Skip to content
އެސްފިޔަ

މިހިތް ވަނީ ތިޔަ ހަނދާންތަކާއި އެކުގައެވެ.

އައުޅެން

މިހިތް ވަނީ ތިޔަ ހަނދާންތަކާއި އެކުގައެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ލޯބިވާ މަންމަގެ ހަނދާން ފިލައި ނުދެއެވެ.

ނިދާއިރު މަންމަގެ ނާނާގެ އަޑު އިވެއެވެ.

ކުޑައިރު ނިދީ މަންމަގެ ނާނާއިއެކުގައެވެ.

ޝަހާދަތް ކިޔައިގެން ނިދުމަށް ބާރުއެޅިއެވެ.

ފަތިހު ތެދުވުމަށް އާދަކުރުވިއެވެ.

ނަމާދުން ދުވަސް ފަށަންވާނެއޭ ބުނެއެވެ.

ކިޔަވާ ފިލާގައި މަށިލައިދިނީ މަންމައެވެ.

ލިޔަންކިޔަން ދަތުމުގެ އުފާ ހޯދައިދިނެވެ.

ތިމާގެ މީހުންނަށް އަޅާލަން ދަސްކޮށްދިނެވެ.

މުހުތާދު ޖެހިފައިވާމީހުންނަށް އެހީވިއެވެ.

މަންމަ ކުކުޅުތަކަށް ކާންދޭއިރު ބައިވެރިވީމެވެ.

ޒުވާރިފުށްތައް ތޮށި ފިލުވައި ހިމުން ކުރީމެވެ.

ހިއްތަލަ ގާނައި ހިތި ފިލުވީ މަންމައާ އެކުގައެވެ.

ބަރަބޯހަރުކުރަން މާޖަހާނެގޮތް ކިޔައި ދިނެވެ.

މަންމަގެ ކޮންމެ ޢަމަލަކުން ޢިބްރަތް ލިބުނެވެ.

މަންމަ ލޯ މަރާލީ އަހަރެންގެ ލޯ ހުޅުވާލަދީފައެވެ.

Comments (2)

  1. Your fav bab

    Very nice!!!!

    1. Saamy24
      Your fav bab

      thanks

Comments are closed.