” ފާރިޝް ވާހަކަދައްކަނީ، ހެނދުނުވެސް ދެފަހަރަކު ގުޅާލިން، ކިހިނެއް ކަންތައްތައް؟” ކަންތައްތައް ރަނގަޅު ކަމުގަޔާއި މިއަދު ހޭލީ ތަނކޮޅެއްލަހުން ކަމުގައި އަހަރެން ބުނީމެވެ. “މިއަދު ބަންދު ދުވަހެއްވީމަ ލަންޗައް ބޭރަށްދާން އިންވައިޓް ކުރަން ހެނދުނު ގުޅާލީ” ވަރަށް ގިނަކަންތައް ކުރަން ހުރީމަ ގުޅާނުލެވިގެން އުޅެނިކޮށް އަނެއްކާވެސް ފާރިޝް ތިގުޅީ ކަމުގައި އަހަރެން ބުނީމެވެ. ” އެނގޭ ވަރަށް ބިޒީ ވާނެކަން، ކޮންމެވެސް ވަގުތަކުން މީޓް ވެލަން ބޭނުން.” އަހަރެން ވަގުތެއް ލިބުނީމަ ގުޅާނެ ކަމުގައި ބުނަމުން ފޯން ބޭއްވީމެވެ. ދެން ކޮޓަރިއަށް ވަދެ ލެޕްޓޮޮޕް ނަގައިގެން ޗެނަލްގެ ބައެއް މަސައްކަތް ނިންމާލުމަށްފަހު ނިދަން ތައްޔާރު ވެލައިގެން އޮށޯތީ މާދަމާ ތަންކޮޅެއް އަވަހަށް ކޮލެޖަށް ދާންޖެހޭތީ އަވަހަށް ނިދާލެވޭތޯ ބެލުމަށެވެ. ފަތިހު ހޭލައިފައި ނިދުނުލެއްް ލަސްކަމުން ހެނދުނު ހޭލެވުނީ ވަރަށް ވަގުތު ކުޑަވިފަހުންނެވެ. އަވަހަށް ތައްޔާރުވެލައިގެން ކޮލެޖަށް ދެވުނީ ކުޑަކޮށް ލަސްވިފަހުންނެވެ. ކުލާހަށްވަދެ ކިޔެވުމުގައި މަސްއޫލްވީމެވެ. ވަރަށް ބަނޑުހައިވެފައި ހުރުމުން ބުރޭކް ގަޑީގައި އެއްޗެއް ކާލަން ކެންޓީންއަށް ދިޔަ މަގުމަތީ އެމޭލިއާއާއި ދިމާވުމުން ދެމީހުން އެއްކޮށްގޮސް ކެންޓީއަށް ވަންއިރު ފާރިޝް ދެތިން ކުދިންނާއި އެއްކޮށް މޭޒެއްގެ ކައިރީ އިނެވެ. އަހަރެން ފެނުމުން އަތުގެ އިސާރާތުން ގުޅާށޭ ބުންޏެވެ. އަހަރެން ހިނިތުންވެލުމަށް ފަހު ބޮލުން އާއެކޭ ބުނީމެވެ. ކައުންޓަރަށް ގޮސް އެއްޗެއްނަގައިގެން މޭޒެއްގެ ކައިރީ އިށީންތަނުން އެއީ ކާކުތޯ އެމޭލިއާއެހިއެވެ. އަހަރެން އެއީ ރައްޓެއްސެއްކަމުގައި ބުނީމެވެ. “ޖަސްޓް އަ ފުރެއިންޑް؟” އެމޭލިއާ ބުނެލިއެވެ. އަހަރެން އާނއެކޭ ބުނީމެވެ. ކައިނިމިގެން އަވަހަށް ކުލާހަށް ދިޔައީއެވެ.

ކޮލެޖް ނިމިގެން އަހަރެން ގެއަށްގޮސް ފެންވަރައިލައިގެން އަވަހަށް ނަމާދު ކޮށްލުމަށްފަހު ޖައްސާލީމެވެ. އެވަގުތު ރިޔާޒުބެ ގުޅިއެވެ. ތުރީރޫމްސް އެޕާރޓްމަންޓްއެއް ގަންނަން ޑައުންޕޭމަންޓް ދައްކާފި ކަމުގައި ބުންޏެވެ. އަދި އެއީ ވަރަށް ހިތްފަސޭހަ، އަދި ތަނަވަސްކޮށް ބީޗެފުރޮންޓަށް ވާގޮތައް ހަދާފައި ހުރި އިމާރާތެއްކަމުގައި ބުންޗެވެ. “އެތަނަށް ފައިސާ ދައްކާނީ އަހަރެންކަމުގައި ރިޔާޒުބެ ކައިރީ އަހަރެން ބުނީމެވެ. އަދި ދައްކަންޖެހޭވަރެއް އަހަރެން ޓުރާންސްފަރ ކުރާނެކަމަށްވެސް ބުނީމެވެ.” ރިޔަޒުބެ އެކަމަށް ޖަވާބެއް ނުދީ ކިޔެވުމަށް ސަމާލުކަންދީގެން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދަންބުނަމުން ފޯން ބޭއްވިއެވެ. އަހަރެން ކުޑަކޮށް އަރާމް ކޮށްލުމަށް ފަހު ކާއެއްޗެއް ތައްޔާރުކޮށްލަން ބަދިގެއަށް ވަދެ ކާއެއްޗެއްތައްޔާރުކޮށްލީމެވެ.

ދުވަސްތައްމާޒީއާއި އެކުވަމުންގޮސް އަހަރެންނަށް ބޮޑުބުރޭކްއެއް ލިބުނެވެ. ޒިޔާންގެ އަމިއްލަ ވަކިވިޔަފާރިއެއް ފެށުމަށް ވަމުންދިޔަ ތައްޔާރީތަށް ނިންމާ އެކަން ފެށުމުގެ ރަސްމިއްޔާތެއް ބާއްވަން ޒިޔާން ހަމަޖައްސާފަ އޮތީ އަހަރެންގެ ބުރޭކް ލިބުމުން އަހަރެން މާލެދިޔާމައެވެ. ވީމާ އަހަރެން މާލެ ދިޔުމުގެ ކަންތައް ތައްޔާރު ކުރީމެވެ.އަހަރެން މާލެގޮސް ހުންނަން ބޭނުންވަނީ ހުޅުމާލޭގައި ހުރި އަހަރެންގެ އެޕާރޓްމަންޓް ގައި ކަމުން ، ޒިޔާންއަށް ގުޅާ އަހަރެންގެ އެޕާރޓްމަންޓަށް ފަރނީޗަރ އާއި ތަކެތި ވައްދާ ތައްޔާރުކޮށްދިނުމަށް ބުނީމެވެ. އަހަރެންނާއި އެކު އަހަރެންގެ ރައްޓެހިކުއްޖަކު(އެމޭލިއާ )މާލެ ދާން ބޭނުންވާތީ ކަމުގައި އަހަރެން ބުނީމެވެ. އަހަރެން މާލެ އަންނަން ވާއިރަށް އެކަން ކުރާނެ ކަމުގައި ޒިޔާން ބުންޏެވެ. އަހަރެން މާލެދާން ހަމަޖެހިފައިވާ ދުވަހަށް ޗެނަލްއިން ޗުއްޓީއެއް ހަމަޖެއްސުމަށް ފަހު ކުރަންހުރިކަންތައްތައް ނިންމާލާ ފުރަންތައްޔާރުވެލީމެވެ.

ދިގުދަތުރަކަށްފަހު ބޯޓްގޮސް ޥެލާނާ އިންޓަރނޭސަނަލް އެއަރޕޯރޓްގައި ޖެއްސިއެވެ. އަހަރުމެން ބޯޓުން ފާބައިގެން އިމިގުރޭސަން ނިންމުމަށްފަހު ފޮށިތައްނަގައިގެން ބޭރަށް ނުކުތް އިރު ނީންތަ އާއި ޒިޔާން ދޮރުމަތީ ތިއްބެވެ. އަހަރެން ފެނުމުން ޒިޔާން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ، އަދި އެމޭލިއާ އާއި ސަލާމްކޮށްލިއެވެ. ނީންތަވެސް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު އެމޭލިއާގެ ގައިގައި ބައްދާލިއެވެ. “ރިޔާޒުބެ މީޓިންގ އެއް އޮތީމަ ނާދެވުނީ ‘ބުނީ މާލެ އަންނާށޯ ފުރަތަމަ، ފަހުންނޯ ހުޅުމާލެއަށް ދާނީ” ޒިޔާން ޓުރޮލީ ހިފައިގެން ހިނގާގަތުމުން އަހަރުމެންވެސް ޒިޔާންގެ ފަހަތުން ހިނގާގަތީމެވެ. ކާރުތައް މަޑުކުރުމަށް ހަމަޖައްސާފައިވާ ހިސާބަށް ގޮސް މަޑުކޮށްލިތަނުން ކާރެއް އައިސް މަޑުކޮށްލިއެވެ. ޑުރައިވަރ ކާރުން ފައިބާ ފޮށިތައް އެރުވިއެވެ. އެއީ ފަހުން ޒިޔާންއަށް ގެނައި ކާރެއްކަމުގައި ނީންތަ ބުންޏެވެ. ބުރިޖްމަތިން ބާރުދުވެލީގައި ގޮސް ގޭދޮރުމަށްޗައް ކާރު މަޑުކޮށްލުމުން އަހަރުމެން ކާރުން ފާބައިގެން ފޮށިތައް ހިފައިގެން ގެއަށް ވަންއިރު ގެ ހުރީ ވަރަށް ޒިނަތްތެރިކޮށްލާފައެވެ. ދޮރުހުޅުވާލުމާއިއެކު ބޮލަށް ފޭބީ ވިދާ ކަރުދާސްތަކެކެވެ. އެވަގުތު “ވެލްކަމްހީމް އޭ” ބުނެ މާޔަން އައިސް އަހަރެންގެގައިގައި ބައްދާގަތެވެ. އަހަރެންކައިރީ މާޔަން މާލެ އަންނަވާހަކައެއްވެސް އަދި މާޔަން މާލޭގަ ހުރިވާހަކަވެސް އެއްވެސް މީހަކު ބުނެފައި ނެތުމުން ވަރަށް ސަޕްރައިސް ވިއެވެ. އިއްޔެވެސް މާޔަން އަހަންނަށް ގުޅިއެވެ. ނަމަވެސް މާލޭގަ ހުރިވާހަކައެއް ނުބުނެއެވެ. އަހަރެން ހުރީ ވަރަށް ވަރުބަލިވެފައިކަމުން ކުޑަކޮށް އަރާމްކޮށްލަން ބޭނުންވިއެވެ. އަހަރެން ފެންވާރާލަން ބޭނުންވާވާހަކަ ނީންތަ ކައިރީ ބުނުމަށްފަހު އެމޭލިއާ އާއި އެކު ކޮޓަރިއަށް ވަނީމެވެ. އަދި އެމޭލިއާ ކައިރީ ފެންވައިލަން ވަނުމަށް ބުނަމުން އެނދުގައި އިށީނދެލީމެވެ. ފެންވަރައިލުން ވެފައި ހުރި ވަރުބަލިކަން ފިލިއެވެ. އެވަގުތު ނީންތަ އައިސް އެއްޗެއްކާންދާން ބުނުމުން ތިންމީހުން ބޭރަށް ނުކުތީމެވެ.

ބޭރަށް ނުކުތް އިރު ރިޔާޒުބެ ސޯފާގައި އިށީނދެލައިގެން އިނެވެ. އަހަރެން ފެނުމުން ތެދުވެގެން އައިސް އަހަރެން ގައިގާ ބައްދާލުމަށްފަހު އަހަރެން ކޮނޑުގައި ހިފަހައްޓާލައިގެން ކާގެއާއި ދިމާއަށް ހިނގާގަތެވެ. ކެއުމަށްޓަކައި ވަރަށް ގިނަތަކެތި ތައްޔާރުކޮށްފައި ހުއްޓެވެ. އެވަގުތު ޒިޔާން އާއި މާޔަންވެސް އައިސް އަވަހަށް ކާން އުޅޭށޭ ބުނަމުން މޭޒުކައިރީ އިށީނެވެ. “ދޮންތައަށް އެނގޭތަ، އަހަރެން މިހިރީ ހެނދުނު ސައިވެސް ނުބޮއެ، ހިތްވަރުކޮށްލައިގެން މިހުރީ ދޮންތަ އާއި އެކު ނޫނީ މިއަދު އެއްޗެއް ނުކާންވެގެން” މާޔަން މިހެން ބުނަމުން ކާންފެށިއެވެ. ނީންތަ އެމޭލިއާއާއި ވާހަކަދައްކަމުން ކާންފެށިއެވެ. އެކިއެކި ވާހަކަތައް ދައްކަމުންގޮސް ކެއުމުގެ ކަންތައްވެސް ނިމިއްޖެއެވެ. ކައިނިމިގެން އެންމެންގޮސް ސޯފާގައި އިށީނދެ އެކިއެކި ވާހަކައާއިގެން މަސްއޫލްވިއެވެ. “ދޮންތަ ރޭގަނޑުކައިގެން ދޯ ހުޅުމާލެއަށް ދާނީ” ޒިޔާން މިހެން ބުނުމުން ނީންތަވެސް އެކަމާއި ޒިޔާންއާއި އެއްބަސް ވުމުގެ ގޮތުން “ކައިގެން ހަމަޖެހިލާގެންނޭ ދާނީ” މިހެން ބުންޏެވެ. އިރުކޮޅަކު ތިބެލުމަށްފަހު އަހަރެން މިދަނީ ޖައްސާލަންށޭ ބުނެ އެމޭލިއާ އަށް ބޮލުން އަންގާލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގާގަތީމެވެ. ކޮޓަރިއަށް ވަދެ ޖައްސާލަންވެގެން އެމޭލިއާ ކައިރީ ޖައްސާލަން ބުނީމެވެ. ކޮޓަރީގައި ހުރީ އެއްއެނދުކަމުން ދެމީހުން އެނދުގައި ޖައްސާލީމެވެ. ކިންގް ސައިޒްއެނދެއްކަމުން މާ އުނދަގުލެއް ނޫނެވެ. އެމޭލިއާ އަހަންނާއި ގޭ މީހުންނާއި ބެހޭގޮތުން ސުވާލުކުރިއެވެ. އެމޭލިއާއަށް އަހަރެންގެ ވާހަކަތަށް މީގެ ކުރިންވާނީ ކިޔާދީފައެވެ. “އަހަރެންނަށް ފީލްވަނީ މީހަމަ ތަމަންނާގެ ފެމެލީހެން، ހުރިހާއެންމެންވެސް ތަމަންނާދެކެ ވަރަށް ލޯބިވޭ ދޯ، މީގެ ކުރިން ތަމަންނާގެ ވާހަކަތަށް ކިޔައިދިން އިރު އަހަންނަށް ފީލްއެއް ނުވެ އެމީހުން ތަމަންނާދެކެ މިހާލޯބިވާކަމަމަކަށް” އެމޭލިއާ ބުންނެވެ. އަހަރެން އެމޭލިއާއަށް ހުރިހާވާހަކަތަކެއް ކިޔައެއް ނުދެމެވެ. އަހަރެންގެ ކިޔެވުމުގެ ޚަރަދުތަކާއި އެހެނިހެން ޚަރަދުތައް އެމީހުން ކުރަމުންދާ ވާހަކައެއް ނުބުނަމެވެ. ކުއްލިއަކަށް ނަމާދުގެ މަތިން ހަނދާންވެގެން ތެދުވެ ނަމާދުކޮށްލަން އަވަސްވެގަތީމެވެ. މެންދުރުނަމާދާއި އަސުރު ނަމާދު އެއްކޮށް ކޮށްލުމަށްފަހު ތެދުވެ ޖައްސާލިތަނުން، އެމޭލިއާ ގޮވައިގެން ބޭރަށް ނުކުމެލުމުގެ ޚިޔާލް އައެވެ. އަދި ޒިޔާން އަށް ގުޅާފައި އެމޭލިއާގޮވައިގެން ބޭރަށް ނުކުމެލަން ބޭނުންވާހަކަ ބުނުމުން އަސުރުގެ ފަހުން ގެއަށް ދާނެ ކަމުގައި ޒިޔާން ބުންޏެވެ. އަދި ނުކުންނަ ވަގުތު ހުޅުމާލެއަށް އެޕާރޓްމަންޓް ބަލާލާ އިތުރަށް ގަންނަންޖެހޭ ތަކެތި ގަންނަން ދާނީ ކަމުގައި ބުނުމުން އެއީ ވަރަށް ރަނގަޅުގޮތެއްކަމުގައި ވިސްނި އެކަމަށް އާނއެކޭބުނީމެވެ. އަދި ބޭރަށް ނުކުމެލަން ހަތަރެއްޖަހާއިރަށް ރެޑީވައްޗޭ އެމޭލިއާކައިރީ ބުނީމެވެ.

އަހަރެން ބޭރަށް ނުކުމެ މިވާހަކަ ނީންތަ ކައިރީ ބުނުމުން ނީންތަވެސް ދާނެކަމުގައި ބުންޏެވެ. އަދި މިހާރަށް ބޭނުންނުވާ ފޮށިތައްވެސް ހިފައިގެން ދާންވީނޫންހޭ ނީންތަ ބުންޏެވެ. އަހަރެން އެކަމާއި އެއްބަސްވީމެވެ. ޒިޔާން ގެއަށް އައިސް ތައްޔާރުވެއްޖެތޯ އެހިއެވެ. އަހަރެން ކޮޓަރިއަށްވަދެ އެމޭލިއާއަށް ގޮވައި އަދި ފޮށިތައް ހިފައިގެން ނުކުންނަން ބުނީމެވެ. ދެމީހުން ދެފޮށި ހިފައިގެން ބޭރަށް ނުކުތް އިރު ކާރު ދޮރުމަތީ އޮތެވެ. ކާރަށް އަރައިގެން މާލެ ވަށާ ބުރެއް ޖަހާލުމަށްފަހު ދިޔައީ ހުޅުމާލެއަށެވެ. “ފުރަތަމަ އެޕާރޓްމަންޓްއަށް ގޮސް ބަލާފަ ނުކުންނާނީ އެއިރުން ގަންނަންޖެހޭ އެއްޗެހިގަނެވޭނީ، މާދަމާ ހެނދުނު ސައި ބޮވޭނެ ގޮތެއްވެސް ހަމަޖައްސަން ޖެހޭނެންނު” ނީންތަ މިހެން ބުނުމުން އެޕާރޓްމަންޓްއަށް ދިޔުމަށް ޑުރައިވަރ ކާރީ ޒިޔާން ބުންނެވެ. ބޭރުމަގުންގޮސް ބޮޑުއިމާރާތެއްގެ ކައިރިީ ކާރު ޕާރކުކުރުމަށްފަހު ފޮށިތައް ބާލައިގެން އިމާރާތާއި ދިމާއަށް ޒިޔާން ހިނގާގަތެވެ. ލިފްޓުން ދިހަވަނަ ބުރިއަށް އެރުމަށްފަހު އެޕާރޓްމަންޓް ދޮރު ޒިޔާން ހުޅުވާލުމުން ޑުރައިވަރ ފޮށިތައް އެތެރެއަށް ވެއްދިއެވެ. އަހަރެން ހީކުރިވަރަށްވުރެ ރީތި ތަނަވަސް އެޕާރޓްމަންޓްއެކެވެ. ސިޓިންގރޫމުގައި ބޮޑުސޯފާއަކާއި ބޮޑު ޓީވީއެއްބަހައްޓާފައި ހުއްޓެވެ. އިންޓަރނެޓްއާއި ކޭބަލްވެސް ގުޅާފައި ހުންނާނެކަމުގައި ޒިޔާން ބުންޏެވެ. ބަދިގެއަށްވެސް ހުރީ ބޭނުންވާނެ ހުރިހާ އެއްޗެއް ހަމަކޮށްފައެވެ. ތަށިތެއްޔަށް ދަންދެން ގަނެފައި ހުއްޓެވެ. ފަރުނީޗަރ ވެއްދީ ދެކޮޓަރިއަށް ކަމުގައި ކޮޓަރިއަކަށް ވަންނަމުން ޒިޔާން ބުންޏެވެ. “މީ ދޮންތަގެ ކޮޓަރި” ޒިޔާން ކޮޓަރިއަށް ވަދެފައި ފާޚާނާގެ ދޮރުހުޅުވާލަމުން ބުންޏެވެ. ބޭނުންވާނެ ހުރިހާ އެއްޗެއް ހުރީ ހަމަކޮށްފައެވެ. “އެހެންވީމަ އަހަމައެކަނި ގަންނަން މިޖެހެނީ ކާ އެއްޗެހިދޯ” އަހަރެން ނީންތައަށް ބުނީމެވެ. ” އަހަރެން ހަަމައެކަނި ބޮޑެތި އެއްޗެހި ގަތީ، އެހެންހުރިހާއެއްޗެއް އެއީ މަންމަގެ ޗޮއިސް، މަންމަ ގަތް އެއްޗެހި” ޒިޔާން ހިނިގަނޑެއްޖަހާލަމުން ބުންޏެވެ. ކާއެއްޗެހިގަންނާނީ މާލެއިން ކަމަށް ނީންތަ ބުނުމުން ހުޅުމާލޭގައި ބުރުޖަހާލުމަށްފަހު މާލެ ނައްޓާލީމެވެ.

*****

ނުނިމޭ

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!