ވަގުތުން ނާއިޝްގެ މޫޑް ގޯސްވިއެވެ.”ނާއިޝް” ނައުޝާ ގޮވާލިއެވެ.ސިހިފައި ކަހަލަ ގޮތަކަށް ހޫމް ލައްވައިލިއެވެ.”ނާއި އަހަރެން ބޭނުން ޖޮބަކަށް ދާން އެއީ މާދަމާވެސް މައު ނޫނީ ނާއި މީހަކާ އިނދެފާނެ… އެހެން ކަމުން އަހަރެން ޖެހޭބަ އަދި ރުފިޔާ ކޮޅެށް ހޯދަން…..” ނައުޝާގެ މިވާހަކައިން ނާއިޝްގެ ސިކުނޑިއަށް ބަރުކަމެއް ލިބުނެވެ. އަނެއްކާ އަހަރެން އެންމެ ލޯބިވި ކުއްޖާ އަހަންނާ ވަކިވަނީހެއްޔެވެ؟”ނޫން…. ނައު..” ނާއިޝް ބުނެލިއެވެ.” އޭ ނާއި އަހަރެން ދަނީ އިނގޭ ނިދަން…” ނައުޝާ މިހެން ބުނުމަށްފަހު ގޮސް […]
“ނޫން” ނާއިޝް ބޯކަހާލަމުން ބުނެލިއެވެ.”ވަކި ކަމެއްނުވާނަމަ ދެންމެ އަހރެން އާއިރު އެހެން ތިބޭނެތަ؟..”މައުރީން ސުވާލްކޮށްލއެވެ.”އޭ މައުކޯ ނައު ވެއްޓެެން ދިޔާމަ ދޮންބެ ހިފެހެއްޓީއޭ” ނާއިޝް ބުނެލިއެވެ. “އޯކޭ.. އޯކޭ ދެން ނިންމާލާފަ ހިނގާ މައު ނިދަންދާން… ” ނައުޝާ އަނގަމަތީ އަތް އަޅާލަމުން ބުނެލިއެވެ. “ޗޭންޖު ކޮށްލަންދެން ނައު ބޭރުގަ މަޑުކޮށްލާ….”މައުރީން އެހެން ބުނުމަށްފަހު ގޮސް ކޮޓަރި ތަޅުލިއެވެ.”އަސްލު ނާއިޝްއަކަށް ނޭނގޭނެ އަހަރެންގެ ލައިފް ހުރި ގޮތެއް… އަހަރެން މީ ވަރަށް ހިތާމަވެރި ދުވަސްތަކެއް ގުނަމުން އައި […]
އަހަރެން ފެންވަރައިގެން ނިކުތް އިރު މައުރީން ކޮޓަރިއަކު ނެތެވެ. ޑުރެސިން ޓޭބަލް ކުރިމަތީ ހުރެ އިސްތަށިގަނޑު ދަމާލުމަށްފަހު މޫނުގައި ފުށް ކޮޅެއް ޖަހައިލީމެވެ. އަހަރެން ނިކުންނަށް ދިޔަ ވަގުތު ވީ މައުރީން ކޮޓަރިއަށް ވަތް ވަގުތަށެވެ. “އަނހާ… ސިސްް… ހީވަނީ މޭކަޕް ކޮށްލީމަ ވަރަށް ސަޅި ވާނެހެން… ހިނގާބަލަ މޭކަޕް ކޮށްލަން….” މައުރީން ބުނެލިއެވެ. “ނޫން…” އަހަރެން ގަދަ ހަދާލީމެވެ. ނަމަވެސް ގަދަ ކަމުން މޭކަޕް ކުރަން ބޭނޖިއެވެ. “އަސްލު މައު އަކީ މޭކަޕްއާރޓިސްޓެއް… އެހެންވެ މޭކަޕް […]
******* އެއީ މީގެ ދެއަހަރު ކުރިއެވެ. އަހރެންގެ ބައްޕަގެ ރައްޓެއްސެއް އަހަރެންގެ ގޭގައި 3ދުވަހު ހުރުމަށް ފޮނުވިއެވެ. އޭރު ބައްޕަމެން އުޅެނީ އިންޑިއާގައެވެ. އެއީ އީމާންއެވެ. ބައްޕަގެ ރައްޓެއްސެއް ކަމަކު އަހަރެންނާ އެއްފުރާ ފިރިހެން ކުއްޖެކެވެ.އެއީ ވަރަށް ރަނގަަަަޅު ފިރިހެނެކެވެ. އާއެކެވެ. ފުރަތަމަ ދުވަހު ވަރަށް ރަނގަޅެވެ. އަހަރެން އޭޭަަަަގެ ކޮޓަރިއަށް ވަދީ ރޭގަނޑު ކާން އައުމަށް ބުނާށެވެެ. އެ ވަގުތު އޭނާ އެ ކޮޓަރީ މަޑު ކުރުމަށް އެދުނެވެ. އަހރެން މަޑުކުރީމެވެ. ދެން އިވުނީ ބަސްތަކަކީ […]
ނައުޝާއަށް ނިދަން އޮތްއިރުވެސް ވިސްނެނީ ޒިދާން ބުނި ބަސްތަކެވެ.”އަހަރެން ނައުޝާއާ ކައިވެެނި ކުރަން ޖެހުނީ މަންމަ ބަލިވެ އުޅޭތީވެ…. ނައުޝާއަށް އެހެންވީމަ ދާން ޖެހޭނީ ރަށަށް…” ޒިދާންގެ މި ބަސްތަށް ނައުޝާގެ ކަންފަތުގައި ގުގުމާލިއެވެ. ދެލޮލުން ކަރުނަ އަންނަން ފެށީ އިހްތިޔާރަކާ ނުލައެވެ. ނައުޝާ މިވާހަކަތަށް އެލީޝާ އަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟އެލީޝާ ކިހާ ދެރަ ވާނެ ހެއްޔެވެ؟ އެކަނިވެރިވާނެ ހެއްޔެވެ ؟ ނައުޝާގެ ސިކުނޑި މިކަން ކަމާމެދު ފިކުރު ކޮށް ސުމަކަށް ދިޔައިރުވެސް ހަދާނެގޮތެއް ނޭނގުނެވެ. […]
ހަމަ އެދިޔަ ގޮތައް ގޮސް ނައުޝާ ކައްސައިލާގެން ޓައިލްސް މައްޗައް ވެއްޓުނެވެ. ބުރަކަށްޓަށް ވީ ތަދުން ތެދުވާާެެނެ ހިތްވަރު ނެތުގެން އޮވެވުނީއެވެ. އިރު ކޮޅަކުން އެ ކެބިންއަށް ވަދެގެން އައި ޒިދާން އަށް މި މަންޒަރު ފެނުނެވެ. އެހެން އަހެންކުއްޖަކު ވެއްޓިފައި އޮތްތަން ފެނި ނަގަން ދިޔައެވެ. އެ ހިސާބަށް ގޮސް ޒިދާންގެ އަތް ނައުޝާއަށް ދިއްކޮލީ އެހީއެށް ދޭށެވެ. ނަމަވެސް ދެވަނަ ފަހަރަށް ތެދުވަން އުޅުމުން އަނެއްކާވެސް ވެއްޓުނީ އެވެ. ޒިދާން އެތާގައި މީހަކު ފެންނަށް […]
ދުނިޔެއަކީ ފޫހި ތަނެކެވެ. ނަމަވެސް އަހަރެމެން އެންމެން މި ދުނިޔެއަށް ފޮނުއްވީ އިމްތިހާނަކަށެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އިމްތިހާނުންް ފާސްވެ ރަނގަޅު ނަތީޖާއަކަށެވެ. ބައެއް ފަހަރު މީހުން ހެވި ދިލިފަ ތިބޭއިރު އަނެއް ބަޔަކު ހިތާމަކަށް ކަށިގަނޑަކަށް ވެފަ އެބަ ހުއްޓެވެ. ުދުނިޔޭގެ ހާލަކީ މިއެވެ. މި ހުރިހާ ކަމެއަ އެއް ކޮށްލުމުން އިމްތިހާނޭ ކިޔެއެވެ. އެންމެންނެކޭ އެއްފަދައިން ނައުޝާ އަކީވެސް މި ކަހަލަ އެތައް ތަޖުރިބާ ތަކެއް ކުރަމުން ދާ އިންސާނެކެވެ. ނައުޝާއަކީ ވަރަށް […]
ނައުޝާއަކީ ކެތް ގަދަ ކުއްޖެކެވެ. ހަދާހާ ގޮތެއް ހަދަންދެން ހުންނަ ކުއްޖެކެވެ. ބައެއްފަހަރު އުފާވެފަ ވެސް ހުރެދާނެއެވެ. އަނެއްބައި ފަހަރު ރޮއެ ރޮއެ ގޮސް ދެލޯ ރަތްވެފަވެސް ހުރެދާނެވެ. އެކި ކަންތައްތައް ތަޖުރިބާ ކުރަމުންދިޔަ ނަަައުޝާއަށް ލޯބި ވެވުނީ ހިތާ ސިއްރުންނެވެ. އަދި މީހުންނާ ވެސް ސިއްރުންނެވެ. އޭނަގެ ހިތާ ދެކޮޅަށެވެ. [މިއީ ކުޑަ ޓުރެއިލާރ އެކެވެ. މި ވާހަކައަކީ އަޅުގަނޑު ލިޔާ ފުރަތަމަ ދިގު ވާހަކއެވެ.]
މަންމާ….. ހާދަ ހަނދާވޭ އެކު އުޅުނު ދުވަސްތަށް… ކާންދީފަ ލަވާ ދޭ ދުވަސްތަށް…….. ސަކަރާތް ޖަހަން އުޅުނު ދުވަސްތަށް…. މަގެ ލޯބިވާ މަންމާ……… މަންމާއޭ އަހަރެން މިއަދު ބޭނުމީ މަންމައެވެ.ނަމަވެސް އެކަން ވާކަށް ނެތެވެ . އަހަންނަށް އޮތީ މިހެން ކައްނޭނގެއެ ވެ. އަހަރެން މާޢަފަށް ނޭދެނީސް މަންމަ ލޯ މަރާލީއެވެ. މިއަދު މިހިތުގެ އާދޭސް އެއް ފަހަރު އަހާލާށެވެ. ކުރިން ކުރި ޝަކުވާއާ އެއްގޮތަށެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެވެ. އަހަންނަށްވެސް ވިސް ނުނީ […]