ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 6
ބްރޭކް ގަޑި ނިމުމަކާ ހަމައަށް ދިއުމުން އަވަހަށް އެމީހެއްގެ ކްލާހަކަށް މިސްރާބު ޖެހިއެވެ. މިޒްނާގެ ދެން އޮތީ އެންމެ ތިން ކްލާހެވެ. ފިޒިކްސް އާއި ކެމިސްޓްރީ އާއި ބަޔޮލޮޖީއެވެ. އެ ތިން ކްލާސް ނިންމާފައި ގެޔަށްދާން ހުރީ ތައްޔާރަށެވެ. “އެކްސް ކިއުޒް މީ؟. މޭ އައި ހޭވް އަ މޮމެންޓް ވިތް ޔޫ؟.” މިޒްނާ ކްލާހަށް ދާން ފިޔަވަޅެއް އަޅާލިތަނުން މީހަކު ގޮވާލިއެވެ. “ޔެސް ސަރ؟” މިޒްނާ ޖަވާބު ދިނެވެ. ” ބަޔޮލޮޖީ ކްލާހަށް އަންނާނެ ޓީޗިންގް ކޯސް ހަދަން އަންނަ ކުއްޖެއް. މިޒްނާ އެ ކުއްޖާ ގޮވައިން ކްލާސް ދައްކާލަންދާންވީނުން؟” މިޒްނާ އާނއެކޭ ބުނެ އެ ކުއްޖަކަށް ކިޔަނީ ކޮންނަމެއްތޯ އެއްސެވެ. ޕްރޮފެސަރ އެ ނަމެއް ބުނުމުން މިޒްނާއަށް ހީވީ މޫނުމަތީ މީހަކު ޖެހި ހެންނެވެ. އިސްޖަހައިގެން ހުރެ ޕްރޮފެސަރ ދެއްކި ދިމާއަށް ދިޔައެވެ. ކުރިމަތީ ހުރި މީހަކު ލާނެއް ގޮތަކަށް ހީލައިން ހުރިތަން މިޒްނާއަށް ފެނުނީ އަސްއުފުލާލި ތަނުންނެވެ.
********************************
ކުރިމަތީގައި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ގްރޭޑް އަށެއްގައި މިޒްނާ މެންނާ އެކީ ކިޔެވި ފައިސަލްއެވެ. “މިސްޑް މީ ބޭބީ ގާރލް؟” މުޅި ސްކޫލަށް އޭނާ ވަނީ ގިނަވެފައެވެ. އަބަދު އަންހެން ކުދިންނާ ފޮށޭ ފައިސަލްގެ ޝިކާރައަކަށް މިޒްނާ 3 އަހަރު ވަންދެން ވިއެވެ. އެއް ކުލާހެއްގައި ކިޔަވާ ދެމީހުން ކަމުން އަބަދު މިޒްނާގެ ފޫބުޑުން ނުނެއްޓި ޖެހި ބުދެއްހެން މިޒްނާ ދާ ތާކަށް ދެއެވެ. އަނެއްކޮޅުން މިހާރު ފައިސަލް އެއައީ ޓީޗިންގް ކޯހެއްގެ ޓެސްޓްއަކަށް ކަމުން ބަޔޮލޮޖީ ކްލާސް އަށް އަންނަން އޮތީ ފައިސަލް އަށް ޖެހިފައެވެ. މިޒްނާގެ ދެން އޮއިތް ގަޑިއަކީވެސް ހަމަ އެ ސަބްޖެކްޓެވެ. “ކިތައް ފަހަރު ފައިސަލް ކައިރީ މަ ބުނަންވީ ބޭބީ ގަރލް އޭ ނުކިޔާށޭ މަށަށް؟” ރުޅިވެރި މޫނަކާ އެކު މިޒްނާ އެއްސެވެ. “އޯ ޕްލީޒް މިޒޫ އެއީ ދެން ލޯބިންނޭ” ވިހަ ގޮތަކަށް ހީލަމުން ފައިސަލް ބުންޏެވެ. “އިތުރު ވާހަކަ ނުދައްކާ އާދޭ. ކްލާސް ހުރީ މިދިމާލުގަ.”
ކުލާސް ދައްކާފައި މިޒްނާ އަވަހަށް ފައިސަލް އަށް ނުވަދެވެނީސް ކުލާހަށް ވަދެ ޒޯޔާ ކައިރީ އިށީނެވެ. ފައިސަލް އައިސް ކުލާހަށް ވަނުމުން ޒޯޔާ އަށް ދެލޯ ބޮޑު ކޮއްލެވި މިޒްނާ ގަައިގައި ކޮއްޓާލެވުނެވެ. ސިހުންވެ މިޒްނާ އަށް ބަލާލެވުނީ ޒޯޔާ އަށެވެ. “އޭ ކިހިނެއް ތިވީ؟” މިޒްނާއަށް ވީވަރު ފެނި ޒޯޔާ އަށް އަހާލެވުނީ ބުނަން އުޅުން ވާހަކަ ފަސް ކޮއްލާފައެވެ. “އެ ފައިސަލް ޓީޗިންގް ކޯސް ހަދަން އައިސްގެންނޯ އެ އުޅެނީ. އަޅެ ޒޯއި އޭނަ އަނެއްކާ މަށަށް ކަމެއް ނުކުރާނެބާ؟” މިޒްނާއަށް ވިސްނެނީ ހަމަ އެކަމާއެވެ. “ތިވަރަށް ނުވިސްނަބަލަ. އެވްރީތިންގް ވިލް ބީ އޯލްރައިޓް. މާނިއުމެން ކައިރީވެސް ބުނެލަން ވާނުން މި ވާހަކަ” ޒޯޔާ އެހުމުން ހޫމް އޭ ބުނެ މިޒްނާ ވާހަކަ އެހިސާބަށް މެދު ކަނޑާލިއެވެ.މުޅި ގަޑީގަވެސް މިޒްނާއަށް ފައިސަލް ބަލާކަން ފާހަގަ ކުރެވުނެވެ. އެކަމަކު ެެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބޯޑުގައި ހުރި ނޯޓްސްތައް ނެގީއެވެ.
ދެން އޮތް ދެގަޑިވެސް ހަލުވި ކަމާއެކު ގޮސް ނިމިއްޖެއެވެ. މިޒްނާ އެންމެނަށް އިންގޭނެހެން ގުރޫޕުގައި ބައްދަލު ކުރުމަށް ބޭނުން ވާހަކަ ބުނެ ވަކި ރެސްޓޯރެންޓްއެއް ވެސް ބައްދަލުކުރަން ހަމަ ޖެއްސިއެވެ. މިިޒްނާ ދިޔަ އިރު މާނިއު އާއި ޒޯޔާ ހުރީ ލެމަންގްރާސް ކައިރީގައެވެ. މިޒްނާ އަށް ޒޯޔާ މާނިއު އާއި މާ ގައިގޯޅިވެފައި ހުއްޓައި ފެނުމުން ހިތައް އުނދަގޫވެ ރޮވޭހެން ހީވިއެވެ. އެކަމަކު ތިރީތުންފަތުގައި ކުޑަކޮށް ދަތްއަޅާ މީހާ ހަމައަކަށް ޖެއްސިއެވެ. އެވަގުތު މާއިޝްވެސް އައިސް ސައިކް ޕާކު ކޮށް މިޒްނާމެންނާ އަރާ ހަމަވުމުން އެންމެން ވެސް އަވަހަށް މޭޒެއް ދޮށަށް ޖެހި އިށީނެވެ. “ގާއިޒް. ޑޫ ޔޫ ނޯ ދެޓް ޓްރޭޝްބޭގް ފައިސަލް އިޒް ނައު އަވަރ ޓެންޕޮރަރީ ޕްރޮފެސަރ؟ ލައިކް އާރ. އައި ހޭޓް ހިމް ސޯ ސޯ ސޯ މަޗް” ޒޯޔާ ފުރަތަމަވެސް ފަށައިގަތެވެ. މާއިޝް އާއި މާނިއު އަށް އެއްފަހަރާ “ވަޓް” އޭ ބުނެލެވުނެވެ.”ޔެސް އިޓްސް ޓްރޫ. ލީޑިންގް ޓީޗަރ އައިސް ބުނީ އޭނައަށް ބަޔޮލޮޖީ ކްލާސް ދައްކަން ދާން މަ ކައިރީ މަގޭ ވެސް އޮތީ އެގަޑިވީމަ. އަދި ކްލާހުގަވެސް ހަމަ އޭނާ ހުއްޓާ ނުލާ މަށަށް ބަލަން އިންނަނީ. ސަހަރޯއޭ ހިތައްއަރާ.” އެއްޗެއްސަށް އޯޑަރކޮށް ނިންމާފައި މިޒްނާ ބުނެލިއެވެ. މިޒްނާމެން ކެއުމައިގެން ކުރިއަށް ދިޔައީ ތިން މިނަޓް ތެރޭ ކާއެއްޗެހި އައުމުންނެވެ.
ކައި ނިންމައިން މިޒްނާ ގެއަށް ދިޔަ އިރު އެކަކުވެސް ގޭގައި ނޫޅޭހެން ހީވެގެން މަންމަމެނަށް ގޮވިއެވެ. އެކަމަކު ޖަވާބެއް ނައެވެ. މާ ބޮޑު ކަމަކަށް އެކަން ނަހަދާ މިޒްނާ ދިޔައީ ފެންވަރާލައިން އެންމެ ފަހު ޓެސްޓަށް ރިވައިޒް ކުރާށެވެ. އެެއީ އެންމެފަހު ޓެސްޓް ކަމުން އޭނާ ހުރީ ދެން ފެޝަން އެންޑް ޑިޒައިނިންގް ކިޔަވަން ބޭރަށް ދާން ތައްޔާރަށެވެ. ފެށަން އެނޑް ޑިޒައިނިންގް ގެ ދާއިރާއިން ކިޔަވައިން އައިސް މޮޅު ފެހުންތެރިއަކަށްވުމީ އޭނާގެ އުއްމީދެވެ. ރިވައިޒް ކޮއްފައި ނިދަން އޮށޯތްއިރުވެސް މިޒްނާގެ މައިންބަފައިންގެ ހިލަމެއް ނުވެއެވެ. މިޒްނާ އެކަން ބޮޑު ކަމަކަށް ނުހެދީ ފަހަރެއްގައި މީހަކާ ވާހަކަ ދައްކަން ހުރެ ގަޑި ދިޔަލެއްވެސް ނޭގުނީ ކަމަށް ހިތާއެވެ.
އޭގެ އަނެއްދުވަހު މިޒްނާ ތެދުވެ ސައި ބޮއެ ނިންމައިން ފެން ބޯން އަލަމާރި ހުޅުވަންވެގެން ލޮލުގައި އަޅައިގަތީ ނޯޓެކެވެ. އޭގައި ޖަހާފައި އޮތީ ރާމިޒާގެ މަންމަ ބަލިވެގެން ކުއްލި ގޮތަކަށް ރަށަށް ދާން ޖެހުންކަމާ މިޒްނާ އަށް ގުޅި އެތައް ފަހަރު ފޯންވެސް ނުނަގާ ކަމުގައެވެ. އެހެން ކަމުން އެ ނޯޓު ލިޔެފައި ދިޔައީކަމުގައެވެ. ހަފްތާއެއްވަރު ފަހުންވެސް އަންނާނެ ކަމުގައި ބުނެފައި އޮތެވެ.
ޓެސްޓް ނިންމާފައި މާނިއު މިޒްނާ ކައިރީ ލޯބިވާ ވާހަކަ ބުނަން ހުރީ ކެއްމަދުވެފައެވެ. ޓެސްޓް ހަދާ ނިމުމުން ހޯލްގައި ހުރެވެސް ބެލެނީ ކުރިމަތީ އިން މިޒްނާ އަށެވެ. މީ ކޮލެޖުގެ އެންމެ ފަހު ދުވަސް ކަމުން މާނިއު ބޭނުންވަނީ އޭނާގެ ހިތުގައި މިޒްނާ އަށް އޮތް މަގާމު އަންގާށެވެ. ގަޑި ޖެހުން ކަމަށް އެންގުމަށް ބެލް ޖެހިއެވެ. ހުރިހާ ކުދިންގެ ޓެސްޓް ޕޭޕަރުތައް ނެގުމަށްފަހު ހޯލުން ބޭރަށް ނެރުނެވެ. މާނިއު ހުރީ މިވަގުތު ކޮޅަށް ބަލަ ބަލައެވެ. މިޒްނާގެ އަތުގައި ހިފައި އެއްކަރިއަކަށް ޖައްސާ ވާހަކަ ފެށިއެވެ. “މިޒޫ އަހަރެން ވާހަކައެއް ބުނަން ބޭނުން”. މިޒްނާ ވާނުވާގައި އިންދާ މާނިއު ފެށިއެވެ. މިޒްނާ އިތުރަށް ވާނުވާ ނޭންގި ބޯ އަރިއަކަށް ކުޑަކޮށް ޖައްސާ ސީދާ ކޮށްލިއެވެ. “ބުނެބަލަ” މާނިއު ދެން އެއްޗެކޭ ނުބުނުމުން މިޒްނާ ބުނެލިއެވެ. “އަހަންނަށް މީހަކު ދެކެ ލޯބި ވެވިއްޖެ!” މާނިއު އެއް ނޭވާއިން ބުނެލިއެވެ. މިޒްނާ އަށް ހީވީ މީހަކު މިޒްނާގެ މޭ މައްޗަށް ގަނޑުފެން އޮއްސާލިހެންނެވެ. އަނެއްކާ އެއީ ޒޯޔާ ނޫން ބާވައޭ ހިތައް އެރިއެވެ. “އެއީ ޒޯޔާ ދޯ؟ މިހާރު ޕްރޮޕޯޒް ކޮށްފިންތަ؟” ގަދަކަމުން ހީލަމުން މިޒްނާ އެހިއެވެ.
“ޒޯޔާއޭ؟ ކާކު ބުނީ ޒޯޔާ ދެކެ އޭ އަހަރެން ލޯބިވަނީ؟” މިފަހަރު ވާނުވާގައި އިނީ މާނިއު އެވެ. “ޒޯޔާ ނޫނިއްޔާ ދެން ކާާކު؟” މިޒްނާ ކެއްމަދުވެފައި އެއްސެވެ. “އިޓްސް…” މާނިއު ބޭނުންވީ މިޒްނާ ތަޅުވާލަންށެވެ. “އިޓްސް ހޫ؟” މިޒްނާއަށް އެހެން އެހުނީ ތަންކޮޅެއް ބާރަށް ކަމުން އެތާ ތިބި ކުދިންތަކެއް ބަލަން ފެށިއެވެ. މިޒްނާ ލަދުން މޫނު އަތުތެރޭ ފޮރުވާލިއެވެ. މާނިއުއަށް އެތަން ފެނި ކުޑަކޮށް ހިނި ައންނަ ގޮތްވިއެވެ.”އިޓްސް ޔޫ ބޭބީ. އިޓްސް ޔޫ ހޫ އައި ލަވް. އައި ލަވް ޔޫ ސްވީޓްހާޓް.”މާނިއު ބުނެލިއެވެ. މިޒްނާ ހުރީ ޝޮކެއްގެ މަތީ ކަންނޭގެއެވެ. މޫނުގައި އަތްއެޅާލެވުން ގޮތައް ނަގަން ނޭނގިފައި ހުރީއެވެ.މާނިއުނެންގެ އިތުރުން އެތާ އަދި ދެމީހަކު ހުރިކަން މާނިއުމެނަކަށް ރޭކާވެސް ނުލައެވެ. އެ ދެމީހަކު ބާރު ހިނގުމެއްގައި ގޮސް ލޮލު ކޮޅަށް އޮބާލީ ކޮންމެސް ވާހަކައެއް ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Najdha new account eh hulhuvytha??? Anekka Amy aa dhuruvytha?? Becox pls don’t. She is soooooo nice. ❤️❤️❤️❤️❤️❤️
Love the story. Ekam Kudakoh avahah up kobba. Varah curious ey. Adhi mi avvure dhigu kohlaa. Eyrun hama varah rythi vaane.
Insha Allah
Amy is nice by I mean,she treats everyone very nicely. Nothing else.
V reethi vhk eh❤️❤️❤️❤️❤️❤️
Amy n me have a separate accnt thts y i changed my accnt name to my previous username “Najdha”. N thnk u rainberry.??