Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެހަނދާންތަކުގައި

🌹YEOJA🌹 Level 610 Stories100 Login100 Comments
November 25, 2020 4 Mins Read
9 Comments

އިރުއެރި އަރަމުން ދިޔައީ އަތިރިމަތީގެ ހިމުން ދޮންވެލިގަނޑު ގައި މިހުރިހާ މަންޒަރެއް ބަލަން މިޝްކާ އިންދައެވެ.

ބުރުސޫރަ ރީތި ޒުވާން ފަންމިންޏެކެވެ. ބަލާބެލުމައް ފަންސަވީސް ސައްބީސް ވަރަކައް އަހަރުވާނެ ކަމައް ލަފާކޮއްލެވެ އެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނުވާއިރު ، އެރީތި ބޮޑު ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އާދެއެވެ. އެއްވެސް ފިކުރެއް ނެތި މޫދާ ދިމާލައް ބަލަން އިންނައިރު ދޭތެރެ ދޭތެރެއިން އަގައިން މަޑު ގިސްލުމެއް ނިކުމެގެން އާނއެކެވެ. ބަލާބެލުމައް ވެސް ކަމަކާ ހިތާމަކުރަނީ ކަން އިނގެއެވެ.

މިޝްކާ ވިސްނަމުން އެދަނީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުންނެވެ. އޭނާ މިއުޅެން ޖެހޭ ހާލައް ވިސްނާ ފިކުރު ނުކުރާ ވަގުތެއް ނުދެއެވެ.

އަލަތު ދަރިފުޅައް މިޝްކާ ބަލިވެގެން އިންއިރު އެއްވެސް އުފަލެއް އެ ދޮންމޫނު މައްޗަކުން ނެއް ނުފެނެއެވެ. ވިހާދުވަސް ގާތް ވާއިރައް މާއިޒް މަތިން ހަދާން ވަނީ އިންތިހާ އަށެވެ. އާނއެކެވެ. މިޝްކާ ބަނޑުގައި އުފަން ވަމުން އެދަނީ މާއިޒް ގެ ލެއެވެ. މިޝްކާ ގެ ފިރިމީގެ ލެއެވެ.  އެދަރިފުޅު ބަނޑުގައި ތޮޅެލާ ކޮންމެފަހަރަކު މާއިޒް މަތިން ހަދާން ވެ އެވެ. އަދި އެކުގައި ހޭދަކުރި އުފާ ވެރި ވަގުތު ކޮޅުތައް މަތިން ހަނދާން ވެ ފިޔާތޮށިކުލައިގެ އެ ތުނިތުންފަތައް ހިނިތުންވުމެއް ވެރިވެ ގަނެއެވެ.

އެހެން ގޮސް މިޝްކާ ގެ ހިޔާލުތައް އޭނާގެ މާޒީ ގެ ސޮފްހާތަކައް ގެއްލުނެވެ.

***************************************

މިޝްކާ އަކީ ސަނާ އަދި ޒިހާން އައް ލިބުނު ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެދެމީހުން ވެސް މިޝްކާ ބަލާބޮޑުކުރީ ރަނގަޅު ތަރުބިއްޔަތާ އެކުގައެވެ. މިޝްކާ ބޭނުން ވީހާބޭނުން އެއްޗެއް އެއްވެސް ޝަކުއާ އަކާ ނުލާ ހޯދާދެއެވެ. ޢާއިލާ ކިތަން މެ ތަނަވަސް ނުވިޔަސް ރަނގަޅު ހިންހަމަ ޖެހޭ ދިރިއުޅުމެއް އުޅެވެއެވެ.

ނަމަވެސް މި އުފާވެރިކަން ދެމިގެން ދިޔައީ މަދުދުވަސް ކޮޅަކަށެވެ. ޒިހާން އާއި ސަނާ ބޭސް ފަރުވާ އައް މާލެ ގޮސް އުޅެނިކޮއް ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްއެއްގާ ވަނީ މިދުނިޔެއަޅާ ގޮސްފައެވެ. މިޝްކާ އައް ވެސް ލިބުނު ކުއްލި ސިހުމުގައި ނަފްސާނީ ބަލިމަނޑު ކަމެއްގެ ތެރެއައް ވެއްޓުނެވެ. މިޝްކާ ބަލަމުން އައި ބޮޑުދައިތަ ކަމުގައި ވާ ސާއިލާ ގެ މިންނެއް މަސެއްކަތުންނާ އަދި ދެއްކި ޑޮކްޓަރުންގެ ހިތްވަރުން މިޝްކާ ވަނީ ރަނގަޅުވެފައެވެ. ޢުމުރުން ވިހި އަހަރުގައި މިޝްކާ ސާއިލާ ގޮވާގެން މާލެ އައީ އިތުރައް މިޝްކާ ކިޔެވުމަށެވެ. މިޝްކާ އާއި މާއިޒް ދިމާވީ މިޝްކާ ކިޔަވަމުން ދިޔަ ކޮލެޖްއިންނެވެ. ފުރަތަމަ ނަޒަރުންވެސް ދެމީހުންގެ ހިތައް ގޮތެއްވެލީ ދެމީހުންނައް ނޭގިހުރެފައެވެ. މާގިނަދުވަހެއް ނުވެ މާއިޒް ލޯބި ހުށައެޅީ މިޝްކާ އޭނާ ގެ އަތުން ގެއްލިދާނެ ކަމުގެ ބިރަށެވެ. މާއިޒް ލޯބިހުށައެޅުމާއެކު މިޝްކާ ވެސް އާނއެކޭ ބުނީ މާއިޒް ދެކެ އޭނާ ވެސް ލޯބިވާތީއެވެ. ދެމީހުންގެ ވެސް ކިޔެވުން ނިމުނީ ވެސް އެއޮއް ވަރުގަދަ ލޯބީގެ ގުޅުމައް އެއްވެސް އުނދަގޫ ކަމަކާ ދައްޗެއް ކުރިމަތި ނުވެ އުފާވެރިކަން މަތީގައެވެ.

ލޯބީގެ އެތައް އަހުދާ ވަޢުދު ތަކަކައް ފަހު މިޝްކާ އާއި މާއިޒް ކައިވެނީގެ ގޮށުގައި ބަނދެވިގެން ދިޔައީ އެންމެން ގެ މޫނުމައްޗަށާ އެދެމަފިރިންގެ މޫނުމައްޗައް ވެސް އުފާވެރިކަމުގެ ހިނިތުންމުމެއް ގެންނަމުންނެވެ.

ކައިވެނިކޮއްގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އާ މިޝްކާ އާއި މާއިޒްގެ ދިރިއުޅުމައް ދަތި ދުވަސް ތަކެއް އައީ ކައިވެންޏައް ފަހު ހަތަރު މަސްވީފަހުންނެވެ. މާއިޒްގެ އުޅުމައް އަންނަ އާދަޔާ ހިލާފު ބަދަލުތަކަކުންނެވެ. ރޭނގަޑު ގެއައް އައުންލަސްވެ ކުދިކުދި ކަންކަމާ މާއަވަހައް ރުޅިއައުމާ ، ނުވިތާކައް މިޝްކާ އާދިމާލައް އެއްޗެހި ކިޔުންވެސް މާއިޒް ވަނީ ޢާންމުކަމަކައް ހަދާފައެވެ.

ދެމަފިރިންގެ ދެމެދު މައްސަލަތައް ހޫނުވެ، އެންމެ ފަހުން ވަރިއާ ހަމައައް ވެސް މިކަން މާއިޒް ގެންދިޔައެވެ. މިޝްކާ މިކަން ނުކުރުމައް އެތައް އާދޭހެއް ކުރިއިރުވެސް ، މާއިޒް ދިނީ މިހުރިހާ އާދޭހަކައް ބީރު ކަންފަތެކެވެ.

ވަރިވިތާ މަސްދުވަސް ނުވަނީސް މިޝްކާ ބަލިވެއިންކަން އިނގުމުން މާއިޒްއައް މިހަބަރު ދޭންވެގެން މާއިޒް އުޅޭ އެޕާރްޓްމެންޓައް މިޝްކާ ދިޔައީ މާއިޒް އޭނާ އާ އަލުން ގުޅެން އެއްބަސް ކުރުވަން ނިންމާގެންނެވެ. މާއިޒް އަކީ މިޝްކާ ގެ އަލަތު ލޮބިއައް ވެފާ ،މިޝްކާ މާއިޒްދެކެ އިންތިހާ އައް ލޯބިވެވިފައިވާތީ މާއިޒް އާ ދުރުގައި އުޅެން މިޝްކާއައް ވަނީ ބޮޑުވޭނަކައް ވެވިފައެވެ.

ނަމަވެސް މިޝްކާ އުންމީދުތައް ވެއްޔާ މޮޑެވިގެން ދިޔައީ މާއިޒް ގެ ވިހަގަދަ ބަސްކޮޅު އިވުމުންމެވެ. ” އަހަރެން ނުދެކެން މިޝްކާ އާ ތިޔަ ދަރި އަކީ އެއީ އަހަރެން ބަލަން ޖެހިފައިވާ ބައެއްކަމަކައް ، މިޝްކާ ތިޔަހިރީ މިހާރު އަހަރެން ވަރިކޮއްފާ އެހެންމާ އަހަންނަކާ މިޝްކާ އަކާ އެއްވެސް ގުޅުމެއް މިހާރަކު ނޯންނާނެ، އަދި ބުނަން މިޝްކާ އަހަރެންގެ ދަރިއަކައް ބަލިވެ އިނޭ ކިޔާފާ އަހަރެން މިޝްކާ އަކާ ދެވަނަ ފަހަރަކައް ނުގުޅޭނައް ، އަޑުއިވިއްޗެތަ، ދެން މިހާރު މިގެއިން ނިކުމެގެން ދާން އުޅޭ،” މަގުމަތިން ހިނގާފައި ދިޔައިރުވެސް މިޝްކާގެ ކަންފަތުގައި ހަރުލައިފައިވީ ދެންމެ މާއިޒް ބުނި ޖުމްލަތަކެވެ. މިހާރުވެސް މިޖުމްލަ މިޝްކާގެ ކަންފަތުގައި ހަރުލައިފައި ހުރެއެވެ.

******************************************

މާޒީގެ ހިތްދަތި ސޮފްހާ ތަކުތެރެއައް ފީނިފައި އިން މިޝްކާ އައް އެ ހިޔާލުތަކުން ނިކުމެވުނީ ،އޭނާގެ ކޮނޑުމަތީގައި މީހަކު އަތްތިލަ ބޭއްވުމުންނެވެ. ކަރުނަވީ ދެލޮލާއެކު މިޝްކާ ފަހަތް ބަލާލި އިރު ހުރީ އޭނާ ގެ އެންމެ ގާތް އެކުވެރިއާ ކަމުގައިވާ ރީމް އެވެ. މިޝްކާގެ ކަރުނަވީ ދެލޯ ފެނުމުން ރީމް އައް ވެގެން އުޅޭގޮއް ކޮންމެސް ވަރަކައް ނަގައިގަނެވުނެވެ. އެހެންކަމުން ރީމް ވެސް މިޝްކާ ކައިރީ ދޮންވެލިގަނޑުމަތީގައި އިށީނދެލިއެވެ. ” ޕިސް، މިޝް ކާރި ކިތައްދުވަހު އަހަރެން ބުނެފިން އެ ބޭވަފާ ތެރިއާ މަތިން ހަދާން ކޮއް ކަރުނަ ނާޅާށޭ، އޭނާ މަތިންހަދާން ކޮއްގެން ރުއިމުގެ އެއްވެސް ބޭނުމެއް ނެތް މިހާރަކު ، މިހާރު މިޝް ވިސްނަންވީ ތިޔަ ދަރިފުޅާ ދެމެދު ، އެހަނދާން ތަކާ ދުރައް ދާންވީ ، އިނގޭ މިހެން ބުންނަސް މީ ފަސޭހަ ކަމެއް ނޫންކަން ، ބަޓް ޔޫހޭވްޓް ޓްރައި އިނގޭ މިޝް،”

މިޝްކާހެ ކޮނޑުމަތީގައި ރީމްގެ އަތް ބައިންދަމުން ރީމް މިހުރިހާއެއްޗެއް ކިޔެވެ. މިޝްކާ ވެސް އިރުކޮޅަކު ވިސްނަން އިނދެފައި ބޯޖަހާލަމުން ، ލޮލުގައިވީ ކަރުނަތައް ފޮހެލަމުން ރީމް އައް ހިނިތުންވުމެއް ދިނެވެ. ” ނައުދެޓްސް ލައިކް އަ ގުޑް ގާރްލް، ހިނގާ އަވަހައް ގެއައްދަމާ ދޯ ސާއިލާއްތަ މިހާރު އަހަރުމެން ހޯދާނެ، އަހަރެން ވެސް މީ މިޝް ހޯދަން އައި މީހާ ރަނގަޅެއްނު ދޯ” ހިނިގަނޑެއް ޖަހާލަމުން ތެދުވެ ގައިން ވެލިފޮޅާލަމުން ރީމް މިހެން ބުނެލިއެވެ.

ދެއެކުވެރިން ވެސް އެކިއެކި ވާހަކައިގައި ތިބެގެން ގެއާހިސަބައް ދިޔައިރު އޭރު ކޮންމެ ގެއެއްގެ ދޮށުގައިވެސް އަންހެނެއް ކުނިކަހަން އޮތެވެ. މިތަން ފެނި ދެ އެކުވެރިން ވެސް ލޯބޮޑުކޮއްލާފައި އަވަހައް ގެއައްދިޔައީ ، އެމީހުން ވެސް  އަދި ކުނިނުކަހާކަން ހަނދާންވެގެންނެވެ.

ދުވަސް ތައް ހަލުއިކަމާއެކު ފެތުރެމުން ދިޔައެވެ. މިޝްކާ ވިހާ ދުވަސް ވެސް ގާތް ވަނީއެވެ. މިޝްކާ މިހާރު ވަނީ މާއިޒް މަތިން ހަނދާން ނައްތާލަން ކުރެވުނުހާ ވަރަކައް ވެސް މަސައްކަތް ކޮއްފައެވެ. ނަމަވެސް މިކަން އަދި ކާމިޔާބުވާ ވަރެއް ނުވެއެވެ. ނަމަވެސް މިހާރު މިޝްކާ މިކަމާ ހުރެ ރޮއެއެއް ނަހަދައެވެ.

އެއްރޭގެ މެންދަމު އަލިވެ ދޭއްޖަހާއިރު މިޝްކާ އައް ތެދުވެވުނީ ބަނޑައް އަރައިގެން އައި ތޫނުތަދަކުންނެވެ. ކެއްނުވާވަރައް ތަދުވާން ހެދުމުން ކައިރީގައި ނިދާފައި އޮއް ރީމް އައް ގޮވާލީމެވެ. ގޮވާލިހެންނެއް ހީނުވެ ރީމް ތެދުވެ މިޝްކާ އާއި ދިމާލައް ބަލާލިއިރު ކަމަކުދާކައް ނެތެވެ، މުޅި މޫނުމަތީގައި ދާތިކިތައް ބަބުޅަމުން ދިޔައިރު ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނައް ފަށާ ފައިވެއެވެ. ވީ ގޮއްއޮޅުން ފިލީކަންނޭގެ ރީމް އެނދުން ތެދުވެ ސާއިލާއައް ގޮވުމައް ދުއްވާގަތެވެ. ސާއިލާގޮވާގެން ރީމް އައިސް އެންބިޔުލާންސް އައް ގުޅާލައިފައި އައިސް ހޮސްޕިޓަލައް ދާން ތައްޔާރުވިއެވެ. ދެގަނޑި ފަނަރަ ހާކައްހާއިރު މިޝްކާ ހޮސްޕިޓަލައް ގެންދެވުނު ގޮތައް ވިއްސާ ކޮޓަރިއައް މިޝްކާ ވެއްދުނެވެ. ގާތް ގަނޑަކައް ފަސްގަނޑި ބައިހާ ކައްހާއިރު މިޝްކާ ވިހިއެވެ. މިޝްކާ ވިހީ ލޯބިލޯބި އަންހެން ކުއްޖެކެވެ. ވޯޑައް މިޝްކާ ދޫކޮއްލިއިރު އަށެއް ވެސް ޖަހާފިއެވެ.

ފުރަތަމަ ފަހަރައް މިޝްކާ އޭނާގެ ކުޑަ ފުއްގަނޑެއް ފަދަ ލޯބި ލޯބި ދަރިފުޅު އުރާލިއެވެ. އުފާވެރި އިހްސާސް އެއް މިޝްކާ އައް ކުރެވުނެވެ. ހިތް އުފަލުން ރޯލިއެވެ. ނަމަވެސް ދެވަނަ ފަހަރައް ލޮލުން ކަރުން އައީ މާއިޒްމަތިން ހަނދާން ވެގެންނެވެ. މާއިޒް ގެ ރީތި މުށުކުލައިގެ ކަޅި ދަރިފުޅައް ލިބިފައިވެއެވެ. އަދި މިޝްކާ ގެ ރީތިކަން ވެސް ވަނީ އެކުއްޖާއައް ލިބިފައެވެ.

ހަތްދުވަސް ފަހުން މިޝްކާ ގެ ތުއްތު ދަރިފުޅައް މަންހާގެ ނަމުން ނަންދެވުނެވެ.

މާޔޫސް ވެފައިވާ މިޝްކާގެ ހަޔާތައް އަލިކަމެއް ގެނެސްދިނީ މި ތުއްތު ތުއްތު ފުރާނައެވެ. މަންހާ ފެންނަކޮންމެފަހަރަކު މިޝްކާ އައް މާއިޒްގެ މަތިން ހަނދާން ވާ ފަހަރުވެސް އާދެއެވެ. ނަމަވެސް މިޝްކާ ކެކުރެއެވެ. ދަރިފުޅުގެ ހަޔާތް އުޖާލާ ކޮއްދިނުމައް މިޝްކާ އޭނާ ގެ މުޅި ދިރިއުޅުން ވެސް އެ ދަރިފުޅުގެ ހިދުމަތުގައި ދުއްވާލަން ހުރީ ތައްޔާރަށެވެ. މާޒީގެ ހިތި ހަދާން ތަކުން ދުރުވެ ހިތްވަރާ އެކު މިޝްކާ އަމިއްލަ ފައިމައްޗައް ތެދުވެ އުފާވެރި ދިރިއުޅުމެއްގާ އުޅެމުން ދިޔައީ މަންހާ އާއި އެކުއެވެ.

(ނިމުނީ)

 

 

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތިން ލަފްޒުން (21)

Next

ޙަޔާތް – 2

Next
November 25, 2020

ޙަޔާތް – 2

Previews
November 25, 2020

ތިން ލަފްޒުން (21)

9 Comments!

  1. Luhoo says:
    November 25, 2020 at 4:02 pm

    ❤️Wowww vv reethi mi story❤️
    ❤️Waiting for another stry from u dear ❤️
    ❤️Lyssmm and tc stay safe darl ❤️

    1. YEOJA says:
      November 25, 2020 at 4:08 pm

      Thank u soo much luhoo❤️❤️❤️
      Yh Insha Allah vrh avaha ehn stry eh vss up kohladeyna❤️❤️❤️
      Lymmmm u too stay safe and take care❤️❤️❤️❤️❤️

  2. 🌻LamHaa🌻 M@L@@N@ says:
    November 25, 2020 at 11:10 pm

    Wow Maashallah v reethi mi story vx loabikolhooo♥️♥️
    Hama ehn story eh ge inthizaaruga
    Stay safe
    Lyyyyssssmmm

    1. YEOJA says:
      November 26, 2020 at 7:58 pm

      Thank u soo much M@L@@N@ for this lovely cmnt
      varah avaha ehn stry ehves kiyaalan libeyne inthizaaru kohlaa ingey
      u tooo stay safe and take care lwbikoluuu
      love you more

  3. Mary zaakko says:
    November 25, 2020 at 11:27 pm

    Maasha allah ?
    Mi story vx varah reethi. .. keep it up ?
    Good luck with the next story ?
    Stay safe and take care ?

    1. YEOJA says:
      November 26, 2020 at 8:01 pm

      Thank you so much mary zaakko for this lovely cmnt
      yess thanks
      keep waitting
      u tooo stay safe and take gud care

  4. Xeeen says:
    November 26, 2020 at 6:54 pm

    Masha Allah V reethi mi story vx❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for a new story of u☺️
    Lyyysssssmmm ?
    Take care?

    1. YEOJA says:
      November 27, 2020 at 10:45 am

      Thank u sooo much xeeen for this lovely cmnt
      Yh keep waiting vrh avaha new stry eh up kuraaana ISA
      Love u more
      U too take care and stay safe

  5. YEOJA says:
    November 27, 2020 at 10:44 am

    Thank u sooo much xeeen for this lovely cmnt
    Yh keep waiting vrh avaha new stry eh up kuraaana ISA
    Love u more
    U too take care and stay safe

Comments are closed.



All Right Reserved!