްޗަށް ހުއްޓިލިއެވެ. އެ ކޯޓުގައި އޭނާ ފެންނަލެއް ނުހަނު ލޯތްބެވެ. އަދި ދަމުން ތާރާ ދީފައި ދިޔަ ނޭމް ޓެގް ކޮޅު ޖަހާލުމުން ޝިޔާ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. މިއަދަށް އެއްވެސް ޕޭޝަންޓެއް ނެތުމުން ޝިޔާ ދިޔައީ އެ ކްލިނިކް ތެރެ ކުޑަކޮށް ބަލައިލާށެވެ.

ޝަޔާން ގޮސް ‘ގްރީން ވޭވް’ އޮފީސް ކައިރީގައި ސައިކަލު މަޑުކޮށްލިއެވެ. އެއަށްފަހު ސައިކަލުން ފައިބައިގެން އޮފީސް ތެރެއަށް ވަންނަން ދިޔައިރު ޝަޔާން ވަނީ އާދަޔާޚިލާފަށް ނުތަނަވަސްވެފައެވެ. ނަމަވެސް އެ ހާސްކަމާ ނުތަނަވަސްކަން އެއް ފަހަރުން ފިލައިގެން ދިޔައީ ޝަޔާން އެއޮފީހަށް ވަދެގެން ދިޔައިރު މުއައްޒަފުން އޭނާއަށް މަރުހަބާ ކިޔަމުން ދިޔުމުންނެވެ. އެ އޮފީހުގެ މެނޭޖަރ، އަދީލް އާއެކު ޝަޔާން މިސްރާބުޖެހީ ސީއިއޯ ގެ ކެބިން އާ ދިމާއަށެވެ.

އަދީލް ގޮސް އެކެބިންގެ ދޮރުގައި ޓަކިޖަހާލުމުން އެތެރެއިން ‘ވަންނާށޭ’ ބުނުމުން އަދީލް ޝަޔާން ގޮވައިގެން އެތެރެއަށް ވަނެވެ. ސީއީއޯ އަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެގެން އިން ޒުވާނާ ފެނުމާއެކީ ޝަޔާންގެ ދެލޯ ބޮޑުވިއެވެ. އެޒުވާނާއަށް ޝަޔާން ހުރީ ހާސްވެފައިކަން އިނގުމުން އަދީލް ފޮނުވާލުމަށް ފަހު ޝަޔާންއާއި ވާހަކަދައްކަން ފެށިއެވެ.

” ހާއި ޝަޔާން! ހާދަ ބިރުން ތިހިރީ. އަހަރެން އެހާ ރުޅިގަދައެއް ނުވާނެ. އަހަރެންނަށް ކިޔަނީ އަހްމަދު ކިޔާން ފާރިޝް. އަހަރެންނާއެކީ މަސައްކަތް ކުރަން ވަރަށް ފަސޭހަވާނެ އިނގޭ. މިއަދުން ފެށިގެން އަހަރެން ބަލާނީ ޝަޔާން ތީ އަހަރެންގެ ހަމަ ވަރަށް ގާތް ރައްޓެއްސެއް ގޮތަށް.” ކިޔާން ބުނެލިއެވެ. ޝަޔާން ހިތަށް އެރިއެވެ. ﷲ އަށް ޝުކުރުކުރަމެވެ. މިހާ އެކުވެރި މާހައުލަކުން އަހަރެންނަށް ވަޒިފާ ލިބުނީއެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ ކިޔާން ސަރ! އަޅުގަނޑު މިއަދު ކުރަން ޖެހޭނީ ކޮން މަސައްކަތެއް ތޯ؟” ޝަޔާން އެހެން ބުނެލުމުން ކިޔާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

” އަޅެ ޝަޔާން. ޕްލީޒް ޑޯންޓް ކޯލް މީ ސަރ! ޔޫ ކޭން ކޯލް މީ ކިޔާން އެހެންނޫނީ ޔާން. މިއީ ބެސްޓް ފްރެންޑްސް އެއްނުން.. އެންޑް މަސައްކަތެއް ހަވާލެއް ނުކުރާނަން ޝަޔާންގެ ފުރަތަމަ ދުވަހަކު. ހިނގާ އަހަރެންނާއެކީ މިއޮފީސް ތެރެ ރަނގަޅަށް ބަލައިލަން.” އެހެން ބުނެލާފައި ޝަޔާން ގޮވައިގެން ތަފާތު އެކި ވާހަކަތައް ދައްކަމުން ކިޔާން ހިނގައިގަތެވެ.

ގަޑިން މެންދުރުފަހު ދޭއް ޖަހަނީއެވެ. ޝަޔާން ސައިކަލުގައި އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލި ތަނާހެން ޝަޔާންގެ ފޯނު ރިންގުވާން ފެށިއެވެ. ޝަޔާން ފޯނު ކަންފަތުގައި ޖަހާލަމުން ގެއަށް ވަންނަން ހިނގައިގަތެވެ.

“ދޮންބެގަނޑާ! ޝިއްކޮ ބަލާ އާދެބަ! ކިހާއިރެއް ގުޅާތާ! ކުރިން ގުޅީމަވެސް ބުނީ މިއަންނަނީއޭ!” ޝިޔާ ބޮޑާހާކާ ކަހަލަ ރާގަކަށް ބުނެލުމުން ޝަޔާން ގާތަށް ހިނިއައެވެ. އެއާއެކު ޖަވާބުގައި ބުނެލިއެވެ.

” ދެން ޝިއްކޯ! ދޮންބެ ހަނދާން ނެތުނީއޭ.. މިއަދު އޮފީހުގައި ވަރަށް މަޖަލޭ! ދެޓްސް ވައި.. މިދަނީ ހަމަ މިހާރު!” ޝަޔާން އެހެންބުނެލަމުން ފޯނު ބޭއްވީ އެކޮޅުން ޝިޔާ ‘އޯކޭ’ އޭ ބުނެލުމުންނެވެ.

” ޝޫޓް! އަހަރެންވެސް ޝިޔާ ބަލާ ދާން ހަނދާން ނެތެން ޖެހުނީ ޝިއްކޮގެ ފަސްޓް ޑޭ އެޓް ވޯކް ގެތަ! ޑޭމް މީ!” އަމިއްލަ ނަފްސަށް ކުދިކިޔަމުން ޝަޔާން ސައިކަލަށް އަރާފައި ދުއްވައިލިއެވެ. ނަމަވެސް ޝަޔާން އަކަށް ފަހަތުން ދުއްވާފައި އައި ބޮޑު ލޮރީއެއް އަޅައެއް ނުގަތެވެ.

ނުނިމޭ…

34

1 Comment

  1. Ninni0910

    June 22, 2021 at 8:05 am

    Thank you sooo much all…. for the support and love you give to this stry..
    Stay Safe
    3 vana bai miadhu upload kohlaanan…

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!