ހުރި ހާ އެންމެން ތައްޔާރު ވެ ނިމުން އިރު ބާކީ އަދި ވިހި މިނެޓު އިނެވެ. މިއަދު އެހައި އަވަސް ކޮއް ނޫޅުނީ ޒިޔާދުގެނ އައު ކާރު ލިބުމުންނެވެ. ނިމުނު އެންމެން ކޮޓަރިން ނިކުތް އިރު ލީޝާ ހުރީ މައިލޯ ގިރާފައެވެ. އެ ބޮއެލައި ނިމުނު ބާކީ ދިހަ މިނެޓްއެވެ. ތިން ކުދިން ވެސް ބޭރަށް ނިކުތީ އެކީ ގައެވެ. ތިން ކުދިން ވެސް ދޮރު ކުރިމަތީގައި އޮތް ރތް ކުލައިގެ ކަރައް އެރިއެވެ. ސްކޫލައި ހިސާބައް ދެވުނު އިރު ބާކީ އަދި ފަސް މިނެޓް އޮތެވެ. ޒިޔާދު މި ދަނީ އޭ ކިޔާ ކާރު ދުއްވާލީ އެންމެން ފޭބުމުންނެވެ.

_________________________________________________________

ޔާނިއު ކްލާހައް ރީއްޗައް ނުވަދެވެނީހުން ކްލާހުތެރޭ އިން އަންހެން ކުއްޖެއް ދުވަލައިފައި ކަހަލަ ގޮތަކައް އައިސް ޔާނިއު ކުރިމަތީގައި ހުއްޓުނެވެ. “ޔާނިއު… އައި ލައިކް ޔޫ..” އެ އަންހެން ކުއްޖާ މިހެން ބުނެލި އިރު ހުރީ އިސް ޖަހައިގެން އެވެ. “ސޯރީ އައި ހޭވް ވަން..” ޔާނިއު މިހެން ބުނެލީ ޔާނިއުގެ ލޯބިވެރިއެއް ހުންނާތީކީއެއް ނޫނެވެ. . ޔާނިއު އެހެން ބުނެލި އިރައް އެ އަންހެން ކުއްޖާ ގޮސް ގޮނޑީ އިއްތާލިއެވެ.”މީ އަދި ހާދަ ފޮނި މީހާ ގަނޑެކޭ.. ފޮނިދައްކަން ހުއް.. ” ތަންކޮޅެއް ދުރު ނޫން ހިސާބެއްގައި އިއްތައިން އިން އާނާ ވިސްނަމުންދިޔައީ އާނާ އާއި ދިމާ އައް ރީތި ގޮތަކައް ހިނގައިފައި އައި ޔާނިއު އައި ލޯ އަޅައިގެން ހުރެއެވެ.

އަތުގައި ހުރި ފޮތްތައް މޭޒުމަތީ ބަހައްޓާފައި ޔާނިއު އިށީނދެލީ އާނާ ގެ ކައިރީ އިން ޑެސްކްގައެވެ. ކްލާހުގައި ޑެސްކުތައް އަތުރައިފައި ވަނީ ދެ ޑެސްކުން ދެ ޑެސްކުންނެވެ. ކަންދިމާކުރި ގޮތުން ޔނާިއު އާއި އާނާ އައް ކައިރި ކައިރީ އިންނަން ޖެހުނެވެ. “ފޮނި މީހާ..” ސިއްރު ސިއްރުން އެކަކައް ވެސް އަޑު ނީވޭވަރައް އާނާ ބުނެލިއެވެ. “ކީކޭ..!!” ޔާނިއު އައް އާނާ ބުނިއެއްޗެއް އަޑު އިވުނީ ކަންނޭންގެޔެވެ. އާނާ ހިންދިރުވާލީ ލޯ ކުޑަކޮއްގެން އާނާ އައީ ދިމާ އައް ބަލަން އިން ޔާނިއު ފެނިފައެވެ. “ކަ.. ކަމެއްނުވޭ..” އާނާ ބުނެލިއެވެ. “މަ މީ ފޮނި މީހާ އެއްތަ!” ޔާނިއު ބުނެލިއެވެ. “އާން.. “އާނާ މަޑު މަޑުން ބުނެލިއެވެ.” އެހެންތަ.ކިހިނެއް އަހަރެން ފޮނީ. “ޔާނިއު ބުނެލިއެވެ.” ބައިވަރު ގޮތްތަކުން ނޭންގޭނެ ކިޔައިދޭން ވެސް އެހައި ބައިވަރު.. “އާނާ އެއް މިޔަކަނުން ހީލަމުން ބުނެލިއެވެ.
” ޔޫ….!!!! “ޔާނިއު ރުޅިއައިސްގެން ގޮސް ފިއްޔައް ދަމާލާފައި ބުނެލިއެވެ.

އާނާ ފަހަތައް އެނބުރިލީ ފަހަތު ޑެސްކުގައި އިށީދެ އިން ކުއްޖާ ގޮވާލުމުންނެވެ.” ކީކޭ.. ” އާނާ އެ ކުއްޖާ އާއިދިމާލައް ބަލާ ލައިފައި ބުނެލިއެވެ.” ;ޓީޗަރު އައިސްފި!. ” އެ ކުއްޖާ މިހެން ބުނެލުމުން އާނާ ޓީޗަރް އިންނަ ޑެސްކައި ދިމާ އައް ބަލާލިއެވެ. ކަމަކުދާކައް ނަތެވް މިހާރު ކިޔަވައިދޭންވެސް ފަށައިފިއެވެ. އާނާ ރީއްޗައް ގޮނޑި ޑެސްކައި ކައިރި ކޮއްލައިފައި ހަމަޖެހިލިއެވެ. ޔާނިއު ވެސް ޓީޗަރައް ސަމާލުކަންދިނެވެ. ސްކޫލު ނިމުން ގަޑީ ޔާނިއު ގެއައް ދިޔައީ ޔަނާ އާއި އެކު އޮލަ ވާހަކައިގައެވެ.

އާއިޝް ފާހަނަ އިން ނުކުތީ ރީތިކޮއް ފެންވަރައި ލައިގެންނެވެ. އެނދު މަތީގައި ބާއްވާފައި އޮތް ނޫ ކުލައިގެ ޖިންސައި ކަޅު ޓީށާޓު ގަޔައް ހެޔޮވަރު ކޮއްލިއެވެ. އަދި އޭނާގެ މަޑު މުށި ކުލަިގެ އިސްތަށި ކޮޅު ރީތި ގޮތަކައް ފުނައި އަޅާލިއެވެ. ޑްރެސިންގް ޓޭބަލް މަތީގައި ހުރި ސެންޓު ފުޅި ނަގައި ހިތްފުރޭ ވަރައް ގަޔައް ބުރުއްސާލިއެވެ. އެނދު މަތީގައި ބާއްވާފައި އޮތް ތަޅުދަނޑި އިނގިލީގައި އަނބުރަމުން ސިޑިންފައިބައި މަގުމަތީގައި ބަހައްޓާފައި ހުރި ސައިކަލައް އަރައި ދުއްވާލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތުގައި ޔަނާ އާއި ޔާނިއު ނިންމީ އަތިރިމައްޗައް ދިއުމަށްށެވެ. ފަލަމަސްގަނޑާ ހަމައައް އަރާ ފިޔާތޮށިކުލައިގެ މާތަކެއްޖަހާފައިހުރި ކަޅު ހެދުމަކާއި ކަޅު ޖިންސެއް ލައިގެން ހުރި ޔަނާ ނުހަނު ރީއްޗެވެ. އިސްތަށިގަނޑު ގައި ފިޔާތޮށި ކުލަ އާއި ކަޅު ކުލައިގެ. ބޭންޑެއް އަޅާލިއެވެ. އަދި އިސްތަށިގަންޑު ފަހަތައް ދޫ ކޮއްލިއެވެ. އަދި ކަޅު ކުލައިގެ ހީލް އަކައް އެރިއެވެ.

ކަޅު ކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ހުރި ޔާނިއު ފެނިފައި ޔަގީނުންވެސް އަންހެން ކުދިންގެ ހިތްތައް ދަމައިގަންނާނެއެވެ. ކަޅު ކުލައިގެ ސްނިކާސް ބޫޓަކައް އަރައިގެން އިސްތަށިގަނޑު ރީތި ގޮތަކައް ސްޓައިލް ކޮއްލައިފައި ހުއްޓެވެ . ދެ ކުދިން ވެސް ހިންގައިގަތީ ލީޝާ ކައިރިން ހުއްދަ ހޯދާފައެވެ. ފަނަރަ މިނެޓުން އަތިރި މައްޗައް ދެވުނެވެ. ދެ ކުދިން އެކީ ހިނގަމުން ގޮސް ހިމުން ދޮން ވެލިގަނޑު މަތީގައި އިށީނދެލިއެވެ.

އާއިޝް ސައިކަލާ ގޮސް މަޑު ކޮއްލީ އަތިރިމާތީގައި ހުރި ޖޯލިފަތީގައެވެ. ޖޯއްޔެއް ގައި އޮތާލައިފައި ރީޗައް ހަމަ ޖެހިލިއެވެ. އެއްލި ކަޅިން ފެނުނު މަނޒަރުންއާއިޝް އައް ޖޯލިން ފުންމައިގެން ތެދުވެވުނެވެ. ފިރިހެން ކުއްޖެއްގެ ކޮނޑުމަތީ ބޯ އަޅައިގެން އޮތް ޔަނާ ފެނިފައެވެ. ވާނީވެސް އެހެންތާ އެވެ.އިސްކޮޅުން ވެސް ޔަނާ އައް ވުރެ ދިގެވެ. ނުހަނު ފިރިހެންވަންތައެވެ.

އައި ރުޅިން އާއިޝް އައް ކުރިއައް ފިޔަވަޅު އެޅެން ފެށުނެވެ. ހިނގުން ބާރު ކޮއްލިއެވެ. ހުއްޓުނީ ގޮސް ޔަނާ އާއި ޔާނިއު ކުރިމައްޗައްށެވެ. ޔާނިއު ހައިރާން ނަޒަރަކުން އާއިޝް އައް ބަލާލިއެވެ. ” މީ ކަލޭގެ ބިޓު!!?? ” އާއިޝް ބުނެލިއެވެ. ވަގުތުން ޔާނިއު ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭރު ޔަނާ އިނީ ހިނިގަނޑު މަތަކޮއްލައިގެންނެވެ. “ކަލޭ ކީއްތަ ތިކުރަނީ މިތާގަ..” ޔަނާ ނީނދެވިގެން ބުނެލިއެވެ. އޭރު އާއިޝް އެއްބުމަ މައްޗައް އަރުވައިގެން ޔާނިއު ހޭތަން ބަލަން އިނެވެ.

“ކީއްވާނީ މަގޭ ބިޓައް ވިޔަސް.. ” ޔަނާ މިހެން ބުނި އަޑު އެތާ މާދުރު ނޫންހިސާބަކުން ހިނގައިފައި ދިޔަ އާނާ އައް އިވުނެވެ. އެއްލި ކަޅިން ޔާނިއު ފެނުމުން އެތާ ކައިރީ އިން އަނހެން ކުއްޖާ އައް ބަލާލިއެވެ.” އަނެއްކައި މިއީބާ މި ސޮރުގެ ބިޓު.. މާދަން ސްކޫލައް ގޮސް ޖެއްސިލާނަން “އާނާ ހިތާ ހިތުން މިހެން ބުނެލައިފައި އަނެއްކައިވެސް ހިނގަން ފެށިއެވެ.

ޔަނާ މިހެން ބުނެލުމުން ޔާނިއު ހިނިގަނޑު ދިރުވާލިއެވެ. އަދި ޔަނާ އާއި ދިމާ އައް ބަލާލިއެވެ. އާއިޝް ވެސް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.” ސިސް މީ ކާކުތަ.. ކީއްވެ ތިބުނީ ބިޓައް ވިޔަސް ކީއްހޭ.. ލޮލްސް ަހހަހަހަ”ޔާނިއު ޔަނާގެ ކަނފަތްކައިރީ ސިއްރުން ބުނެލިއެވެ. “އެއީ މީހެއް.. އެންޑް ނަތިންގ މޯ ލޮލް..” ޔަނާ ވެސް ޔާނިއު ކަންފަތް ކައިރީ ސިއްރުން ބުނެލިއެވެ. އޭރު އާއިޝް މާކަނައެއްހެން ބޯދިއްކޮއްގެން އިނެވެ. ” އޭތް!!.. މާކަނާ ކަލޯ..” ޔާނިއު ލައިގެން ހުރި ގަމީސް ރީތިކޮއްލަމުން ބުނެލިއެވެ. “މާކަނައެކޭ!! މަ ފެންނަނީ މާކަނައެއްގެ ސިފައިގަތަ ކަލެއައް..” އާއިޝް ދެލޯ ބޮޑު ކޮއްލައިފައި ރާގުލައިފައި ބުނެލިއެވެ. “މި ގޭންގެއް ގަ އުޅޭ މީހެއް ހާދަ މޮޔަ އޭ މަގޭ ކޮއްކޮ އައް ވުރެއް ވެސް މޮޔަ..” ޔަނާ ހިތާ ހިތުން ކިޔާލިއެވެ. “ދެން މިތަނުން ގޮސް ފާނަންތަ” ޔަނާ އައް ނީދެ ވިގެން ބުނެލިއެވެ. “މި އަދި ކޮން ކަހަލަ ކުއްޖެއް.. މަ ދެކެ ބިރެއްވެސް ނުގަނޭ.. މަ އަދި މިތަނުން ދާންވި.. ” އާއިޝް ހިތާހިތުން ކުދިކިޔާލިއެވެ.

” މަ މިހާރު ކީއްކުރީ މަ ފޮނުވާލަން ތި އުޅެނީ” އާއިޝް މިހިން ބުނެ ފަހަތައް ބަލާލީ މީހަކު ގޮވާލިހެން ހީވާތީ އެވެ. ކަމަކުދާކައް ނެތެވެ. ފަހަތުގައި ހުރީ ހިޔާމް ، ޝިޔާމް އަދި އިވާން އެވެ. “ކަލޭ މަމެން ކައިރީ އަންނަހަރޭ ކިޔާފަ މި ކޮންކަމެއް” އިވާން ބުނެލިއެވެ. ” އޮހް.. މި ކުއްޖާ ދޯ.. ހާއި ޔަނާ.މި ކާކު .” އިވާން ރީއްޗައް އެއީކާކުތޯ ބަލާލައިފައި ބުނެލިއެވެ. ޔާނިއު އައް އިޝާރާތް ކޮއްލައިފައެވެ.
” ކަލޭގެ ތަލަ.. ” ޔާނިއު ބުނެލިއެވެ. ޔާނިއު ބުނެލިއެއްޗަކުން އިވާން ގެ އިތުރުން އާއިޝް ވެސް ދިޔައީ ސިއްސައިގެންނެވެ. ” އޭތް.. ޔާން ކޮންތާކުން ދަސްކުރި އެއްޗެއް ލޮލް.. ތަލަ އޯ” ޔަނާ އަނެއްކާވެސް ޔާނިއު ގެ ކަންފަތްކައިރީ ސިއްރުން ބުނެލިއެވެ. ” ސްކޫލުން.. ކްލާސްތެރެއިން ކުދިން ކުދިން އަިއ ދިމާއައް ކާކު ބުނީމަ ބުނާނެ ކަލޭގެ ތަލައޭ” ޔާނިއު ވެސް ސިއްރުން ބުނެލިއެވެ. ވަގުތުން ޔަނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭރުވެސް އާއިޝް އަދި އިވާން އަނގަ ތަނަމިނައް ހުޅުވައިގެން އިނެވެ. “މަގޭ ތަލަ ބޭނުންތަ” އިވާން އަނގަ ބަންދު ކޮއްލައިފައި އާއިޝްގެ ދައް ބޮލުގައި ޖަހަމުން ބުނެލިއެވެ. “އައްޗި މަ ބޭނުން ވެދާނެތަ ތިކަހަލަ ކުނި ތަލަ އެއް.. ޔަގީނެއްނު ދެ ތިން ހަފްތާ ވާއިރުވެސް ބޯ ނުދޮންނާނެ ކަން.. ދެން މަބޭނުންވާނެތަ..” ޔާނިއު ނޭފަތު މަތީ އަތް އަޅާލައިފައި ބުނެލިއެވެ. އަނެއްކާވެސް އިވާން ގެ އަނގަ ހުޅުވުނެވެ.” މީ ހާދަހާ އަނގަ ގަދަ ސޮރެކޭ.. ” އާއިޝް ހިތާ ހިތުން ބުނެލިއެވެ.

އޭރު ހިޔާމް އާއި ޝިޔާމް ހެމުން ހެމުން ޖޯލިފަތި ތަކާއި ދިމާޔަށް ދަނީއެވެ. ޔަނާ ހިނިގަނޑު ހިނދާލައިގެން އިނެވެ. އިވާން އާއިޝް އަތު ހިފައިގެން ޖޯލިތަކައި ދިމާލއއް ދިޔައީ ހިތުން ޔާނިއު އާއި ދިމާލައް ކުދި ކިޔަމުންނެވެ. އެމީހުން ފެންނަ ހިސާބުން ދުރައް ދިޔުމުން ޔަނާ ޕަކަ ޕަކަ ތަޅައިފައި ހޭން ފެށިއެވެ.

❤️ – ނުނިމޭ -❤️

 

30

2 Comments

  1. Princess

    June 21, 2021 at 3:54 pm

    V reethi♥️♥️♥️♥️

    • mimi

      June 22, 2021 at 8:15 pm

      Thanku princess.. ❤️ ✨💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!