ނަފްރަތުން ވެވުނު ލޯބި 38
ގަޑިން 3:45 ވީ އިރުވެސް ޖައިލަމް އެއް ނާދެއެވެ. ކަރު ހިއްކައި ގަނެގެން ލިއުޝާ ނުކުތީ ބަދިގެއަށް ގޮސް ފެންފޮދެއް ބޯ ލަންށެވެ. ލިއުޝާ ކޮޓަރިން ނުކުތް ވަގުތު ގޭގައި ހުންނަ ހުސް ކޮޓަރީ ދޮރު ކައިރީގައި ޖައިލަމް ގެ ބޫޓުގެ އިތުރުން އަންހެން ކުއްޖެއްގެ ހީލްސް ހުއްޓެވެ. މަޑު މަޑުން އެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސާލެވުނެވެ. ލިއުޝާ އަށް އެތެރޭން އިވުނު އަޑަކުން ގޮއްމުއް ކަވާލެވުނެވެ.
******************************
މާޝާއަށް އަދިވެސް ނަތާޝާ ހޮސްޕިޓަލުން ކަނޑާލަންވީ ސަބަބެއް ނުވިސްނުނެވެ. ސިކުނޑި ސުމަކަށް ދިއުމުން މީޝަމް އަށް ގުޅާލިއެވެ. “ކަމަކުތަ؟” މީޝަމް ބޭރަށް ދާން އުޅެނިކޮށް މާޝާ ގުޅުމުން މީޝަން ކޮށްލީ ސުވާލެކެވެ. “އަޅެ ބުނެބަލަ ނަރުހަކު ވަޒީފާއިން ކަނޑާލާ ވަރުކަމެއްތަ އެއީ ގަޑި ޖެހިގެން ހަފްތާއަކަށް ހާ ދުވަހު ދެވުނީމަ؟” މާޝާ ދިޔައީ ސީދާ މައުލޫއަށެވެ. “ކިހިނެއް ވީ؟ ކާކު ކަނޑާލިތަ؟” މީޝަން ބޭނުން ވީ އިތުރަށް އޮޅުން ފިލުވަންށެވެ. ” ހޫމް. އައި ހޭވް އަ ސިސްޓާ ހޫއިޒް އަ ނާސް އިން އޭޑީކޭ ބިފޯ. މާޝް ލަންކާ އިން އާއިރު ހުރީ ކަނޑާލާފަ އޯ” މާޝާ ހާނިޔާ ހޭލުމުން ބުއްފުޅި ޖެއްސިއެވެ. “އާން ހަފްތާއަކު އަދި ގަޑި ޖެހިގެން ދިޔަސް ކަނޑާލާކަށް ނުވޭ. ދެން އެމީހާ މާ ގޮތް ބޮޑީ ކަންނޭނގެ. އެކުއްޖާގެ ފޮޓޯގަނޑެއް ފޮނުވާލަބަލަ. އެ ބަހެވެ އަދި މޮޑެލް އެއް ހޯދަން ކޮސްމެޓިކްސް އެޑްވަޓައިޒް މެންޓަށް” މީޝަމް ފޯނު ބޭއްވީ ކޮންޕެނީއިން ގުޅާފައި އައުމަށް ބުނެފައި އޮތުމުންނެވެ. މާޝާ މިޝަމްގެ ކޮންވަޒޭޝަން ހުޅުވާލާފައި ނަތާޝާގެ ފޮޓޯގަނޑެއް ފޮނުވާލި އެވެ.
މާޝާ އަޒާންއާއި ބައްދަލުކުރަން ދާން ލާނެ އެއްޗެއް ހޯދަން އުޅޭތާ މިހާރު ބައިގަޑިއިރު ވަނީއެވެ. އަދިވެސް މާޝާ އަށް ކަމުދާ ހެދުމެއް ފެނުނުކަމަށް ނުވިއެވެ. ހާނިޔާ ދުވަނިކޮށް ފޮށިގަނޑެއްގަ އަޅައިގަނެފާ ވެއްޓުނެވެ. ހާނިޔާ ނަގާ ލޮއްސާލުމަށް ފަހު މައިޝަމް އަތަށް ހާނިޔާ ދީފައި އައިސް އެ ފޮށިގަނޑު ކަނޑާލިއެވެ. ހުރިހާ އެއްޗެއްވެސް ހުރީ ރަތް ކުލައިގައެވެ. މާޝާއަށް އެންމެ ކަމުދިޔައީ އޭގައި އޮތް ހެދުމެވެ. ހުރިހާ އެއްޗެއް ނެގި އިރު އެންމެ އަޑީގާ ކުޑަ ކަރުދާސްކޮޅެއް އޮތެވެ. “މާޝް ޔޫ ނޯ ހައި މަޗް އައި ލަވް ޔޫ. ޖަސްޓް ޓޭކް ޔުއާ ޓައިމް. އައިވިލް ވެއިޓް ފޯ ޔޫ. =އަޒާން=” ކަރުދާސްކޮޅު ކިޔައި ނިމުނު އިރު އެއީ އަޒާން ފޮނުވި އެއްޗެއްކަން މާޝާއަށް ދެނެގަނެވުނެވެ. ރަތް ކުލައިގެ ހެދުމާއި ބިސްކިލައިގެ ޝޯލްއެއް އިސްތިރިކޮށް ފައި ހެދުމާއި ގުޅޭ ހީލްއެއް ނެގިއެވެ. މާޝާއަށް އެންމެ ކަމުދިޔައީ އަޒާން ގަނެދޭން ހެދުމުގެ ބަނޑާއި ދިމާގައި އިން ރަން ރިބަންކޮޅު އިނީމަ އެވެ.
ނަތާޝާގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. އޭގައި އެޑްވަޓައިޒް މެންޓެއް މޮޑެލް ކުރުމުގެ އިތުރުން ކޮމްޕެނީގެ ފަރާތުން 10 އަހަރުގެ ކޮންޓްރެކްޓެއް ދޭނެކަމަށް ބުނެފައި އޮތެވެ. ގޮތެއް ނިންމުމުގެ ކުރިން ނަތާޝާ ބޭނުންވީ އިޒާން އާއި ވާހަކަ ދައްކާލަންށެވެ. ސައި ހަދާފައި ކޮޓަރިއަށް ވަންއިރު ލެޕްޓޮޕް ހިފައިގެން އިޒާން އެނދުމަތީގައި އޮތެވެ. ނަތާޝާ ގޮސް އިޒާން ގެ ކައިރީ އޮށޯވެލިއެވެ. އިޒާން ލެޕްޓޮޕް ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ނަތާޝާގެ ދުންފަތަށް ބޮސްދޭން ފެށިއެވެ. ނަތާޝާ ވެސް އެކަމުގައި ބައިވެރިވަމުން ދިޔައެވެ. ދެމީހުން އެކަކު އަނެކަކުގެ ކިބައިން އުފާ ހޯދަމުން ދިޔަ އިރު ފޯނަށް ގުޅާ އަޑުވެސް ނީވޭ ފަދައެވެ. ކައިވެނީގެ ފުރަތަމަ ރޭ ހޭދަ ކޮށްލަން ނުލިބުނީ ދެމީހުން އޭރު މަސައްކަތް ކުރަމުން އައީ ހޮސްޕިޓަލުގައި ކަމަށް ވެފައި އިޒާން އާއި ނަތާޝާ ކައިވެނި ކުރިރޭ އިޒާންގއ ޅޭޝިއަންޓެއް ހާލު ދެރަވެ އިޒާން އަށް ދާން ޖެހުމުންނެވެ. ދެމީހުންގެ އެ އުފާވެރި ވަގުތު ކޮޅު ނަގާލީ ނަތާޝާގެ ފޯނަށް މާ ވަރަކަށް މީހަކު ގުޅާ ވަރުންނެވެ. ސޯޓު ލައިފާ އިޒާން އެ ކޯލަށް ޖަވާބު ދިނެވެ. ނަތާޝާ ފާހަނައަށް ވަނީ ގަތް ލަދުންނެވެ. އާއެކެވެ. ކައިވެނީގެ ފުރަތަމަ ރޭގަ ކުރެވެނީ ހާދަ ތަފާތު އިހްސާސެއް ކަން ނަތާޝާ އަށް އެނގުނެވެ. އިޒާން އާއި ކައިވެނި ކޮށްގެން މި 9 މަސް ދުވަހު އުޅުން އިރުވެސް ނަތާޝާ ހުސްގަޔާ ހުއްޓާ ފެނުނު މީ ފުރަތަމަ ފަހަރެވެ. ކޮޓަރީގައި ޗޭންޖިންގ ރޫމެއް ގޮތަށް ހަދަން ދަމާފައި އިން ފޮތިގަނޑު ކެހުނު އަޑަށް ނަތާޝާ އެދިމާއަށް ބަލާލިއެވެ. ލާނެއް ހިނިތުންވުމެއް އިޒާންގެ މޫނުމަތިން ފެންނަން ހުއްޓެވެ. ނަތާޝާ ގެ މޫނު އެއްކޮށް ރަތްވިއެވެ. އިޒާން ނަތާޝާގެ ގާތަށް މަޑު މަޑުން ޖެހެމުން ދިޔައެވެ. ނަތާޝާ ފަހަތަށް އެޅި ފިޔަވަޅުން އަރިއަޅާލައިގާ ވެއްޓެން ދިޔައެވެ. ހުޝިޔާރު ކަމާއި އެކު ހުރި އިޒާން، ނަތާޝާ އަތް ދަނޑި މައްޗަށް ލައިގެން ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. ނަތާޝާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. “އޯ! ސިލީ ވައިފް. ތިހެން ހެދީމަ އަހަރެން ހަމަ ބޭނުން ވަނީ” އިޒާން އެބުނި ކީކޭ ކަން ބުނުމުން ދަތްް އަޅައިގެން ހުރެފައި ރީތި ކޮށްލެވުނެވެ. އިޒާން ނަތާޝާގެ ތުންފަތަށް އަނެއްކާވެސް ބޮސްދިނެވެ. މިފަހަރު ނަތާޝާއަށް ލޯމަރާލެވުނީ އެކަމަށް މަރުހަބާ ކިޔާނޭ ބުނާ ފަދައިންނެވެ.
ފައިހާ ވަޒިފާއަށް ދިޔައިރު ނަރުހުންގެ ވޯޑް ތެރޭގައި ދެކެވެމުން އައީ ނަތާޝާ ހޮސްޕިޓަލުން ކެނޑުނީ ހޮސްޕިޓަލުގެ ސީއީއޯ ނަތާޝާ އާއި ގައި ގޯޅި ވާތީ ކަމަށެވެ. ހުދު ފައިހާ އަށް ވެސް ނަތާޝާ ހޮސްޕިޓަލުން ކެނޑުނީ ކީއްވެ ކަމެއް ނޭނގެއެވެ. އެތަށް ގޮތަކަށް ވާހަކަ ދެކެވުނީ ކަމުގައި ވިޔަސް އެންމެންވެސް ބުނަނީ ހޮސްޕިޓަލުގެ ސީއީއޯ އަކީ ކުރިންވެސް އެހެން މީހެއްގެ އަންބަކާއި އެކީ އެކަހަލަ އަމަލެއް ހިންގާފައި ހުރި މީހެއް ކަމަށެވެ. އެ ވާހަކަތަކަށް ސަމާލު ކަމެއް ނުދީ ފައިހާއަށް ހަވާލު ވެފައި ވާ މަސައްކަތާއި ގެން ފައިހާ ކުރިއަށް ދިޔައެވެ. ފާރިޝް ގެއަށް އައީ ރޭގަނޑުގެ ޑިއުޓީ ނިންމާލައިފި ނިދި އައިސް ގެންނެވެ. އޭރު ފައިހާން ނަތާޝާ އާއި އެކީ ކުޅޭ ކޮޓަރީގައި ސަކަރާތް ޖަހާ އަޑު އިވެއެވެ. ނީޝާގެ ކޭސް ނިމުނު ފަހުން ފާރިޝްއަށް ހަމަ ނޭވާއެއް ލެވުނެވެ. ނީޝާގެ ކޭސް ނިމުމުން ފައިހާ އާއި ދެމީހުން ރޭވިހެން އަންނަ ހަފްތާ ފާރިޝްއަށް ޗުއްޓީލިބޭނެއެވެ. ޗުއްޓީލިބުނީމާ ހަނިމާދޫއަށް ދާން ދެމަފިރިން ވަނީ އެތައް ކަމެއް ރާވާފައެވެ.
ލިއުޝާއަށް އަދިވެސް ވިސްނެނީ ރޭގަ ވީ ކަންތަކާއި މެދުއެވެ.
_____________________________________________________________
ލިއުޝާ އާއި ރުޅިގައި ދޮރުގެ ތަޅުގައި ހިފިއެވެ. ތަޅުނުލާ ހުރުނުގެ ސަބަބުން ފަސޭހަ ކަމާއި އެކު ދޮރު ހުޅުވުނެވެ. ފެނުނު މަންޒަރަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނަގެ ފިރިމީހާ ހިލޭ އަންހެނެއް ގޮވައިގެން އެއޮތީ ހެއްދެވި ގޮތަށްށެވެ. ޖައިލަމް ސިހިފާ ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު ލިއުޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ލިއުޝާއަށް ކުރިން ކުށްކުރެވުނުކަމަށް ގަބޫލުކޮށް އޭނާ ވަނީ އިސްލާހު ވެފައެވެ. ލިއުޝާ ޖައިލަމް ދެކެ އިންތިހާ ލޯބިވެއެވެ. ލޯބިވާ ފިރިމީހާ ހިލޭ އަންހެނެއް ކައިރީ އޮއްވާ ފެނުމުން ކެއްވާނީ ކާކާަށް ހެއްޔެވެ؟ ޖައިލަމް ކައިރީ އޮތީ ކާކުކަމެއް ސާފު ނުވަނިސް ލިއުޝާގެ ލޮލަށް ފުސް ވަމުން ދިޔައެވެ. ޖައިލަމް އަވަސް އަވަހަށް ބިންމަތީގައި އޮތް ބޮކްސާ އާއި ފަޓުލޫނު ލިއެވެ. އަދި ކައިރީގައި އޮތް އަންހެންމީހާގެ ގައިމަތީގައި ރަޖާ އަޅުވާ ލިއުޝާއާއި ދިމާއަށް ދުއްވައި ގަތެވެ. ލިއުޝާ އަށް ހޭވެރިކަން ވީ އިރު އޮތީ އޭނާގެ ކޮޓަރީގައެވެ. އޭރު ގަޑިން ހެނދުނު 6 ޖަހައިފިއެވެ. ކައިރިގާ ޖައިލަމް އިނެވެ. ލިއުޝާ ހޭ އެރުމުން ފޯނު ނަގާ މިދަނީ ކަމުގާ ބުނެ ޖައިލަމް ކޮޓަރިން ނުކުމެގެން ދިޔައެވެ. ލިއުޝާވެސް ޖައިލަމްގެ ފަހަތުން ނުކުތެވެ. ފުރަތަމަވެސް ބަލާލެވުނީ ކުރިމަތީގައި ހުރި ކޮޓަރިއާއި ދިމާއަށެވެ. އެ ފައިވާން ހުރި ގޮތަށް ހުރުމުން އަދިވެސް އޭނާ ނުދަނީކަން އެނގުނެވެ. ޖައިލަމް ބޭރަށް ނުކުމެގެން ދިއުމުން ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުމަތީގައި 32 ދަތް އަތަށް ލައިގެން އެއޮތީ އޭނައަކަށް އާމޫނެއް ނޫނެވެ.
_____________________________________________________________
ހިޔާލު ތަކުން ބޭރުވެވުނީ ލީޝާ އަތުން ތައްޓެއް ފަޅައިގެން ދިޔަ އަޑަށެވެ. ލީޝާ ނަގާ ކުޑަ އެނދަށް ކައިފާ ލިއުޝާ ތެޅިފައި ހުރި މުށިތައް ސާފުކޮށްލިއެވެ.
“ނަތާ” ފެންވަރާއިގެން ނުކުތް ނަތާޝާއަށް އިޒާން ގޮވާލިއެވެ. ނަތާޝާ ހޫމް އަޅުވާލިއެވެ. “ނަތާ މާޝާ ކޮމްޕެނީއަށް ޖޮއިން ކުރަންވީނުން. އެތަނުން ނަތާއަށް 10 އިޔާޒް ކޮންޓްރެކްޓް އެއް ދޭވާހަކަވެސް ބުނެފަ އެބައިން” ލެޕްޓޮޕް އިން އެއްޗެއް ސާފު ކުރަމުން އިޒާން ވާހަކަ ދެއްކިއެވެ. “އަހަރެން އިޒޫ އާ ވާހަކަ ދައްކާފަ އެމީހުންނަށް ޖަވާބެއް ދޭން މަޑު ކުރީ. އަހަރެން ކުޑައިރުވެސް ވަރަށް ކުރާ ހިތް ވާ ކަމެއް މޮޑެލިންގ އަކީ. ދެން ޗާންސް އެއް ލިބުނު ބުރު އެ ފުރުސަތު ދުއްވާލާކަށް ބޭނުމެއް ނޫން” އިސްތަށިގަނޑު ހިއްކަމުން ނަތާޝާ ބުނެލިއެވެ. އިޒާން އެކަމާ ގަބޫލުކަން އެނގުމުން ނަތާޝާގެ ހިތަށް ބަޔާން ކުރަން ނޭނގޭ އުފާލެއް ވިއެވެ.
ޑައިނަމޯއަށް ވަދެ އަޒާން ހުސް މޭޒެއްގެ ކައިރީ އިށީނދެލިއެވެ. މާޝާއަށް ގުޅާފާ ބަލާ ދާނަމޭ ބުނުމުން އެކަނި ދާނަން ނަމަށް ބުންޔެވެ. އަޒާން އެއްލި ކަޅިއަކުން އެތަނަށް ވަދެގެން އައި މެދު އުމުރުގެ ޒުވާނެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ފިރިހެނުންގެ ހިތްތައް ކަތިލާނޭކަން ޔަގީނެވެ. ހަމަ ގައިމުވެސް އަޒާންގެ ހިތް ކަތިލައިފި އެވެ. އަޒާން އަށް ބަލަން އިނދެވުނީއެވެ. ބ
– ނުނިމޭ –
✨ Amyra ✨
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Story vrh reethi ? and vrh ufaavey mi vhk gavaidhun upload kohdheythy ???
And mivaahakaga kithah part Indhey