Skip to content
އެސްފިޔަ

ޙައިރާންވީމެވެ.

ޙައިރާންވީމެވެ.

އިސްމާޢީލްޢަލީ ކަނދޮޅުދޫ

މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ.

 

ވަގު އަނބިން ނުވަތަ ހިލޭ އަންހެނުން ގެންގުޅުމުގެ ސަޤާފަތަކީ ގިނަބައެއްގެ މެދުގައި އޮންނަ ނުރަގަޅު އާދައެކެވެ. ޒާރާގެ ފިރިމީހާ ވެސް

އެކަމުގެ ތެރެއަށް ވަނެވެ.އަނބިމީހާއާއި ލޯބިލޯބި ދަރިފުޅު މަތީން ހަނދާން ނެތުނެވެ. ޒާރާ އާނިމްއާއި އެކު ޙަޔާތު ދަތުރުފެށީ ވަރަށް ލޯތްބާއި އެކުއެވެ. އެދެމީހުންގެ ކައިވެންޏަށް ދެއަހަރުފުރުނުއިރު ޒާރާހާ ރީތި އަންހެންކުއްޖެއް ލިބުނެވެ. މިއީ އެދެމީހުންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެއްކަމުގައި ދެކި ދެމީހުންވެސް އެދަރިފުޅަށް ލޯބިދީ އަޅާލާ ހެދިއެވެ. ފިރިމީހާގެ އެހީތެރިކަން ލިބޭތީ ޒާރާއަށް ދަރިފުޅު ބެލުން އެހައި އުނދަގޫ ކަމަކަށް ނުވިއެވެ.

ކައިވެންޏަށް ފަސްއަހަރުފުރުނުއިރު ފިރިމީހާ ބަދަލުވާން ފަށައިފިއެވެ. މިހާރު ގެއަށް އަންނަނީ ވަރަށް ދަންވާފަހުންނެވެ. ދަރިފުޅު ބަލިވެ އުޅުނަސް އަޅައެއް ނުލައެވެ. ޒާރާ ދަރިފުޅު ގޮވައިގެން އޭނައަށް ހޭހަން ކުރަމުންދާއިރު ބައްޕަގެ ކަމަކީ އަގުބޮޑެތި ރެސްޓޯރެންޓްތަކުގައި ޒުވާން ލޯބިވެރިޔާ ގޮވައިގެން އުޅުމެވެ.ޢާއިލީ ޒިންމާ އެއްވެސް ވަރަކަށް އަދައެއް ނުކުރެއެވެ.

ފިރިމީހާ ގެއަށް އަންނައިރު ހުންނަނީ ރުޅިގަދަވެފައެވެ. އެހެންހުންނާތީ ޒާރާ ފިރިމިހާއަށް އެއްވެސް ބަހެއް ބުނަން ޖެހިލުންވެއެވެ. ދަރިފުޅުގެބޭހަށް ފައިސާކޮޅަކަށް އެދުނަސް އަބަދުވެސް ބުނަނީ ޚަރަދު ކުރާނެ ފައިސާ ނެތްވާހަކައެވެ.

ޒާރާ ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ހަނުހިމޭންކަން ޚިޔާރުކޮށް ދަރިފުޅު ބަލަމުން ޕާޓްޓައިމް ވަޒީފާއެއް އަދާކުރެއެވެ.އެއްދުވަހަކު ފިރިމީހާގެ ފަޓްލޫނުޖީބުން ފެނުނުރެސްތޓޯރެންޓު ބިލް ފެނުމުން ހައިރާންވިއެވެ. ދެމީހެއްގެ ރޭގަޑުގެ ކެއުމަކަށް ދުއިސައްތަ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ.އެހިސާބުން ފިރިމީހާގެ މަކަރުވެރިކަން ފެނުމުން ހަނުހުންނަން ދަތިވިއެވެ. ދަރިފުޅު ބަލިވީމާ ބޭސްކުރާނޭ ފައިސާ ނެތޭ ބުނާއިރު، އާ ލޯބިވެރިޔާއާއި އެކު އަގޮބޮޑު ރެސްޓޯރެންޓްތަކުން ކައިގެން ހިލޭ އަންހެނަކާއިއެކު ވަގުތުތައް ހޭދަކުރުން މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމަކަށް ނުވިއެވެ.

އެންމެ ފަހުން ފިރިމީހާއާއި ކުރިމަތިލިއެވެ.ދެމީހުންގެ ދެމެދުގައި ޒުވާބު ހިނގިއިރު ކުޑަދަރިފުޅު އަނެއްކޮޓަރީގައި އެއަޑު އަހާން އިނެވެ.ފިރިމީހާ ޒާރާއަށް ވަރަށް އަނިޔާ ކުރެއެވެ. އެންމެފަހުން ޒާރާއާއި ކުޑަދަރިފުޅުދޫކޮށްލާފައި ދިއުމަށްޓަކައި ދަބަހަށް ހެދުންތައް އެޅުމަށްފަހު ދޮރުބަންކިޔާޖަހާފައި ހިގައިގަންނަން އުޅުނު ވަގުތު ކުޑަދަރިފުޅު އެތަނަށް އައިސް ބައްޕަގެ ފައިގާ ބައްދައިގަތެވެ.އަދިރޯންފެށިއެވެ.އެކަމުވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އާނިމް ގެއިން ނުކުމެގެން ދިޔައީއެވެ.

ޒާރާ އާނިމް ދެކެ ނުހަނު ލޯބިވެއެވެ. ފިރިމީހާ ވަކިވެ ދިއުމަކީ ވަރަށް ބޮޑު ހިތާމައެއް ތަހައްމަލުކުރަން ޖެހުނު ކަމަކަށްވިއެވެ. ދަރިފުޅަށް ރަގަޅު ތަޢުލީމެއް ދިނުމަށް ޓަކައި އިތުރުވަޒީފާއެއްވެސް އަދާކުރަން ފެށިއެވެ. ކޮންމެ ދުވަހެއް ހޭދަކުރަނީ ފިރިމީހާ އެބުރި އަންނާނެ ކަމުގެ އުއްމީދުގައެވެ.

ދުވަސްތައް ފާއިތުވެ ދަރިފުޅުބޮޑުވެ މިހާރު މަތީ ތަޢުލީމަށް ކިޔަވާން ފަށައިފިއެވެ.އެއްދުވަހަކުއަލްބަމް ހުޅުވައިގެން މާޒީގެ ތެރެއަށް ފީނަމުން ދަނިކޮށް ރަގަބީލްވާ އަޑަށް ދޮރުހުޅުވިރު ކުރިމަތީގައި  ހުރީ ދަރިފުޅުގެ ބައްޕައެވެ.  އޭނާ މަޢާފަށް އެދުމަށްފަހު ބުނެލިއެވެ. އަހަރެން މިއައީ އަބަދުގެ އަބަދަށް ތި ދެމައިންނާއި އެކުގައި އުޅުމަށެވެ. ހިތާމައިން ފުރިފައިވާ ދެލޮލުން އަހަރެންގެ ކުރިމަތީގައި ހުއްޓިލައިގެން ހުރިއިރު އަހަރެންނަށް ފެނުނީ އެއްދުވަހަކު އަހަރެން ލޯބިވި މީހާއާއި އަހަރެމެންނަށް އެހާ ފުންކޮށް އަނިޔާކުރި މީހާއެވެ.

އަހަރެން ބުނީމެވެ. މާކުރިން އަހަރެން މާފުކުރިން” ވަރަށްބާރަށް އަހަރެން ބުނެލީމެވެ. “އެކަމަކު މާފުކުރުމަކީ ތިމާ އަނބުރާ އަހަރެމެންގެ ހަޔާތަށް ގެނައުމެއްނޫން – އެއީ ކަލޭ އަހަރެމެންނަށް ދިން ވޭން ހަނދާން ނައްތާލުމެއްވެސްނޫން. ކަލޭ އޭނަ ދޫކޮށްލީ އޭނަ އެންމެ ބޭނުންވި ވަގުތުގައެވެ. ކިތަންމެ ވަރަކަށް މަޢާފަށް އެދުނަސް އެކަމެއް ނުކުރެވޭނެ.”އަހަރެން ކަލާދެކެ ލޯބިވަން. އެހެނަސް ދުވަހަކުވެސް ތިޔަސޫރަ ދެކޭކަށްވެސް ބޭނުމެއްނޫނޭ ބުނެ ދޮރު ލެއްޕިއެވެ. މިބާރު އަހަންނަށް ލިބުނުގޮތާއި މެދު އަހަރެންވެސް ޙައިރާންވިއެވެ.

 

 

Comments (2)

  1. Your fav bab

    Nice story

    1. Saamy24
      Your fav bab

      thanks

Comments are closed.