އައުޅެން ނަފްސަށްޓަކައި. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާގެ ނަފްސުގެ އަގުވަރަށް ބޮޑެވެ. އަމިއްލަ ނަފްސަށްޓަކައި ހެޔޮކޮށް ހިތާށެވެ. އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ. ނަފްސަށް ފަރުވާތެރިވެ ފަޚުރުވެރިވާށެވެ. ނަފްސަށްޓަކައި އަބަދުމެ އުނގެނޭށެވެ. ރަގަޅު ޚިޔާލުތަކަށް ފުރުސަތު ދޭށެވެ. ނަފްސު ޡޯހިރުކުރުމަށް ގަދައަޅާށެވެ. ޝައިތާނީ ވަސްވާހަށް ޖާގަ ނުދޭށެވެ. ތިބާ ހެއްދެވި ފަރާތަށް ނަފްސު ހޭލައްވާށެވެ. އަބަދުވެސް އަމިއްލަ ނަފްސާއި މެދު އުފާވާށެވެ. ތިބާގެ ނަފްސުގެ ވެރިފަރާތަކީ ﷲ އެވެ. ﷲ ހަޟްރަތުގައި ހުއްޓި ހުންނަންޖެހެއެވެ. ތިބާގެ މަސްއޫލިއްޔަތުތަކަށް ޖަވާބުދޭންޖެހެއެވެ. […]
ފޮނި އުއްމީދު އިސްމާޢީލްޢަލީ ކަނދޮޅުދޫ އަހަރެންގެ ލޯބީގެ ހުޅުކޮޅު ދިއްލުވާލަދިނީ ރީތިޒުވާނެކެވެ. ހަމަ އެންމެ ފެނިލުމަކުން އަހަރެންނަށް އެ ޒުވާނާ ދެކެލޯބިވެވުނެވެ. އޭނާގެ ބޮޑު ނޭފަތް އަހަރެންނަށް ވަރަށް އަސަރު ކުރުވިއެވެ. އަހަރެންކިޔާފައިވާ ފޮތްފޮތުން އެނގޭގޮތުގައި ނޭފަތް އުފުލިފައި ބޮޑުކޮށް ހުންނަމީހުން އަނބިންނަށް ވަރަށް ލޯބިކުރާނެއެވެ. ގިނަގިނައިން ބޮސްދީ ހަދާނެއެވެ. މިކަންހިތުގައިއޮތުމާއިއެކު އަހަރެން ޤަބޫލުކުރީ އެޒުވާނާއާއި ގުޅިއްޖެނަމަ އަހަރެންނަށް އުފަލުގައި ދިރިއުޅެވިދާނެ ކަމަށެވެ. އަހަރެން އުޅެބޮޑުވީ މައިންބަފައިންގެ ލޯބިން މަޙްރޫމުވެގެން ކަމުގައިވާތީ އަހަރެންގެ ދެން އޮތް އުއްމީދަކީ […]
އަނބިމީހާއަށްޓަކައި…….. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާގެ ޙަޔާތުގައި އަނބިމީހާއަކީ ވަރަށް މުހިއްމު ބައިވެރިއެކެވެ. އެއީ ތިބާގެ ޒިންމާގެ ދަށުގައިވާ ފަރާތެކެވެ. ތިބާގެ އެކަނިވެރިކަން ފިލުވާލުމަށްޓަކައި ﷲ މެދުވެރި ކުރެއްވި ފަރާތެވެ. ތިބާގެ އުފަލާއި،ހިތާމާގައި އަނބިމީހާ ބައިވެރިވާނެއެވެ.ތިބާގެ އުއްމީދުކަމުގައިވާ ދަރިން އުފެދިގެން އަންނަނީ އަނބިމީހާގެ ބަނޑުގައެވެ. އުފާވެރި ޙަޔާތަކަށް އެދޭނަމަ ތިބާގެ އަނބިމީހާއަށް ކަމޭހިތައި އަޅާލަންޖެހެއެވެ. އެގޮތަކީ އަނބިމީހާ ތިބާގެ ޙަޔާތަށް އެ އަންނަނީ ލޯބިވާ މީހުންނާއި،ގާތް އެންމެން ދޫކޮށްލާފައެވެ. ތިބާއަށް ޚިދުމަތްކޮށްދީގެން ދިރިއުޅުން އާރާސްތުކުރާށެވެ. ދަރިން ލިބޭނެ […]
އައުޅެން އިންތިޒާރުގައި………. އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ހިތްވަނީ ތިބާގެ މުށުތެރޭގައެވެ. އެހިތް ފިއްތާލުމުގެބާރު ތިބާއަށް ލިބިފައިވެއެވެ. އެހިތަށް ހަމަޖެހުން ލިބުންވަނީ ތިބާގެ އަޅާލުމުގައެވެ. ތިބާ އެހެންކުދިންނަށް ލޯބީގެ މެސެޖްތައްފޮނުވައެވެ. އަހަރެންގެލޯބީގެ ހަމަ އެންމެ މެސެޖެއްވެސް ނުކިޔައެވެ. ތިބާއަށްލޯބީގެ މެސެޖް ފޮނުވުމަކީ އާދައެކެވެ. ފަށުވި ޢިބާރާތުން ތިބާދެކެ ވާލޯބި ހާމަކުރީމެވެ. ތިބާގެ ޙިމާޔަތާއި ލޯބި ބޭނުންވާވަރު ހާމަކުރީމެވެ. އަހަރެންގެ ހިތް ދީވާނާވެ ފިސްފިސް ވެއްޖެއެވެ. ތިބާގެ އިޝާރާތެއްވޭތޯ ރޭދުވާ ގުނީމެވެ. ތިބާގެ ރީތިފޮޓޯ މޭމަތީ ބާއްވައިގެންނޫނީ ނުނިދެއެވެ. […]