Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އުހުދު ހަނގުރާމަ

Zainul-Aabidheen Yoosuf Level 1
December 24, 2021 One Min Read
0 Comments

ހަނގުރާމަ އަކީ މުސްލިމުން ކުރި އެންމެ ބޮޑު އެއް ހަނގުރާމައެވެ. އެހަނގުރާމާގައި މުސްލިމުންގެ އެތައް ހަނގުރާމަ ވެރިންނެއް ޝަހީދުވިއެވެ. އޭގެ ތެރޭގައި މުސްލިމުންގެ އެންމެ މޮޅު އެއް ހަނގުރާމަ ވެރިއެއް ކަމަށްވާ حمزة رضي الله عنه ޝަހީދު ވެގެން ދިޔައެވެ. މީގެ އިތުރުން مصعب بن عمير رضي الله عنه އާއި حنظله رضي الله عنه ވެސް ޝަހީދު ވެގެން ދިޔައެވެ. މުޅި ޖުމްލަ ހަތްދިހަ ބޭކަލުން ޝަހީދު ވެގެން ދިޔައެވެ.

އުޙުދު ހަނގުރާމާގައި މުސްލިމުން ބަލިވުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ ކީރިތި ރަސޫލާގެ އަމުރަށް ނުކިޔަމަންތެރިވުމެވެ. އެގޮތުން ކީރިތި ރަސޫލާ އުހުދު ފަރުބަދަ ކައިރީގައި ހުންނަ ފަރުބަދައެއް މަތީ ތީރު ޖަހާ ސާޅީސް ބޭކަލުން ބޭތިއްބުމަށް އެންގެވިއެވެ. އަދި އެތަނުން އެއްވެސް ބޭކަލެއް ފަރުބަދަ މަތިން ރަސޫލާ ނާންގަވަނީސް ނުފޭބުމަށް އެންގިއެވެ.
ހަނގުރާމައިން މުސްލިމުން ކާމިޔާބުވެ، މުޝްރިކުންގެ އެތައް ބަޔަކު ޝަހީދު ވުމުން މުޝްރިކުން އުއްމީދު ކަނޑައިލާ އެސަރަހައްދު ދޫކޮށް ދާންފެށިއެވެ. މިތަން ފަރުބަދަ މަތީގައި ތީރުޖަހާ ބޭކަލުންނަށް ފެނުނެވެ. އަދި ޤަނީމާ މުދާތަކަށް އެމީހުން ދަހިވެތިވެ، ފަރުބަދަ މަތިން ފޭބިއެވެ. ނަތީޖާ އަކަށްވީ މުޝްރިކުންގެ ހަނގުރާމަ ވެރިއަކަށް މިތަން ފެނުމެވެ.
މުޝްރިކުންގެ ލަޝްކަރުގެ މީހުންނަށް މިތަން ފެނުމުން އެނބުރި އައިކޮޅަށްއައެވެ. މުޝްރިކުންގެ ލަޝްކަރު އައިސް މުސްލިމުންގެ ތީރު ޖަހާ ބޭކަލުންތައް ޝަހީދު ކޮށްލިއެވެ. އަދި ފަރުބަދަ މައްޗަށް އަރައި ފަރުބަދަ މަތީގައި ތިއްބެވި ބޭކަލުންތައް ވެސް ޝަހީދު ކޮށްލިއެވެ.

ނަތީޖާ އަކަށްވީ ކީރިތި ރަސޫލާގެ ހަށިކޮޅަށް އެތަކެއް ޒަހަމްތަކެއް ލިބުމެވެ. އަދި މުސްލިމުންގެ އެތައް ބަޔަކު ޝަހީދު ވެގެން ދިޔުމެވެ. މިކަންތައް މިގޮތަށް ވެދިޔުމުން މުޝްރިކުން ނަށް އައު ހިއްވަރެއް ލިބިގެން ދިޔައެވެ. މުސްލިމުންގެ އެތަކެއް ބަޔަކު އެހަނގުރާމާގައި ޝަހީދު ކޮށްލުމަށްފަހު މުޝްރިކުން އަނބުރާ މައްކާއަށް ދިޔައެވެ.

ހަނގުރާމައިގެ ފުރަތަމަ ކޮޅު މުސްލިމުން ނަޞްރު ހޯދިއެވެ. ނަމަވެސް ކީރިތި ރަސޫލާގެ އެންގެވުމަށް ތަބާނުވުމުން ފަހުން ނާކާމިޔާބުވީއެވެ.

Share Article

Follow Me Written By

Zainul-Aabidheen Yoosuf

Level 1

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް

Next

ހީވޭ ގާތުގާއި ވާހެން ކަލާ 12

Next
December 24, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 12

Previews
December 24, 2021

ކިޔުންތެރިންގެ ސަމާލުކަމަށް



All Right Reserved!