ޔުޝްރާއަށް ފަހަތަށް ޖެހެވުނެވެ. ޖައުފަރު އާބިދާ އަަށް އަނިޔާ ކުރަނީ އެވެ. އާބިދާގެ މުޅި ހަށިގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ޖައުފަރަކީ ވަރަށް ނުލަފާ މީހެކެވެ. އަބަދުވެސް އާބިދާއަާ ދިމާލަށް ހަޅޭލަވައެވެ. ނަމަވެސް އަނިޔާ ކުރާތަން މި ފެނުނީ އަލަށެވެ. ޔުޝްރާ ހުރީ ކުރާނެ ކަމެއްް ނޭނގިފައެވެ. ކޮންމެ ކަމެއް ވެސް ވަނީ ބުނެލާާފަކަ ނޫނެވެ. ޔުޝްރާ ހާސްވެފަ ހުރި ވަރު އެ ކުއްޖާގެ މޫނުމަތިން ފެނިގެން ދެއެވެ. ޔުޝްރާގެ މުަޅި މޫނު ހުރީ ދާހިއްލާފައެވެ. ޔުޝްރާ ކުރާނެ […]
ޔުޝްރާ ގަބު ކެވިފަ އެ ފިރިހެން ކުއްޖަ ޔާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ” މިއޮށް މިހަާރު މަ އެއްކޮށް ތެމުުނީީ … ތި ހޮޅި ދުރަކަށް ނުލާނަންތަ ؟ ” އެ ކުއްޖާ ފާރަށް ލެނގިލަމުން ބުންޏެވެ. ” އޮހް … އައިމް ސޮރީ ” ޔުޝްްރާާ އިސްދަށަށް ޖަހާލިއެވެ. ” ސޮރީ އޭ ބުނީމަ ހުރިހައި ކަމެއް ހަމަޖެހުނީތަ؟ …. ޔޫ ހޭވް ޓު ވޮޝް މައި ކްލޯދްސް…” އެ ކުއްޖާ އެއް ބުމަަ […]
ގްރޭޑް 10 އެއް ގެ ” އޯ ލެވެލް ” ޓެސްޓަށް ދަސްކުރަަންް ޔުޝްރާ އިނެވެ. ޔުޝްްރާާ އާއި އެކު އޭނަ ގެ އެންމެ ގާާތް އެކުވެރިޔާ މަންހާ އިނެވެ. ” ޔުޝް މި ސުވާލު ގަ މި ބުނަނީ ކީކޭ ތަ ؟” މަންހާ ހިސާބު ފޮތުން އެއްޗެއް ދައްކާލަމުން އަހާލިއެވެެ. ” ޕިސް ޕިސް ޕިސް… ދެންމެ އެއް ނޫންތަ މި ކިޔައިދިނީ ” ޔުޝްރާ މަންހާ ގެ ބޮލު ގަ ޖަހާލަމުން ބުންޏެވެ. […]