ކާތް ނިންމާލުމަށް ފަހު މައިރާއަށް ވާހަކަ ދައްކަން އިން އެލީޝާ 9 އެއްޖެހުމުން ދިޔައީ ނިދާށެވެ.ފުންނިންޖެއްގެ ތެރޭގައި އޮތް އެލީޝާއަށް ހޭލެވުނީ އޭނާއަށް ހުވަފެނުގައި ފެނުނު އެއްޗެއްގެ ސަބަބުންނެވެ.އޭނާ އަށް އެ ފެނުނު ހުވަފެނާމެދު އޭނާ ވިސްނާލިއެވެ.އޭނާ އަށް ޒިވާން ހުވަފެނުގައި ފެންނަންވީ ކިއްވެ ހެއްޔެވެ؟އަނެއްކާ މައިރާ އެބުނީ ތެދު ހެއްޔެވެ؟ނޫނެކެވެ.އެހެންނެއް ނުވާނެއެވެ.އެހެންވާންވި ސަބަބައެއް ވެސް ނެތެވެ.އެނާ ޒިވާން ދެކެ ރުޅިއާދެވެ.ޒިވާން އެލީޝާގެ ހުވަފެނުގައި ޒިވާން ފެނުމުން  އެލީޝާ އަށް ބޭއިޙްތިޔާރުގައި އިތުރަށް ޒިވާން ދެކެ ރުޅިއަދެވުނެވެ.

އާއު ދުވަހަކަށް އިރުއެރިއެވެ.ފަތިސް ނަމާދުކޮށްލައިގެން ކޮފީއެއް ބޯން އިން އެލީޝާ އަށް އަދިވެސް ވިސްނެނީ ރޭނގަ ފެނުނު ހުވަފެނާދެތެރެއިންނެވެ.”އެލީޝާ”މައިރާ އައިސް އެލީޝާ އެތައް ފަހަރަކު ގޮވުމުން ވެސް އެލީޝާ އަށް އަޑުނީވުމުން މައިރާ ހަލޭލަވައިގަތެވެ.”މައީ ކީއްވެތަތި ހަޅެއްލަވަނީ”އެލީޝާ ހިންހަމަ ނުޖެހުނެވެ.”ހާދަ ރުޅިއައިސް ތިއިނީ އަނެއްކާ އިއްޔެ މައި އެހެން ބުނީމަތަ”މައިރާ ވަރަށް ދެރަވެލާފައި ބުންޏެވެ.އެލީޝާ ވެސް މައިރާ އާދިމާލަށް ހަޅޭލެވުމުން ދެރަވިއެވެ.އެލީޝާ ވަރަށް މަޑުމައިތިރިކޮށް ސޮރީއޭ ބުނެ މައިރާގައިގައި ބައްދާލިއެވެ.”އިޓްސް އޮކީ މައި ބެސްޓީގަނޑާ” މައިރާ ކުއްލިއަކަށް އެހާ އުފާވެލާފައި ވާހަކަ ދެއްކުމުން އެލީޝާ ހައިރާންވިއެވެ.”މައި ވައި އާރ ޔޫ ސޯ ހެޕީ”އެލީޝާ އަށް ނުހުރެވިގެން އަހާލެވުނެވެ.”އެލީ އައި ތިންކް އައެމް އިން ލަވް…….””މައީ އާރ ޔޫ ސީރިއަސް”މައިރާ އެނާގެ ވާހަކަ ފުރިހަމަ ނުކުރަނީސް އެލީޝާ ހަޅޭލަވައިގަތެވެ.”މޭ އައި ނޯ ހޫ މައި ބެސްޓީ ފެލް އިން ލަވް ވިތް”އެލީޝާ ވަރަށް މައިރާ އަށްޓަކައި އުފާކުރިއެވެ.މައިރާއާ ވާހަކަދައްކުމުން އެލީޝާ ރޭނގާ ފެނުނު ހުވަފެން މަތިންވެސް ހަނދާންނެތުނެވެ.”އައި އެމް އިން ލަވް ވިތް އަމަން،އަޅެ އޭނަ ހާދަ ރީއްޗޭ ދޯ….””މައީ ހާދަ ވަރަކަށް އޭނައަށް ތި ތަޢުރީފް ކުރަނީ”އެލީޝާ ލާނެތް ރާނގަކަށް އެހެންބުނުމުން މައިރާ ލަދުގަތެވެ.”ދެކުދިން ހާދަ އޮލަވާހަކައެއްގަ”މައިރާއަށް ނަފީސާގެ އަޑު އިވުމުން ވީގޮތް ފެނިފައި އެލީޝާ އަށް ހެވުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ހިނިގަނޑު މަތަ ކުރީ މައިރާ ލޯ އަޅަލުމުންނެވެ.”ދެކުދިން ވެސް ކޮލެޖަށް ނުދަނީތަ މިއަދު”””ނޯ އަދި އެބަ އޮތެއް ނު ވަގުތު،އެހެން ވެ ކުޑަ ކޮށް ވާހަކަ ދައްކާލަންވެގެން މަޑުކޮށްލީ””ތެދެއް”މައިރާވެސް އެލީޝާގެ ވާކަހަކައި ގައި ބައިވެރި ވެލިއެވެ.ނަފީސާއާ އެއްކޮށްވެސް ވާހަކ ދިއްކާލަން އިނދެފައި 7 ޖެހުމުން ދެކުދިންވެސް ދިޔައީ ކޮލެޖަށް ދިޔުމަށް ރީތިވެލުމަށްށެވެ.

އެލީޝާ ފެންވަރައިގެން ކޯލްޑް ޝޯލްޑާރ ޓޮޕަކާއި ސްކިނީއެއްލިއެވެ. އަދި ރީތި ގޮތަކަށް އެ ފަން އިސްތަށިގަނޑު ހެދިއެވެ.ހިންހަމަ ޖެހޭ ވަރަށް ރިތިވެލުމަށް ފަހު ދަބަސް ހިފައިގެން ކޮޓަރިންނިކުންއިރު މައިރާ ވެސް ކޮޓަރިން ނިކުންނަނީއެވެ.މައިރާ ލައިގެން ހުރި ކޭޕް ޓޮޕާއި ޖިންސް އޭނާއާ ވަރާ ގުޅެއެވެ.ދެކުދިން ވެސް ތިރިއަށް ފައިބާ ފައިވަން ހަރުން ހުދުކުލައިގެ ސްނިކާރސް ބޫޓެއް ނަގާ އެއަށް އެރުމަށްފަހު ނަފީސާގައި ބައްދާލާފައި ދިޔައެވެ.

ޒިވާންއަށް މިއަދު ކޮލެޖަށް ދާން ހޭލެވުނީ ލަހުން ކަމުން އަވަސް ކޮއްލައިގެން  ކަޅުކުލައިގެ ހުޑީއަކައި ޖިއްސެއްލައިގެން އިސްތަށިގަންޑުގައި ޖެލްލައި ރީތިކޮށް ފުނާއަޅާލުމަށްފަހު ކޮޓާރިން ނިކުމެ ބޫޓު ހަރުން ބޫޓެއް ނަގާ އެއަށް އެރުމަށް ފަހު އަމަންއަށް ގުޅާލީ އޭނާގެ ސައިކަލު ހަލާކު ވެފައި ހުރުމުންނެވެ.”ހަލޯ އަމަން، އާދެބަލަ މަ ބަލާ، މިއުލޭނީ ސައިކު ހަލާކުވެގެން””ޢާން އޯކޭ މި ދަނީ،އެޑްރެސް ފޮނުވާ” 15 މިނެޓު ވީ އިރު އަމަން ހުރީ ޒިވާން މެންގެ ގޭ  ދޮށުގައެވެ.ޒިވާން ކާރަށް އެރުމަށް ފަހު ފެށީ ލޯގަނޑުން ފަރިބަލަން ކަމުން އަމަންއަށް ކުޑަކޮށް ހެވުނެވެ.”ކައެތީ އަޅެ އަންހެނެއްތަ އެހާ ވަރަށް ފަރި ބަލަން””އަންހެނުން އެކަނިތަ ރީތިވާން ޖެހެނީ،މަށަށް މިއަދު ލަހުން ހޭލެވުނީމަ ބޭނުންވާ ވަރަށް ރީތި ނުވެވުނީމަ މި ބަލާލީ ރީތިކޮށްތޯ މަހުރީ،ދެން ކަލޭ ވާހަކަ ނުދައްކާ ތި ކާރު ދުއްވޭތޯ ބަލަބަލަ”ޒިވާން ހިނިގަނޑަކާ އެކު ބުންޏެވެ. ކާރު ކޮލެޖުގެ ޕާކިންގް އޭރިގައި ޕާރކްކޮއްލުމަށްފަހު ދެކުދިން ދިޔައީ ލިފްޓާ ދިމަލަށެވެ.ނަމަވެސް ލިފްޓް ހުރީ ހަލަކުވެފައިކަމުން ޖެހުނީ ސިޑިން މައްޗައް އަރާށެވެ.ދުވެފައި ސިޑިން މައްޗައް އަރަން ދިޔަ ޒިވާންގެގައި ޖެހި ވެއްޓެން ދިޔަ ކުއްޖާ ގައިގައި ޒިވާން ހުށިއާރުކަމާއެކެ ހިފަހެއްޓިއެވެ.

ވެންޓެން އުޅުނު އެލީޝާ ހުރީ ދެލޯމަރާ ބާރުކޮށްލައިގެންނެވެ.ނަމަވެސް އޭނާގައިގައި މީހަކު ހިފަހައްޓައިގެން ހުރުމުން އޭނާ ދެލޯ ހުޅުވި ވަގުތު ފެނުނު މީހާގެ ސަބަބުން އެލީޝާގެ މޫނުމައްޗައް ފޫހިކަން ވެރިވިއެވެ.ޒިވާން އަށް ވެސް ވީ އެވަރެވެ.އަވަހަށް އެލީޝާގެ ގައިން ދޫކޮށްލާ އޭނާ ތެދުކުރިއެވެ.”ތެންކިޔޫ”އެލީޝާ ބުނަން ނުބުނަން ހުރެފައި ބުންޏެވެ.އެލީޝާ އެހެން ބުނުމުން ވެސް ޒިވާން އެއްޗެކޭ ނުބުނި ތަނުގައި އޭނައާ ދިމާލަށް ބަލަވެސް ނުލިއެވެ.”ހާދަ ފޮނި ފިރިހެނެ ދޯ، ހާދަ ފޫހިވެއޭ”އެލީޝާ މަޑުމަޑުން ޒިވާން އަށް ކުދިކިޔާލިއެވެ.ޒިވާން އާއި އެލީޝާ އުޅު ގޮތް ބަލަން ދުރުގައި ހެވިފައި އަމަން އާއި މައިރާ ހެވިފައި ތިއްބެވެ.ހަތަރު ކުދިން އެކުގައި ކުލާހަށް ވަތް އިރު ލަކްޗަރާ ކުލާހަކަށް ނާދެއެވެ.އެހެން ކަމުން މައިރާ ނިންމީ ކުޑަ ކޮށް ޕުރޮޖެޗެކްޓް ގެ ވާހަކަ ދައްކާލުމަށެވެ.ނަމަވެސް މައިރާގެ ނަސީބު ދެރައީއެވެ.ލެކްޗަރާ ކުލާހަށް އައީއެވެ.

ގަޑިތަށް ނިމެމުން ގޮސް ބުރޭކު ގަޑިގެހިމުން ހުރިހާ ކުދިން ވެސް ދިޔައީ ކެންޓީނާ ދިމާލަށެވެ.އެލީޝާމެން ކެންޓީން ހުރީ ފުލްވެފައި ކަމުން އެމީހުންނަށް އިންނަން ޖެހުނީ ޒިވާން މެން ކައިރިއެވެ.އެކަމާ އެލީޝާ އިނީ ވަރަށް ހިންހަމަ ނުޖެހިފައެވެ.ނަމަވެސް ކުރާނެ ކަމެއް ނެތެވެ.ކަމުން ގޮސް ކޮށިއެރުމުން ޒިވާންއަށް ނުބަލާ ނެގުނީ އެލީޝާގެ ފެންފުޅިއެވެ.”އޭ ތީ މަގޭ ފެންފުޅި”ޒިވާން ފެން ފުޅިން ބޮއެ ބޮއެ ހުއްޓާ އެލީޝާ ފެން ފުޅި ދަމައިގަތެވެ.”މިއަކު ނެތް ނަމެއް ޖަހާފައެއް”ޒިވާން ވެސް ދޫ ނުކުރަން ވެގެން އެލީޝާ އަތުން ފެންފުޅި ނަގާ އެ ބޯން ފެނޓިއެވެ.އެހެންކަމުން އެލީޝާގެ ރުޅި ދެގުނައަށް އިތުރުވިއެވެ.ފެންފުޅި ބޮއެ ހުސްކޮށްލުމަށް ފަހު އެލީޝާ އަތަށް ފެންފުޅި ދިނުމުން އެލީޝާ ފެންފުޅި އެއްލާލީއެވެ.”އަނެއްކާ އެނެއް ކަންތަށް”މައިރާ އަމަން ކައިރީ މަޑުމަޑުން ބުންޏެވެ.”ޒިވާން ފެންފުޅި އެލީޝާ އަތަށް ދިނުމަށްފަހު ހޭން އިނުމުން އެލީޝާ ޒިވާޏް ކާން އިން ސެންޑްވިޗް ޑަސްބިނަށް ލިއެވެ.ޒިވާން ހުރީ އެލީޝާ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް ނޫނެވެ.އެލީޝާ ސެންޑްވިޗް ޑަސްބިނަށްލުމަށްފަހު އެތަނުން ދިޔައީއެވެ.ރުޅިއައިސްގެން ޒިވަން ވެސް އެތަނުން ދިޔައީއެވެ.ޒިވާން މެން އެތަނުން ދިޔުމުން މައިރާ އާއި އަމަން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ސުވާލުވެރި ނަޒަރަކުންނެވެ.”އެބަ ޖެހޭ އެމީހުން އެއްގަލަކަށް އަރުވަން ދޯ”ހުމްމްމް”އަމަން އާ އެކީ އެކަނި އިންނަން ޖެހުމުން އިނީ ނުތަނަވަސް ވެފެއެވެ.”މައި ހާދަ ހާސް ވެފަ”އަމަން “މައި”އޭ ބުނުމުން މައިރާ އަމަން އާ ދިމާލަށް ބަލައިލިއެވެ.”އެލީޝާ އެހެން ކިޔާ އަޑު އިވުނީމަ ކިޔުނީ،އޯކޭތަ އެހެން ކިޔަސް”އަމަން އެހެން ބުނުމުން މައިރާ ބޯ ޖަހާލިއެވެ.

ދެމީހުން ވެސް ނިންމީ ހަވީރު ހަތަރު މީހުން އެއްކޮށް ދުއްވާލަން ދިޔުމަށެވެ.އޭރު ފަހަރަރެއްގައި އެކީގައި ވަގުތު ކޮޅެއް ހޭދަ ކޮއްލީމަ ދެމީހުންގެވެސް ރުޅި މަޑުވެދާނެތީއެވެ.ކޮލެޖު ނިމުމުން މައިރާ އެލީޝާ ގޮވައިގެން ގެއަށެވެ.އެއީ ޒިވާން އާއި އެލީޝާ އަނެއްކާ ވެސް ފައިޓަކަށް އަރައިފާނެތީއެވެ.އަމަން ހޭދީ ހަމަ އެފަދައިންނެވެ.އެލީޝާ މެންނަށް ގެއަށް ދެވުމުން ދެކުދިން ވެސް ފުރެޝްވެލައިގެން އިނީ މެންދުރު ކާންށެވެ. ކާން އިންވަގުތު ވެސް އެލީޝާ އިނީ މަޑުންނެވެ.”އެލީ،ހިނގާބަ މިއަދު ހިނގާލަން ދާން ދޯ”މައިރާ ބުނި އެއްޗަކުން އެލީޝާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަބަލުވިއެވެ.”އަސްލުތަ،އޯކޭ އެލީ ރެޑީވާނަން 4 އަށް”އެލީޝާ ހުރީ އުފަލުންނެވެ.އެލީޝާ އަކީ އަބަދުވެސް މައިރާއާ އެކީ ބޭރަށް ނުދެވިފައި ހުންނަ ކުއްޖެވެ.ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިދެ ކައި ނިންމާލިއެވެ.ކައި ނިންމާލުމަށަފަހު ތަށި ދޮވެފައި ދިޔައީ ކޮޓަރިއަށެވެ.އެލީޝާގެ ހަރަކާތްތަކަކަށް ބަލަން އިން މައިރާ ވެސް އިނީ ހެވިފައެވެ.

“ހަލޯ،ވާން މިއަދު ހިނގާބަ ދުއްވާލަން ދާން،އކަމަކު ވާން ޖެހޭނީ ވާންގެ ސައިކު ހިފައިގެން ދާން”އޯކޭ، ކީއްވެ މަގޭ ސައިކު ގެންދަނީ އަހަރުން ދެމީހުން އެކަންޏެ ނު ދަނީ ސޯ މަށަށް ދެވޭނެ އެއްނު މަންގެ ސައިކުގަ”ޒިވާން ހައިރާވެ ހުރެ އަމަން ގާތު އެއްސެވެ.”އެއީ..އެއީ ދޯ އެއީ މަގޭގެ އިތުރު ދެ ރައްޓެހިންވެސް ދާނެ އެހެންވެ”އަމަން އަށް ދޮގެއް ހެދުނީ ވަރަށް ވަރުންނެވެ.”އޯކޭއެހެންވީމަ ކިހާ އިރަކަށް ރެޑީ ވަންވީ”‘މި މެސެޖު ކުރަނީ””އޯކޭ”ކޯލު ކުރު ކޮއްލަމުން ޒިވާން ބުންޏެވެ.”ހައި، މައި ކިހާއިރަކަށް އަހަރުން ރެޑީވާންވީ”އަމަން މައިރާ އަށް މެސެޖެއ ކޮއްލިއެވެ.”4:30 އަށް އޯކޭ ވާނެ”މައިރާ ޖަވަބުގައި ބުނެފައި އިނެވެ.މައިރާގެ ޖަވާބު ލިބުނުހާ އަވަހަކަށް އަމަން ޒިވާންއަށް މެސެޖުކޮއްލިއެވެ.

ހަވީރު ހަތަރެއް ޖެހި އިރު އެލީޝާ ހުރީ ރެޑީވެފައެވެ.ރަތް ކުލައިގެ މެކްސީ އަކާއި ކަޅު ކުލައި ހީލް ބުޓުގައި އޭނާ ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ.އިސްތަށިގަނޑު ދޫކޮއްލާފައި ބޮޑު ބޯޓައި އެއްލާފައިން ބޭންޑެއް އަޅައިފައިވެއެވެ.މައިރާ ހުރީ ކޭޕް ޓޮޕަކާއި ސްކިނީ އެއްލައިގެންނެވެ.އަދި ސުނިކާސް ބޫޓަށް ކަށް އަރައިގެންނެވެ.”ހިނގާ ދާން”އެލީޝާ އަށް ނުހުރެވިގެން ބުންޏެވެ.”ހިނގާ”މައިރާ އަދައިގެ ރާގަކަށް ބުންޏެވެ.ދެކުދިން ހިނގާފައި ދިޔައީ ރަސްފަންނާ ދިމާލަށެވެ.ރަސްފަންނަށް ދެވުމުން މައިރާ އަމަން އަށް މެސެޖުކޮށް ރަސްފަންނަށް އައުމަށް ބުންޏެވެ.

އަމަން އަށް މެސެޖުލިބުނު އިރު ޒިވާން ވެސް ހުރީ އެގޭ ދޮށުގައި ކަމުން ދެމީހުން ވެސް މިސްރާބު ޖެހީ ރަސްފަންނަށެވެ.”މަން ކޮބާ ކައެގެ ދެ ރައްޓެހިން”މަޑުކުރޭ މަ އެބަ ގުޅަން”ރަސްފަންނަށް ދެވުމާއެކު ޒިވާން ޝަކުވާކުރަންފެއްޓިއެވެ.

(ނުނިމޭ)

ނޯޓް:މިބައި ލަސް ވުމުން ހުރިހާ ކިޔުންތެރިންގެ އަރިހުން މަޢަފަށް އެދެމެވެ.މިބައި ވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ޝުކުރިއްޔާ  😊😊😊  ލަވް ޔޫ ރީޑާރސް ސޯ މަޗް

ސުޓޭ ސޭފް

 

 

 

 

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!