އޭރު ހިޔާމް އާއި ޝިޔާމް ހެމުން ހެމުން ޖޯލިފަތި ތަކާއި ދިމާޔަށް ދަނީއެވެ. ޔަނާ ހިނިގަނޑު ހިނދާލައިގެން އިނެވެ. އިވާން އާއިޝް އަތު ހިފައިގެން ޖޯލިތަކައި ދިމާލއއް ދިޔައީ ހިތުން ޔާނިއު އާއި ދިމާލައް ކުދި ކިޔަމުންނެވެ. އެމީހުން ފެންނަ ހިސާބުން ދުރައް ދިޔުމުން ޔަނާ ޕަކަ ޕަކަ ތަޅައިފައި ހޭން ފެށިއެވެ.
________________________________________________________________
ޔަނާ އާއި ޔާނިއު ގެޔައް ދިޔަ އިރު ވެސް އާއިޝް ޔަނާ އާއި ދިމާލައް ބަލައް އިނެވެ. ޔަނާ ގެއައް ވަދެ ރީތިކޮއް ފެންވަރައިގެން ނުކުމެ ޓީ ޝާޓަކާއި ސޯޓެއްލިޔެވެ. އިސްތަށިގަނޑުގައި ފުނާ އަޅައިފައި އަތުން އިސްތަށިތައް އައްސަމުން އެނދު މަތީގައި އިއްތާލައެވެ. އިސްތަށިގަނޑު އައްސާ ނިނމާފައި ޗާޖައް ޖަހާއިފައި އޮތް ފޯނު ނަގައި އިނސްޓަގްރާމް ހުޅުވާލިއެވެ. ‘ އާހިލޫ10 ‘ ޖަހައިފައިން ޕްރޮފައިލް އައް ދިޔައެވެ. އަދި ޕޯސްޓް ކޮއްފާ ހުރި ފޮޓޯތައް ތައް ބަލަން ފެށި އެވެ. ފެނުނު ފޮޓޮލަކުން ޔަނާ ގެ ހިތައް ހީވީ ތީރުތަކެއް ވަތްހެނެވެ. އަތުން ފޯނު ދޫ ވިއެވެ . ފޯނުގައި ކޫރުންތައް އެޅުނެވެ. ހިތުގައި ވެސް ހިވީ ކޫރުންތަކެއް އެޅުނު ހެނެވެ. ހިތާދިމާތު މޭމަތީ އަތް އަޅާލެވުނެވެ. ވާނީވެސް އެހެންތާ އެވެ. އެޔޮއް ދުވަހު އެކީގައި އުޅުނު އާހިލް ބާއޭ ވެސް ޔަނާ ގެ ހިތައް އެރި އެވެ. އެ ފޮޓގައި ވަނީ އާހިލް އާއި އެހެން އަންހެން ކުއްޖަކު ނަގާ ފައިވާ ފޮޓޯ އެކެވެ. އެ އަންހެން ކުއްޖާ ހުރީ ހެވީ ދިލިފައެވެ. އާހިލް ހުރީ އެ އަންހެން ކުއްޖާގެ ކޮލައް ބޮސްދީގެންނެވެ. އަދި ފޮޓޯގައި ލިޔެފައިވަނީ “އޮން ދަ ބީޗް ވިތް ބޭބީ ” އެވެ. ޔަނާގެ ލޮލުން ކަރުނަ ހިލުނެވެ. ޔަނާގެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރީގައި ހިފާފައި ވެއެވެ.
ޔާނިއު އޮތީ އެނދު މަތީގައި އޮއްތާލައިގެންނެވެ. އެއްވެސް ހަރަކާތެއްނެތި ސީލިންގައް ބަލާށެވެ. އެހެން އޮއްވާ ސިއްސައިގެން ދިޔައީ ޔަނާ އައިސް ކޮޓަރީ ދޮރު ހުޅުވާލުމުންނެވެ. އެނދުން ވެއްޓޭނުވެއްޓޭ ހިސާބުގައި އޮތް ޔާނިއު ވެއްޓި ޖެހުނެވެ.” ތިޔައް ވުރެ މަޑުން ވެސް ދޮރު ހުޅު ވޭނެ ދޯ ދޮންތަގަނޑާ.. ” ޔާނިއު މަޑު މަޑުން ތެދުވަމުން ބުނެލިއެވެ.” ތިއްތަ ބުނެގެން ފިހާރައައް ދާން މި އުޅެނީ.. އަންނާނަން ތޯ އަހަން މި އައީ ” ޔަނާ ކުރިން ހުރި އެއްވެސް ވޭނީ އަސަރުތަކެއް ނެއްފަދައެވެ.” އެހެންޏާ މަ ދާނެއްނު.. އާން މަޑުކުރޭ މި އަންނަނީ” ޔާނިއު މިހެން ކިޔާ ފާހަނަ އައް ވަނީ އެއްޗިހި ބަދަލު ކޮއްލަންށެވެ.
“އޯކޭ ސިސް ހިނގާ ދާން ” ދެ މިނެޓް ފާހަނާގައި ހޭދަ ކޮއްފައި ނުކުމެ ޔާނިއު ބުނެލިއެވެ.” ހިނގަ ” ޔަނާގެ ރާޅުބާނި ގަދަ މުށިކުލައިގެ އިސްތަށިގަނޑު އައްސާލަމުން ބުނެލިއެވެ. އަދި ބޭރައް ނުކުމެ ފައިވަނައް އަރައިގެން ދާން ހިނގައިގަތެވެ. ޔާނިއު ފޯނާއި ކުޅެމުން ޔަނާ ގެ ފުލުން ހިނގަނީ އެވެ. ޔަނާ ގޮސް މަޑު ކޮއްލީ ކައިރީގައި ހުރި ފިހާރައަކައްށެވެ.” ޔާނިއު ވަދޭ ފިހާރައް އައި ވިލް ވެއިޓް ބޭރު ތިއްތަ ބުނީ ކެރެޓަކާއި ތިން ނޫޑްލްސް ޕަކެޓް ގަންނާށޯ.. ” ޔަނާ ބުނެލިއެވެ. ޔާނިއު މޫނައް ވައްތަރެއް ޖައްސާލައިފައި ފިހާރައައް ވަނެވެ.
އާއިޝް ސައިކަލާ އައިސް މަޑު ކޮއްލީ ފިހާރަ ކައިރީގައެވެ. އަދި ފޯނު ނަގައި މީހަކަށް ގުޅާލިއެވެ.” އާހިލް ކައެ ކޮން އިރަކުން މާލެ އަންނަނީ.. ތިޔަ ދެން ބޮޑުވަރު ދޯ އަބދު އަނހެނުން ގޮވައިގެން ނުދުވިޔަކަސް.. ކަލޭގެ އުފަންދުވަސް ވެސް މި އަންނަ މަހު ދެޔެއްގަ.. ކަލެއައް ސަތާރަ އަހަރު ވީ އިރު ވެސް ބިޓުން ނެގުން ނޫން ކަމެއް ނުކުރާނެ ” އާހިލް ފޯނެގުމާއިއެކު އާއިޝް ފަތިވަރުތައް އަމުނާލިއެވެ. އާއިޝް މި ވާހަކަތައް ދެއްކީއިރު ސާފު ކޮއް ޔަނާ އައް އަޑު އިވުނެވެ.” އަނެއްކާ އާހިލް މިއީ އާއިޝް ގެ ރައްޓެއްސެއް ބާ.. އުމުރުން ސަތާރަ އަހަރު މިއަންނަ މަހު ދެޔެއްގަ އޭނަ އުފަން ދުވަސް.. އެއީ ހަމަ އެ އާހިލް.. އަހަރެން ރައްޓެހިވި އާހިލް.. “ޔަނާ ހިތާހިތުން މިހެން ކިޔަމުން ގޮސް އާއިޝް ކައިރީ ހުއްޓުނެވެ. އާއިޝް އިނީ ޔަނާ އާއި ދިމާ އައް ބަލަން އަނގަ ހުޅު ވިފައެވެ.
ޔާނިއު ފިހާރައީތެރޭގައި ހުރެގެން ކެރެޓް ހުރި ތަން ހޯދަނީ އެވެ.” އަޅެ ފަހެ ދެރް ވެއްޖެ ކަމެއްނު ދޯ.. މަ ވިއްޔާ އެ ވެއްދީ ކެރެޓު ގަންނާށޭ ކިޔައިފަ.. ” ޔާނިއު ހުރީ ރުޅި އައިސްގެން ހަލާކު ވެފައެވެ. ރުޅި އައިސް ހުރި ވަރުން ފިހާރަ ސޭޓު ކައިރީގައި އަހަންވެސް ހަނދާން ނެތުނީއެވެ.
” ޔަނާ؟؟.. މިތާ މިގަޑީ.. ” އާއިޝް ހައިރާން ވެ ހުރެ ބުނެލިއެވެ.” ‘ ޔަނާ އޭ؟؟؟”‘ ‘ ފޯނުގައި ހުރި އާހިލް ސިއްސައިގެން ގޮސް ބުނެލިއެވެ. “އާހިލް.. ޔަނާ ދަންނަން ތަ. ؟” އާއިޝް އާހިލް ގާތު އަހާލިއެވެ. “‘ އާން ދަންނަން މަ ބިޓު”‘ އާހިލް ފޮނި ވެލައިފައި ބުނެލިއެވެ. އާހިލްބުނެލިއެއްޗެއް ސާފުކޮއް ޔަނާ އައް އިވުނެވެ. އައި ރުޅިން އާއިޝް އަތުން ފޯނު ޖަހައިގަތެވެ.” މަށާ ރައްޓެހިވެ ހުރެ އެހެން އަންހެން ކުދިން ގޮވައިގެން އުޅެން ވަރައް މަޖާތަ.. އާން ވެދާނެ ދޯ މަ ވެސް މީ އޭގެން މީހެއް ދޯ ވާނީ ވެސް އެހެއްނެއްނު ދޯ މަ އެކަންޏެއް ނޫނެއްނު ދޯ މި ދުނިޔޭ އުޅެނީކީޔެއްް އެހެން ވީމަ އެހެން އަންހެން ކުދިން އެއްކޮއް އުޅެވޭނެއްނު.. ޔޫ ޕްލޭޑް ވިތް މީ.. ޔޫ ޕްލޭ ބޯއީ.. ” ޔަނާ ހީވީ ތަންގަނޑު ފަޅާލަފާނެ ހެންނެވެ.
އާހިލް އިނީ ފޯނު ކަންފަތުން ދުރުކޮއްލައިގެން ފޫހިކަމާ އެކީ އަޑު އަންށެވެ. އާއިޝް އިނީ ލޯ ބޮޑު ކޮއްލައިގެންނެވެ. ޔަނާ ދެ ކަކޫ މައްޗައް ތިރިވިއެވެ. އަދި ރޯން ފެށި އެވެ. ހީވީމި އޮއް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރު ކޮއްލީހެނެވެ. ޔަނާ ހަޅޭއްލަވާ އަޑު އިވިގެން ފިހާރަ ތެރޭ އިން ޔާނިއު ދުވެފައި ނުކުތެވެ. ޔާނިއު ބޭރައް ނުކުމެ ބަލާލިއިރު ކޮންމެސް ފިރިހެން ކުއްޖެއް ކައިރީ ބިން މަތީގައި ކަކޫ ޖަހައިގެން އިނދެ ރޮނީ އެވެ. ޔާނިއު ވިސްނާކައް ނޫޅެ ގޮސް ޔަނާ އަތު ހިފާ ކޮއްޅައް ނެގިއެވެ. ” ސިސް ކިހިނެއް ވީ.. ވައި އާ ޔޫ ކްރައިން.. ޑޯންޓް ކްރައި ދޮންތީ.. ބުނޭ ކީއްވީ.” ޔާނިއު ޔަނާ އާއި ދިމާ އައް ބަލަމުން ބުނެލިއެވެ. “.ކަލޭ ދޯ މަގޭ ދޮންތަ ރޮއްވާލީ..” ޔާނިއު ރުޅި ވެރި ނަޒަރަކުން އާއިޝް އާއި ދިމާލައް ބަލާލިއެވެ.
“މަ.. މަ.. މަށެއް ނޫން ” ހްއިރާން ވެ ރުޅި އަތުވެފައި ހުރި އާއިޝް ގެ އަޑު އައީ ވެސް ކެނޑި ކެނޑި ގެންނެވެ. އާއިޝަ ގެ ސިކުނޑި ދިޔައީ އާއިޝް އާއި ދިމާއައް އެއްޗިހި ގޮވަމުންނެވެ. ..” ޔާނިއު މިއީ ޔަނާ ކޮއްކޮ އެކޭ… އާހިލް މިއީ ޔަނާގެ ބިޓެވެ. “މި ފަދަ އެއްޗެއްސެވެ.
ޔާނިއު ފިހާރައް ވަދެ ފެން ފުޅި އެއް ގަނެގެން ނުކުތެވެ. އަދި ޔަނާގެ މޫނުގައި ފެންކޮޅެއްހާކާލިއެވެ. ފެންފުޅި ޔަނާ އަތައް ދިނުމުން ޔަނާ އޭގެން ކޯވަރެއް ބޮއެލިއެވެ. ކުޑަކޮއް ހަމަ އަކައް އެޅިއްޖަ އެވެ.
” އާ.. އާހިލް މިއީ ބޮޑު ޕްލޭ ބޯއީ އެއް.. ހީ ޕްލޭޑް ވިތް މީ.. ” އަނެއްކާ ވެސް ޔަނާގެ ބަޑި ފަޅައިގެން ދިޔައެވެ.” ދޮންތާ.. އެ އޯކޭ.. ވާނެ ހުއްޓާލަ.. މި ފަހަރު އެ އހާިލް އައް ކުޅި ދައްކާ ލާނަން.. ” ޔާނިއު ކުޑަ ކުއްޖަކައް ވިސްނައިދޭހެން ވިސްނަދިނެވެ.” މަ މީ ކުޑަ ކުއްޖެއްތަ.. ” ޔަނާ ޔާނިއު ބުރަކަށި މަތީ އެތިފަހަރެއް ޖެހިއެވެ.” ނޫނޭ ނޫނޭ ދޮންތާ ތަދުވެޔޭ.. ވިސްނައިދެވޭތޯ ދޯ މި ބެލީ.”
އާއިޝް އައް. ހިނި އަންނަގޮތް ވިއެވެ. ކުރިން ދުވަހަކު ދިމާވި ހާދިސާ އާއި މެދު ވިސްނުމުންނެވެ. ޔަނާ ޔާނިއުގެ ކޮނޑު މައްޗައް ބޯލައިގެން އޮތްމަތިން އާއިޝް ހިތައް އެރި އެވެ. “އޭތް ކަލޭ ކޮން ހިންޏެއް ތި އަންނަނީ..” ކުއްލި އަކައް އިވުނީ އާހިލް ގެ ހުނުމުގެ އަޑެވެ. ” އޭތް ޔަނާ.. އޭތް ޔަނާ އައި ސީޔޫ.. ޔޫ އާ ވެއަރިން އަ ބްލެކް ހޫޑީ އެނޑް އަ ބްލެކް ޖިންސް..” އާހިލް ފޯނުގައި އިނދެ މިހެން ބުނެލިއިރު ޔަނާ އާހިލް މިތާ ކައިރިން ހިސާބަކުން ފެނޭ ތޯ ބަލަނީ އެވެ.
އެއްލި ކަޅިން އާހިލް ފެނުނެވެ. ޔަނާ ގަތައް އައި ރުޅިން ގޮސް އާހިލް މޫނު މަތީ އެތި ފަހަރެއް އަޅުވާލިއެވެ.
❤️ – ނުނިމޭ – ❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

