ތިލޯބި ފިޔަވާ… ނުދެވޭނެ އެއްޗަކަށް ނޭދެން ތިލޯބި ފިޔަވާ! ނުވާނެ ކަމަކަށް ނޭދެން ތިގާތްކަން ފިޔަވާ! ނުރުހޭނެ ކަމެއް ނުކުރަން ތިބާދެކެ ލޯބިވުން ފިޔަވާ! ނުދެވޭނެ އެއްޗަކަށް ނޭދެން ތިބާގެ ވަގުތުކޮޅެއް ފިޔަވާ! ނުވާނެ ކަމަކަށް ނޭދެން ތިބާޔާ ވާހަކަ ދައްކާލުން ފިޔަވާ! ނުރުހޭނެ އެއްވެސް ބަހެއް ނުބުނަން ލޯބިވާވަރު ބުނުން ފިޔަވާ! ނުދެވޭނެ އަގުބޮޑު އެއްޗެއް ނުބުނަން ހިތްއެދޭ ކަމެއް ފިޔަވާ! ނުވާނެ ކަމަކަށް ނޭދެން އެކުގަ ހިނގާލުން ފިޔަވާ! ނުރުހޭނެ ގޮތަކަށް ނޫޅެން ތިބާ ބުނާގޮތް […]
ލޯބިވެޔޭކިޔާ އެތައްފޮނި ވާހަކަދައްކާ ކައިވެނި ކުރީ އެވާހަކަތައް ކިހިނެތް ހަނދާންނެތޭނީ؟ ކުދިން ލިބުނީމަވެސް ތިބާޔަށް ވަފާތެރިޔެއް ނުވެވުނު އެދުވަސްތައް ކިހިނެތްހަނދާންނެތޭނީ؟ ދޮގު ހަދާކަން އިނގޭތިސުވާލު ކުރީމަ ޖަވާބު އެކިވަރުގެ އަނިޔާއިން ލިބުނީމަ ކިހިނެތް ހަނދާންނެތޭނީ؟ ތިބާގެ އުޅުމާ ބެހޭގޮތުން ކުދިން ސުވާލުކުރާއިރު ދޭނެ ޖަވާބެއް ނެތުނީމަ އެވާދެރަ ކިހިނެތް ހަނދާންނެތޭނީ؟ ތިބާގެ އަނިޔާތަކުން ކުރާހިތާމަފެނިފަ ކުދިންގެ ލޮލުންފައިބާ ކަރުނަތައް ކިހިނެތް ހަނދާންނެތޭނީ؟ ޒުވާން އުމުރު ތިބާޔަށް ޓަކާ ހޭދަކޮށް މިއަދު ބޭކާރު މީހެއް ކަމަށްބުނެ ހިތުހުރި އެއްޗެއް […]
ދިރިއުޅުމަކީ އުފާވެރި އެއްޗެއްކަން ތިބާކަން ހަދާދެނީ ހަމަނޭގޭހޭ؟ ކޮންމެދުވަހަކު ލޯމަތީގަ ތިބާގެ ސޫރައުޅޭކަން ހަމަނޭގޭހޭ؟ ކޮންމެ ރެޔަކު ހުވަފެނުގަ ތިބާކެނޑި ނޭޅި ފެންނަކަން ހަމަނޭގޭހޭ؟ ނޭވާލާ ކޮންމެ ފަހަރަކު ތިބާގެ ހިތްގައިމުވަސް ދުވާކަން ހަމަނޭގޭހޭ؟ މިހިތުގެ ވިންދުވެސް ތިބާގެ ނަން ކިޔާކަން ހަމަނޭގޭހޭ؟ ތިބާގެ އެންމެ ބަލާލުމަކުންވެސް މިހިތް ގެނބޭކަން ހަމަނޭގޭހޭ؟ ތިބާގެ އެންމެ ހިނިތުންވުމެއްވެސް މިހިތް ފުރާލާކަން ހަމަނޭގޭހޭ؟ ތިބާ ދުރައްދާ ކޮންމެ ފަހަރަކު ފެންނާނެ އިރަކަށް މިހިތް ކެތްމަދުވާކަން ހަމަ ނޭގޭހޭ؟ ތިބާހިނދުކޮޅަކަށް ނަމަވެސް […]