معاوية ކުރިޔަށް ވަޑައިގަތުން
أمير معاوية رضي الله عنه އަކީ އުމަވީ ދައުލަތް އުފެއްދެވި ބާނީ އެވެ. އާދެ! އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އިތުރު އެކަލޭގެފާނު ނަބީ ކަމައިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިން މައްކާގައެވެ. އެކަލޭގެފާނަކީ މައްކާގެ އަޝްރާފުންގެ ތެރެއިންވާ ބޭފުޅެކެވެ. معاوية رضي الله عنه ގެ ނަސަބުފުޅުގެ ސިލްސިލާ، ފަސްވަނަ ދަރިކޮޅާއި ހަމައިން ގޮސް ކީރިތި ރަސޫލާގެ މާތް ނަސަބުފުޅާއި ގުޅެވިދެއެވެ.
معاوية رضي الله عنه بن ابو سُفْيَانُ صَخْرُ بن حربُ بن أُمَيَّةُ بن عبد شمس بن عبد مناف. އާދެ! عبد مناف އަކީ، ކީރިތި ރަސޫލާގެ ތިންވަނަ ކާފަކަލުންނެވެ. معاوية ގެފާނު އިސްލާމްވެ ވަޑައިގަތީ ކީރިތި ރަސޫލާ ވަޑައިގެން މައްކާ ފަތަޙަ ކުރެއްވި ދުވަހު އިސްލާމްވެ ވަޑައިގަތް ޤުރައިޝުންގެ ތެރޭގައެވެ. އޭރު معاوية އަށް އޮތީ 23 އަހަރު ފުޅަށެވެ. ދެން އޭގެ އެންމެ ބޭފުޅުން ކީރިތި ރަސޫލާގެ އަރިހުގައި މަދީނާއަށް ވަޑައިގަތީއެވެ. އާދެ! މަދީނާއަށް ވަޑައިގެންފައި ކީރިތި ރަސޫލާ معاوية ގެފާނުން ވަޙީ ލިޔުއްވާ ކާތިބުންގެ ތެރެއިން އެއްބޭކަލަކު ކަމުގައި އައްޔަން ކުރައްވައިފި އެވެ. އާދެ! معاوية ގެފާނަކީ ވަރަށް ކުޅަދާނަ ކާތިބެކެވެ. ވަރަށް މޮޅު مُقَرّر އެއްވެސް މެއެވެ.
تِرْمِذِي عبد الرحمٰن بن عُمَيْر رضي الله عنه ގެ ކިބައިން ރިބާ ކުރައްވައެވެ. معاوية ގެފާނަށް ނިސްބަތް ކުރައްވައިގެން މާތްﷲ ގެ ކިބައިން ކީރިތި ރަސޫލާ ދުޢާ ފުޅުކުރެއްވިއެވެ. ” ހައްދަވައި ބޮޑުކުރެއްވި ރަސްކާލާކޮ! معاوية އަށް އިބައިލާހު ތެދުމަގު ދައްކަވާނދޭވެ. އަދި މީސްތަކުންނަށް ތެދުމަގު ދައްކާ މީހެއް ކަމުގައިވެސް އޭނާ ލައްވާނދޭވެ.” عِرْبَاضُ بن سَارِيَة رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ދުޢާ ފުޅުކުރެއްވި އަޑު އެހީމެވެ. ” ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކާލާކޮ! އިބައިލާހު معاوية އަކީ، ލިޔެކިޔުމަށް ކުޅަދާނަ ޢިލްމުވެރިއަކު ކަމުގައި ލައްވައި އަދި އޭނާ ނަރަކައިގެ عذابން ސަލާމަތް ކުރައްވާނދޭވެ.” އާދެ! معاوية އަކީ ކީރިތި ރަސޫލާ ވަރަށް ލޯބިފުޅުވާ، އަދި އަރިސް ކަންބޮޑު أصحاب ބޭކަލެކެވެ. އެކަލޭގެފާނު ކީރިތި ރަސޫލާގެ އަރިއަހުން 163 ޙަދީޘް ރިވާކުރެއްވިއެވެ.
ނަބީކަމުގެ ދަރުބާރުން معاوية ގެފާނަށް ޢިލްމުގެ ރަހަމީރު ފޮދުވަރުތައް ހިއްޕެވުމުގެ ނަސީބު ލިބިވަޑައިގަތީ މައްކާ ފަތަޙަ ކުރެއްވުމަށް ފަހުގައެވެ. އެއްވަނަ ދަރަޖައިގެ މުހާޖިރު ބޭކަލުންނަށް ވުރެ އެކަލޭގެފާނުގެ ޢިލްމީ ފެންވަރު ދަށެވެ. ނަމަވެސް ކީރިތި ރަސޫލާގެ އަރިސް ކަންބޮޑު أصحاب ބޭކަލެއް ކަމުން معاوية ގެފާނު ކިބައިގައި ހުންނަ މަތިވެރި އަޚްލާޤީ ސިފަފުޅުތައް ވަރަށް ފުރިހަމަ އެވެ. ކެތްތެރިކަމާއި، ދީލަތި ކަމާއި، ލޯބިވެރިކަމާއި، ބަނިޔާދަން ކަމާއި، މިފަދަ ހުރިހާ މޮޅު ސިފަތައް معاوية ގެފާނު ހަށިކޮޅު ގައި ހުންނަނީ އަށަގެންފައެވެ. އަދި އެ ކަލޭގެފާނުންގެ ވިސްނުންފުޅާއި، ބުއްދިފުޅުވެސް ވަރަށް އެއްވަނަ އެވެ. އާދެ! ކީރިތި ރަސޫލާގެ ފަހަށް ވިސްނުންތެރިކަމާއި ސިޔާސަތު އެންމެ ވަރުގަދަ ބަޠަލުން ކަމުގައި ހޮވަނީ އަރަބިންގެ ހަތަރު ބޭފުޅެކެވެ. އެބޭފުޅުންނަކި عمر الفاروق رضي الله عنه، معاوية رضي الله عنه، عمرو بن العاص رضي الله عنه، مُغيرة بن شُعْبَة رضي الله عنه މިއެވެ. عمر الفاروق رضي الله عنه، معاوية ގެފާނަށް ވިދާޅުވަނީ އަރަބިންގެ كِسْرٰى އެވެ.
“ނުނިމޭ”
One Comment
Comments are closed.

Kobaa miyge dhen oith bai avaskurey