Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
characters of the story
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ…. (1)

MAYA Level 1
May 31, 2021 3 Mins Read
5 Comments

އޮސްޓްރޭލިއާގެ ހިއްގައިމު ހިސާބެއްގައި ހުރި ކޮފީ ޝޮޕެއްގެ މޭޒުގައި ބޯއަޅާލައިގެން، ލޯމަރާލައިގެން އިން އަންހެން ކުއްޖާއަށް އެތަނަށް ވަދެ ނުކުމެހަދާ އެންމެންގެ ނަޒަރު ހުއްޓެމުންދިޔައެވެ. ދޮން އޮމާން މޫނުގެ މައްޗަށް ވިހުރިފައިވާ އިސްތަށިތަށް އެރީތި މޫނުގައި ބީހެމުން ދިޔައެވެ. މަރާލެވިފައިވާ ދެލޮލުގެ ދިގު އެސްފިޔަތަކުންވެސް އެލޮލުގެ ރީތިކަން އަންގައިދެއެވެ. ފިޔާތޮށި ކުލައިގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ހިމަ ދިގު އިނގިލިތަކުން މަޑުމަޑުން މޭޒުގައި ތަޅަމުންދިޔައެވެ. ކަންފަތުގައި ޖަހާފައި އިން ހެޑްސެޓްއިން ލަވައެއް އަޑު އަހަނީކަން އިނގެއެވެ. ކައިރީގައި އިތުރު ދެ އަނަހެންކުދިން އަވަދިނެތި އެމީހުންގެ ލެޕްޓޮޕުން އެއްޗެއް ލިޔަމުން ދިޔައެވެ.

” އޭ ނަދާ…! ބަލާބަލަ، ނާއި އެއޮތީ އޭނަގެ ޑްރީމް ވޯރލްޑްގަ ދޯ؟ ” ޝަހުމާ، ނަދާ ގައިގާ ކޮށްޓާލައިފާ ނައިރާ އަށް ލޮލެއް އެއްލަމުން އެހެން ބުނެލުމުން ދެމީހުންނަށްވެސް ހެވުނެވެ.

” ޔާ، އޭނަގެ ޕްރިންސް ޗާރމިން ހުވަފެނުގައި ފެންނަނީ ކަންނޭގެ..” ނަދާ ހެމުން ބުނެލިއެވެ.

ލޯމަރާލައިގެން އޮތް ނައިރާ ހަމަ ރަނގަޅަށްވެސް އޮތީ ހުވަފެނީ ދުނިޔެއެއްގައެވެ. އޭނަގެ ހުވަފެންތަކުގައި ރަސްކަންކުރަމުންދާ ޒުވާނާގެ ހުވަފެނުގައެވެ. އެޒުވާނާއި އެކީ ހިތްގައިމު މާ ބަގީޗާއެއްގެ ތެރޭ އަތުގައި ހިފާލައިގެން މަޑުމަޑުން ހިނގަމުން ދަނީއެވެ. ދޭތެރެއަކުން ނައިރާގެ ކޯތާފަތުގައި ފިރުމާލައެވެ. އެޒުވާނާގެ އަތުތެރޭގައި ނައިރާ ގައިދުކޮށްލައެވެ. އެހަށިގަނޑުގެ މީރުވަސް ނައިރާގެ ނޭފަތުގެ އެންމެ އެތެރެއަށް ފޯރިއެވެ. ކުއްލިއަކަށް ނޭފަތް ދަމަމުން ނައިރާ ލޯހުޅުވާލިއެވެ. އެވަހަކީ ހުވަފެނެއް ނޫނެކެވެ. ހަމަ އަސްލަށްވެސް އެވަސް ނައިރާއަށް އެބަދުވައެވެ. ދެލޯ ބޮޑުކޮށްލާފައި ނައިރާ ކޮފީޝޮޕްތެރެ ހޯދާލިއެވެ. އެވަގުތު އެތަނުން މީހަކު ނުކުމެގެން ދިޔަތަން ނައިރާ އަށް ފެނުނެވެ. އޭނަގެ ފަސް ފަހަތުން ނައިރާ ދިޔައެވެ. އެމީހާ ގައިން ނައިރާއަށް އެމީރުވަސް ދުވަމުން ދިޔައެވެ. ނައިރާއަށްވުރެ ބާރަށް އެމީހާ ހިނގަމުން ގޮސް ކާރަކަށް އަރާ ދުއްވާލިއެވެ. އެމީހާގެ ސިފައެއް ފެންނަގޮތެއް ނުވިއެވެ. ބިމުގައި ފައިން ޖަހާލާފައި، ތުން ދަމާލައިގެން ހުރެ ނައިރާ ކޮފީޝޮޕަށް ވަނެވެ. ޝަހުމާއި ނަދާ ތިބީ ނައިރާ ކުރަމުން ދިޔަ ކަންތައް ބަލަންށެވެ.

” ސާބަސް ނާއި، ނުވެސް ދަންނަ މީހެއްގެ ފަހަތުން ތިދިޔައީ ކީއްވެ؟ ” ނަދާ ހައިރާންވެ ހުރެ އެހިއެވެ.

” އޭނަ ޖަހައިގެން ހުރި ސެންޓުގެ ވަސް ނުދުވާތަ؟ އޯ މައިގޯޑް! އަދި އެކަހަލަ މީރުވަހެއް ނުދުވާ އެއްވެސް މީހެއްގެ ގައިން… އޭނަގެ ފަހަތުން ދިޔަ އިރުވެސް އެވަސް މުޅި ހިސާބުގަނޑުގަ ހުރި..” ނައިރާ ދެއަތް މޭގާ ޖައްސާލަމުން ބުނެލިއެވެ.

” ތިހެން ވެއްޖިއްޔާ ތިމީހާ ތިއުޅެނީ ސެންޓުފުޅި ގަޔަށް އެއްކޮށް އޮށްސާލައިގެން..” ޝަހުމާ މަޖާވެލާފައި ބުނެލިއެވެ.

” ހެޔޮ އޭނަ ސެންޓުފުޅި ހުސްކުރިޔަސް، އެވަސް އަދި އެއްފަހަރު ބަލާލަން ބޭނުން. ދެރައީ އޭނަގެ މޫނު ނުފެނުނީމަ..” ދެރަވެލާ ގޮތް ދައްކަމުން ނައިރާ ބުނެލިއެވެ.

” އަނެއްކާ ނާއިގެ ޕްރިންސް ޗާރމިންތަ އެއީ؟ ” ޝަހުމާ ދެލޯ ބޮޑުކޮށްލާފައި މޭގައި އަތް އަޅާލަމުން އެހެން ބުނެލާފައި ހިނިގަނޑެއް ޖަހާލިއެވެ. ފަހަތުން ނަދާވެސް ހޭން ފެށިއެވެ.

” ކިހިނެއް އިނގެނީ.. ހަމަވެދާނެ އަހަރެންގެ ޕްރިންސް ޗާރމިންއަށްވެސް.. ފަހަތުން ފެނުނު އިރުވެސް އޭނަގެ ރީތިކަން އިނގޭ..  ދިގު އިސްކޮޅެއް.. ޖިމްއަށް ދާފާޑު ޖަހާ.. ޑްރެސްކޮށްފަ ހުރި ގޮތްވެސް ވަރަށް ރީތި.. އަތަށް ބަލާފަ ކަޅުކަން އިނގޭ، ބަޓް ދެޓްސް އޯކޭ.. ބުނެ އެއްނުން ޓޯލް، ޑާރކް އެންޑް ހެންޑްސަމް އޭ.. ” ނައިރާ އެމީހާ ސިފަކުރަމުން ގެންދިޔައީ ހިޔާލީ ގޮތަކަށެވެ. ނައިރާގެ ވާހަކަ ނިމުމުން ޝަހުމާއި ނަދާ އެކަކު އަނެކަކަށް ބަލާފަ ހޭންފެށިއެވެ.

” ދެން ނާއި އޮވޭ ޑްރީމް ވޯލްޑްގަ، އަހަރުން އެބަޖެހޭ އެސައިންމެންޓް ނިންމަން…. އަޅެ ކީއްވެތަ އަހަރުންގެ އެސައިންމެންޓް އެހާ ލަހުން ހުށަހަޅަން އެބުނީ… ނާއި މެން ވަރަށް ލަކީ…” މޫނު ހަދާލަމުން ނަދާ ބުނެލިއެވެ.

” އެހެންވާނީ އިންޓީރިއަރ ޑިޒައިނިންގް ހަދަންޏާމު، އަހަރެން ބުނިހެން ފެޝަން ޑިޒައިނިންގް ހެދިނަމަ ތިހެނެއް ނުވީސް..” ނައިރާ ބުމަ އަރުވާލަމުން ބުނެލިއެވެ.

ނައިރާ އާއި އޭނަގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކިޔަވަމުން ދަނީ އޮސްޓްރޭލިއާގެ މަޝްހޫރު ކޮލެޖަކުންނެވެ. ނައިރާ އެއިނީ އޭނަގެ އެންމެ ފަހުގެ އެސައިންމެންޓް ހަވާލުކޮށް ނިންމައިގެންނެވެ. ރަހްމަތްތެރިންގެ އެސައިންމެންޓް ނުނިމޭތީވެ އެމީހުންނަށް ވަގުތު ދިނުމުގެ ގޮތުން ނައިރާ ކޮފީ ޝޮޕަށް އެމީހުންނާ އެކީ އައީއެވެ.

**********

ކާރު ދުއްވަމުން ދިޔަ ޝާދިންގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ވެރިވެފައިވިއެވެ. ކޮފީ ޝޮޕްތެރެއިން އެފެނުނު އަންހެންކުއްޖާ އޭނަގެ  ލޮލު ކުރިމަތީ ވާހެން ހީވިއެވެ. އެހާ މައުސޫމު ރީތި އަންހެންކުދިން މަދުން ނޫނީ ނުފެނެއޭ ހިތަށް އަރަމުން ދިޔައެވެ.

” ކީއްވެބާ އަހަރެންގެ ފަހަތުން އެއައީ…؟ ” ޝާދިން ހިތާ ހިތާ ސުވާލު ކޮށްލިއެވެ. ކާރުގޮސް ޝާދިން ހުންނަ ބޮޑު ހޮޓެލުގެ ކުރިމައްޗަށް މަޑުކޮށްލުމާއި އެކީ ގާޑު މީހާ އައިސް ދޮރުހުޅުވާލަދިނެވެ. ކާރުން ފައިބާފައި އެމީހާ އަތަށް ކާރުގެ ތަޅުދަނޑިދެމުން ޕާރކް ކޮށްލުމަށް ޝާދިން އެދުނެވެ. ހޮޓެލް ތެރެއަށް ވަދެގެން ދިޔުމުން އެތާ މަސައްކަތް ކުރާ އެންމެންހެން ޝާދިންއަށް ހަވީރުގެ ސަލާމް ގޮވަމުން ދިޔައެވެ. އެލެވޭޓާއިން އޭނަގެ އެގްސެކެޓިވް ސުއިޓްއަށް ވަނެވެ. އެބޮޑު ކޮޓަރިއަށް ބަލައިލުމުން އެއީ އާދައިގެ މީހެއްނުންކަން އިނގިގެންދެއެވެ. ކޮޓަރިއަށް ވަނުމަށް ފަހު ޝާދިން އޭނާގެ ވަރުބަލިކަން ފިލުވާލުމަށްޓަކާ ފެންވަރާލަން ފާޙާނައަށް ވަނެވެ. ފެންވަރާ މާގަނޑު ދަށުގައި ހުރިއިރުވެސް ޝާދިންނަށް އެއަންހެން ކުއްޖާއާ ދޭތެރޭ ވިސްނެމުން ދިޔައެވެ. އެއީ ކޮންކުއްޖެއްތޯ ބަލަންވެސް ބޭނުންވިއެވެ. ޝާދިންއަކީ ފެންނަހާ އަންހެން ކުދިންނަށް ހިތްދެމުން ދާ މީހެއްނޫނެވެ. އެކަމަކު އެއަންހެން ކުއްޖާ ގައިގާ ހިތްކިޔާ ގޮތެއް ހުއްޓެވެ.

ފެންވަރާ ނިމިގެން ތުވާލި އުނަގަނޑުގައި އައްސާލައިގެން ހުރެ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އެވަރުގަދަ ކަސްރަތީ ހަށިގަނޑު ބަލާލަން ވަރަށް ހިތްގައިމެވެ. އެން އަތުން ތުނބުޅިގައި ހުރި ފެންތައް ފުހެލަމުން އަނެއް އަތުން ފުސްވެފައިވާ ލޯގަނޑު ފުހެލިއެވެ. އެވަގުތު އެތުންފަތް މަތީގައިވި ހިނިތުންވުން އެއްކޮށް ފިލާ ގޮއްސިއެވެ. ޝާދިން އަމިއްލަ ސިފަ ލޯގަނޑުން ބަލައިލިއެވެ. ކަނާތު ކޮލުގައި ހުރި ބޮޑު ލަކުނުގައި އިނގިލި ހިންގާލިއެވެ. އެމޫނުގައި ވި ލަކުނުތަކަކީ އޭނާ ހަނދާނުން ނައްތާނުލެވޭނެ ހާދިސާއަކާ ގުޅުންހުރި ލަކުނުތަކެކެވެ. ހަމުގެ ކުލަ ކަޅުވުމުން ލަކުނުތައް އިތުރައް ވަނީ ކަޅުވެފައެވެ. ޝާދިންގެ ސިފަ ފެނުމުން އޭނައަކީ ރީތި މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. އޭނާއަށް ލޯބި ހުށަހަޅާ އަންހެންކުދިން ނަކީ އޭނާގެ މުއްސަދި ކަމަށް ލޯބި ކޮށްގެން އަންނަ ކުދިންނެވެ. އެއީ ޝާދިން އެންމެ ނަފްރަތު ކުރާ ޒާތުގެ ކުދިންނެވެ. އުމުރުން ތިރީސް ފަސް އަހަރުވިއިރުވެސް މީހަކާ ނުއިނދެ ހުރީ އޭނާ ގަޔާވާ އަދި އޭނާގެ ސިފަ ދެކެ ލޯބިވާނެ ކުއްޖަކާ ދިމާނުވުމުންނެވެ.

ކަޅު ޓީޝާރޓަކާއި ނޫ ޖިންސެއްލައިގެން ޝާދިން ތައްޔާރު ވެލިއެވެ.  މޭޒުމަތީގައި ހުރި ސެންޓުފުޅިން ގަޔަށް ސެންޓު ބުރުވާލިއެވެ.  މުޅި ކޮޓަރިތެރޭ އެސެންޓުގެ މީރުވަސް ހިފާލިއެވެ. ކޮޓަރީގެ ރަގަބީލު ޖެހި އަޑަށް ޝާދިން ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރި އިސްކޮޅުން މާ ކުރު ނުން ދޮން ރީތި އަންހެން ކުއްޖާ ފެނުމުން ޝާދިން އުފަލުން ހީލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

MAYA

Level 1

Other Articles

Previous

ސިއްރެއް ދެން ނުވާނޭ…1

Next

އަންނަންދެން ހުންނާނަން ލޯބިން 47

Next
May 31, 2021

އަންނަންދެން ހުންނާނަން ލޯބިން 47

Previews
May 31, 2021

ސިއްރެއް ދެން ނުވާނޭ…1

5 Comments!

  1. MAYA says:
    May 31, 2021 at 11:32 am

    Hello readers! This is my first story. I hope you all will like it. Please leave a comment so that I will know if there is anything to improve. Lots of love ❤❤

    1. Rainberry says:
      May 31, 2021 at 1:00 pm

      Varah rythi vaanehen hyvany. Ekam miavvure dhigu koh liyacheyy next episode ga. When next part. When next part?? ❤️❤️❤️

  2. Rainberry says:
    May 31, 2021 at 1:02 pm

    BTW. No offence but by a chance can u tell how old are you??

    1. Rainberry says:
      May 31, 2021 at 1:06 pm

      Also mi story ge cover page ehaa reecheh noon. Asluga baeh readers story kiyaany e cover page ah balaafa. So ekanves rangalhu kohlaa. Eyrun hama varah rythi vaane. Insha Allah. May God bless you and your hard work. And give you the courage to finish this story as you started. Kyp up the good work dear❤️❤️❤️❤️

    2. MAYA says:
      June 1, 2021 at 7:30 pm

      Thank you so much for your feedback. Will try my best to finish this story. Hope you will enjoy it. Second episode is up now. Lots of Love

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ… (2)←


All Right Reserved!