އިބާންއެއް ނޭވާއިން ޖޫސްތަށި ބޮއިލުމައްފަހު އަދި ޖޫސްތައްޓެއް ލިބިދާނެހޭ އެލައިޝާ ކައިރީގައި ބުނެލިއެވެ.އެލައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިއީ ހަމަ އޭނާއާއި އަބަދު ދިމާކުރާ އިބާން ހެއްޔެވެ.އޭނާއަށް ލަނޑެއް ދިނީމަވެސް އެއިންނަނީ އެކައްޗެކޭވެސް ނުކިޔައެވެ.އެލައިޝާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އިބާން އެތަނުން ތެދުވެގެން ދިޔައެވެ. އިބާން ދިޔަގޮތަށްގޮސް ވަނީ އޭނާއާއި ޒެވިޔަން ހުންނަ ކޮޓަރިއަށެވެ. ކޮޓަރީ ތަޅުލުމައްފަހު އޭނާ ބެލީ ކުޅިފިލުވައިލެވޭނެ އެއްޗެއް ފެނޭތޯއެވެ. ކޮޓަރި އެއްފުށުން އަނެއްފުށަށް ޖެހިއިރުވެސް އޭނާއަށް ކުޅިފިލުވައިލާނެ އެއްޗެއް […]
އެލައިޝާ އިރުކޮޅަކު އިބާންއާއި ދިމާއަށް ބަލަންހުރެފައި ފޯނު އިބާންއަތަށް ދިނީ އިބާން އަވަހަށް އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.އޭނާ އުއްމީދުކުރި ގޮތަށް ފޯނުލިބުމުން އިބާން އެތަނުން ދިޔައެވެ. އެލައިޝާއަށް އިބާން ފޯނު އެގެންދިޔައީ ކަމެއް ރާވައިގެންކަމެއް ނޭންގެއެވެ. އެލައިޝާގެ ފޯނުން ފޮޓޯތައް އޭނާގެ ފޯނަށް ފޮނުވާލުމައްފަހު ދެމީހުންގެ ފޯނު ބޭއްވުމައްފަހު އިބާން މަޑުމަޑުން ހިނގައިގަތީ އެލައިޝާއާއި ދިމާއަށެވެ.ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އިބާން ހުއްޓުނީ އެލައިޝާގެ ފުރަގަހުގައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު އެލައިޝާ އޭނާގެ އަތްދަނޑިމައްޗަށްނެގިއެވެ.އަދިމީ އޭނާގެ ގަޔަށް ކޭކްޖެހީމަ […]
ޒެވިޔަންގެ ގެއިން އެލައިޝާމެން ދިޔައީ މާދަމާ އެންމެން އެކީ ބޭރަށް ދާން ޕުލޭންކޮއްފައެވެ. ގެޔަށް ދިޔަގޮތަށް އެލައިޝާ ފުރަތަމަވެސް ބެލީ އިލްހާމް ގޭގައި އުޅޭތޯއެވެ.މާދަމާ ބޭރަށް ދާން އިލްހާމް ގާތުން ހުއްދަ ހޯދުމަށެވެ. އެލައިޝާގެ އުމުރުން ތޭވީސް އަހަރު ވެފައިވީ ނަމަވެސް ބޭރައްދާއިރު އަދިވެސް އޭނާ ބައްޕަ ގާތުން ހުއްދަ ހޯދައެވެ.އިލްހާމްގެ ކޮޓަރީ ދޮރުހުޅުވައިލުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. “ޑޭޑް ކޮންތާކަށް ދާން ތި ޕެކް ކުރަނީ.” “މިއުޅެނީ ވަރަށް ކުއްލި ގޮތަކަށް މުމްބާއީއަށް ދާން ޖެހިގެން.އެކޮޅު […]
“ވަޓް ދަ ހެލް..މުޅި މޫނުގައޭ ކޭކް ތިއުގުޅީ”ކުރިމަތިން އިވިގެން ދިޔަ ނުދަންނަ އަޑާއިއެކު އެލައިޝާއާއި މެހެކްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. “ހޮއެ ހޮއެ..2 އަހަރު ލަންޑަނުގަ އުޅުމުން މީނަގެ އަޑު އިތުރަށް ސެކްސީ ވެއްޖެއޭ ދޯ މެހެކް..އިތުރަށް ތިއަޑު ފުރިހަމަ ވާނެކަން އެނގޭނަމަ ޓެކްސްޓު ކުރުމުގެ ބަދަލު އަބަދު އޮތީހީ ގުޅައިގެން އިނގޭ..”އިރުކޮޅަކު ހައިރާންވެފައި ހުރުމަށްފަހު އެޒުވާނާގެ ކައިރިއަށް ދަމުން އެލައިޝާ ބުނެލިއެވެ.އަދި ސެލްފީއެއް ނަގަން ހިނގާށޭ ބުނެ ފޯނުން ފޮޓޯ ނަގަންފެށިއެވެ. “ލައި..ކީއްތި ކުރީ ދެމީހުން” […]
ކިޔަން ގެންގުޅުނު ވާހަކަ ފޮތް ކުރިމަތީ ހުރި މޭޒު މަތީގައި ބާއްވައިލުމައްފަހު އަޅައިގެންހުރި ނަންބަރު އައިނު އެލައިޝާ ނެގިއެވެ. އޭރު އެރީތި ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ. މިއީ އެލައިޝާ އެވާހަަކަ ކީ ފުރަތަމަ ފަހަރުނޫންކަމުގައިވިޔަސް މިފަހަރުވެސް އެވާހަކަ ކިޔުމުން އެހިތައް ފުން އަސަރެއް ކުރުވިއެވެ. އޮފީހުގެ މަސައްކަތްތައް ނިންމާލުމައްފަހު ގެޔައްވަތް އިލްހާމްގެ ލޮލުގައި ފުުރަތަމަވެސް އަޅައިގަތީ ސޯފާގައި އިށިންދެލައިގެން ރޮމުންގެންދިޔަ އޭނާގެ ދަރިފުޅެވެ.”ލައި.. ޑޭޑްގެ ޕްރިންސެސް ކީއްވެ ތިރޮނީ.” ދުވެފައި ކަހަލަ ގޮތަކަށްގޮސް އެލައިޝާ ކައިރީގައި […]
ހާމަ ކުރީމާ ލޯބި މަވާކަން (ޓްރެއިލަރ) އަހަރެން ލައި އާއި ދުރުވީ ލައިދެކެ ލޯބިނުވާތީއެއްނޫން. އަހަރެން ލައިއާއި ދުރުވަން މަޖުބޫރުވީ.އަހަރެންނަށް މަޖުބޫރުކުރީ އަހަރެންގެ އަމިއްލަ އެދުންތައް. އަހަރެންނަށް މިވަގުތު މުހިއްމީ ލޯތްބެއްނޫން. ލައިއައްޓަކައި މިހިތުގައި އަބަދުވެސް ހާއްސަ މަޤާމެއްވާނެ. އިރާދަކުރެއްވިއްޔާ އަދި މިހަޔާތުންވެސް ލައިއައް ލައިގެ ހައްގު މަޤާމު އަހަރެން ދޭނަން. އަހަރެން ލައި ކައިރިއަށް އެނބުރި ދާނަން. ލައިއާއި ގުޅެން ބޭނުންވާވަރު ހާމަކޮއްދޭނަން. އަހަރެން ލޯބިވާވަރު ހާމަކޮއްދޭނަން. ލައި އަހަރެންނަށް ނަފްރަތުނުކުރާނެނަމަ. *********** ނަފްރަތު..އަހަރެން އިބާންއަށް […]