Skip to content
އެސްފިޔަ

އެލީޝާ

ފަތިހުގެ ހިތްގައިމު ވަގުތު ނިދާފަ އޮތް އެލީޝާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމުވާ އަޑަށެވެ.ފެންވަރާ،ނަމާދު ކޮއްލައިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ގޮވުމަށެވެ.”މައި،އިޓްސް ޓައިމް ފޯ ދި ޕުރޭޔާ”އެލީޝާ މައިރާގެ ކޮޓަރި ދޮރުގަ ޓަކިޖަހާލިއެވެ. މައިރާ ދޮރުލުޅުވާފައި ނަމާދު ކޮށްފީމޭ ބުންޏެވެ.”މިއަދު ކޮންކޮޅަކުންބާ އިރުއެރީ””ދެން ހެވޭ މަލާމަތް ނުކުރިޔަސް،އެނީވޭ ހިނގާ ސައި ހަދަން ދައްތައަށް ހެލްޕްވާން”ދެކުދިން ބަދިގެޔަށް ވަތް އިރު އެލީޝާގެ މަންމަ ނަފީސާ ބަދިގެ ތެރޭގައި ސައި ހެދުމުގައި އުޅުނެވެ.”ދައްތާ،އެއްވެސް ހެލްޕެއް ބޭނުންތަ”މައިރާ ބަދިގެ އަށް ވަތް ގޮތަށް ނަފީސާ ގާތު އެއްސެވެ..މައިރާ ކުޑަ އިރުސުރެ ބަލަމުން އަންނަނީ ނަފީސާއެވެ.

މައިރާގެ މައިންބަފައިން ވަނީ މައިރާ ވަރަށް ތުއްތު އިރު ނިޔާވެފައެވެ.ނަފީސާ ދެކެނީ މައިރާއަކީ ވެސް އެނާގެ ދަރިއެއްފަދައިންނެވެ.”ނޫނޭ،މި ދެން ހަމަ ނިމުނީ،ދަރިފުޅުމެން އަވަހަށް ސައިބޮއެލައިގެން ކޮލެޖަށްދާން ރެޑީވާން”ނަފީސާ ދެކުދިންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.ދެކުދިން ވެސް ސައި ބޮއެގެން ކޮލެޖަށް ދާން ރީތިވާން ދިޔައެވެ.ރީތި ވެލައިގެން ދެކުދިން ވެސް ނާފީސާ ގައިގައި ބައްދާލާފައި ދަނިއްޔޭ ބުނެ ދިޔެއެވެ.ދެކުދިން ދިޔެތަން ބަލަން ހުރި ނަފީސާ އަށް ހިނިތުން ވެވުނެވެ. އެލީޝާ އަކީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ ޒުވާނެކެވެ.ފަން ދިގު އިސްތަށިގަނޑަކާއި ބޮޑު މުށިކުލައިގެ ލޯލެއްގެ ވެރިއެކެވެ.ހިމަ ތޮޅިހަށިގަނޑެކެވެ.މައިރާ އަކި ވެސް ވަކި ހަޑި ކުއްޖެއް ނޫނެވެ.ބުޅި އިސްތަށިގަނޑަކާއި ކަޅުކަން ގަދަ ދެ ލޯލުގެ ވެރިއެވެ.

“ދެން އެލީ ބުނެބަ ކޮން އިރަކުންތަ ބީއެފް އެއް ނަގަނީ””ދެން މައި އަށް އިނގެއެއްނު އައި ޑޯންޓް ހޭވް އިންޓަރެޓްކަން”އޮލަ ވާހަކައެއް ގައި ހިނގާފައި ދިޔަ އެލީޝާ   ސިއްސައިގެން ދިޔައީ އޭނާ ގައިގައި މީހަކު ޖެހުމުންނެވެ.މާލޭގެ ހަލަބޮލި މަގުމަތީގައި ފޯނާ           ކުޅެމުން އައި ޒިވާން ސިއްސައިގެން ދިޔައީ އޭނާ ގައިގަ މީހަކުލައިގަތުމުންނެވެ.”ތި ތަންކޮޅެއް ބަލައިގެން ހިނގާބަލަ އަދި ޖިހޭތަ ތަނަކުން ރީތި ފިރިހެނަކު ފެންނައިރަށް ގަޔަށް ބޮލަށް އަރަން”ޒިވާން ރުޅިއައިއްސައި ހަޅޭލަވައިގަތެވެ.”ބަލަ މަ ތަ އަދިވެސް ބަލަންވީ ތީނައެއްނު

ފޯނާ ކުޅެމުން މަގުމަތީގަ ތި ހިނގަނީ،އަދި އެއްވާހަކަ މަށަކަށް ތީނައެއް ރީޗެއް ވެސް ނޫން”އެލީޝާއަށް ވެސް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.”ހެވޭ،މަބޭނުންގޮތަކަށް މަ އުޅޭނީ ތީނަ އަކަށް ނޫން އިނގޭނީ މަ އުޅެންވާ ގޮތް”ޒިވާން އަނެއްކާ ވެސް ހަޅޭލަވައިއިގަތެވެ.”މަށެއް ނުބުނަން މަބުނާ ގޮތަށް އުޅޭށެކޭ”އެލީޝާ ވެސް ހަލޭލަވައިގަތެވެ.”އެލީ ތިދެން ކޮންކަމެއް މީ މަގުމައްޗޭ”މައިރާ އަށް ނުހުރެވިގެން ބުންޏެވެ.މައިރާ ގަދަކަމުން އެލީޝާ ގޮވައިގެން އެތަނުން ދިޔައެވެ.”މައި ކިއްކުރަންތަ އެލީ އެތަނުން ތި ގެނެއީ،އެނާއާ ހެދި މުޅި މޫޑް ގޮސްވެއްޖެ””އެހެން ވެގެންނޭ މިގެނޭއީ،އޭނައާ ހެދި އެލީގެ މޫޑު އެއްކޮން ގޮސްވެދާނެތީ،ހިނގާބަލަ ދެން ވެސް ކޮލަޖަށް ގަޑި ނުޖެނީސް ދެވޭތޯ”މައިރާ އެހެން ބުނުމުން އެލީޝާ ފުން ނޭވާއެއް ދޫކޮލުމަށްފަހު ކޮލެޖަށް ދިއުމަށް ހިނގައިގަތެވެ.

ދެ އެކުވެރިން ކޮލެޖަށް ދެވުމުން ސިޑިން މައްޗައް އަރާ ކްލާހަށް ވަނެވެ.ކްލާހަށް ވަންނަން ނެގި ފިޔަވަޅުމަތީ އެލީޝާ ހުއްޓުނީ ކްލާހުގައި އިން ފިރިހެން ކުއްޖާ ފެނުމުންނެވެ.އެލީޝާ އަވަހަށް ނެންގޭކަމަށް ހަދާ ފަހަތުން ގޮނޑިއެއްގައި އިށީނެވެ.އޭރު ވެސް އެލީޝާ ހުރީ އެތެރޭން ރުޅިގަނޑު ކޮންޓުރޮލް ކޮށްގެނެވެ.ޒިވާން އަށްވެސް އެލީޝާ ފެނުމުން ވީ އެވަރެވެ.”މައި،އޭނަ ވެސް ކިޔަވަނީ މި ކޮލެޖުގަތަ”އެލީޝާ އެނާ ގާތުގައި އިން މައިރާ ކައިރީގައި ބުންޏެވެ.”މަށަށް ހީވަނީ ނަފްރަތު ލޯއެއްބަށް ހެން ބަދަލުވާނީ”މައިރާ އެހެން ބުނުމުން އެލީޝާގެ ރުޅިވީ ގަދައެވެ.”މަ އަދި އޭނަ ދެކެ ލޯބި ވާނެ،ނޮޓް ހެޕެނިންގް،އެނީވޭ އެއޮށް އައި ލެކްޗަރާ”ލެކްޗަރާ އައުމުން ދެކުދިންވެސް ލެކްޗަރާއަށް ސަމާލުކަން ދިނެވެ.

Comments (7)

  1. Princess

    V reethi vhk eh Masha Allah ❣️❣️❣️❣️

    1. Rishu
      Princess

      thank you princess

  2. batman

    Wow reeethi ❤️

    1. Rishu
      batman

      Thank you soo much Batman

  3. Ninni0910

    Heii rishuu… vrh reethi mi vaahaka.. Maasha allah..ekam some mistakes ebahuri… dhen faharakun impove kohllacche inge.. plx don’t take it as a negative comment…. u can improve Insha Allah

    1. Rishu
      Ninni0910

      Thank you so much Ninni0910 and i will improve next

  4. Rishu

    thank you princess

Comments are closed.