ހެނދުނު އިރު އެރުމުން ކިޔާރާ ދިޔައީ ހެނދުނުގެ ސައި ހަދާށެވެ.އަތުގައި ރިހުނެއްކަމަކު ވަރަށް އުނދަގުލުން ސައި ހަދާ ނިންމާލި އެވެ.ކިޔާރާ އެންމެނަށް ގޮވަން ދާން ހިނގައިގަތްތަނުން ރައުލާ ކާގެ ދޮރު ހުޅުވާފައި ވަނެވެ.

ރައުލާ ހެނދުނު ހޭލެވުނީ ހަތެއްވެސް ޖަހާ ބޮޑުވި ފަހުން އެވެ.އެހެންކަމުން އަވަސްއަވަހަށް ތާޒާވެލައިގެން ކާގެއަށް މިސްރާބު ޖެހީ ސައި ހަދަން ކަމަށެވެ.ކިޔާރާއަށް ސައި ހަދަން އުނދަގޫ ވާނެކަން އެނގޭތީއެވެ.ނަމަވެސް ރައުލާ ކާގެއަށް ވަތް ތަނުން މޭޒުމަތީ ސައިހަދާފައި ހުއްޓެވެ.އެހެންކަމުން އޭނާ ނުރުހުނ ވެފައި ކިޔާރާއަށް ބަލައިލި އެވެ.

“ކިޔާ..ވަޓް އިޒް ރޯންގް ވިތް ޔޫ..ކިޔާ ތިގޮތަށް މަސައްކަތް ކޮށް އުޅެންޏާ ކިހިނެއް ތި އަތް ރަނގަޅުވާނީ.. އަހަރެން އަންނާނެކަން އެނގޭތީ ދޯ މިއަދު މާ އަވަހަށް ތި ސައި ހަދާ ނިންމާލީ.. ކިޔާ ތީކީ ކުޑަކުއްޖެއް ނޫނޭ ބުނީމަ ބުނާގޮތް ނަހަދަން.. އަހަރެން ރޭގަ ބުނިން ދޯ އަހަރެންނޭ މިއަދު ސައި ހަދާނީ..ހަމަ ހުވާ މިބުނީ.. ބުނާގޮތް ނަހަދާ މީހެއް މީ.”ރައުލާ އެހުރިހާ އެއްޗެއް ކީ ގަޑީގައި ކިޔާރާއަށް ކުރެވުނު ކަމަކީ ހަމައެކަނި އިސްޖަހާލުމެވެ.

“އޯހް ކިޔާ.. އައި އެމް ސޮރީ.. މާބާރަށް ބުނެވުނީ.”ރައުލާ ދެރަވެފައި ކިޔާރާ ގައިގާ ބައްދާލިއެވެ.”ޕްރޮމިސް މީ ދެޓް މާދަން ހެނދުނު ހޭލެވުނަސް ސައި ހަދަން ނާންނާނަން ކަމައް.””އެކަމް.. ބޮޑު ދައިތަ..”ކިޔާރާ ރައުލާ އާއި ދުރަށް ޖެހެލިއެވެ.”ކޮން އެކަމް އެކޭ ކިޔާކައް.. މަންމަ އެއީ މީހަކު ގޮވީމާ ނޫނިއްޔާ ތެދުވާ މީހެއނޫން..ދެން ކިހިނެއް އެނގޭނީ.. މިގޭން މީހަކު މަރުވިޔަސް ނޫނީ ވައްކަން ކޮށްގެން ގެ އެއްކޮށް ގެންދިޔަސް މަންމަ އަކަށް ނޭނގޭނެ.”
ރައުލާ ހިނިގަނޑެއް ޖަހާލިއެވެ.

ދެކުދިން އެއްކޮށް ސައި ބޮއެގެން ކިޔާރާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.ރައުލާ ދިޔައީ ރައީފާ އަށާއި ރައުފާ އަށް ގޮވާށެވެ.

ހެނދުނު ސައިބޮއިގެން ޖައްސާލިތަނުން ނިދުނު ކިޔާރާއަށް ހޭލެވުނީ ދޮރުގައި މީހަކު ބާރަކަށް ޓަކިޖެހުމުންނެވެ.

ކިޔާރާ އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ.”ކަލޭ ތިހެން ނިދާފައި އޮތީމަ އަހަރުމެން ކާނީ ކޯޗެއްތަ..ހަމަ މިހާރު ދާނވީ ކައްކަން އުދަން..ސަހާދެ މިބުނީ ހަމަ..ތި އަތް ހަލާކު ވިއެކޭކިޔާފަ ކޮންމެހެން ކަންތައްތައް ނުކުރަން އުޅޭނެ ކަމެއްނެތް..ހަމަ މިހާރު ދާނވީ.”ރައީފާ ކިޔާރާގެ ކޮޓަރި ދޮރުމަތީގައި އަތްއުކައުކާފައި ކިޔާނެ އެއްޗެއް ކިޔާފައި އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ.ކިޔާރާ އެވަގުތު މީ ވަރުގަދަ މީހެކޭ ހިތަށް އެރިއެވެ.

އެ ދުވަހު ރައުލާ ދިޔައީ ރައުފާ އާއި ވާހަކަ ދައްކަން ކަމަށެވެ.ރައުލާ ގޮސް ރައުފާގެ ކޮޓަރީގައި ދެތިން ފަހަރު ޓަކި ޖަހާލިއެވެ.”އަހަ ރައުއްކޮ ކިހިނެއްވީ..؟”ރައުފާ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަން ތަން ދެއްކި އެވެ.”ދޮންތާ ވާހަކައެއް ދައްކާލަން.ރައުލާ އެނދުގައި އިށީނެވެ.”ހުމްމް..ދެން ދައްކަބަލަ ތި ވާހަކަ..ދޮންތަ އަޑުއަހަން ހަމަ ރެޑީ.”ރައުފާ ރައުލާ ގާތުގައި އިއްތާލިއެވެ.

“ދޮންތާ އަހަރެން ދައްކަން މިއުޅެނީ..އަމް.. ކިޔާ ގެ ވާހަކަ..ދޮންތާ ކިޔާ އާއި މެދުގައި ތިގޮތަށް ތި ކަންތައް ކުރަނީ ކީއްވެ.. ވައި ދޮންތާ ވައި.. ކިޔާ މަންމަ އަށާއި ދޮންތަ އަށް ކީއްކުރީ.. ޕްލީސް އެހެން ކަންތައް ނުކޮށްބަ..ކިޔާގެވެސް އޮންނަނީ ހަމަ ހިތެކޭ.. އަހަރެންނަށް އެނގޭ ދޮންތަ ކަން ހެދުންވެސް ވިރުވާލީ.. ބަޓް ވައި..ކިޔާގެ ބަދަލު ގައި ދޮންތަ އަތުގައި އިސްތިރި ޖެއްސި ނަމަ ދޮންތަ އަށްވެސް ތަދުވާނެ ދޯ..”

ރައުލާ ރައުފާ އަށް ވަރަށް ބައިވަރު ނަސޭހަތް ދިނެވެ.އެހުރިހާ ނަސޭހަތެއް ދިން އިރު ވެސް ރައުފާ ޖެހި ބުދެއްހެން އަޑުއަހަން އިނެވެ.”ދެން ދަނީ.. އަހަރެން މި ދެއްކި ވާހަކަ ތަކާއި މެދު ވިސްނާނެ ކަމައް އުންމީދު ކުރަން.”ރައުލާ އެކޮޓަރިން ނިކުމެ ދޮރު ޖެހިއިރުވެސް ރައުފާ އެ އިންގޮތަށް އިނެވެ.

ސިކުންތުތައް މިނެޓުތަކައް ބަދަލުވެ މިނެޓުތައް ގަޑިއިރު ތަކަށް ބަދަލުވެ ގަޑިއިރު ތައް ދުވަސްތަކަށް ބަދަލު ވަމުން ދިޔައެވެ.މިދިޔަ ހަތަރު ދުވަހު ރައުފާ ބެލީ ކިޔާރާ ކުރިމައްޗަށް ނާރާ ވޭތޯއެވެ.

މިއަދަކީ ރައީފާ ކުޅުދުއްފުށްޓަށް ފުރާ ދުވަހެވެ.ކިޔާރާ ކޮޓަރީގައި ހުއްޓާ މީހަކު ޓަކި ތެޅިއެވެ.”ކިޔާ..ލޯންގް ޓައިމް ނޯ ސީ.. އައި މިސްޔޫ ސޯ މަޗް.”ކިޔާރާ ދޮރު ހުޅުވުމުން ނައުފާ އެތެރެއަށް ވަދެ ކިޔާރާ ގައިގާ ބައްދައި ގަތެވެ.”ނައޫ ކޮންތާކު އުޅެފަ ތިއައީ.. އަހަރެން ހާދަ ދެރަވިއޭ ނައު ނާންނާތީ.. ހީކުރީ ނައު އަހަރެން މަތިން ހަނދާން ނައްތާލީ ކަމައް.”ކިޔާރާ ތުން އަނބުރާލިއެވެ.”ސޯ ސޮރީ ބެސްޓީ.. އަހަރެންގެ ފޮނި ދޮންބެ ގަނޑު އައިސްގެން ނާދެވެނީ ސޮރީ.. އަހަރެންގެ ބެސްޓް ފްރެއިންޑެއް ދުވަހަކުވެސް ނު ދޫކޮށްލާނަން.””އައްދެ ނައު ހާދަ ދުވަސްތަކެއް ފަހުން..”ރައުލާ އަށް ނައުފާ ފެނުމުން ހައިރާންވިއެވެ.”ހުމްމް އެއްކަލަ ސުވާލު ފޮށި.. ފުރަތަމަ އަހަރެންނަށް ވެލްކަމް ކިޔާބަ ދޯ މިހާ ދުވަސް ފަހުން އައީމަ.. އަހަރެންނަށް ނާދެވެނީ ދޮންބެ އުޅޭތީ.”ނައުފާ ރައުލާގެ ކޮނޑުގައި އުޅަބޮށި ވިއްދާލިއެވެ.”އޯ..ސޯ ވެލްކަމް ބެކް ޓު މައި ހައުސް..އެނީވޭސް ނައުގެ ދޮންބެ ވަރަށް ހޭންޑް ސަމް ތަ.””ސާބަސް ރައުއަށް ޕިސް ޕިސް..”ރައުލާ އެހެން ބުނުމުން ކިޔާރާ ޕިސް ތަޅާލިއެވެ.”ހީހީ..ހުމް ހޭންޑް ސަމް ވާނެ ނުލާހިކު..އެކަމް ރައު ކީއްކުރަން އެއެއް ބަލަނީ..ރައުގެ ޕްރިނސް ޒާން ހުންނާނެއްނު.”ޒާން އަކީ ރައުލާ އިންނަން އުޅޭ ކުއްޖާ އެވެ.

“ސާބަސް މަށަކައްނޫނޭ.. މިހިރަ ކިޔާ އަށޭ..”ރައުލާ އެހެން ބުނުމުން ކިޔާރާ ދެލޯ ބޮޑުވިއެވެ.

ނުނިމޭ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!