އެއްވެސް ޖަވާބެއް ނުލިބުމުން އަހަރެން މިސްރާބެއް ނެތި ހިނގައި ގަތީމެވެ. ކުރީ ރޭ ގޮތަށް މި ދަތުރު ނިންމާނެ މަންޒިލެއް ނެތިއެވެ. ކުއްލިއަކަށް، އުޑުމަތި ބަނަ ވެއްޖެއެވެ. އަހަރެންނާއި ދެކޮޅަށް ގަދަޔަށް ވައި ޖެހެން ފެށުނެވެ. ބިކަ ހާލުގައި އަހަރެން ކޮޅު ކޮޅަށް ޖެހެމުން ހިނގީމެވެ. ވިއްސާރަ ކަނި ކަނިވެސް ޖަހަން ފެށިއެވެ. އަހަރެންގެ ލޮލުން ވެސް ކަރުނަ ފައިބަނީއެވެ. އަހަރެންނަށް ވަކި ހިސާބަކަށް ދެވުނު ތަނާއި މަތިން ހިލަ ވެރޭހެން، ވިއްސާރަ ވެހެން ފެށުނެވެ. އަހަރެން […]
އަހަރެން ހަސްފަތާލުގެ ގޮނޑިބަރީގައި އިށީނދެލީމެވެ. މާމަ ދިޔައީ އަހަރެންނަށް ކާ އެއްޗެއް ގަންނާށެވެ. މާމަ އައުމުން އަހަރެން އަތް ފައި ދޮވެލައިގެން ކާން އިށީނދެލީމެވެ. “ވާވް! އަހަރެންގެ ފިރިމީހާ އެއޮތް މަރާއި ހަނގުރާމަ ކުރަނީ… އަދިވެސް މަންމަ ތި އުޅެނީ މިހިރަ ފެންނަ ކުއްޖާއަށް ކާންދެވޭތޯތަ؟” މަންމަގެ ޒުވާބުގަނޑު ފެށުނެވެ. “ސާބަސް މައިހާއަށް ވާ… އެ ކުއްޖާ އެ އުޅެނީ އަދި މިއަދު ސައިވެސް ނުބޮއެ… ތިއީ ހިތެއް އޮތް އިންސާނެއް ނޫން… ތި ހިތުގެ ބަދަލުގައި […]
ކުއްލިއަކަށް އަހަރެންނަށް ހޭލެވުނީ އެއްޗެއް ވެއްޓޭ އަޑަށެވެ. އަހަރެން ގައިގެ މަތީގައި އޮތް ރަޖާގަނޑު އެއްލައިލައި، އެނދުން ތެދުވެ މަޑު މަޑުން ދޮރާއި ދިމާލަށް ޖެހެލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ އަހަރެން ދުވަހަކުވެސް ބަލަން ބޭނުންވާނެ ކަހަލަ މަންޒަރެއް ނޫނެވެ. އަހަރެންގެ މައިންބަފައިން އެކަކު އަނެކަަކާއި ޒުވާބުކުރާ މަންޒަރެވެ. އަހަރެންގެ ފައިގެ އަޑިން ބިންގަނޑު ދަމައިގަންފިހެން ހީވިއެވެ. ހިތުގައި އެޅުނީ ވަރުގަދަ ލަކުނެކެވެ. އަހަރެންގެ ސަބަބުން މިއަދު އަހަރެންގެ ޢާއިލާގެ ތެރޭގައި ވަނީ ހަމަނުޖެހުންތަކެއް އުފެދިފައެވެ. ދޮރު […]
އަހަރެންގެ ނަމަކީ އަޔާންއެވެ. ޢުމުރުން 30 އަހަރެވެ. މިއަދު، އަހަރެން މިހުރީ އަހަރެންގެ އަނބިމީހާ އާއި އަނބިދަރިން ގޮވައިގެން މެލޭޝިއާގައި ނާރިއްޔާތު ކިޔަވާށެވެ. މީގެ 30 އަހަރު ކުރިން، ބ.ތުޅާދޫ ޗަނބޭލީގެ އަހުމަދު ޔޫސުފް އާއި، ބ.ތުޅާދޫ ދޭލިޔާމާގެ މައިހާ ޢަބްދުލްޣަފޫރު އަށް ކުޑަ ކުޑަ ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނެވެ. އެއީ އަހަރެންނެވެ. އަޔާން އަހުމަދު އެވެ. ބައްޕަ އަހަރެންނަށް މި ވާހަކަ ވަރަށް ރީތިކޮށް ކިޔައިދިނެވެ. އެއީ އުޑުމަތި ސާފު ރެއެކެވެ. މަންމަ […]