އަޅުގަނޑުގެ މިވާހަަކަ ނުގެނެސްދެވި ލަސްވި ކަމަށްޓަކާ ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިއަހަރަކީ އަޅުގަނޑުގެ ކިޔެވުމުގެ އެންމެ މުހިންމު އަހަރުކަމުން އަޅުގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރަނީ ކިޔެވުމަށެވެ. އަޅުގަނޑުގެ މިވާހަކަ ހުރިހާ ބޭފުޅުންވެސް ކިޔާނެކަމަށް އުންމީދުކުރަމެވެ. އަޅުގަނޑަށް ވަގުތު ވީވަރަކުން މިވާހަކަ ލިޔަމުން ގެންދާނަމެވެ. އިންޝާ ﷲ…
” ޝޫޓް! އަހަރެންވެސް ޝިޔާ ބަލާ ދާން ހަނދާން ނެތެން ޖެހުނީ ޝިއްކޮގެ ފަސްޓް ޑޭ އެޓް ވޯކް ގެތަ! ޑޭމް މީ!” އަމިއްލަ ނަފްސަށް ކުދިކިޔަމުން ޝަޔާން ސައިކަލަށް އަރާފައި ދުއްވައިލިއެވެ. ނަމަވެސް ޝަޔާން އަކަށް ފަހަތުން ދުއްވާފައި އައި ބޮޑު ލޮރިއެއް އަޅައެއް ނުގަތެވެ. “އޯހް ޕްލީޒް.. ދޮންބޭ! ކަމް އޯން! ކަމް އޯން!ފޯނު ނަގާބަލަ!” ‘ހެޕީ ބީޓްސް ކްލިނިކް ގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ޝިޔާގެ މޫނުން ފެންނަނީ ހާސްކަމެވެ. މިހާރު ޝަޔާން […]
“ދެންވެސް ތި ދިމާނުކޮށް ސައިބޮއެބަލަ އަވަހަށް ދެމީހުން. ވަޒީފާގެ ފުރަތަމަ ދުވަހު ދެމީހުން ގަޑިޖެހުނީމަ ރިއްޗެއް ނުވާނެ. ހެހެހެ…” ޝަހީން އެހެން ބުނެލުމުން ޝިޔާ އާއި ޝަޔާން ވެސް އަވަހަށް ސައިބޮއެގެން މަގުމައްޗަށް ނިކުތެވެ. މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފައި ހުރި ޝަޔާންގެ ސައިކަލު ހިފައިގެން ޝަޔާން އައުމުން ޝިޔާ ސައިކަލަށް އެރިއެވެ. އެއާއެކު ޝަޔާން މިސްރާބުޖެހީ ‘ހެޕީ ބީޓްސް’ ކްލިނިކާ ދިމާއަށެވެ. މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް އޮފީސް ކަމަށްވާ ‘ގްރީން ވޭވް ‘ […]
ނޯޓް : މީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. ތިޔަބޭފުޅުންގެ ހިޔާލާއި އަޅުގަނޑަށް ހެދިފައި ހުންނަ ކުށްތައް ބުނެދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް…. ފަތިހުގެ ހިތްގައިމު ވަގުތެވެ. ބަންގި ގޮވުމުގެ ފަނަރަ މިނެޓު ކުރިން އެލާމްކޮށްފައިވާ ޝިޔާގެ ފޯނު އެލާމް ވާން ފެށުމުން ޝިޔާ ތެދުވިއެވެ. އެލާމް ނިއްވާލާފައި ގޮސް ތަނަވަސް ބޮޑު އަލަމާރިން ގޭގަލާން ގެންގުޅޭ އާދައިގެ ކަޅުކުލައިގެ ހެދުމަކާއި ހަރުވާޅެއް ނަގައިގެން ޝިޔާ ގޮސް ވަނީ ފާޚާނާއަށެވެ. ޝިޔާގެ ކޮޓަރިއަކީ ހިތްގައިމު […]