ނައިލީ ގޮސް ގެއައް ވަން އިރުގައި ލިއުޒާ އާއި ޔޫނާ، ނައިލީގެ އިންތިޒާރުގައި ތިއްބެވެ. ނައިލީ އައިސް ވަނުމުން، އެންމެންވެގެން ވާހަކަ ފޮތްތައް ނަގައި ހަރުގަނޑު މަތީގައި ރީތި ކޮށް އަތުރާލި އެވެ. ނިންމާލައިގެން ތިން އެކުވެރިން އައިސް ކްރީމް ބޯލަން ކަމަށް ބޭރައް ނިކުތެވެ. ފުދޭ ވަރަކަށް ހޫނު ގަދަ ދުވަހެއްކަމުން އައިސް ކްރީމް ޓްރަކް ވެސް ވަކި މަދެއް ނޫނެވެ. ތިން އެކުވެރިން ގޮސް ޕާކެއްގެ ތެރޭގައި ހުރި އައިސް ކްރިމް ޓްރަކްއެއް ކައިރިގައި މަޑު ކޮށް ފައި އޯޑާރ ދިނެވެ. އެންމެން ވެސް ނެގީ ވެނީލާ އެވެ. އެއީ އެ ތިން ކުދިންނައް އެންމެ ކުޑަ އިރުއްސުރެން ވެސް އެންމެ ކަމުދާ ފްލޭވާރ ކަމަށް ވާތީވެއެވެ.
***********************************************************
އީކަން ދުވަމުން ފުމެމުން ގޮސް ޕާކަކައް ވަދެ ބެންޗެއްގައި އިށީނދެލިއެވެ. ފޯނު ނަގައި ނަންބާރު ސޭވް ކުރީ ‘ނައި’ އޭ ޖަހާފައެވެ. ހިނިތުންވެލައިގެން ހުރެ ދެންމެ ވެދިޔަ ހާދިސާމަތިން ހަނދާން އާކުރަން ހުއްޓައި ޒަކުވާން އައިސް ފަހަތުން ޕޮއްކިއެވެ. ސިއްސައިގެން ނުދިޔަ ތާނގައި އީކަން ޒަކުވާން އާއި ދިމާއައް ބަލައި ވެސް ނުއްޔެވެ. ޒަކުވާން އައް ކަމެއް ވެއްޖެކަން ފަހުމް ވިއެވެ. އީކަން ކައިރީގައި އިށީނދެލާފައި ކީއްވީހޭ އަހައިލިއެވެ. އީކަން ހިނިތުންވެލާފައި ޒަކުވާން އައް ވީހުރިހައި ކަމެއް ކިޔައިދީނީ، ޒަކުވާން އަކީ ‘ލަވް ޑޮކް’ އެއް ކަމުންނެވެ.
މިހިން ދެ އެކުވެރިން ވާހަކަ ދައަކަން ތިއްބައި، ދުރުދުރުން އަންހެން ކުދިންތަކެއް އައިސް ކްރީމް ޓްރަކް އެއް ކައިރީގައި ތިއްބައި ފެނުނެވެ. އީކަން އައް އެތާނގައި ނައިލީ ހުއްޓައި ފެނުމުން އްައިސް ކްރީމް ބޮވައި ގަނެއްޖެއޭ ކިޔާފައި އީކަން ޒަކުވާން ގޮވައިގެން އައިސް ކްރީމް ޓްރަކް ކައިރިއައް ދިޔައެވެ.
ޒަކުވާން އަށް ޔޫނާ ފެނުމުން ހިނިތުންވެލެވުނެވެ. ޒަކުވާން އައް ބަލައިލުމެއް ނެތި އީކަން ގޮސް އެ ކުދިން ކައިރީ ފަހަތުގައި މަޑު ކޮށްލިއެވެ. އިކަން ބަލާލިއިރުގައި ޒަކުވާން ހިނިތުންވެގެން ކުއްޖަކާއި ދިމާލައް ބަލަން ހުރުމުން އީކަން އައް ކަމެއް ވެއްޖެކަން ފަހުމް ވިއެވެ. އަދި ލާނެތް ވައްތަރަކަށް ހީލާފައި ޒަކުވާން ގޮވައިގެން އެކުދިންގެ ފަހަތުގައި މަޑު ކޮށްލިއެވެ.
***********************************************************
ފަހަތުގައި ބަޔަކު ތިބި ހެން ހީވެގެން ނައިލީ ފަހަތް ބަލާލިއިރުގައި އީކަން ހުރިތަން ފެނުމުން ނައިލީ ކުޑަކޮށް ސިހުނެވެ. ނަމަވެސް ނައިލީ ގެ ތުންފަތް މަތީގައި ރީތިހިނިތުން ވުމެއް ދުވެލިއެވެ. ނައިލީ ފަހަތް ބަލާހެން ހީއްވެގެން ޔޫނާ ވެސް ފަހަތައް ބަލާލިއެވެ. ޒަކުވާން ފެނުމުން ނައިލީ ހުއްޓުން އެރި އެވެ. ހަނދާނައް އައީ ކުރީ ދުވަހުގައި ހިނގި ހާދިސާއެވެ.
**********************************************************
ހެނދުނުގަޑީގައި ޔޫނާ އަތިރި މައްޗައް ހިތްހަމަ ޖައްސާލުމައް ދިޔައެވެ. ރާޅުޖަހާ ހިސާބައް ގޮސްްލީ އުފަން ޤައުމު ހަނދާން ވާތީއެވެ. ޔޫނާ އިށީނދެލައިގެން އިންދައި މީހަކު ކައިރީގައި އިށީންހެން ހީވެގެން ބަލާލިއިރުގައި، މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ މީހެއް އިށީނދެގެން އިނެވެ. އަނެއްގޮތައް ބުނާނަމަ އެ މިހާ އަކީ ޔޫނާގެ ‘ކްރަޝް އެވެ. ޒަކުވާން ކައިރީގައި އިށީންނުމުން ކުޑަކޮށް ލަދު ގަތް ނަމަވެސް އަޅާނުލާ އިނީއެވެ.
ނުނިމޭ!
ހޯޕް ޔޫ ގައިސް އެންޖޯއީޑް ދިސް ޕާރޓް ޓޫ!??
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Pfft. Mi story vrh foohi. Evves kahala tharutheebeh ves nei. Vaaeh nuvaaeh neygey story eh mi nooniyya nukiyan. Mulhin kada. Ekam adhi mi story shauguveri kuran vaguthu ebaoiy. Vymaa mikan kobba alhe
Thank you so much for your comment☺️?
I’ll do my best to improve this story in shape allah??☺️
And Ive been busy so it might not be what people expect it to be.
Insha*
I have a request for my readers ☺️
Can someone help me improve my story? ?????
If any of you want to please contact me in hangouts : [email protected]