Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުޑަކުދިންގެދީނީ

ޔޫސުފްގެފާނު – 1

Zainul-Aabidheen Yoosuf Level 1
January 1, 2022 One Min Read
0 Comments

އެއްރެއަކު ޔޫސުފްގެފާނު އަވަހާރަފުޅުލައްޕަވާފައި އޮންނަވަނިކޮށް ހުވަފެންފުޅެއް ދެކެވަޑައިގަތެވެ. އެއީ އެގާރަ ތަރިއާއި އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަ ކުރާތީއެވެ. އެކަލޭގެފާނު އަވަހާރަފުޅުން ތެދުވެވަޑައިގެން ބައްޕާފުޅު ޔައުޤޫބުގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ ބައްޕާފުޅާއެވެ ! އަޅުގަނޑަށް ޢަޖާއިބު ކުރުވަނިވި ހުވަފެންފުޅެއް ފެނިވަޑައިގެންފިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ. އެހުވަފެނަކީ ކޮބައިހެއްޔެވެ؟ ޔޫސުފްގެފާނު ބައްޕާފުޅަށް ދެންނެވިއެވެ. އަޅުގަނޑަށް ފެނުނު ހުވަފެނަކީ އެގާރަ ތަރިއާއި، އިރާއި ހަނދު އަޅުގަނޑަށް ސަޖިދަ ކުރާތީއެވެ.
ޔައުޤޫބުގެފާނު އެހުވަފެންފުޅާމެދު ވިސްނާވަޑައިގަންނަވަން އިންނެވިއެވެ. ދެންފަހެ އެކަލޭގެފާނަށް ވިސްނިވަޑައިގަތީ ހަމަކަށަވަރުން މާތްﷲ އެދަރިކަލުންނަކީ، ދުނިޔެއާއި އާޚިރަތުގައި ޤަދަރު އުފުލިގެންވާ މާތް ދަރިކަލެއް ކަމުގައި ލައްވާނޭކަމެވެ. ޔޫސުފްގެފާނުގެ ބޭބެމެން އެކަލޭގެފާނަށް ޙަސަދަވެރިވާކަން ޔައުޤޫބުގެފާނަށް އެނގިވަޑައިގެންފައިވުމުގެ ސަބަބުން، އެހުވަފެނުގެ ވާހަކަ ވިދާޅުވެއްޖެނަމަ،އެ ބޭބެއިންގެ ފަރާތުން އެކަލޭގެފާނަށް އުނދަގޫފުޅު ވާކަންތައްތަކެއް ކުރިމަތިވެދާނެތީ ދަރިކަލުންނަށް ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ ! ދަރިފުޅަށް ތިޔަ ފެނުނު ހުވަފެނުގެ ވާހަކަ، ދަރިފުޅުގެ ބޭބެއިން ގާތު ނުބުނާށެވެ ! އެވާހަކަ ދަރިފުޅުގެ ބޭބެއިންގާތު ބުނެފިނަމަ، އެއުރެން ދަރިފުޅަށް އުނދަގޫކުރުމުގެ ނުބައި ރޭވުންތައް ރާވައި ހަދާނެއެވެ. އެހެނީ ހަމަކަށަވަރުން ޝައިޠާނާއަކީ އިންސާނާއަށްހުރި ފާޅުކަންބޮޑު ޢަދުއްވެކެވެ.
އިރުކޮޅަކު ހަނުއިންނެވުމަށްފަހު ޔައުޤޫބުގެފާނު ޔޫސުފްގެފާނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން މާތްﷲ ދަރިފުޅަށް ތިޔަދެއްކެވީ ވަރަށް މަތިވެރި މާތް ހުވަފެނެކެވެ. ދަރިފުޅު އެހުވަފެނަ ސިއްރު ކޮށްގެން ހުރެއްޖެނަމަ މާތްﷲ ގެ ރަޙްމަތްފުޅުން ދަރިފުޅަށް ވަރަށް ޚާއްސަ މަޤާމެއް ދެއްވާނެތެވެ. އަދި ހުވަފެންތަފްސީރުކުރުމުގެ ޢިލްމު ދަރިފުޅަށް ދެއްވާނެތެވެ. އަދި ދަރިފުޅުގެ ސަބަބުން ޔައުޤޫބުގެފާނުގެ އާލުންނަށް ގިނަގުނަ ހެޔޮކަންތައް ދެއްވާނެތެވެ. އަދި ދަރިފުޅުގެ ކާފާފުޅު އިސްޙާޤުގެފާނާއި، މުނިކާފާފުޅު އިބްރާހީމްގެފާނަށް ނަބީކަން ދެއްވި ފަދައިން ދަރިފުޅަށް ވެސް ނަބީކަން ދެއްވާނެތެވެ.

Share Article

Follow Me Written By

Zainul-Aabidheen Yoosuf

Level 1

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އަށްވަނަބައި)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ނުވަވަނަބައި)

Next
January 2, 2022

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ނުވަވަނަބައި)

Previews
December 31, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އަށްވަނަބައި)



All Right Reserved!