**** ޔޫލިއާ ދިޔަ ދިމާލަށް ބަލަން އިނދެފައި ނީލް ގޮސް އެތާ ހުރި ދަގަނޑު ދޮރަކުން ވަނެވެ.ހަމައެކަނި ހަތަރު ފާރު ފިޔަވައި އެތަނުގައި އެހެން އެއްވެސް އެއްޗެއް ނުވެއެވެ.ނީލް ހުއްޓި ހުރިތާ ބިންމަތީގައި ހަތަރެސްކަން ބައްޓަމަށް ފާހަގަކޮށްފައި އިން ތަންކޮޅެއް އިނެވެ.އޭގެ މަތީގައި އިނީ ފިންގާޕްރިންޓް މެޝިނެކެވެ.ނީލް ކުރުފައި މައްޗަށް ތިރިވެ އަތުން ބިންމަތީގައި ދެތިން ފަހަރު ޖަހާލުމަށްފަހު ފިންގާޕްރިންޓް މެޝިނުން އިނގިލި ސްކޭން ކޮށްލިއެެވެ.ސްކޭންކޮށް ނިމުމާއެކު ތޫލި އަޑެއް ކިޔައި އެ ތަންކޮޅު ކެހިގެން ގޮސް […]
އިރުކޮޅެއް ފަހުން ފްލައިޓް ހަވަޔަށް އަރައިގެން ދިއުމާއެކު ޔޫލިއާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ.”ސޫން ޖަސްޓިސް ވިލް ބީ ސާވްޑް އިންޝާالله”ޔޫލިއާ މިހެން ބުނެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލިއިރު އޭނާގެ ތުންފަތްމަތީގައި ކުޅެލާފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.ތިރީގައި އުޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ޒާން ފިޔަވައި މަންޒަރު ބަލަން ތިބި ތިން މީހުންގެ މޫނުމަތިންވެސް ފެނުނީ އެފަދަ ކުަލަވަރުތަކެވެ.”الله އަހަރެންގެ ދަރިފުޅު ރައްކާތެރިކުރަށްވާ އެ މަންޖެއަށް ކާމިޔާބު ދެއްވާށި”ރަޝްފާގެ ދުލުން އެ ޖުމްލަ އިވުމާއެކު ކައިރީގައި ތިބި ޝިޔާހްއާއި […]
“ކާކު..މަރާލަނީއޭ؟”އިވުނު އަޑަކުން ޔޫލިއާ އާއި ރަޝްފާއާއި ދެމީހުނަށް އެއްފަހަރަކާ ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނެވެ. އެއިރު އެ މީހުންނާއި ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ޒާން ކުދި ފިޔަވަޅުތަކެއް އަޅަމުން އެ ދިމާލަށް އާދެއެވެ.ޒާން ފެނުމާއެކު ޔޫލިއާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.ރަޝްފާވެސް ލޮލަށް ޖަމާވި ކަރުނަތައް ހިންދާލީ އޭނާގެ ޅަފަތު މާމަ ދަރިފުޅަށް އެ މަންޒަރު ފެންނަން ނޭދޭތީއެވެ.ކުޑަ ކުޑަ ޒާން ފެނުމުން ޔޫލިއާގެ ހިތް ލޯބިން ފުރުނެވެ.ޒާން ވެފައި ވަނީ މީގެ ހަ […]
ފަތިހުގެ ހިތްގައިމު ވަގުތުކޮޅު ނިމުމަކަށް އައިސް އިރުގެ ރަންދަޅަތަކުން ދުނިޔެމަތި ދިއްލާ އަޅަމުން ދިޔައެވެ.އެއްބަޔަކު އެ ބައެއްގެ ދުވަހުގެ ތާވަލާއި އެއްގޮތައް ކުރިޔަށް ދިޔައިރު އަނެއް ބަޔަކު ނިދީގެ ފޮނި ހުވަފެންތަކުން ހޭލެވި ހަޤީގަތާއި ކުރިމަތިލުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. **** ރަޝިއާގެ ވެރިރަށް މޮސްކޯގެ ހިތްފަސޭހަ ހިސާބެއްގައި ހުރި“ޗެރީ ބްލޮސޮމް”ނަމަކަށް ކިޔުނު ރީތި ބޮޑު ގެއެކެވެ.ދެ ބުރިއަށް ނަގާފައިވާއިރު ގޭގެ ފުރާޅުމައްޗާއި ބިންމަތީގެ ބޮޑުބައެއް ވަނީ ހުދު ސްނޯތަކުން ނިވާވެފައެވެ.ފަޒާގައި ތެތްފިނިކަމެއް ހިފާފައިވާއިރު ފިނިހެދުމަކާއި ނުލައި އެ […]
ގޮނޑި ހުރީ ތައްޔާރަށެވެ.ކުޅިތައް ހުރީ އެ އެއްޗެހީގެ ގެތަކުގައެވެ.ނަމަވެސް މި ކުޅިވަރުގައި އެއްވެސް މީހަކީ މީހުން ހީކުރާ ކަހަލަ މީހެއް ނޫނެވެ. އޭނާ ރާއްޖެ އަންނަނީ ހިތި މާޒީއެއްގެ ބުރަ ކޮނޑުއަޅައިގެންނެވެ.ބަދަލުހިފުމުގެ ރޫޙު އެ ހިތުގައި އާލާވެފައި ވަނީ އިންތިހާއަށެވެ. “އެ މީހުން އަހަރެންގެ އާއިލާ އަންދާލީ.އަހަރުމެންގެ ނަން ހަޑިކޮށް އަހަރެންގެ ކިބައިން ހުރިހާ އެއްޗެއް ފޭރިގަތީ.އެކަމަކު އެ މީހުނަށް ވަނީ އެއް ކަމެއް ހަނދާންނައްތާލެވިފަ….ޕިޔަދައަކަށްވެސް މަންތިރިއަކަށް ވެވިދާނެ” ގޮނޑީގެ އަނެއް ފަޅީގައިވެސް މީހަކު ވެއެވެ.ނުރައްކާތެރި ޖަލެއްގެ […]