ޝަހީދުންގެ ސާހިބާ
سيّد الشّهداء إمام حسين رضي الله عنه ޝަހީދު ކުރި ޙާދިސާއަށް ވުރެ ވަކިން ހިތާމަވެރި އެއްވެސް ޙާދިސާއެއް ދުވަހަކު ވެސް އިސްލާމީ ތާރީޚު ދެކެފައެއްނެތެވެ. އެކަންތައް ހިނގާފައިވަނީ ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމު މަހުގެ 10 ވީ ހުކުރު ދުވަހުއެވެ.
- سيّدنا إمام حسين رضي الله عنه އަކީ ކައުއިތުރު ރަސޫލުﷲ ﷺގެ ލޮބުވެތި ދަރިކަނބަލުން ستّنا فاطمة الزّهراء رضي الله عنهاގެ ދެވަނަ ދަރިކަލުންނެވެ. އާދެ! ކީރިތި ރަސޫލާގެ ނުހަނު ލޯބިފުޅުވާ މާތް ކާފަ ދަރިކަލުންނެވެ.
- އާދެ! ޢާއްމުކޮށް ބައެއް ތާރީޙްގައި ބުނާގޮތުން އެންމެހާ މުސްލިމުންގެ ހިތުގައި، އަބަދަށްޓަކައި އަނދައަނދާހުންނަނިވި ހިތާމަވެރި އަލިފާންގަނޑު ރޯކުރުވި ޙަޤީޤީ މުޖުރިމް އަކީ، އެދުވަސްވަރުގައި އިސްލާމީ ވެރިކަމުގެ ތަޚުތުގައި އިންނެވި ޝަހިންޝާހް ނުވަތަ ޚަލީފާ، يزيد بن معاوية ފިޔަވައި އެހެން ދެވަނަ މީހެއްނޫނެވެ. އާދެ! އޭނާގެ އެދުމާއި އެއްގޮތަށް سيّدنا حسين رضي الله عنه ޝަހީދުކޮށް އަހްލުބައިތުންގެ މާތްވެގެންވާ އެތަކެއް ބޭފުޅުންގެ ލޭފޮދު އޮހޮރުވައިލުމުގެ ނުބައި އަނިޔާވެރި ޙަރަކާތްތައް ހިންގައި ދިން مُحَرِّك އަކީ ޢިރާޤު ކަރައިގައި ހުރި އުމަވީ ގަވަރނަރ إبن زياد އެވެ. އާދެ! އޭނާގެ ނުބައި رحم އެއް ނެތް ބިރުކުޑަ އެހީތެރިންގެ ޒަރީޢާއިންނެވެ. سيّدنا حسين رضي الله عنه ގެ ބަރަކާތްތެރި އިސްތަށިފުޅު، އެމާތް ހަށިކޮޅާއި ވަކިކޮއްލި، މެޔެއްފިތެއް ނެތް އަނިޔާވެރި ޤާތިލު އަކީ شِمر ذِى الجُوشِن އެވެ ކިޔުނު ظالم އެކެވެ.
- يزيد بن معاوية އަކީ އިސްލާމުންގެ އެންމެ މަތިވެރިކަމުގެ ތަޚުތުގައި އިންނެވުމަށް އެކަށީގެންވާ ވެރިއެއްނޫނެވެ. ނަމަވެސް ތަޤުދީރު ނިޔާ ކޮށްފައިވާ ފޮތުގެ މަތިން، އޭނާގެ މާތް ބައްޕާފުޅު أمير معاوية رضي الله عنه ގެ ހަރުދަނާ ރޭއްވެވުމުގެ ނަތީޖާއެއްގެ ގޮތުން يزيد އަށް ވެރިކަމުގެ މަޤާމު ލިބުނީ އެވެ. އޭނާގެ ވެރިކަމަށް ވޯޓު ނެގުމުގެ ތެރޭގައި އިސްލާމީ އުއްމަތުގެ ވޯޓު ފުރިހަމައަށް ނުވެސް ލިބެއެވެ. މިކަމަށްޓަކައި يزيد އަށް ވެރިކަން ލިބުމާއެކު ވަރަށް ބޮޑަށް އޭނާ ޖެހިލުން ވާ ގޮތްވެއްޖެއެވެ. އެންމެ ބޮޑަށް ސިހުންވެރިވަނީ އަހްލުބައިތުންގެ ބޭފުޅުންނަކީ އިސްލާމީ ވެރިކަމުގެ ހައްޤު ވާރިސުން ކަމަށްވާތީ އެބޭފުޅުންގެ އަތްޕުޅު މައްޗައް ވެރިކަން ހިނގައިދާނެ ކަމަށްޓަކައެވެ.
- އާދެ! މިހެންވެ يزيد އޭނާގެ ވެރިކަމުގައި ހިތްހަމަޖެހިގެން ގިނަދުވަހު އުފާކުރަން އިދެވޭނެގޮތަކާއި މެދު ވިސްނާލި އިރު، އަހްލުބައިތުންގެ ތެރެއިން ކުރިޔަށް ތިއްބެވި މާތް ބޭބޭފުޅުންގެ ބާރުފުޅު ކަނޑުވާލުން ދެވަނަ ގޮތެއް އޮތްކަމަކަށް ނުފެނުނެވެ. ދެން ފިސާރިކެރިހުރެގެން އެބޭފުޅުންނާއި ދިމާކޮށްލީއެވެ. ކުޑަކޮށްވެސް ފަހުން ވާނެ ގޮތަަކަށް ނުވިސްނައެވެ.
- އާދެ! އެންމެ ފުރަތަަމަ ޔަށް يزيد ކުރެއްވި ކަމަކީ سيّدنا حسن رضي الله عنهގެ އަނބިކަނބަލުން ހެއްލުންތެރި ކުރައްވައިގެން އެކަމަނާ ލައްވައި حسن رضي الله عنه އަށް ފަހަރު ހިއްޕަވަން އަރުވައިގެން އެކަލޭގެފާނު ޝަހީދު ކޮށްލީއެވެ. ދެވަނައަށް سيّدنا حسين رضي الله عنه އާއި، އެކަލޭގެފާނުގެ އަހްލުބައިތުންގެ އެތައް ބޭފުޅުންނެއް ޝަހީދު ކުރުވީއެވެ.
- يزيد އެފަދަ ނުބައި އަނިޔާވެރި ކަންތައްތައް ކުރައްވަމުންގެންދެވީ، އޭނާގެ ބައްޕާފުޅު أمير معاوية رضي الله عنه އަވަހާރަވަމުން ދެއްވިހައި އަގުހުރި ނަސޭހަތް ތަކާއި، ކުރެއްވި ވަޞިއްޔަތް ތައް ދުރުގައި ބާއްވަވާފައެވެ. އެކަންތަކަށް ފަރުވާކުޑަ ކޮށްލެއްވުމަކީ، يزيد ގެ ކޮޑަށް ސަވާރުވުމަށް ޝައިތާނާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އާދެ! ލަސްތަކެއްނުވެ يزيد ކުޅަނުބައި ކަންތަކަށް، ދުނިޔެމަތީގައި އަންނަހުރި ކޯފާ، يزيد އަށާއި އޭނާގެ ގާތް އެކުވެރިންނަށް މާތް ﷲ ފުރިހަމައަށް ދެއްވައިފި އެވެ.
“ނުނިމޭ”
* ނޯޓު: މި ލިޔުމަކީ މުހައްމަދު އަހުމަދު ދީދީ ލިޔުއްވާފައިވާ “ޝަހީދުންގެ ސާހިބާ” ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.
One Comment
Comments are closed.

mashaallah