ޑައިނަމޯއަށް ވަދެ އަޒާން ހުސް މޭޒެއްގެ ކައިރީ އިށީނދެލިއެވެ. މާޝާއަށް ގުޅާފާ ބަލާ ދާނަމޭ ބުނުމުން އެކަނި ދާނަން ނަމަށް ބުންޔެވެ. އަޒާން އެއްލި ކަޅިއަކުން އެތަނަށް ވަދެގެން އައި މެދު އުމުރުގެ ޒުވާނެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ފިރިހެނުންގެ ހިތްތައް ކަތިލާނޭކަން ޔަގީނެވެ. ހަމަ ގައިމުވެސް އަޒާންގެ ހިތް ކަތިލައިފި އެވެ. އަޒާން އަށް ބަލަން އިނދެވުނީއެވެ.

*************************************

ފައިހާ ގެއަށް ވަދެ ފުރަތަމަ ދިޔައީ ފެންވަރާލާ ބޯ ހަމަ ޖައްސާލާށެވެ. ފެންވަރައިގެން އިސްތަށިގަނޑު ހިއްކަން ހުއްޓާ ނަތާޝާ ފައިހާން ގޮވައިގެން އައިސް ވަނެވެ. ރޮނީތަ ސުވާލުކުރުމުން ފައިހާން ފެންވަރުވާ ރީތި ކޮށްލަން އައި ކަމުގައި ބުންޔެވެ. ފައިހާން ކުޑަ އެނދަށް ކައިފާ ކުޑަ ސޯތަކާއި ޓީޝާޓެއް ނަގާ ނެޕީ ގެ އިތުރުން ރީތިކުރަން ގެންގުޅޭ ސާމާނު ނަގާފައި ފައިހާން ނަގާ ފެންވަރުވަން ވަނެވެ. ފައިހާން ވެންވަރުވައިގެން ނުކުތް އިރު ފައިހާ އެނދުމަތީގައި އޮށޯވެގެން އޮތެވެ. “ދޮންބެ ދައްތާ ސުވާލެއް ކޮށްލަންތަ؟” ނަތާޝާ ފައިހާން ރީތިކުރަމުން ހިނިތުންވެލާފައި “ހޫމް” އޭ ބުނެލިއެވެ. “އަސްލު ހޮސްޕިޓަލުން ކެނޑުނީ ސީއީއޯ ދޮންބެ ދައްތިއާ ބެހޭތީ ދޯ؟” ފައިހާޖުރި ސުވާލުން ނަތާޝާ ފައިހާގެ މޫނަށް ބަލާލިއެވެ. ޖަވާބެއް ނުލިބުމުން ފައިހާ ސުވާލު ތަކުރާރު ކޮށްލިއެވެ. ނަތާޝާ ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ. ފައިހާ އަށް އެސުވާލުގެ ޖަވާބު ލިބުނެވެ. ނޭނގޭ ހަމަ އެކަނި ކަމަކީ ސީއީއޯ އަދި އަދަށް ވެސް ފައިހާއަށް ފެނިފައެއް ނެތެވެ. އަނެއް ކަމަކީ ނަތާޝާ އެކަން ސިއްރުކުރީ ކީއްވެ ބާއެވެ.

އެތަނަށް ވަދެގެން އައި ފާރިޝްއަށް އެއަޑު ކިތަމެ ހާވެސް ރަނގަޅަކަށް އަޑު އިވުނެވެ. ނަމަވެސް އެވާހަކަ ނުދެއްކީ ނަތާޝާ އިތުރަށް ހާސް ކަމެއްގެ ތެރެއަށް ގޮސްފާނެތިންނެވެ. ފައިހާން ނިންދަވާލާފައި ނަތާޝާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު އިޒާން ވީ ހޮސްޕިޓަލަށް ގޮސްފައެވެ. ޖައިލަމް އަކީ ހޮސްޕިޓަލުގެ ސީއީއޯ ކަން އެނގުނީ ޑޮކިއުމެންޓް ތަނެއްގައި ސޮއެ ޖުރުވަން ސީއީއޯ އޮފީހަށް ގޮސް ވަން ދުވަހުއެވެ. އެދުވަހު ޖައިލަމް ގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ވެސް ނުފެނެއެވެ. އިޒާން އާއި ނަތާޝާ ކައިވެނި ކުރިކަން އެނގުނު ދުވަހުން ފެށިގެން ޖައިލަމް ދިޔައީ އެކި ގޮތް ގޮތުން ނަތާޝާއަށް އުނދަގޫ ކުރަމުންނެވެ. ނަތާޝާ ފެންނަ ކޮންމެ ފަހަރަކު ޖައިލަމްގެ މޫނުމަތިން ވިހަ ހިނިތުންވުން ނޫން އެހެން އެއްޗެއް ނަތާާާޝާއަކަށް ނުފެނެއެވެ. ޖައިލަމް ގެ ނަން ބުންޔަސް ނަތާޝާ ބިރުން ތުރުތުރު އަޅައެވެ. އަދިވެސް ޖައިލަމް ނަތާޝާއަށް ދިން އިންޒާރު ހަނދާނުގައި އެބަހުއްޓެވެ.

_____________________________________________

ނަތާޝާ ވަރަށް ބުރަކޮށް އުޅެފައި ރެސްޓްރޫމްގެ ސޯފާގައި އިންދާ ނިދިޖެހުނެވެ. ހޭލެވުނީ މީހެއްގެ ހޫނު ނޭވައާއި ނަތާޝާގެ ތުންފަތަށް މީހަކު ބޮސްދެމުން އަމިއްލަ ހިތް އުފާކުރަނިކޮށްށެވެ. ސިއްސައިގެން ގޮސް އެމީހާ ކޮށްޕާލެވުނެވެ. ވެއްޓުނު ނަމަވެސް ޖައިލަމް ތެދުވެ އަނގަމަތި ފުހެލިއެވެ. އަދި ކައިރީ ހުރި މާ ވަށިގަނޑު ކައިރީ ކައްކޮށްލާފައި އިން ފޯނު ނަގާ ދައްކާލިއެވެ. އޭގައި ނަތާޝާގެ ތުންފަތަށް ޖައިލަމް ބޮސްދެމުން ދިޔަ މަންޒަރު ރިކޯޑް ކޮށްފައި ވެއެވެ. ” އެދުވަހު އަހަރެން ޖަލަށް ދާން ޖެހުނީ ކަލެއާ ހެދީ. މިއަދު އަހަރެން ގޮސް މި ވީޑިއޯ ސޯސިއަލް މީޑިއާގައި ލީކް ކޮށްލީމަ ކަލޭގެ އަގު ވެއްޓޭނީ” ނަތާޝާގެ ކަރުގައި އިނގިލި ބީއްސަމުން ޖައިލަމް ބުނެލިއެވެ. ” ހެޔޮ ނުވާނެ އަހަރެންނަށް ތިހެން ނުހަދާ ޕްލީޒް” ނަތާޝާ އާދޭސް ކުރަމުން ދިޔައިރު މީހާ ދާހިތްލާ ފޯވެއްޖެއެވެ. ” މި ލީކް ކޮށް ނުލާނީ ޝަރުތެއްގެ މަތިން.” ނަތާޝާ އަވަސް އަވަހަށް އެއީ ކޮން ޝަރުތެއް ތޯ ސުވާލުކޮށްލިއެވެ. އޭރު ނުފިލާ ވިހަ ހިނިތުންވުމެއް ޖައިލަމްގެ ތުންފަތްމަށްޗަށް ވެރިވެފައި ހުއްޓެވެ. “ކަލޭ އަހަރެން ބުނާ އިރަށް އަހަރެންގެ ކެބިން އަށް އައިސް އަހަރެން ބުނާ ކަމެއް ކޮށްދީ” ނަތާޝާ ވަގުތުން ގަނޑު ވިއެވެ. ހިތާއި ދެކޮޅަށް އާއެކޭ ބުނިއިރު ލޮލުން ހުއްޓުމެއްނެތި ކަރުން ފައިބަމުން ދިޔައެވެ.

_____________________________________________

އެނދުމަތީގައި އޮތް ނަތާޝާ ސިހުނީ މީހަކު އޭނާގެ ގައިގައި އަތް ޖައްސާލިހެން ހީވުމުން ނެވެ. ހާސްވެފައި ކައިރީގައި އެއިނީ ދެވަނަ ދެމީހެއް ނޫނެވެ. އޭނަގެ ލޯބިވާ ފިރިމީހާއެވެ. އިޒާން އަށް ނަތާޝާ ރޯތަން ފެނުމުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ކީއްވީތޯ ސުވާލު ކުރުމުގެ ބަދަލުގައި ނަތާޝާ ގެނެސް އެ މޭތެރޭގައި ބޮނޑިކޮށްލިއެވެ. އަދި ނަތާޝާ ހިތް ފުރޭ ވަރަށް ރޯލަން ފުރުސަތު ދިނެވެ.ޖއުޝާއަށް އަދިވެސް ސިފަވަނީ ނީޝާ ހީގަނެގެން އޮތް މަންޒަރެވެ. ކިތަމެ ރުޅިއަޔަސް ނީޝާ އާ ދިމާއަށް އެޗެކޭ ނުކަމާއިރަށް ބުނަނީ ޖައިލަމް އޭނަ ވެއްދީ ކަމަށެވެ.

ރަތް ކުލައިގެ ހެދުމަކާއި ބިސްކުލައިގެ ޝޯލްއެއް އަޅައިގެން ފަރި ހިނގުމެއްގައި އެއަންނަނީ އަޒާންގެ ހިތުގެ ވިންދެވެ. އެމޫނަށް ބަލާ ފޫހި ނުވާނެއެވެ. ލޮލުގައި މަސްކާރާ އަޅާ އާއިލާއިން އިން ލޯކައިރި ހުރީ ރީތިކޮށްލާފައެވެ. މާ ވަރަކަށް މޭކަޕް ކޮށްފައި ނެތަސް މޫނުގައި ފުއް ޖަހާ ތުންފަތުގައި ރަތް ކުލައިގެ ލިޕްސް ޓިކެެއް ޖައްސާފާ ހުރުމުން އެ މަޢުސޫމް ކަން އިތުރު ކޮށްދެއެވެ. އައިނު ނާޅާ ކޮންޓެންޓް ލެންސް ލައްވާފާ ހުރުމުން ކުރީގެ ހަނދާންތައް އާވާން ފެށިއެވެ. ރަކި ހިނިތުންވުމެއް ވީ އިރު މާޝާގެ ފުރިހަމަ ކަމުގެ ވާހަކަ ކިޔާ ނުދެވޭނެއެވެ. މާޝާ ފެނުނު ވަގުތުން ފެށިގެން އަޒާން ހުރީ ކޮޅަށެވެ. މާޝާ ކައިރިއަށް އައިސް އަޒާން ގެ ކޮނޑުގައި ކޮއްޓާލިއެވެ. މާޝާ ޖޭން ފެށުމުން އަޒާންއަށް ވެސް ހެވުނެވެ. ” އޯޑަރ ކުރަން ވީ ނުން” މާޝާ އިށީނުމުން އަޒާން ބުނެލިއެވެ. އެންމެ ރަނގަޅު ކަމުގައި ބުނުމުން 2 ޗިކެން ސަބްމެރިންނަށް އޯޑަރ ކުރިއެވެ. “އަޒާން އަހަރެން ބޭނުން ވަރަށް މުހިއްމު ވާހަކައެއް ބުނަން” ދެމީހުންގެ މެދުގައި ވީ ހަމަ ހިމޭން ކަން ނަގާލީ މާޝާ އެވެ. ” ކޮންވާހަކައެއް” އަޒާން ޝައުގުވެރިކަމާއި އެކު އަހާލިއެވެ. “އަހަރެން އަޒާން ދެކެ ….” މާޝާގެ ވާހަކަ މެދު ކެނޑުނީ އަޒާން ވާހަކަ ދައްކަން ފެށުމުންނެވެ. ” އިޓްސް އޯކޭ އިފްޔޫ ޑޯންޓް ލަވް މީ. ކުރިއެކޭ އެއްގޮތަށް ވީ ކޭން ސްޓޭ އޭސް ފްރެންޑްސް.” މާޝާއަށް އަޒާން ކިޔާ އެއްޗެއް ނުވިސްނުނެވެ. “ޑޮންކީ އަޑު އަހާބަލަ” އަޒާން އަނގަމަތީގައި އަތް އަޅާލިއެވެ. މާޝާ ގާތަށް އައީ ނުލަފާ ހިންޔެކެވެ. “ސީ އައި ވޯސް ސެއިން އައި ޓޯކްޑް މައި ޕޭރެންޓްސް ކުރިން އަޒާން އާ މެރީ ކުރަން އޯކޭއޭ. އެންޑް ނައު އައި ވޯންޓް މެރީ ޔޫ އެންޑް މޭކް އަ ހެޕީ ފެމިލީ. އައި ލަވް ޔޫ އަޒާން” މާޝާ އެއް ފައްޗަކަށް ހުރިހާ ވާހަކަތަކެއް އަމުނާލިއެވެ. ގަބޫލު ނުކުރެވިފައި އަޒާން އަށް އިނދެވުނީ މާޝާގެ މޫނަށް ބަލަންށެވެ.

“ސޭ އަގެއިން” މާޝާ ލަދުގަނެ ފައި އިނުމުން އަޒާން ޖެއްސުމަށް ބުންޔެވެ. މާޝާ ނޫނެކޭ ބުނެ ގެނެވުނު ސަބްމެރިންގެ އެއްފަޅި ކާން ފެށިއެވެ. އަޒާން ހިނިތުނަވެލައިގެން އިނދެ ކާން ފެށިއެވެ. އަޒާން ގެ ފަހަތުން ގޮސް މާޝާ ސައިކަލަށް އެރިއެވެ. “މިއީ އެހެންވީމަ ގަސްތުގަ ކުރިކަމެއް ތާއޭ” ހިތާއި ހިތުން ކިޔަމުން ދިޔައެވެ. ސައިކަލު މަޑު ކޮށްލީ ޖޫގޯ ހަދާ ތަނެއްގެ ކައިރިއަށެވެ. މާޝާގަތު މަޑު ކުރުމަށް އެދި އަޒާން ދިޔައީ ޖޫގޯ ގަންނާށެވެ. އަޒާންގެ އެ ފިރިހެންވަންތަ ހިނގުމަށް ބަލާ ފޫހި ނުވާނެއެވެ. ރަތް ކުލައިގެ ގަމީސް ކަޅު ފަޓުލޫނާއި އެކު ބެގީ ކޮށްފާ ހުރުމުން އެ ފިރިހެންވަންތަ ކަން އިތުރު ކޮށްދެއެވެ. އަޒާން އަށް ހަނދާން ނެތި މާސްކް ނާޅާ އާދެވުމުން ކަންތަކާ ލައިގަތެވެ. އާއެކެވެ. އޭނަގެ ފޭންސް އޭނަ ފެނުމުން ހީވަނީ އައިސް ކާލަ ފާނެހެންނެވެ. އަޒާން ނައިސް ގިނައިރު ވުމުން މާޝާ ސައިކަލުން ފައިބައިގެން ދިޔައީ ޖޫގޯ ވިއްކާ ތަނާއި ދިމާއަށެވެ. އޭރު އެތާ ބައިވަރު މީހުން އެއްވެފައި އޮތެވެ. ގިނައީ އަންހެން ކުދިންނެވެ. މާޝާ ގޮސް އަޒާންގެ ކައިރީގައި ހުއްޓުނެވެ. މާޝާވެސް ގޮސް ހުއްޓުނީ މާސް ނާޅައެވެ. މާޝާ ހުއްޓުމުން އެތާ ހުރި ފިރިހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ. ” އެއީ އަޒާން އެކީ ކަޕަލް މޮޑެލް ކުރާ ކުއްޖާ ” އަޒާން ހީލިއަޑުވެސް މާޝާއަށް އިވުނެވެ. ޖޫގޯ ލިބުމުން އަވަހަށް މާޝާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ” އަދި މެރީ ކުރީމަ ކަންތައް ހުންނާނީ” އަޒާން ލާނެއް ހިނިތުން ވުމާއި އެކީ ބުނެލިއެވެ. މާޝާ އަޒާންގެ ގައިގާ ޖަހާލިއެވެ.

ރަސްފަންނަށް މަޑުކޮށްލާ ފައި އަތްދަބަހުގައި އޮތް ފޯނު މާޝާ ނެގީ ގަޑި ބަލާލާށެވެ. ފައިހާ އާއި ފާރިޝްގެ ފަސް މިސްޑްކޯލް އިނެވެ. އަޒާން އެ ފޯނަށް ބަލާލީ މާޝާ މާ މަޑު މަޑުން އިނީމަ އެވެ. އަޒާން ވެސް ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. “ފައިއްކޮ އަދި ޅިޔަނު” ގެ މިސްޑް ކޯލް ތަކެއް ހުއްޓެވެ. އަޒާންގެ އެދުމުގެ މަތިން މާޝާ އަޒާން އާއި އެކު ފުރަތަމަ ދިޔައީ އެގެއަށެވެ.

– ނުނިމޭ –

– ✨ Amyra ✨

9

1 Comment

 1. Naju / Amy

  June 9, 2021 at 6:31 pm

  Mi vaahakaiga innaany total 45 Bai…
  Unmeedhu kuran kiyuntherinnah mi bai ves reethi vaane kamah
  Love you readers ♥️
  Stay safe ✨♥️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!