އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]
މިގޮތަށް މިސުރުހީ ލިއުނުއިރު މިއަށް ފުރައްސާރައާއި މަލާމާތް ރައްދުވާނެކަން އެއީ އަޅުގަނޑަށް މާކުރިންވެސް ކަށަވަރު ވެފައި އޮތްކަމެކެވެ. އެއީ ހަގީގަތާ ކުރިމަތި ލާން ނުކެރޭ ފިނޑިން އަޅުގަނޑުމެން ތެރޭގައި އުޅޭތީއެވެ. ހަގީގަތަކީ ބައެއް ފަހަރު ހިތި އެހެނަސް ކޮންމެ މީހަކުވެސް ކުރިމަތި ލާން ޖެހޭނެ އެއްޗެކެވެ. އެހެން ކަމުން މި ހަގީގަތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަށް ވިސްނިފައި އޮންނަ ގޮތުގައި މާބުރެއްހެން ލޯބޮޑު އައިނެއް އަޅާ، ބޮލުގެ އިސްތަށިގަނޑު ކަރަންޓުގައި ޖައްސާ […]