ޔަލީން ހިތަށް އެރިއެވެ. މީނަ އެއައީ ސެންޓުފުޅި ވެސް ހުސްކޮށްލައިގެން ކަންނޭނގެއެވެ. އެހެން މީހަކު ހިތަށް ނޭރިއްޔާ ދެރަހެއްޔެވެ. މުޅި ތަނުގައި ވަނީ އެ މަނިކުފާނު ޖަހާފައިވާ ސެންޓުގެ ވަސް ވިއްޔާއެވެ. ޔަލީން އަށް ކަޅި މައްޗައް ހިންގާލެވުނީ ވީ ފޫއްސަކުންނެވެ. ***** އިޝާންގެ މޫނުމަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ. އިޝާން އެއްޗެއް ބުނަން އުޅުނު ނަމަވެސް އެވަގުތު އެތަނަށް އައިސް ހުއްޓުނު ޔޫހާގެ ސަބަބުން އިޝާން އެއްޗެއް ނުބުނެ ޔޫހާ އަށް ހިނިތުންވުމެއް ދީފައި ދިޔައީ ޒީކް […]
އެ ކުއްޖާގެ މޫނައް ބަލާލިއަސް އެ ހުރީ ވަރަށް ރުޅި އައިސްފަ ކަން އިނގޭހާވެއެވެ. ދެން އެ ކުއްޖާ ބުނެލި އެއްޗަކުން އިޝާން އަށްވެސް އެއްޗެކޭ ބުނެނުލައި ނުހުރެވުނެވެ. ***** “ބަލަ ތިކުއްޖާ އެއްނު މަ މިތާ ހުއްޓަ އައިސް ތި ޖެހިގަތީ.. އެންޑް މަ މިގެއަށް ވެއްދީ އަހަރެންގެ އެކުވެރިޔާ” އިޝާންވެސް ބުނެލީ ޔަލީން ބުނެލި ރާގުގައެވެ. ކުޑަ ލާފައި އައިސް ހުއްޓުނު ޒީކް އަށް އިޝާން މިހެން ބުނެލި އަޑުއިވުނެވެ. ދެން ޒީކްގެ ލޮލުގައި […]
ޔޫހާ ޔަލީން އަށްވުރެ ކުޑަ ވާނީ އެންމެ ދެއަހަރު ކަމުން ދެކުދިން ވެސް އުޅޭނީ ވަރަށް އެކުއެކީއެވެ. ޔޫހާ ހިނިގަނޑެއް ޖަހާލާފައި ދޮންތަ ކާކުގެ ހިޔާލެއްގަހޭ ބުނެލިއެވެ. ޔަލީން ޔޫހާ އަށް ލޯ އަޅާލިއެވެ. ***** ދެން ޔޫހާ ގެ ނަޒަރު ހުއްޓުނީ ޒީކް އަށެވެ. ” ދޮންބެ އަޅުގަނޑައް ގިފްޓެއްވެސް ނުގެނެސްދެ” ތުންކޮޅު އޫ ކޮއްލަމުން ޔޫހާ ބުނެލިއެވެ. “ޔޫއްކޮ އަށް ހީވޭތަ ދޮންބެ ޔޫއްކޮ އަށް ގިފްޓް ނުގެނެސް ހުންނާނެހެން” ޒީކް ބުނެލީ ވަރަށް […]
ދުވަހަކީ ހުކުރު ދުވަހެވެ. ޔަލީން އާ ޔަލީންގެ މަންމަ ޔަންހާ އަވަދި ނެތި އުޅެމުން ދިޔެއި މެންދުރުގެ ކެއުން ތައްޔާރު ކުރުމައިގެންނެވެ. ޔަލީން އަކީ ގްރޭޑް 10 ގައި ތައުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ. އޯލެވެލް އިމްތިހާން މިވަނީ ނުހަނު ގާތްވެފައެވެ. ނަމަވެސް ޔަލީން އަކީ ހުސް ވަގުތެއް ލިބިއްޖެނަމަ ބަދިގެއަށް ވަދެ މަންމަ އަށް އެހީވާ ހީވާގި ކުއްޖެކެވެ. ކުރުކޮއް ހުއްޓެއް ކަމަކު ޔަލީން އަކީ އާދަޔާ ހިލާފު ރީތި ކަމެއް ލިބިފައިވާ ކުއްޖެކެވެ. ދޮން […]