Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

އިންސާފް

zeneeshaa Level 1
November 30, 2021 2 Mins Read
0 Comments

އެދުވަސް އެނބުރި އަންނާނެނަމައޭ އަދިވެސް އަހަރެންގެ ހިތަށް އަރައެވެ. ެ އެއީ އަހަރެންގެ މާޒީގެ ސޮފްހާތަކުގައި ލިޔެވިފައިވީ އެންމެ އުފާވެރި ދުވަސްތަކެވެ.

*******************************************

މަންމަޔާ ބައްޕަޔާއެކު އަހަރެން އުޅެމުން އައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. އާދައިގެމަތިން ބައްޕަ ދިޔައީ އަހަރެންް ކޮލެޖަށް ލާށެވެ. އެޔަށްފަހު ބައްޕަ ދެންދާނީ މަންމަޔާ އެކު އޮފީހަށްށެވެ. މަންމަޔާއި ބައްޕަވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. އަހަރެންގެ އިންޓަވަލް ގަޑީގައި އަހަރެން ގޮވައިން ގެޔަށް އައިސް ސައި ބޮނީ އަބަދު ވެސް ތިން މީހުން އެކީގައެވެ.މިއަދުވެސް ތިންމީހުން އެކީ ސައި ބޮއެގެން އައިސް ކާރަސް އަރަން އުޅެނިކޮށް އަހަރެންެ ކުއްލިޔަކަށް ހަނދާންވީ ހިސާބު ގަޑިޔަށް ބޭނުންވާ ފަރުގާލުފޮށި ގަންނަން ޖެހޭ ވާހަކަ ބައްޕަ ގާތުގައި ނުބުނެވޭ ކަމެވެ. ވަގުތުން ބައްޕައަށް ގޮވާލާ އެވާހަކަ ބުނީމެވެ. ބައްޕަ ބުނުއްވީ މަންމަ އޮފީހަށް ލައިފާ އައިސް އަހަރެން ގޮވައިގެން ކޮލެޖަށްދާ މަގުމަތީގައި ފިހާރަޔަށް ވަދެ ފަރުގާލުފޮށި ގަންނާނީ ކަމަށްށެވެ. އެހެންކަމުން އަހަރެން ނިންމީ މަންމަ ލައިފާ ބައްޕަ އަންނަންދެން ގޭ ދޮރުމަތީގައި މަޑު ކޮށްލައިގެން ހުންނާށެވެ. އެވާހަކަ ބައްޕަ ގާތުގަައި ބުނުމުން އެންމެރަނގަޅޭ ކިޔާ މަންމަގެ އަތުގައަި ހިފައިގެން ހިނގައިގަތީ މަގުގެ އަނެއްފަރާތުގައި އޮތް ބައްޕަގެ ކާާރަށް އަރަންދާްންށެވެ.

ސިކުންތެއްގެތެރޭގައި ދެން ފެނުނު މަންޒަރުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބާރު ސްޕީޑުގައި ދުއްވާފައި އައި ޕިކަޕު އައިސް ޖެހުނީ އަހަރެން މި ދުނިޔެއިންވެސް އެންމެ ލޯބިވާ ދެމީހުން ގައިގައެވެ. މަންމަ މާދުރަށް ވިއްސައިން ގޮސް ޕޭމަންޓުގައި ބޯޖެހި ބޯފަޅައިގެން ދިޔައެވެ. ކޯދުލައިފާ ފައިބައިގަތް ލޭތަކުން ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ބިންމަތި ކަޅިވަމުން ދިޔަ އެވެ. ބައްޕަގެ ހާލަކީތޯއެވެ؟ ބައްޕަ ވިއްސައިން ދިޔައީ މާދުރަށް ކަމުގައި ނުވިޔަސް ބައްޕަގެ ވަށައިންވެސް ވީ ލޭގެ ކޯރެއް ހެދިފައެވެ. ވަގުތުގެ ނާޒުކު ކަމާއެކުވެސް ލޮލުކޮޅަށް އޮބާލައިން ދިޔަ ޕިކަޕުގެ ނަމްބަރ ޕްލޭޓު އަހަރެންގެ ހިތުގައި ރައްކާ ކޮށްލީމެވެ. ވަގުތުން މަންމަ އާއި ބައްޕަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުނެވެ. ނަމަވެސް ދެން އަހަރެން އަޑު އަހަން ޖެހުނީ ހަޔާތުގައިވެސް އަޑުއަހަންޖެހުނު އެންމެ ހިތާމަވެރި ޚަބަރެވެ. މަންމަ އާއި ބައްޕަ ވެސްް މި ވަގުތީ ދުނިޔެ ދޫކޮށް ދާއިމީ ޢާލަމަށް ދަތުރު ފެށީއެވެ.

އެދުވަހު ފަރުގާލު ފޮށީގެ ވާހަކަ ނުދެއްކުން ނަމައޭ ވެސް މިހާރު ހިތަށް އަރައެވެ. ނަމަވެސް އޭރުން ނިމިގެންދިޔައީހީ ތިންމީހުން އެކީގައި ކަމަށްވެސް ވެދަނެއެވެ. އެހެން ކަންތައްވީނަމަ މިއަދު ބައެއްގެ ރޭވުމުން މިދުނިޔެ ދޫކޮށް ދިޔަ އަހަރެންގެ ލޯބިވާ މަންމަޔާއި ބައްޕައަށް އިންސާފު ހޯދައިދޭެެެެން ހުންނާނީ ވަކި ކާކުހެއްޔެވެ؟ މިއަދު އަހަރެންނަށް އެއީ ކޮންބަޔަކު ކޮންނިޔަތެއްގައި ކުރި ކަމެއްކަން ވެސް މިވަނީ ހޯދިފައެވެ. މީހުންގެހިތުގައި ހަސަދައުފެދިފައި ވަނީވެސް ބިރު ގަންނަން ޖެހޭ މިންވަރަށެވެ.

ކަރުނަ ފުހެލީމެވެ. މިއަދު އަހަރެން ކޯޓުން ނިކުމެގެން މިދަނީ މަންމަމެން ނެތުމުގެ ހިތާމަޔާ އެކުވެސް މަންމަޔާއި ބައްޕަޔަށް އިންސާފު ހޯދައިދެވުނީތީ ވަރަށްވެސް އުފަލުންނެވެ. މިއީ އަނެއްކާވެސް އާފެށުމެކެވެ. ހިތާމަތަށް ފަހަތަށް ދޫކޮށްފައި އެދުވަސްތަކުގެ އުފާވެރި ހަނދާންތަކާއި އެކު އަބަދުވެސް ކުރިޔަށް ދެވޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ.

Share Article

Follow Me Written By

zeneeshaa

Level 1

Other Articles

Previous

އަނިޔާ

Next

ހީވޭ ކަލާވާހެން-28

Next
November 30, 2021

ހީވޭ ކަލާވާހެން-28

Previews
November 30, 2021

އަނިޔާ



All Right Reserved!