ޔިން ގެލެކްސީ ޓަވަރުގެ ރިހިކުލައިގެ ލިފްޓްތައް މައްޗަށް އަރަމުންދިޔައީ އެއްވެސް އަޑެއްނެތި، ސިއްރިއްޔާތެއްގައެވެ. ސަތޭކަ ވަނަ ފަންގިފިލާއަށް ލިފްޓް ހުޅުވާލުމާއެކު، ފިނި ވަޔާއެކު އޯޒޯން އާއި ވައިޓް ޓީގެ މީރުވަސް މަރުހަބާ ކިޔެވެ. އޮފީސްތެރެ ފެންނަނީ ތަނަވަސްކޮށެވެ. ބިއްލޫރި ދޮރުތަކުން ބެއިޖިންގެ މަންޒަރު ފެންނަނީ ބަލާ ފޫހިނުވާހާ ހިތްގައިމުކޮށެވެ. ތިރީގައިވާ ސިޓީ ފެންނަނީ ދަގަނޑާއި އަލިން ގަތާލެވިފައިވާ ފުރޭމެއް ފަދައިންނެވެ. މިހާ އުސްމިނުން ބަލާއިރު މީހެއްގެ ހިލަމެއްނުވެއެވެ. ސާފު ހުދު ވިލާތައް ވެސް ދަތުރުކުރަމުންދަނީ ބެލްކަނީގެ ތިިރިންނެވެ. […]
އަދި ޝާމު ކަރައިގައި معاوية رضي الله عنه ގެ ލަޝްކަރު ދުވަހެއް ދުވަހަކަށް ގިނަވަމުން ދަނީ ވަރަށް ހަލުވިގޮތަކަށެވެ. އެބައިމީހުންގެ ކުޅަދާނަކަމާއި ހަރަކާތްތައް ހުންނަލެއް ވަރަށް ފުރިހަމަ އެވެ. ކުޑަދުވަސްކޮޅެއްގެ ފަހުން އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިން ވަކިކުރައްވައި ދެބައިމީހުންގެ ކަންތައް މުޅިން ވަކި އިންތިޒާމުތަކެއްގެ ދަށަށް ގެންދަވައިފިއެވެ. އެކިއެކި ތަންތާގެ ގޮނޑުދޮށުގައި ނައު ފަހަރު ބަނުމުގެ ކާރުހާނާތައް އުފައްދަވައިފި އެވެ. މިހާރު މުޅި ޝާމު ކަރައޮތީ معاوية رضي الله عنه ގެފާނުގެ އަމިއްލަފުޅު […]
معاوية رضي الله عنه އަކީ މޫނުފުއަލި ހަށިކޮޅު ރީތި އިސްކޮޅު ފުޅުން ދިގު އަދި ވަރަށް ދޮން ބޭފުޅެކެވެ. އޭނާގެ މޫނުފުޅުގައި، މީހުން ސިހިގެންދާފަދަ ތޫނުފިލިކަމާއި ވަރުގަދަ ހައިބަތު އެއް ހުރެއެވެ. އެކަލޭގެފާނަކީ ވާހަކަފުޅު ދެއްކެވުމުގައި ޢިބާރާތްތައް ނުހަނު ރީތި بلاغة ތެރިކަންހުންނަ ބޭފުޅެކެވެ. ތަޤުރީރު ދެއްވުމާއި، ޚުތުބާ ވިދާޅުވުމުގައި ވަރަށް މޮޅުފުޅު ބޭފުޅެކެވެ. އެކަލޭގެފާނަކީ ކަންތަކުގައި ވަރަށް ފަރުވާހުންނަ ތެދުވެރި ބޭފުޅެކެވެ. އަދި ތަޤްވާވެރިކަމާއި ޒާހިދު ކަންވެސް ވަރަށް ބޮޑު ބޭފުޅެކެވެ. މިހެންކަމުން ކީރިތި […]
معاوية ކުރިޔަށް ވަޑައިގަތުން أمير معاوية رضي الله عنه އަކީ އުމަވީ ދައުލަތް އުފެއްދެވި ބާނީ އެވެ. އާދެ! އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އިތުރު އެކަލޭގެފާނު ނަބީ ކަމައިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިން މައްކާގައެވެ. އެކަލޭގެފާނަކީ މައްކާގެ އަޝްރާފުންގެ ތެރެއިންވާ ބޭފުޅެކެވެ. معاوية رضي الله عنه ގެ ނަސަބުފުޅުގެ ސިލްސިލާ، ފަސްވަނަ ދަރިކޮޅާއި ހަމައިން ގޮސް ކީރިތި ރަސޫލާގެ މާތް ނަސަބުފުޅާއި ގުޅެވިދެއެވެ. معاوية رضي الله عنه بن ابو […]
ޝަހީދުންގެ ސާހިބާ سيّد الشّهداء إمام حسين رضي الله عنه ޝަހީދު ކުރި ޙާދިސާއަށް ވުރެ ވަކިން ހިތާމަވެރި އެއްވެސް ޙާދިސާއެއް ދުވަހަކު ވެސް އިސްލާމީ ތާރީޚު ދެކެފައެއްނެތެވެ. އެކަންތައް ހިނގާފައިވަނީ ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމު މަހުގެ 10 ވީ ހުކުރު ދުވަހުއެވެ. سيّدنا إمام حسين رضي الله عنه އަކީ ކައުއިތުރު ރަސޫލުﷲ ﷺގެ ލޮބުވެތި ދަރިކަނބަލުން ستّنا فاطمة الزّهراء رضي الله عنهاގެ ދެވަނަ […]