Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްދަތި ދުވަސްތައް 4

Lily Level 210 Stories
June 8, 2021 2 Mins Read
1 Comment

“ދަރިފުޅާ ރައުފާ..އޭ ތި ނުރޮއެ މަންމަ ކައިރީގައި ވެގެން އުޅޭ ގޮތް ބުނީމަ ދޯ އެނގޭނީ.”ރައީފާ ރައުފާ އޭނާގެ ގަޔާއި ދުރުކޮށްދެއެވެ.”މަންމާ މިހިރަ ނުލަފާ ކިޔާރާގަނޑު އަހަރެންގެ ހެދުން ވިރުވާލައިފަ އެހެރީ..މީ އަހަރެން މިއަދައް ހާއްސަކޮށް މާލެ އިން ފެހި ހެދުމެކޭ.”ރައުފާ އޭނާގެ އަތުގައި ވިރިފައި އޮތް ގަދަ ފެހި ހެދުން ދައްކާލަމުން ބުންޏެވެ.

އެވަގުތު ކިޔާރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.އޭނާއަށް ހަމަ ރަނގަޅަށް އިސްތިރި ބޭނދީ އެ ބާނދާ ތާނގަ ކަން ހަނދާން އެބަހުއްޓެވެ.ރައުލާ އަށްވެސް ވީ ހަމަ ކިޔާރާއަށް ވީ ގޮތަށެވެ.އޭނާ ެިންދާ ކިޔާރާ އިސްތިރި ބޭނދީ އެ ބާނދާ ތާނގައެވެ.ދެން އޭނާގެ ދޮންތަ އެވަރުގެ ބޮޑު ދޮގެއް ހަދަންވީ ކީއްވެ ބާއެވެ.

“އޭ މިހިރަ ނުލަފާ އަންހެނާ..ކަލޭ ހީކުރަނީ ކީކޭ ކަމައްތަ..އޭނ..ކަލޭ އެހެދުން ވިރުވާލީ ކަލެއަށް ކަންތައްތައް ޖައްސާތީ ދޯ.. އަދިވެސް ޖައްސާނަން…އެ ހެދުން ވިރުވާލައިފަ ކަލެއަކަށް ތިހެނެއް ނުހުރެވޭނެ..ހުރެބިލަ ހޭއަރުވާލާނަން.”ރައީފާ ހަޅޭއްލަވައި ގަތްވަގުތު އެންމެން ދިޔައީ ސިއްސައިގެންނެވެ.ދެވަނަ ސިކުންތުގައި ފެނުނީ ކިޔާރާގެ އަތް އިސްތިރި ކުރާ މޭޒުމަތީ ބާއްވާފައި އިސްތިރި އެ އަތުގައި ޖެއްސި ތަނެވެ.”އާހް… މަންމާ..”ކިޔާރާއަށް ނެގި ދިިިލައަށް ކެތްނުކުރެވިގެން ހަޅޭއްލަވައި ގަތެވެ.”ކޮން މަންމައެއް ބައްޕައެއް ކިޔާކައް.. ކަލޭ އަމަޔާ ބަފަޔާ ނާންނާނެ ކަލޭ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް…ހުއް.” ިިިިިިިިިިިިިިިިިިިިިިިިިި”އައްސަލާމް ޢަލައިކުމް”އިސްތިރި ކިޔާރާ އަތް މަތިން ނަގާ އަނެއްކާ ޖައްސަން އުޅެނިކޮށް މީހަކު ސަލާނ ގޮވިއެވެ.”ނުނިކުންނާތި.. އަޑެއްވެސް ނުލައވާތި.”މިޔޮށް ހުރިހާ އިރު ރައުލާ ހުރީ އަނގަމަތީ އަތް އަޅައިގެން ގުޑިލަންވެސް ނުކެރިފައެވެ.މީގެ ކުރިންވެސް ރައީފާ ކިޔާރާއަށް އެތައްފަހަރަކު އަނިޔާ ކުރާނެއެވެ.ނަމަވެސް އެވަރުގެ ބޮޑު އަނިޔާއެއް އެދިނީ އަދި އަލަށެވެ.

ރައުފާ ހީކުރީ ރައީފާ ކިޔާރާ އާއި ދިމާލަށް އެއްޗިހި ކީމަ ރައުފާގެ ހިތައް ވަރަށް ހަމަޖެހޭނެ ކަމަށެވެ.ނަމަވެސް މިފަހަރު މަންމަ އެ ކުރިކަމަކުން ރައުފާވެސް ދެރަވެ ކިޔާރާއަށް ހަމްދަރުދީ ވިއެވެ.

“އަހަ.. ސަރީފަ..ކީއްކޮށްލަން..؟”ރައީފާ ނުކުތް ވަގުތު ދޮރުމަތީގައި ހުރި ސަރީފަ ފެނުމުން ހައިރާންވިއެވެ.”މިގޭން ކިޔާރާ ހަޅޭއްލަވައި ގަތް އަޑުއިވިގެން ކިހިނެއްވީތޯ ބަލައިލަން.. އެމަންޖެއަށް ކަމެއް ވީތަ..؟”ސަރީފަ އެތެރެއަށް ބޯ ދިއްކޮށްލަމުން އަހައިލިއެވެ.”އާ.އަ.އާ އެއީ އަނެއް..މި.. ކުރަތްޕެއް ފެނިގެން ހަޅޭއްލަވައި ގަތީ.”ރައީފާ ގަދަކަމުން ހިނިތުން ވެލިއެވެ.”އެހޭން..ހީހީ.. އަހަރުން ފިހާރައިން އަންނަނިކޮން މިގެއާއި އަރާހަމަވީ އެގޮއްޔެ ހަޅޭއްލަވައި ގަތީ.އެހެންވެ ދުވެފައި މިއައީވެސް އަނެއްކާ މާ ބޮޑުކަމެއް ވީކަމެއް.”ސަރީފަ ހިނިގަނޑެއް ޖަހާލަމުން ނުކުމެގެން ދިޔުމުން ރައީފާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އެރެއެވެ.ރައުލާއިނީ ކިޔާރާ އަތުގައި ބޭސް އަޅާށެވެ.ރައުލާ ކިޔާރާއަށް ބަލައިލި ވަގުތު ލޮލުން ކަރުނަ ހިލުނެވެ.އެ ހުރިހާ ކަމެއްވެސް ވީ އެނާގެ ކުރިމަތީގައި އެވެ.ނަމަވެސް އޭނާ އެވަގުތު ކިޔާރާ އަށް އެހީވެސް ނުވެ ހުރީއެވެ. އޭނާ ކުއްވެރިކުރީ އޭނާގެ އަމިއްލަ ނަފްސެވެ.

ރައުލާއަށް ހޭވެރިކަންވީ ކިޔާރާ އޭނާއަށް ދެތިން ފަހަރު ގޮވާލުމުންނެވެ.”ކޮން ހިޔާލެއގަ..؟””ކިޔާ..ކިޔާއަށް ތިހެން ތިވީ އަހަރެންނާ ހެދި.. އަހަރެން ހުރީ ހަމަ އެހުރިހާ ކަމެއް ވީއިރުވެސް ކިޔާރާއަށް އެހީވެސް ނުވެ ހުރީ..އައި އެމް ސޮރީ..ދޯ ސޮރީ.”ރައުލާއަށް ރޮވުނެވެ.”ރައޫ..ތިހެން ނުބުނޭ..މީ ރައު އާއި ހެދި ވީ ކަމެއް ނޫނޭ..ޑޯންޓް ބްލޭމް ޔޯ ސެލްފް..ދެންނުރޮއެބަލަ..ތީ ބޭބީއެއްތަ..މައި ކްރައި ބޭބީ..ހީހީ.”ކިޔާރާ ރައުލާ ހެއވައިލިއެވެ.

އެރޭ ރައުލާ ދިޔައީ ކިޔާރާ ހަމައަކަށް އެޅުވުމަށް ފަހު އެވެ.އޭނާ އެކޮޓަރިން ނުކުތީ މާދަން ރައުފާ އާއި ވާހަކަ ދައްކަން ނިންމައިގެނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 53 (ފަހު ބައި)

Next

ނަފްރަތުން ވެވުނު ލޯބި 38

Next
June 8, 2021

ނަފްރަތުން ވެވުނު ލޯބި 38

Previews
June 8, 2021

އަންނަންދެން ހުންނާނަން ލޯބިން 53 (ފަހު ބައި)

One Comment

  1. hawwa lamya says:
    June 8, 2021 at 3:59 pm

    Slm dear readers.heres the fourth part.hope you guys like this part too.???

Comments are closed.

Next Episodeހިތްދަތި ދުވަސްތައް 5←


All Right Reserved!