އެލީޝާ (3)
ދުވަހަކީ ހޯމަ ދުވަސްކަމުން ހަތަރު ކުދިން ވެސް ޕުރެޖެކްޓް ހަދަން ނިންމީ ބުދަ ދުވަހު އެލީޝާ މެންގޭގައި ކަމުން އެލީޝާ ހުރީ ތަންކޮޅެއް ހިންހަމް ނުޖެހިފައެވެ.ހަތަރުކުދިންވެސް މަޝްވަރާ ކޮށް ނިންމުމަށްފަހު އެކުއްޖެއްގެ ދަބަސް ހިފައިގެން ގެއަށްދާން ނިކުތީ އެކީގައެވެ.”ބާއި ޒިވާން އެންޑް އަމަން”މައިރާ ގޭޓާ ހަމައަށް އެރުމަށް ފަހު ޒިވާންއަށާއި އަމަން ބަލާލުމަށްފަހު ބުނެލިއެވެ.”ބާއި”ޒިވާން އަށާއި އަމަން އަށް އެއްފަހަރާ ބުނެވުނެވެ.”ހެހެ..ދެން ދަނީ އިނގޭ”މައިރާ އެހެން ބުނުމަށްފަހު، އެލީޝާގެ އަތުގައި ހިފާ އެތަނުން ދިޔައެވެ.މައިރާމެން ދިޔަތަނަށް ހެވިފައި އަމަން އަށްބަލަން ހުރެވުނެވެ.”އޭ އަމަން ކައެ ކިހިނެއްވެފަ،އަނެއްކާ މައިރާ ނޫނި އެލީޝާ އަށް ހިތްކިއީތަ”ޒިވާން ލާނެއް ރާނގަކަށް އެހެންބުނުމުން އަމަން ކުޑަކޮށް ލަދުގަތެވެ.”ނޫނޭ ދެން ހަމަ އެމީހުން ފުރެންޑްލީ ކަމުން ހެވުނީ”އަމަން އަވަހަށް ބުންޏެވެ.ދެކުދިން އެކި ވާހަގައި ދެމީހުންގެ ގެއަށް ދާން ދިޔައެވެ.އެހެންގޮސް ދެމީހުން ވަރަށް ރަގަނޅު ދެ ރަޙްމަތްތެރިންނަށް ވިއެވެ.
“މައި،ވައި ޑިޑް ޔޫ ޓެލް އަހަރުން ގޭގަ އޯކޭ ވާނެއޭ ގުރޫޕް ވޯކް ހަދަން “ކާރުގައި އިން އެލީޝާ ދިޔައީ މައިރާއާ ޝަކުވާ ކުރަމުންނެވެ.”ކިހިނެއްތަ ވީ””ކިހިނެއްހޭ ވީ،އެ ޒިވާން ވެސް އަންނާނެ އެއްނު އޭރުން،އެލީ ވަރަށް ފޫހިވޭ އެ ޒިވާން ދެކެ”ސާބަސް އެލީއަށް،ދެން ކޮންމެ ގޮތެއްވިޔަސް ޒިވާން އެއީ އަހަރުން ގުރޫޕް މެންބާރ އެއް ދޯ އެހެންމަ އަހަރުން ގޭގަ ވޯކް ނަހަދަންޔާމު އަހަރުނަށްދޯ ޖިހޭނީ ޒިވާން ނުނީ އަމަން މެން ގެއަށް ދާން”މައިރާ މުޅިއަކުން އެބުނީ ދޮގު ވާހަކައެއް ނޫންކަން އެލީޝާއަށް ވިސްނުނެވެ.”އޯކޭ ފައިން،މައި އަކަންނު އެނގޭނީ ހަދަންވާ ގޮތެއް ގުރޫޕް ލީޑާރ ވިއްޔަ”އެލީޝާ އެހެން ބުނިގޮތުން މައިރާ އަށް ހެވުނެވެ.” މިހާރު ކީއްވެ ތި ހެނީ””ހަމަ ހެވުނީ،އެލީ ޒިވާން ދެކެ އަންނަ ރުޅިގެ ސަބަބުން،މަށަށް ހީވަނީ ޔޫ ޓު އާ މޭޑް ފޯރ އީޗް އަދާރ ކަންނޭގެ ދެމީހުން ވެސް އެހާ ރުޅިގަދަ ދެން އެހާ ގޮތްތައް ދޫ ނުކުރެ…..”ބުލާ ބުލާ ބުލާ ބުލާ…..” މައިރާ އޭނާގެ ވާހަކަ ނުނިމެނިސް އެލީޝާ ބުލާ ބުލާ އޭ ކިޔާ ހަޅެއްލަވައިގަތެވެ.އެއީ އެލީޝާގެ ގޮތް ކަމުން މައިރާ އަވަހަށް ވާހަކަ ހުއްޓާލުމަށްފަހު ކަންފަތަށް ހެޑްސެޓް ޖަހާލިއެވެ.އެހެން ދެއެކުވެރިން ތިއްބާ ގެއާ ހަމައަށް އާދެވުމުން ފުރަތަމަ ކާރުން ފޭބީ އެލީޝާއެވެ.ނަމަވެސް މައިރާ ފައިބަންދެން އެތާ މަޑުކުރިއެވެ.ދެކުދިންވެސް ގެއަށް ވަތް ގޮތަށް ފުރަތަމް ވެސް ދިޔައީ ނަފީސާ ކައިރިއަށެވެ.ނަފީސާ ގާތު މިއަދުވީ ހުރިހާ ކަމެއް އަލިފުން ޔާއަށް މައިރާ ކިޔައިދިނެވެ.މައިރާ ވާހަކަތައް ކިޔަދިން އިރު ވެސް އެލީޝާ އިނީ ތުން ދަމައިގެންނެވެ.ދެކުދިން ވެސް ނަފީސާ އަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ.އެކުދިން ދެކޭގޮތުގައި ނަފީސާ އަކީ އެކުދިންގެ ފުރަތަމަ ރަޙްމަތްތެރިއާއެވެ.”މަމް،ބުނެބަ މައިގެ ވިސްނުން ގޯހެއްނު ދޯ”މަމް ކީކޭ ދެން ބުނާނީ،މަމް އަށްވެސް ހީވަނީ ހަމަ މައި ހީކުރާގޮތަށް ހެން ވާނީ ދޯ މައި”ނަފީސާ މައިރާ އަށް ދޯ އެއްލަމުން ބުންޏެވެ.”މަމް ވެސް،ދެމީހުންނަށް ވެސް ރުޅި”އެލީޝާ ރުޅިއަންނަ ކަމަށް ހާދާލާފައި އެތަނުން ދިޔައެވެ. “ބަހައްޓާ،އަދި އަންނާނެ އަހަރުމެން އެލީ ހައްދަން ނުދިޔައީމަ”ނަފީސާއަށް އެލީޝާގެ ގޮތް އެނގޭތީ ބުންޏެވެ.
ޒިވާން އަމަން ގެއަށް ލުމަށްފަހު ރޭގަނޑު ވަގުތުކަމުން ދިޔައީ އޭނާގެ ގެއަށެވެ.ގެއަށް ވަދެ ފޫރެޝްވެލައިގެން ރަތްކުލައިގެ އަތް ދިގު ޓީޝާޓަކާއި ކެރެޓު ޖިންސެއްލިއެވެ.އެއްޗެހި ލުމަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓުމަށްފަހު އޭނާގެ ފަން ކޮނޑާ ހަމައަށް އަރާ އިސްތަށިގަނޑުގައި ފުނާއަޅާލިއެވެ.އަދި ފޮގްސް ސެންޓުފުޅިން ސެންޓުކޮޅެއް އޭނާ ގަތަށް ބުރުވާލިއެވެ.ކުޑަގޮތަކަށް ރީތިވެލުމަށްފަހު ކޮޓަރިން ނިކުމެ ދިޔައީ ކާކޮޓަރިއަށްށެވެ.”މަންމަ ކޮއްޗެއްތަ ހުރީ ކާން”ޒިވާން ބަނޑުހައި ވެފައި ހުރިވަރުން އަހާލިއެވެ.”ހުރީ ފުރައިޑުރައީސް””އަޅާދީބަލަ””ދަރިފުޅާ ތިހާ ކަންނެއްވާކަށް ނުވާނެ،ދަރިފުޅު އަމިއްލައަށް މިއަދު އަޅާލަބަލަ،މީހަކާ އިނީމައެއް ނުހުންނާނެ ދޯ މަންމައެއް””އެއްކަލަ މަންމަ، އަބަދު ދައްކާނީ މީހަކާ އިންނަ ވާހަކަ،ދެން އޯކޭއޭ ދީ ތަށަޓެއް”ޒިވާން އެހެން ބުނުމުން އޭނާގެ މަންމަ ފިރާޝާ ތަށްޓެއް ގެނެސްދިނެވެ.ތަށި ގެނުމާއެކު ޒިވާން ބަނޑުހައިވފައި ހުރުމުންއަވަހަށް ތަށްޓައް ފުރައިޑުރައީސް އެޅުމަށް ފަހު ކާން ފެށިއެވެ. ކާނިންމާލުމަށްފަހު ދިޔައީ އަވަހަށް ނިދާށެވެ.
ކާއެ ނިންމާލުމަށް ފަހު މައިރާއަށް ވާހަކަ ދައްކަން އިން އެލީޝާ 9 އެއްޖެހުމުން ދިޔައީ ނިދާށެވެ.ފުންނިންޖެއްގެ ތެރޭގައި އޮތް އެލީޝާއަށް ހޭލެވުނީ އޭނާއަށް ހުވަފެނުގައި ފެނުނު އެއްޗެއްގެ ސަބަބުންނެވެ………………………………
=ނުނިމޭ=
Hope you guys lyk this part!!!Enjoy???
