“އޯމައިގޯޑް… އަޅޭ… އަލްޙަމްދުލިﷲ….” އޭލެވެލް ޓެސްޓު ތަކުގެ މާކްސް ޝީޓު ފެނުމުން ނިކްހާ އަށް އުޅެފައި ނޫޅެވުނު ގޮތެއްވެސް ނޭނގުނެވެ. ކުޑަކުއްޖެއްހެން ހަޅޭއްލަވައި ގަނެފައި ފުންމައި ގަތެވެ. ކައިރީގައި ހުރި ޔަނާލް އުޅަނބޯށިން ޖަހާލުމާ އެކު ވަށައިގެން ނަޒަރު ހިންގާލާފައި ރަކިވެގެން އިސްދަށަށް ޖެހީ އެތާތިބި އެންމެންގެ ނަޒަރު އޭނާ އަށް އަމާޒު ވެފައިހުރިކަން އެނގުމުންނެވެ. ތިން މާއްދާއިން އޭ ސްޓާރ ލިބިފައި ވާއިރު ދެން ހުރި މާއްދާ ތަކުން ނިކްހާ އަށް އޭލިބިފައި ވެއެވެ. ޔަނާލް […]
ފަތިހުގެ ތެތްފިނީގެ އަސަރުތައް ނައްތާލަމުން އިރުގެހޫނުން ދުނިޔެ ފިއްސަން ފެށިއެވެ. ގޭގެފޫޓުތެރެއަށް އެޅިފައިއޮތް ހިކިފަތްތަށް ކަހާ އެތްކުރަން އައިރީން އޮތްއިރު ދޭތެރެދޭތެރެއިން އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރެއް ދެއެވެ. އޭނާގެ ހަރަކާތްތަށް ހުރިގޮތުން ތަނަކަށްދާން ލަސްވެގެން އުޅޭފަދައެވެ. އަވަސްއަވަހަށް ކުނިކޮޅު ގޯންޏަށް އަޅާލުމަށްފަހު ގެއަށްވަނުމަށް އައިރީން މިސްރާބު ޖެހިއެވެ. ވަރަށް އަތްމަތި އަވަސް ކޮށް ސައިތައްޔާރު ކޮށްލާފައި އައިރީން ޔަމީންއަށް ގޮވީ އޮފީސް ގަޑިޖެހެން ކައިރިވާތީ އެވެ. ޔަމީން އޮފީހަށް ދިއުމުން ރަޔާން ހޭލައްވާ ސުކޫލަށްދާން […]