ޢުމުރައް ވެސް އެކީ ވާނަން
ލޯގަނޑު ކުރިމަތީހުރެ ތައްޔާރުވަމުން ދިޔަ މަލަކާ އިރުކޯކޮޅާ ފާރުގައި ހަރުކޮއްފައިވާ ގަނޑިއައް ނަޒަރުހިންގާލައެވެ. އަޅާފައިވާ ޝޯލްގެ އެންމެ ފަހު ޕިން ޖަހަމުން ، މަލަކާ ގެ އިސްކޮޅުހުންނަ ދިގު ލޯގަނޑުން އަމިއްލަ ސޫރައައް ބަލާލިއެވެ. ދަނބުކުލައިގެ ކަކުލާ ހަމައައް އަންނަ ވައްތިރިހެދުމުގެ އަތް ފުޅާ ކޮއްލުން ފިޔަވާ އިތުރު އެއްވެސް ވަތްތަރެއް ޖައްސާފައި ނުވާ މިހެދުން ނުލާހިކު އާދާގެ ވަތްތަރެއް ޖަހައެވެ. ބޯނިވާކޮއްލުމައް ރީތިގޮތައް ކަލު ކުލައިގެ ޝޯލް އެއް އަޅާލެވިފައިވާއިރު ، ފިޓުސްކްނީއެއް ތިރިން ލާފައި ހުރުމުން ފައިގެ ބައްޓަން ނުލާހިކުރީއްޗައް ވަކިކުރަން އިނގެއެވެ. މޫނުމަތީގައި ލުއިމޭކަޕެއްކޮއްލެވިފައިވާއިރު ނުލާހިކު ވެސް ރީއްޗެވެ.
ބަރާބަރު އަށްގަނޑި ބަޔައް ތައްޔާރުވެގެން މަލަކާ ކޮޓަރިން ނިކުތީ އޭނާ ގެ ލޯބިވެރިޔާ ޒައިން އާބައްދަލުކޮއްލަން ދިޔުމަށެވެ.
ޢުމުރުން ބާވީސް އަހަރުގެ މަލަކާއާއި ފަންސަވީސް އަހަރުގެ ޒައިން ގެ ގުޅުމައް ދެއަހަރު ވެފައިވާ އިރު ދެލޯބިވެރިން އުޅެމުން ދަނީ ނުހަނު އުފަލުގައެވެ. ނަމަވެސް ދެމީހުން ގެ މިގުޅުން ވަނީ ސިއްރިއްޔާތުގައެވެ. ސަބަބަކީ ޒައިން އަކީ ކުރިން މުޅި މާލެ ތެރޭގައި ނަން މައްޝޫރު ޑްރަގް ޑީލާއަކައް ވުމުންނެވެ. މިކަން އިނގިހުރެ މަލަކާގެ އާއިލާ މިގުޅުމައް ދުވަހަކުވެސް އެއްބަސް ނުވާނެކަން މަލަކާ އައް އިނގޭތީ އޭނާ މިކަން ބާއްވަނީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ޒައިން ވަނީ ރަނގަޅު އުޅުމަކައް ބަދަލުކޮއްފައެވެ. ކުރިން އުޅުނު ވިޔާނުދާ އުޅުން ދޫކޮއްލާފައެވެ. އަދިވެސް އޭނާ އޭ ކިޔާގެން މާލެތެރޭ ތަފާތު ދޮގު އަޑުއަޑު އަރައެވެ. ނަމަވެސް މިކަމަކުން މަލަކާ އާއި ޒައިން ގެ ގުޅުމައް އެއްވެސް ވަރެއްގެ ދުރުކަމެއް ނާދެއެވެ. މަލަކާ އާއި ޒައިން ގެ ގުޅުން އިނގެނީ އޭނާގެ އެކުވެރިޔާ މައިހާ އެކަންޏަށެވެ. ފުރަތަމަ ކޮޅު މައިހާ ވެސް މިގުޅުމައް ނުރުހުންވިޔަސް ، ފަހުން ޒައިން ބަދަލުވެފައިވާ ކަން އިނގި މައިހާ މިގުޅުމައް މަރުހަބާ ކިޔެވެ. އެހެން ކަމުން މަލަކާ ގެއިން ދަނީ އޭނާގެ އެކުވެރިޔާ މައިހާ އާއި ބައްދަލު ކުރާށޭ ކިޔާފައެވެ.
މިރެޔަކީވެސް އެކަހަލަ ރެއެކެވެ. މައިހާ އާއި އެއްކޮއް ބޭރައް ދަނީކަމައް ބުނެ މަލަކާ އޭނާ މަންމަ ފަޒްނާއައް އައް އޮޅުވާލާފައި ދޮރުކައިރީހުރި ހަރުގަނޑުން ތިރި ކަޅުކުލައިގެ ބޫޓަކައް އަރަން ހުއްޓާ އޭނާގެ ދޮންބެ ޝާމިން ގޭތެރެއައް ވަނެވެ.
” އަހަ މަލާ މައިހާ އެކީ ބޭރައްދޯ ، އޭނާ އެބައިން ބޭރުގާ މަލާ ގެ އިންތިޒާރުގާ ހެން ހީވަނީ، އަވަހައް އަންނާޗޭ އިނގޭ،.” މަލަކާ ގެ ބޮލުގައި ފިރުމާލަމުން ޝާމިން މިހެން ބުނެލިއެވެ. މަލަކާ ވެސް ޖަވާބިގައި ބޯޖަހާލާފައި ޝާމިން އައް ހިނިތުންވުމެއް ހަދިޔާ ކުރުމައްފަހު، ގެއިން ނިކުންނަން ހިނގާގަތެވެ.
” އޭ މަލާ ހިނގާ އަވަހައް ، ޒައިން އެބައިން މަލާ ގެ އިންތިޒާރުގައި ރަސްފަންނުގާ،.” ސިޑިން ފައިބަމުން އައި މަލަކާ ފެނި އަވަސް އަވަސް އަރުވާލާ ފައި މައިހާ ބުނެލިއެވެ. ” ހިނގާ އަވަހައް ތިހެންވީރު” މަލަކާ ވެސް ހިނގާގަންނައް ފަށަމުން މިހެން ބުނެލިއެވެ.
ރަސްފަންނަން ވަން މަލަކާ ގެ ދެލޯ ހޯދަމުން ދިޔައީ ޒައިން ގެ ފިރިހެންވަންތަ ސޫރައެވެ. އެހެން ފަރާތް ފަރާތައް އެބުރިހުއްޓާ މަލަކާ އައް ފެނުނީ ދުރުގައި އިން ގޮނޑިއެއްގައި އިން ޒައިން އަތްހޫރާލިތަނެވެ. ކައިރީގައި ހުރި މައިހާ އެތާކާރި ގޮނޑިއެއްގައި އިނުމުން މަލަކާ ވެސް އަވަސް އަވަސް ކޮއްލާފައި ޒައިން އިން ދިމާލައް ހިނގާ ގަތެވެ. ޒައިން އާ ކައިރިވާ ވަރަކައް މަލަކާ ގެ ހިތުގެތެޅުން ބާރުވާން ފެށިއެވެ. ޒައިން ކައިރީ އިން ހުސްގޮނޑީގައި އިށީން ނަމުން މަލަކާ ޒައިން އައް ބަލާލިއެވެ. އެއިރު އޭނާ މަލަކާ އައް ބަލަން ހުރުމުން މަލަކާ ގެ ދޮން މޫނު ރަތް ވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.
” ވާވް ، މަލާ ޔޫ ލުކް ގޯރްޖަސް ޓުނައިޓް” މަލަކާ ގެ އަތުގައި ހިނފާލަމުން ، ޒައިން މިހެން ބުނެލިއެވެ. މަލަކާ އިތުރައް ލަދުގަނެގެން އިސްޖަހާލިއެވެ. ” ތެންކިޔޫ” މަލަކާ ވެސް އޭނާގެ ތޫލި އަޑުން މިހެން ބުނެލިއެވެ.
ދެލޯބިވެރިން އެކިއެކިވާހަކަ ދައްކަމުން ދިޔައިރު ވަށާގެން ވާ މާހައުލުގައި ދެމީހުން އެކަނި ތިބިފަދައެވެ. ދޭތެރެ ދޭތެރެ އިން ޒައިން މަލަކާ އައް ކުދި ކުދި ގޯނާތައް ކޮއްލައެވެ. ދެލޯބިވެރިން ވެސް އެކަކު އަނެކަކައް ޢަލްވަދާޢު ކީ މާދަމާ ރޭވެސް ބައްދަލު ކުރަން އަންނަން ނިންމާގެންނެވެ.
ގެއައްވަން މަލަކާ އަވަސް ވެގަތީ ކޮޓަރިއައް ވަނުމަށެވެ. މިރޭ ކުޑަކޮއްލަސް ވެފައިހުރުމުން އޭނާ ހުރީ ކުޑަކޮއްޖެހިލުން ވެފައެވެ.
ކޮޓަރިއައް ވަދެވުމުން މަލަކާ ފުންނޭވާ އެއް ބޭރުކޮއްލުމައް ފަހު ނިދަން ތައްޔާރު ވާން ދިޔައެވެ.
އިރުގެ އަލިކަން ދުނިޔެއައް ދައްކާލިއިރު މަލަކާ އާއި ފަޒްނާ އުޅުނީ ބަދިގެ މަސައްކަތުގައި އަވަދިނެތިއެވެ. ބަދިގެ މަސެއްކައް ނިންމާލުމައްފަހު ، އަވަސް އަވަސް އަރުވައިގެން މަލަކާ އުޅުނީ އޭނާ މިހާރު ވަޒީފާ އަދާ ކުރަމުން ދާ އޮފީހައް ދާށެވެ.
ބަރާބަރު ގަނޑިއައް އޮފިހައް އާދެވެވުމުން މަލަކާ ހުރީ ނުލާހިކު ހިންހަމަ ޖެހިފައެވެ. މިގޮތައް ދުވާލުގެ ބޮޑުބައި ހޭދަކުރުމައް ފަހު މަލަކާ ގެއައް އައިއިރު އިރުއޮއްސެނީއެވެ.
އެހެން ރޭރެއެކޭވެސް އެއްފަދައިން މިރޭވެސް މަލަކާ ބޭރައް ދިޔައީ ޒައިން އާ ބައްދަލު ކުރުމަށެވެ. ރަސްފަންނުގައި ތިބެ އެތައް މާތަކައް ފޮޅުވަން ދެލޯބިވެރިން ތިއްބެވެ. އެކިއެކި ވާހަކައިގައި ތިއްބާ މަލަކާ ސިއްސާގެން ދިޔައީ އޭނާ ގެ ކޮނޑުގައި މީހަކު އަތްތިލަ ބޭއްވުމުންނެވެ. ކާކު ތޯ ބެލިމުގެ ނިޔަތުގައި ފަހަތައް އެބުރުނު މަލަކާ ގެ ދެލޯ ބޮޑުވީ ކައިރީގައި ރުޅިއައިސް ރަތްވެފައި ހުރި ޝާމިން ފެނުމުންނެވެ. ހިންދިރުވާލައިފައި މަލަކާ ގޮނޑިން ތެދުވިއިރު ޒައިން ވެސް ކޮޅައް ތެދުވިއެވެ. ” މިއީ ދޯ މަލަކާ ބޭރައް އައިސް ކުރާ ކަންތައްތަކަކީ، މިފިރިހެނާ އާއެކު ތަ މަލަކާ ތިއޮޅެނީ ، އިނގޭ ތަ މީކާކު ކަން އެ، .” ރުޅިއައިސް ފައިވާ ހާލު ޝާމިން މިހުރިހާއެއް ޖެއް ގޮވިއިރު މަލަކާ ހުރީ ފެންކަޅިވެފައެވެ. އޭރު ދުރުގައި ހުރި މައިހާ ވެސް ހުރީ ދެލޯ ބޮޑުކޮއްގެން ނެވެ. ” ދޮންބޭ ޕްލީސް ތިހެން ނުކިޔަބަލަ، އަހަންނައް އިނގެއޭ ޒައިން އެއީ ކާކުކަން ވެސް ، އެކަމަކު މިހާރު މިއީ އެހެން ޒައިން އެއް ޒައިން އެހުރި އުޅުން ބަދަލުކޮއްފާ ، ދެން އަހަރެން ޒައިން އާއެކު އުޅުމުން އެއް ވެސް ގޯހެއް ނުފެނޭ މަލާ އަކައް،” ތުރުތުރު ލަމުންދާ ހާލު މަލަކާ މިހުރިހާ އެއްޗެއް ކިޔާނިންމާލިއިރު ޝާމިން ގެ ރުޅިގަނޑު ހުރީ އިންތިހާ އަށެވެ. ” އެހެން ވިޔަސް އަހަރެން މިގުޅުމަކައް ރުހި ގަބޫލެއް ނޫން، މިފިރިހެނާ އާ މަލަކާ އާ ގެ ގުޅުންމިހިސާބުން ނިންމާލާ، ދެން ކަލޭ މަލަކާ އާ ދުރުގާ ހުރޭ މަލަކާ އާ ވައިވެސް އެޅިގެން ނުވާން ، ހިނގާ މަލަކާ އަހަންނާ އެކު ގެއައް ،” އެންމެ ފަހު ޖުމްލަ ޒައިން އައް އަމާޒުކޮއްލަމުން ޝާމިން މަލަކާ އަތުގައި ހިފަމުން އެތަނުން ނިކުތުމައް ހިނގާގަތެވެ. އެއިރު ޒައިން ގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. މަލަކާ ރޮމުން ރޮމުން ޝާމިން ގެ ފަހަތުން ކިތަން މެ ދާން ބޭނުން ނުވިޔަސް ދިޔައެވެ.
” މަންމާ ، ނިކަން ނިކުމެބަލަ” ގެއައް ވަން ގޮތައް ޝާމިން ބާރަކައް ހަޅޭލަވަން ފެށިއެވެ. އެއިރު މަލަކާ ހުރީ ތުރުތުރު އަޅައަޅައެވެ.
” ކިހިނެއްތަ ވަނީ ދަރިފުޅާ ، މާއަޑު ގަދަކޮއްލާގެން ތިއޮޅެނީ ކީއްވެ، މަލާ ކިހިނެއްވީ ކީއްވެ ތިރޮނީ” ކޮޓަރިން ނިކުން ފަޒްނާ އަދި އަލްހާން ވެސް ވާނުވާނޭގޭ ހާލު ހުރިހާކަމެއް އޮޅުން ފިލުވަން ޝައުޤުވެރިވަމުން ބުނެލިއެވެ. އެއިރު ފަޒްނާ ހުރީ މަލަކާ ކައިރިއެދަރިފުޅު ރޯތީ ކަންބޮޑުވެފައެވެ. ” މަންމާ މަލަކާ އުޅެނީ ކާކާ ރައްޓެހިވެގެން ކަން އިނގޭތަ ، މުޅި މާލޭގެ އެންމެން ދަންނަ ޑްރަގް ގެ ބޮޑު މީހާ ޒައިން އާ ރައްޓެހިވެގެން އުޅެނީ” ރުޅިއައިސް ފައިވާ ހާލު ޝާމިން މިހެން ބުނެލިއެވެ. ” ކީކޭ ، މަލާ ދޮންބެ އެކިޔަނީ ތެދުވާހަކަ އެއް ތަ،.” ހައިރާން ކަމެއްގެ ތެރޭ ވާ ހާލު ފަޒްނާ އައް މިހެން ބުނެވުނެވެ. ޖަވާބުގައި މަލަކާ ވެސް ބޯޖަހާލިއެވެ. ” އެކަމަކު ދަރިފުޅާ މިއޮތް ބޮޑު މާލޭގައި ވެސް ދަރިފުޅައް އެހެން މީހަކު ހަމަ ނުފެނީތަ ، މަންމަ އެއްގޮތަކައްވެސް ގަބޫލެއްނޫން މި ގުޅުމަކައް،” ފަޒްނާ ވެސް ހިތްހަމަނުޖެހިފައި ހުރެ މިހެން ބުނެލިއެވެ. ” ނޫން މަންމާ، މިހާރު ޒައިން ބަދަލުވެއްޖެ ، މިހާރު އޭނާ މިކަހަކަ ކަމަކާ ނޫޅެއޭ، މިހާރު މާލޭގައި ވެސް އޮންނަނީ ހުސް ދޮގު ހަބަރު ، މިހާރުވަރައް ދުވަސް ވެއްޖެ ޒައިން ބަދަލު ވިތާ ، މަންމާ ، ދޮންބޭ ޕްލީސް ،” ރޮއެ ރޮއެ ގިސްލެވޭ ހާލު މަލަކާ މިހެން ބުނެލިއެވެ. ފަޒްނާގެ ހިތައް ކިތަން މެ އަސަރު ކުރިޔަސް މިކައިވެންޏައް ނުރުހޭ ވާހަކަ އެތައް ފަހަރަކު މަލަކާ ކާރި ބުނެވިއްޖެއެވެ. ” މަންމަ މެން ކީއްވެތަ ތިހެން ތިހަދަނީ ،އަޅުގަނޑު ވަރައް ލޯބިވޭ ޒައިން ދެކެ، ޒައިން ނޫން މިހަކާ އަހަރެން ނެއް ނީންނާނައް ” މިހެން ބުނެ މަލަކާ އޭނާ ގެ ކޮޓަރިއައް ވަދެ ބަން ލާފައި ދޮރުޖެހިއެވެ. ކޮޓަރިއައް ވަން ގޮތައް މަލަކާގެ ބަޑި ފަޅާގެން ދިޔައެވެ. އިރުތަކެއް ވަންދެން ރޮން އޮވެފާ މަލަކާ ފާހަނަ އައް ވަދެ މޫނު ދޮވެލާފައި އައިސް ، ފޯނުހޯދަން ފެށިއެވެ. ނަމަވެސް ދެން ހަނދާން ވީ ޝާމިން އޭނާގެ ފޯނު އައްލި ހަނދާނެވެ. މިހެން ހަނދާން ވުމުން އިތުރައް ރޮވުން ނޫން ކަމެއް ނުވިއެވެ. ރޮމުން ރޮމުން އެނދުކައިރިއައް ތިރިވެވުނެވެ. ޒައިން މަތިން ހަނދާން ވާވަރުން މަލަކާ ހުރީ ގޮތް ހުސްވެފައެވެ. ހިތްވަރުކޮއްލާފައި ތެދުވަމުން މަލަކާ ސިއްރުސިއްރުން ކޮޓަރި ދިރުހުޅުވާލައި ފައި ބޭރައް ނިކުތީ ގޭތެރޭގައި އޮންނަ ފޯނުން ޒައިން އައް ގުޅުމަށެވެ. ޒައިން ގެ ނަންބަރު ޑައިލް ކޮއްލާފައި ކަންފަތުގައި ފޯނުޖަހައިގެން މާއިރުތަކެއް ނުވެ ޒައިން ގެ ބަރު އަޑުން ހަލޯއޭ ބުނެލިއެވެ. މަލަކާ ގެ ބަޑި ވަގުތުން ފަޅައިގެން ދިޔައެވެ. ” މަލާ” އެކޮޅުން ޒައިން މިހެން ބުނި އަޑު މަލަކާ އައް އިވުނެވެ. ” މަލާ ކީއްކުރަން އަހަން ނައް ތިޔަ ގުޅީ، މަލަކާ ގެ ދޮންބެ އައް މިކަން އިގިއްޖެއްޔާ ރަނގަޅެއް ނުވާނެ، އަހަރެން މަލަކާ ގެ ދޮންބެ އެއްބަސް ނުވަނީހެއް މިގުޅުމެއް ކުރިއައް ގެންދާކައް ބޭނުމެއް ނޫން ، އެކަމަކު ވެސް މަލާ ހަނދާން ކުރާތި އަހަރެން އަބަދުވެސް މަލާ ދެކެ ވަރައް ލޯބިވާނަން ، ބާއި” ކުރަކިވެފައި ވާއަޑަކުން ޒައިން މިހެން ބުނެ ފޯނު ކަނޑާ ލިއެވެ. ”ނޫން ، ޒައިން” މަލަކާ އައް މިހެން ބުނެލިވެނުހެނެއް ހީނުވެ ، ރޮމުން ރޮމުން ތިރިވެވުނެވެ. އިރުތަކެއް ފާއިތުވަމުން ގޮސް މަލަކާ ވެސް ކޮޓަރިއައް ވަދެ އެނދައް ވެއްޓިގަނެ އަނެއްކާ ވެސް ރޯންފެށިއެވެ.
ހަފްތާ އެއް ފާއިތު ވިއިރުވެސް މަލަކާ ރުޔުން ނޫންކަމެއް ނުކުރެއެވެ. ޝާމިން އާ އަދި އެހެން ގޭމީހުންނާ ވާހަކަ ވެސް ދެއްކުން ހުއްޓިއްޖެއެވެ. ކާއެތިކޮޅެއް ވެސް އަރުތެރެއިން ދިރެނީ މަދުފަހަރަކު އެވެ. ޒައިން މަތިން ހަނދާން ވާވަރުން ހުރެވެނީކީވެސް ނޫނެވެ. އަނެއްކޮޅުން ޝާމިން ވެސް އަމިއްލަ ކޮއްކޮ ގެ މިހާލު ފެނުމުން ހުންނަނީ މުޅިން ހެން ދެރަވެފައެވެ. މަލަކާ ކައިރީ މާފައް އެދެން ކިތަންމެ ފަހަރަކު އުޅެފިއެވެ. އެހެން ނަމަވެސް މަލަކާ އެއް ވެސް އެއްޗެއް އަޑެއްނާހައެވެ.
އެއްދުވަހެއްގެ ރޭނގަޑުގެ ވަގުތެވެ. މަލަކާ ފިލަފިލައިގެން ގޮސް ގޭގެ ފޯނުން ޒައިން ގެ ނަންބަރައް ޑައިލް ކޮއްލީ ޒައިން ގެ އަޑުއަހާލަން ކެއްމަދުވެފައި ވާ ހާލުއެވެ. ނަމަވެސް ޒައިން ފޯނުނަގާ ކަމަކައް ނުވިއެވެ. އެހެން ދިހަވަރަކައް ފަހަރު ގުޅުމުން ޒައިން ފޯނު ނެގިއެވެ. ” ހަލޯ ޒައިން ، ޕްލީސް ނުކަނޑާލާޗޭ، އަހަރެން ބޭނުން ޒައިން އާ ބައްދަލު ކޮއްލަން ، ޕްލީސް ޒައިން” އާދޭހާ އެކު މަލަކާ މިހެން ބުނެވުނު އިރު އޭނާ ހުރީ ހަމަ ރަނގަޅައް ވެސް ރޮވިފައެވެ. ” މަލާ އެކަމަކު ޝާމިން އައް ފެނިއްޖެއްޔާ ސަކަރާތް ވާނެ ،” ޒައިން ވެސް މިހެން ބުނެލީ ލޮލުން ކަރުނަ ފައިބާހާލުގައެވެ. ” ދެން ޕްލީސް ޒައިން ދޮންބެއަކައް ނުފެންނާނޭ، އެންމެ ފަހަރަކު ނަމަވެސް ޒައިން .” މަލަކާ ގޮތްދޫނުކުރާނެ ގޮތަކައް މިހެން ބުނެލުމުން ޒައިން މިކަމައް އެއްބަސް ވި އެންމެ ފަހުފަހަރު ކަމައް ބަލާ ފައެވެ.
އޭގެ ފަނަރަވަރަކައް މިނެޓުފަހުން މަލަކާ ބޭރައް ނިކުތީ ޒައިން އާތަން ފެނުމުންނެވެ. ކުޑަކޮއްދުވެލާފައި ގޮސް މަލަކާ ޒައިން ގައިގައި ބާރައް ބައްދާލީ ދެން ދޫކޮއްނުލާނަމޭ ބުނާ ފަދައިންނެވެ. ޒައިން ވެސް މަލަކާ ގައިގައި ބައްދާލައިފައި އިރުތަކެއް ނުވެ މަލަކާ ގައިން ދޫކޮއްލިއެވެ. ” މަލާ ލިސެން ، އަހަރެން އެއް ވެސް ހާލެއް ގައެއް ބޭނުމެއްނޫ މަލާ ގެ އާއިލާގެ ނުރުހުމުގައި ބައްދަލުކުރާކައް ، ނޫނީ މަލާ އާ އެއް ވެސް ގުޅުމެއް ބާއްވާކައް ،ސޯމަލާ ވެސް އެހެން ބާވެރިއަކާ އެއްކޮއް އާހަޔާތެއްފަށާ ، އަހަރެން މަތިން ހަނދާން ނައްތާލާ ، ދެން މިގޮތައް އަހަންނައް ނުގުލާތި ބައްދަލުކުރަން މީރަނގަޅުކަމެއްނޫން ، ދެން އަހަރެން ދަނީ، ” ޒައިން ކިޔަން ވާނެ އެއްޗެއް ކިޔާފައި އެތަނުން ތިޔައީ މަލަކާ ގެ ހިތްހަލާކު ކޮއްލާފައެވެ. ދެލޯބިވެރިން ގެ ލޮލުން ވެސް ކަރުނަ އަންނަ ތަން މީ ކިހާ ހިތާމަވެރި މަންޒަރެއް ހެއްޔެވެ.
ދެމީހުންނައް ވެސް ނޭނގުނު ކަމަކި ދެމީހުން ގެ ވާހަކަ އަޑުއަހަން ޝާމިން އެތާ ކައިރީ ހުރިކަމެވެ. ޝާމިން ގެލޮލުން ވެސް ކަރުނަ އަންނަމުން ދިޔައެވެ. މަލަކާ އައް ފެނިދާނެ އޭތި ޝާމިން އަވަހައް ގެއައް ވަތީ އާއަޒުމަކާގެންނެވެ.
އަނެއްދުވަހު ހެނދުނެވެ. މަލަކާ އެނދުމަތިން ތެދުވެގެން ބޭރައް ނިކުތީ ކޮޓަރީ ހުރި ފެންޖަގު ހުސްވެފައި ހުރުމުންނެވެ. ބޭރައް ނިކުން އިރު ޝާމިން އާއި ފަޒްނާ އަދި އަލްހާން ސިޓިން ރޫމްގައި އޮލަވާހަކައިގައި ތިއްބެވެ. ” ދަރިފުޅާ މަލާ އައިސްބަލަ މިކޮޅައް ،” ފަޒްނާ އައް މަލަކާ ފެނުމުން ގޮވާލައޮފައި ބުންޏެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން މަލަކާ ފަޒްނާ މެން ތިބިދިމާލައް މިސްރާބްޖެހިއެވެ. މަލަކާ ގެމޫނު މިލާފައިވާ އިރު ތުންފަތްމަތީގައި ވާ ހިނިތުންވުން ވެސް ގެއްލިފައިވާކަހަލައެވެ. މިތަން ފެނި އެންމެންގެ ހިތައް ނުލާހިކު އަސަރުކުރުވިއެވެ.
މަލަކާ އެވަގުތު އެމީހުން ކައިރިއައް އައި ވަގުތު ވި ގޭގެ ބެލް ވެސް އަޅާލި ވގުތަށެވެ. ” މަލާ ދޭބަލަ ދޮރުހުޅުވާލަން” އަލްހާން މާނުވާކަމަކައް ހަދާފައި މަލަކާކައިރި މިހެން ބުނެލިއެވެ. ބައްޕަގެ ބަހައް ކިޔަމަން ވަމުން މަލަކާ ގޮސް ދޮރުހުޅުވާލިއެވެ. ދޮރުހުޅުވާލިއިރު ކުރމަތީ ހުރި ޒައިން ފެނުމުން މަލަކާ ގެ ދެލޯ ދިޔައީ ބޮޑުވެގެން ނެވެ. ”ޒައިން މިތާ ކީއްކުރަނީ” އަދިވެސް ދެލޯބޮޑުކޮއްލާ ފައި މަލަކާ މިހެން ބުނެލިއެވެ ” ޒައިން ކައިރިއަންނައް ބުނީ އަހަރެން” ފަހަތުން ދޮންބެގެ އަޑުއިވުމުން މަލަކާ ދިޔައީ ސިއްސާގެންނެވެ. ”ޒައިން ވަދޭ އެތެރެއައް” ޝާމިން މިހެން ބުނި ތަނުން ޒައިން މަލަކާ އައް ރީތި ހިނިތުންވުމެއް ހަދިޔާކުރަމުން ޝާމިން ފަހަތުން އެތެރެއައް ވަނެވެ. މަލަކާ ވެސް ހައިރާން ވާހާލު ދޮރުލައްޕާފައި އެތެރެއައް ވަނެވެ.
” މަލާ އާދެބަ މިތާ އިށީންނައް” ޝާމިން ކާރިއިން ހުސްގޮނޑިއައް އިށާރާތް ކުރަމުން ޝާމިން މިހެން ބުނެލިއެވެ. ވަރައް ދާން ނުދާން ހުރެފައި މަލަކާ ގޮސް އެތާއިށީނެވެ. ” މަލާ ދޮންބެއައް އެއްވެސް މައްސަލައެއް ނެތް މަލާ ޒައިން އާ ގުޅުނަސް، ދޮންބެ މިގުޅުމައް ހަމަ ރުހިގަބޫލު” މަލަކާ ގެ އަތުގައި ހިފަމުން ޝާމިން މިހެން ބުނުމުން މަލަކާ ދިޔައީ އެއްލިގަނެގެންނެވެ. ދެލޯބޮނޑު ކޮއްލައިގެން މަލަކާ ޝާމިން އާދިމާލައް ބަލަމުން އޭނާގެ މަންމަ މެންނާ ދިމާލައް ވެސް ބެލިއެވެ. ” ދަރިފުޅާ މަންމަ މެން ވެސް ހަމަ ގަބޫލު” ހިނިތުންވުމާ އެކު މަލަކާ އާ ދިމާލައް ބަލަމުން ފަޒްނާ މިހެން ބުނެލިއެވެ.
” މަލާ ދެން ދޮންބެއައް މާފްކުރާނަން ތަ، ސޮރީ މަލާ” ޝާމިން މިހެން ބުނުމާ އެކު މަލަކާ ބޯޖަހާލާފައި ޝާމިން ގެ ގައިގައި ބައްދާލިއެވެ. ” ތެންކިޔޫ ދޮންބޭ މަންމާ އެން ބައްޕާ” މަލަކާ މިހެން ބުނެ ޒައިން އާދިމާލައް ބަލާ ލިއެވެ. ދެމީހުން އެކަނިވެލަން ގޭގައި ހުންނަ ބެލަކަނިއައް ދިޔައެވެ.
” މަލާ އައިލަވްޔޫ، އެން ސޮރީ ވަރައް ބޮޑައް” މަލަކާ ގައިގައި ބައްދާލަމުން ޒައިން މިހެން ބުނެލިއެވެ. ” ލަވްޔޫ މޯ ޒައިން، އެން އިޓްސް އޯކޭ އައި ފޮގިވްޔޫ،” މަލަކާ ވެސް ޒައިން ގެ ގައިގައި ބާރައް ބައްދާލަމުން މިހެންބުނެލިއެވެ.
ދެލޯބިވެރިން ވެސް ލޯބީގެ އެތައް މާތަކެއް ފޮޅުވަމުން ދިޔަ އިރު ދެމީހުން ކުރި ހިތާމަތައް މަތިން ހަނދާން ނެއްކަހަލައެވެ. އެކަކު އަނެކަކުދެކެ ވާލޯބީގެ ބާރުގަދަ ކަމުން މަލަކާ އަދި ޒައިން ވެސް އުމުރައް އެކަކު އަނެކާ އެކު އުފާވެރި ދުވަސް ތަކެއް ގުނުމައް އެދަނީ ތައްޔާރުވަމުންނެވެ.
(ނިމުނީ)
7 Comments!
Comments are closed.




?Maasha Allah ?
?Story varah furihama?
? varah avahah story eh Kiyan libeyne kamah ummeedhu kuran?
?All the best and keep it up ?
Thank you mary zaakko
yess avaha kiyaalan libeyne ehn stry ehvss ISA working on that
again thanks for the support
stay safe and take care
?V reethi u ge story thah ?
?Dhigu vhk eh kon irakun liyany I mean episode genes dhey gothah? ❤️
?Lyssmm take care n stay safe loab?
Wow Maashallah v reethi mi story vx loabi kolhoo♥️♥️♥️♥️
Ehn story eh kon irakun kiyaalan libeynee..new story eh ge inthizaaruga meendhee
Stay safe n Tc
Lyyyyyyyyysssssssssmmmmm darl♥️♥️♥️♥️
Thank you so much LamHaa for this lovely cmnt
ISA vrh avaha new stry eh vss kiyaalan libeyne
keep waitting dear
u too stay safe and take gud care
love you moree darl
Thanks u sooo much luhooo❤️
Dhigu vaahaka eh vsss genesdeynan ISA kadaeligen dhuvaheh neyge bunaakah
Dhigu vaahaka eh liyan fehtiyas hurihaa episode eh liyelaafaa up kohlaany ey adhi visnaa faa oi goi
Thanks luhoo for the support❤️
Love u more❤️
Take care and stay safe loab❤️
Masha Allah V reethi mi vaahaka vx❤️❤️❤️❤️❤️❤️❤️❤️
Keep it up bestie ????????
Unmeedhu kuran varah avahan ehen vaahaka eh kiyaalan libeyne kaman☺️
Love u so much bestie❤️???❤️?❤️❤️❤️❤️❤️?????
Take care & stay safe lwbii❤️❤️❤️❤️❤️