ލޯބި މަންމާ’ އިސްމާޢީލްޢަލީ ކަނދޮޅުދޫ މި ލިޔުމުގައި މައިންގެ މުހިންމުކަމާއި، އެބޭކަނބަލުންގެ ލޯބި، ހިތްވަރު އަދި ޤުރުބާން ހިމަނާފައިވާނެއެވެ. އަހަރެންގެ މަންމައަކީ އަހަރެން ދުށް އެންމެ ރަނގަޅު އެންމެ ޤާބިލު އަންހެނާއެވެ. މަންމަގެ ކެތްތެރިކަން ދެކެފައި އަހަރެން އަޝޯޚް ވެއެވެ. މަންމަގެ މުރާލި ކަމާއި،ހީވާގިކަން ބަޔާންކުރާނެގޮތެއް އަހަންނަކަށް ނުވިސްނުނެވެ. މަންމަގެ ސާފުތާހިރު ކަމާއި ގޭތެރޭގެ އުސޫލުތައް ދެމެހެއްޓުމަށް ކުރި ބުރަމަސައްކަތްތަކަށް ސާބާސްދީ ކޮޅުން ނުލާނެއެވެ. މައިންނަކީ އަހަރެމެންގެ ދިރިއުޅުމެވެ. އަހަރެމެން ދުނިޔެއަށް ގެނައުމަށްޓަކައި މަންމައިން ވަރަށް ބޮޑެތި […]
އިޖާބީ ވިސްނުން އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ ދަރިވަރަކު އެސެމްބްލީގައި ވާހަކަ ދައްކަން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.ސުރުޚީ އަކީ ފަހިކޮށް ވިސްނުމުގެ ބޭނުންތެރިކަން. އައްސަލާމް ޢަލައިކުމް، އަޅުގަނޑުގެ ލޮބުވެތި ދަރިވަރުންނޭވެ! މިއަދު ތިޔަ ހުރިހާކުދިންގެ ޙާލު ކިހިނެއް؟ (ޖަވާބުތަކަށް މަޑުކޮށްލުން.) ތިޔަކުދިންގެ ހިނިތުންވެފައިވާ މޫނުތައް ފެނުމުން އަޅުގަނޑު ވަރަށް އުފާވެއްޖެ! މިއަދު އަޅުގަޑު ވާހަކަ ދައްކާލާނީ ޕޮޒިޓިވް އެޓިޓިއުޑް ނުވަތަ ފަހިކޮށް ވިސްނުމުގެ ބޭނުންތެރި ކަމާއި ބެހޭގޮތުން. އިޖާބީ ވިސްނުމެއް ގެންގުޅުމަކީ، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައްތައް ނުހިނގި […]
އައުޅެން މިހިތް ވަނީ ތިޔަ ހަނދާންތަކާއި އެކުގައެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ލޯބިވާ މަންމަގެ ހަނދާން ފިލައި ނުދެއެވެ. ނިދާއިރު މަންމަގެ ނާނާގެ އަޑު އިވެއެވެ. ކުޑައިރު ނިދީ މަންމަގެ ނާނާއިއެކުގައެވެ. ޝަހާދަތް ކިޔައިގެން ނިދުމަށް ބާރުއެޅިއެވެ. ފަތިހު ތެދުވުމަށް އާދަކުރުވިއެވެ. ނަމާދުން ދުވަސް ފަށަންވާނެއޭ ބުނެއެވެ. ކިޔަވާ ފިލާގައި މަށިލައިދިނީ މަންމައެވެ. ލިޔަންކިޔަން ދަތުމުގެ އުފާ ހޯދައިދިނެވެ. ތިމާގެ މީހުންނަށް އަޅާލަން ދަސްކޮށްދިނެވެ. މުހުތާދު ޖެހިފައިވާމީހުންނަށް އެހީވިއެވެ. މަންމަ ކުކުޅުތަކަށް ކާންދޭއިރު ބައިވެރިވީމެވެ. ޒުވާރިފުށްތައް ތޮށި […]
މުދައްރިސްގެ އުކުޅު އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. އަދި މި ލިޔުމާއި ގުޅޭ ވާހަކަ ވަރަށް އަވަހަށް ގެނެސް ދޭނަމެވެ. އެއް ދުވަސްވަރެއްގައި،ޕްރައިމަރީ ސްކޫލެއްގައި ޒުވާން މުދައްރިސާއެއް އަލަށް ވަޒީފާއާ ގުޅުނެވެ. އޭނާގެމަސައްކަތް ފެށުމާއިއެކު ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަރަށް ޝައުޤުވެރިވިއެވެ. އެއްދުވަހަކު ކްލާސްރޫމެއްގެ ކައިރިން ހިނގާފައި ދަނިކޮށް، އޭނާ އަށް ދުވަސްވީ މުދައްރިސާއަކު ދަރިވަރުންގެ ގޭގެ މަސައްކަތް ރަނގަޅުކުރަމުންދާތަން ފެނުނެވެ. އެނާއަށް ފާހަގަ […]
ޙައިރާންވީމެވެ. އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. ވަގު އަނބިން ނުވަތަ ހިލޭ އަންހެނުން ގެންގުޅުމުގެ ސަޤާފަތަކީ ގިނަބައެއްގެ މެދުގައި އޮންނަ ނުރަގަޅު އާދައެކެވެ. ޒާރާގެ ފިރިމީހާ ވެސް އެކަމުގެ ތެރެއަށް ވަނެވެ.އަނބިމީހާއާއި ލޯބިލޯބި ދަރިފުޅު މަތީން ހަނދާން ނެތުނެވެ. ޒާރާ އާނިމްއާއި އެކު ޙަޔާތު ދަތުރުފެށީ ވަރަށް ލޯތްބާއި އެކުއެވެ. އެދެމީހުންގެ ކައިވެންޏަށް ދެއަހަރުފުރުނުއިރު ޒާރާހާ ރީތި އަންހެންކުއްޖެއް ލިބުނެވެ. މިއީ އެދެމީހުންނަށް ލިބުނު […]
އަޅާލުމާއި އޯގާތެރިވުން އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިއީ އަޅާލުމާއި އޯގާތެރިވުމާ ބެހޭ ގޮތުން، ސްކޫލް ދަރިވަރަކު އެސެމްބްލީގައި ވާހަކަ ދެއްކުމަށް އަޅުގަޑު ލިޔުނު ވާހަކަ ކޮޅެކެވެ. ހުރިހާ އެއްޗަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވާ ކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރު ކުރަން ( .) ޢާލަމަށް ރަޙުމަތެއްކަމުގައި ފޮނުއްވި މިއުއްމަތުގެ މާތް ނަބިއްޔާއަށް ސަލަވަތާއި ސަލާމް ލެއްވުން އެދި ދުއާ ކުރަން ( .) މި ސަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލް […]
އައުޅެން އިންސާނާއާއި ކޮކާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކޮކާލަށް ރީތިކުލަތައް ލިބިފަވާތީ ހަސަދަވެރި ވެވުނެވެ. މިނިވަންކަމާއިއެކު އުދުހި އުޅޭތީ ފާރަލާ އުޅުނީމެވެ. ކުލަކުލައިގެ މާމަލުން ފޮނިބޮއި އުޅޭތީ އާޝޯޚުވެވުނެވެ. ކޮކާލުގެ ދުވަސްކުރުކަމާއި،ވަގުތުމަދުކަމެއް ނުވިސްނުނެވެ. ﷲ ދެއްވި ގުނާ އަދަދު ނުކުރެވޭފަދަ ނިއުމަތްތައް ނުވިސްނުނެވެ. ހުވަފެން ދެކުމަށާއި، ދަތުރުކުރުމަށް ނުހަނު ގިނަ ފުރުޞަތު އޮވެއެވެ. ކޮކާލާ ޚިލާފަށް އަހަރެމެންގެ ދިރިއުޅުމުގައި އުފާވެރިކަން ވެއެވެ. އެންމެ ފުރިހަމަގޮތުގައި އިންސާނާ ހެއްދެވީތީ ޝުކުރުވެރި ވެވޭތޯއެވެ. އަހަރެމެން ބިމުގައި ހިނގައި، އަމިއްލަ ދުވަސްތައް […]
މަގޭ ނަސީބު އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިއީ އަޅުގަނޑު ހަދާފައިވާ އާ ޅެމެއްކަމުގައިވާ މަގޭ ނަސީބު މި ޅެމުގެ ވާހަކައެވެ. އެ ހަމަ ހިމޭން ކޮޓަރި ތެރެއިން ހަމައެކަނި އިވޭ އަޑަކީ ސަލީލާގެ ފިޔަވަޅުގެ އަޑެވެ. އޭނާ ޚިޔާލީ ފުންކަނޑެއްގެ ތެރެއަށް ފީނަމުން ކޮޓަރިތެރޭގައި ކުރިއަށާއި ފަހަތަށް ހިގަމުން ދިޔައެވެ. އޭނާގެ ހިތުގައި ވިސްނުންތަކެއް އުފެދިފައިވެއެވެ. އިރުއޮއްސުމުގެ އަލިކަން ފަރުދާތަކުން ވަދެ، ފާރުތަކުގައި ރަތާއި ރަންވަރުން ކުލަޖައްސާލައެވެ. އެހެނަސް އޭނާއަށް މިކުލަތަކުގެ މާނައެއް ނުވިސްނެއެވެ. އޭނާގެ […]
މަގޭ ލޯބިވެރިޔާ އިސްމާޢީލް އަލީ، ކަނދޮޅުދޫ މިވާހަކައަކީ ލޯބިވެރިޔާ މިނަމުގައި އަޅުގަޑު ލިޔުނު އާޅެމެއްގެ މައްޗަށް ބިނާކޮށް ލިޔުނުވާހަކައެކެވެ. އެ ޅެމާއި،ޝަރަހަވެސް މިވާހަކައާއިއެކު ހިމަނާލާފައިވާނެއެވެ. އެއްފަހަރަކު ކުޑަ ރަށެއްގައި ދިރިއުޅުނު މީރާ ކިޔާ ޒުވާން އަންހެނެކެވެ. އޭނާ މަޝްހޫރުވެފައިވަނީ އޭނާގެ ރީތިކަމާއި ޝަރަފުވެރިކަމުން ނަމަވެސް ހަގީގަތުގައި އޭނާ ދަންނަ މީހުން ވާހަކަ ދައްކާނީ އޭނާގެ ބޭރުފުށުގެ ސިފައަށް ވުރެ ވިދާ މަދުން ނޫނީ ނުފެންނަ ސިފައެއްގެ ވާހަކައެވެ: އެއީ އޭނާގެ ވަކި ޙައްދެއް […]