﷽ ލިޔަން ފަށަމުން ހުރިހާ ކިޔުންތެރިންނަށް އެންމެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ “ޕިޔަދަ” ގެ ބާކީ ހުރި ބައިތައް ވާހަކަ އެއްކޮށް ލިޔެ ނިމުމުން ވީ އެންމެ އަވަހަކަށް އަޕްކުރަން ފަށާނެ ވާހަަކައެވެ.ވާހަކައާއި މެދު ކިޔުންތެރިން އުއްމީދު ކަނޑާނުލުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.ވާހަަކަ ލިޔުންތެރިއަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ.އަދި އެހެން ވާހަކައެއްގެ ކޮމެންޓް ސެކްޝަންގައި ކިޔުންތެރިއަކު އަޅުގަނޑު އެ ވާހަަކައާއި ގުޅުވައިގެން ކޮށްފައި އޮތް ކޮމެންޓަކަަށް ރިޕްލައިކޮށް އަޅުގަނޑު […]
ޔޫލިއާ އާއި ފިރާތްއާއި ދެ މީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ.”ނަގާބަލަ ފޯނު.މި ގަޑީ އާންޓް ގުޅިނަމަ އަހަންނަށްވެސް ވާނީ ތިހެން ކަންނޭނގެ.އިނގެޔޭ އަހަރެންގެ ފޯނު އޮތީ ޑިސްޕްލޭ ގޮސްފަކަން އެކަމަކު އާންޓް ގުޅިނަމަ މިގަޑީ ފޯނު ނުނަގާ ހުރެ މާދަން ހެނދުނު ގުޅާފަ އަހަރެން ބުނާނަން އަހަރެން އޮތީ ނިދާފައޭ.ފިރޫވެސް ޓްރައި ކޮއްބަލަ އެހެން ހެދޭތޯ”ޔޫލިއާ ފިރާތްއާއި ދިމާލަށް އެއްލޯ މަރާލަމުން ބުންޏެވެ.އެއާއެކު ފިރާތްއަށް ހެވުނެވެ.”ޕިސް.ޕިސް.މިއީ ވެސް އަދި […]
“ފިރާތް.އަހަންނަށް އިނގޭ ކަލެއާއި ހިސާބައް މި މެސެޖު ފޯރާނެކަން.ހެހެ.ޑޯންޓް ވޮރީ އައި ޑިޑިންޓް ޓެލް ޔޫލިއާ އެނީތިންގް އެބައުޓް އަސް.އެކަމަކު އަހަރެން މީ ކާކުކަން ވަރަށް ރަނގަޅަށް އެ މަންޖެއަށް ދައްކާލާފަ ހުންނާނީ.ޖަލުން ސަލާމަތްވެވުނަސް މަގޭ ކިބައިން ސަލާމަތްވެވޭނެކަމަށް ހީ ނުކުރާތި.ވޮޗް ޔުއަރ ބެކް.-ޒޭން”.ނޯޓުކޮޅު ކިޔައި ނިމުނު އިރު ފިރާތްއަށް މިރޭ ޔޫލިއާގެ ގާތައް އެ ވަނީ ކާކުކަމާއި މެދު ހިތުގައި އޮތް ޝައްކު ފިލައިގޮސް ޔަޤީނައް ބަދަލުވިއެެވެ.ދެ އަހަރުވަންދެން ނުފެނި ހުއްޓަސް ޒޭންގެ އެ ނުރައްކާތެރި […]
****** ޔޫލިއާ އާއި ފިރާތްގެ ބައްދަލުވުން ނިމި އެރެއަށްފަހު އޭ.އައި.އައި އަށް ދިމާވި މައްސަލަތައް އޯވަރނައިޓަކުން ހައްލުވެގެން ދިޔަ ޙަބަރު ކަށިކުނބުރު ވަލެއްގައި ހުޅިލީހެން ޢާއްމުވެގެން ދިޔައެވެ.އެ ޙަބަރު ވެގެން ދިޔައީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި ޢާއްމުންވެސް ހައިރާންކޮށްލި ހޫނު ޙަބަރަކަށެވެ.ތިން ދުވަސް ކުރިން ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި އޮތް އެމްޕަޔަރގެ މައްސަލަތައް އެންމެ ރެއަކުން ހައްލުވެ އަލުން އިޔާދަވުމުން ރާއްޖޭގެ ވިޔަފާރި ދުނިޔެއަށްވެސް ހީވީ ޒަލްޒަލާއެއް އައިހެންނެވެ.އޭ.އައި.އައި އަލުން އިޔާދަވުމާއި ގުޅޭގޮތުން ޢާއްމުންނާއި ވިޔަފާރިވެރިން ސޯޝަލް މީޑިއާގެ […]
ޢައްސަލާމް އަލައިކުމް.އަޅުގަނޑު އޭ ލެވެލްގެ އެންމެ ފަހު އަހަރު ކަމަށް ވާތީ ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަން އިތުރުކުރަންޖެހުމުގެ ސަބަބުން ވާހަކައިގެ ބާކީ ހުރި އެޕިސޯޑުތައް ލިޔެވޭ ގޮތެއް އަދި ނުވެއެވެ.އެހެންކަމުން ވާހަކައިގެ ކުރިއަށް ހުރި އެޕިސޯޑުތައް ލިޔެ ނިމުނުހާ އަވަހަކަށް ނުނީ އަޅުގަނޑަށް ވީ ވަރަކުން ވާހަކަ އެއްކޮށް ލިޔެ ނިމުމުން އަނެއްކާވެސް ވާހަކަ އަޕްކުރަން ފަށާނެ ވާހަކަ ދަންނަވަމެވެ.އުއްމީދުކުރަން ހުރިހާ ކިޔުންތެރިންނަށްވެސް އަންޑާސްޓޭންޑް ވާނެ ކަމަށް.ޝުކުރިއްޔާ.😊 Svetlana-
**** “މިސް ޔޫލިއާ.ކޮން ދަތުރެއްގަތަ ރާއްޖެ އައިސް ތި އުޅެނީ؟”ނުވާޝް އެއްސެވެ.”ހޫމް.ރަނގަޅު ސުވާލެއް.ވެދާނެއެއްނު ގެއްލިފަ އޮތް އެއްޗެއް އަނބުރާ ހޯދަން ކަމަށް ވެސް”ޔޫލިއާ އާދައިގެ ގޮތަކަށް ބުނި އިރު އެ އަޑުގައި އެކުލެވިގެންވީ ނުރައްކާތެރިކަން ވަނީ ތުންފަތް މައްޗަށް ވެރި ކުރުވައިގެން ހުރި ރީތި ހިނިތުންވުމުގެ ބިއްދޮށުގައި ފަރުދާވެފައެވެ.ޔޫލިއާގެ ޖަވާބު ނުވާޝް އާއި އާލިޔާ ބަލައިގަތީ އޭނާ ކުރި ސަމާސާއެއްގެ ގޮތުގައެވެ.”ހައްހައްހައް.އެހެންތަ.ކަނބުލޮ އަނެއްކާ ކޯއްޗެއް ގެއްލިގެންބާ ތި ހޯދަނީ؟”އާލިޔާ ވެސް ހިތުން ޔޫލިއާގެ“ސަމާސާ”ގައި ބައިވެރިވެލަމުން އެއްސެވެ.”ހެހެ.އެއީ ސިއްރެއް.އަސްލު […]
ރަތްދޫލަ ހުރަސްކޮށް ހޯލް ތެރެއަށް އެ ވަނީ ރާއްޖޭގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ މުއްސަނދި ވިޔަފާރިވެރިއެކެެވެ.މުހިއްމު އެމްޕަޔަރެއް ކަމުގައިވާ އަސްލަމް އިމްޕީރިއަލް އިންޑަސްޓްރީސް (އޭ.އައި.އައި)ގެ ވެރިޔާ ނާއިލް އަސްލަމް ނޫން ދެވަނަ މީހެއް ނޫނެވެ.ގާތުގައި އަންހެނުން އާލިޔާ ހުސައިން ކަޅާއި ހުދުގެ މެކްސީއެއްގައި ހުރިއިރު ކަންފަތާއި ކަރުދޮށް ފަޅުފިލުވާލެވިފައިވަނީ ރަންކުލައިގެ ގަހަނާތަކުންނެވެ.ނާއިލްގެ ދެމަފިރިންގެ ފަހަތުން ވަނީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ނުވާޝް އަސްލަމްއެވެ.ގަދަ ނޫކުލައިގެ ސޫޓެއްގައި ހުރި އިރު ރީތިކަމުން އަންހެންކުދިންގެ ހިތްތައް ކަތިލާނެކަން […]
**** މާލޭގެ މާފަންނު ސަރަހައްދުގައި ހުރި ރީތި ބޮޑު ގެއެކެވެ.ކަޅުކުލައިގެ ގޭޓެއް ލައި ތިން ބުރިއަށް ނަގާފައިވާއިރު ގޭގެ ގޯތި ތެރޭގައި ވަނީ ކާޕެޓް ވިނަ ހައްދާފައެވެ.ގޭޓު ކައިރީ ވަށާފާރުގައި ހުދުކުލައިން “މާޖެސްޓީ” ޖަހާފައި އޮތް ކަޅުކުލައިގެ ބޯޑެއް ހަރުކުރެވިފައިވެއެވެ.އިރުއޮއްސެމުން ދިޔައިރު ގޭގެ ގޯތި ތެރެ ވަނީ ރަންކުލައިގެ ގާޑެން ލައިޓްސްތަކުން ދިއްލިފައެވެ.އިރުކޮޅެއްފަހުން ގޭޓު ކުރިމައްޗަށް އައިސް މަޑުކޮށްލި ކަޅު ކުލައިގެ މާސިޑީސް ބެންޒް ފެނުމާއެކު ފޯރިމަރަން ތިބި ސެކިއުރިޓީ ގާޑުން ގޭޓު ހުޅުވާލަދިނުމާއެކު ކާރު ގޭޓުން […]
“އޭނ.އަސްލުތަ؟އެކަމަކު އަހަރެން ވަރަށް ދެރަވޭ މިތަނުން މިހާ އަވަހަށް ދާން ޖެހޭތީވެ.އިއްޔެ ނީލް އައިސް ވަރަށް އަވަހަށް މިނިވަންވާނެ ވާހަކަ ބުންޏަސް އަހަރެން ހީކުރީ މިތާ ތެރޭގަ ހޭދަކޮށްލަން އަދި ދުވަސްކޮޅެއް ލިބޭނެކަމަށް”ފިރާތް ފަރާތްފަރާތައް ނަޒަރު ހިންގާލަމުން ހިތާމަވެރި ރާގަކަށް ބުންޏެވެ.އެއާއެކު ނީލްއާއި އޭނާގެ ގާތުގައި ހުރި ފުލުސް މީހާއަށް އެކަކު އަނެކަކަށް ބަލާލެވުނީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ.މި ނަރަކައެއް ފަދަ ހޮހަޅައިގައި ބަންދުވެފައި ހުރި މީހަކަށް މިނިވަންކަން ލިބި ދެރަވި ވާހަކަ ބުނުމުން ހައިރާންނުވާނީ ފަހެ […]