Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

15އަހަރުގެ ޖަލު ހުކުމް

rainy Level 1
November 17, 2018 2 Mins Read
2 Comments

ވާހަކަ ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާހީމް

އެކިމީހުންގެ ދިރިއުޅުމުގައި ޖެހިދާނި އެކި ކުލައެވެ. އެކި މިޖާޒުގެ އެކުވެރީންނެވެ. ދީލަތި އެކުވެރިންނާއި ހަސަދަވެރީންނެވެ. އަފަދަ މީހުން ދެނެގަނެވޭނީ އެންމެ ފަހުވަގުތުއެވެ. ބޭނުމެއްޖެހޭ ދުވަހުއެވެ.

އަހަރެން ވަށައިގެންވީ ފަނަރަ ފޫޓުުގެ ދިގުމިނުގެ ހަތަރު ޓިނެވެ. ބޮލުގެ މަތީ ހިޔާ ކުރުމަށް އެޅިފައިވާ ޓިނުގައި ހެދިފައިވާ ކުދި ލޯވަޅުތަކުން މި ކޮށިތެރެއަށްވަނީ އަލި އެޅިފައެވެ. ގަދައަށް ވިއްސާރަވާ ދުވަހެއްނަމަ މި ކޮށިތެރެއެކޭ ފެން ނުހިނދޭ ފަސްގަނޑެކޭ އެއްވަރެވެ. މެންދުރުގެ ގަދަ ހޫނުން މި ކުޑަ ކޮށިތެރެއަށްވަނީ ހޫނުކަން ހިފާފައެވެ. މީހާ ހުންނަނީ ދަލުން ފެންވަރައިގެންނެވެ. ރޭގަނޑަށް ދުނިޔެމަތި އަނދިރިވުމަށްފަހު ލޮލަށް އިލޮށްޓެއް ހަރާލިޔަސް ނޭނގޭނެއެވެ. އެހާވެސް އަނދިރިއެވެ. އަހަންނަށް އަލިކަމެއް ލިބެނީ މި ކޮށިތެރެއަށް ވަނުމަށް ހަމަޖެހިފައިވާ ދޮރު ހުޅުވާލުމުން ލިބޭ އަލިކަމުން އެކަންޏެވެ.

ފުޅާމިނުގައި 13ފޫޓު އަދި އުސްމިނުގައި 15ފޫޓުހަމަވާ މި ކޮށިގަނޑުގައި ފާހާނާކުރާނޭ ތަނެއްހުރެއެވެ. ނަމަވެސް އެތަން ވަށައިގެން ނިވާކޮށްފައެއް ނުހުރެއެވެ. ނިދާލަން އޮންނަނީ ސިންގަލް ގޮދަޑިއެކެވެ. ކިތަންމެ ހޫނުވިޔަސް ފިނިކޮށްލަން ޖަހާލާނެ ފަންކާއެއްވެސް މިތާކު ނުހުރެއެވެ.

މި ކުޑަ ކޮށިގަނޑުގައި އުޅޭ މީހަކީ އެންމެ ނިކަމެތި މީހާއަށްވުރެވެސް ހާލުގައި އުޅޭނޭ މީހެކެވެ. އާއިލާއާ ދުރުގައި ދިރިއުޅުން ވޭތުކުރަންޖެހިފައި މިވަނީ މިނިވަންކަމާއެކު ދިރިއުޅެން ލިބުނު ދުވަސްތައް އޭގެ ނާޖާއިޒު ގޮތުގައި ވޭތު ކުރުމުންނެވެ. އަހަރެންގެ ޙަޔާތުގެ އެންމެ މުހިންމު ދުވަސްވަރު ބޭކާރު ކޮށްލެވިއްޖެއެވެ. މިކަން އަހަންނަށް ވިސްނުނީ މި ކުޑަ ކޮށިތެރޭގައި ހައްޔަރުވުމުންނެވެ. އުމުރުގެ މުހިންމު ދުވަސްތައް ބޭކާރުކުރެވުމަށްފަހުއެވެ. އަހަރެންގެ ދިރިއުޅުމަށް ފަސްއަޅައި ވަޅުލެވިއްޖެއެވެ. ހުދު ފޮތިން ފޮރުވާލެވިއްޖެއެވެ.

އަހަރެން މި ކޮށިތެރޭގައި ހައްޔަރުވިތާ މިއަދަށްމިވީ 726ވަނަ ހުކުރު ދުވަހެވެ. މެންދުރުގެ ގަދަ އަވިން ހޫނުކަން ހިފާފައިވާ ޓިނުގައި ބުރަކަށި ވިއްދާލައިގެން ކަކޫމަތީ ބޯ ބާއްވާލައިގެން އިނދެ އަހަރެންގެ ހަނދާނަށް އަންނަނީ ކުރީގެ މިނިވަން މާޒީއެވެ. އެއީ މީގެ 20އަހަރު ކުރިއެވެ.

އަހަންނަކީ މާލޭގެ މުއްސަންޖެއްގެ ދަރިއެއްނޫނެވެ. މެދުފަންތީގެ ދެމަފިރިއެއްގެ ދަރިއެއްވެސް ނޫނެވެ. އަހަންނަކީ މާލޭގެ ފަގީރު އާއިލާއަކަށް ނިސްބަތްވި ކުއްޖެކެވެ. އަހަރެންގެ ދޮށްޓަށް ދެ އަންހެން ކުދިން ހުރެއެވެ. އަދި އަހަރެންގެ ހަގަށް ނުކުޅެދޭ ފިރިހެން ކުއްޖަކާއި ތިން އަންހެން ކުދިން ހުރެއެވެ. އަހަރެންގެ އާއިލާއަކީ ހެންވޭރު ހިސާބަށް މަޝްހޫރު އާއިލާއެކެވެ. އޭރުގައި މަންމައަކީ 33 އަހަރުގެ ގައިގައި ހިތްވަރުހުރި ސަރުކާރު މުވައްޒިފެކެވެ. ބައްޕައަކީ އުމުރުން 53 އަހަރުގެ ކެއްކުންތެރިއެކެވެ. އެއްދުވަހު މަސައްކަތް ނިންމާލާފައި ހިނގާފައި ގެއަށް އައި މަގުމަތީ އެކްސިޑެންޓެއްވުުމުގެ ސަބަބުން ހިންގާބިގާވެއުޅުންވީ ދަތިކަމަކަށެވެ. ބައްޕަގެ ޖެހުނީ ސިއްޙީހާލު ހުރިގޮތުން ވަޒީފާއިން ވަކިވުމަށެވެ. ވުމުގެ ސަބަބުން ގޭގެ މަސައްކަތްތަކާއި ދަރިންގެ މަސައްކަތްތަކުގެ އިތުރުން އާމްދަނީއެއް ހޯދުމަށް ވަޒީފާއަށް ދިއުންވީ މަންމައަށް ކުރަންޖެހުނު އިތުރު މަސައްކަތަކަށެވެ.

އަހަރެންގެ އުމުރުން 13އަހަރެވެ. ކިޔަވަމުންދިޔަ މަދަރުސާއަކީ އެހެން މަދަރުސާތަކެކޭ އެއްފަދައިން “ބުލީންގް”އޭ މިކިޔާ ސިހުރުގައި ޖެހިފައިވާ މަދަރުސާއެކެވެ. އެއްދުވަހު އަހަންނާއި ކްލާހުގެ އިތުރު ކުއްޖަކާ ދެމެދު އަރައިރުންވުމެއް ހިނގައިދިޔައެވެ. އެ އަރައިރުންވުމުގެ ތެރޭގައި އަހަންނަށް ގަސްތަކާނުލައި އެކުއްޖާ ދެއަތާލާ ސިޑިމަތިން ކޮށްޕާލެވުނެވެ. ވެއްޓުމުގެ ތެރޭގައި އެކުއްޖާއަށް އެތައް އަނިޔާތަކެއް ލިބުނެވެ. އެކަމަކީ އަހަރެން ގަސްތުގައި ކުރިކަމެއްކަމަށް ބަލައި އެ މަދަރުސާއިން އަހަރެން ކަނޑާލިއެވެ. އެހިސާބުން އަހަރެންގެ ކިޔެވުމުގެ ދައުރު ނިމުނެވެ. ގްރޭޑް 7ކުންނެވެ.

އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަރައިއުންވާނީ ދެފަރާތުގެ މައްސަލައެއް އޮވެގެންތާއެވެ. ނަމަވެސް، މަދަރުސާތަކުގައި ކަންކަން އޮންނަނީ އެހެނަކުންނޫނޭވެ. ގަޑިއަށް ފަރުވާތެރިނުވެވޭ، ފިލާވަޅުތައް ބަރާބަރަށް ފުރިހަމަ ނުކުރެވޭ، މޮޅު ބެކްރައުންޑެއް ނެތްނަމަ އެކުއްޖަކީ އިސްވެ އަރައިރުންވާ ކުއްޖާއެވެ. ކޮންމެއަކަސް ކަންވެ ނިމުނީ މިހެންނެވެ.

ބަލިހާލުގައި ދުވަސްތައް ގުނަމުންދިޔަ ބައްޕަ، ގިނަ ދުވަސްތަކެއްނުވެ މި ވަގުތީ ދުނިޔެއާ އަލްވަދާއުކިޔެވެ. އެހެންކަމުން މި އާއިލާގެ ހާލަތު އިތުރަށް ދަށަށް ދިޔައެވެ. މައިންބަފައިންގެ އާއިލާ ފަރާތު އެއްވެސް މީހެއްގެ އެހީއެއް ނުލިބުނު ތާންގައި އަހަރުންގެ ހާލު ބަލައިލަންވެސް ނާދެއެވެ. ރަހުމެތްނެތުނަށް އެވަރަކަށް އާއިލާ ބަޔަކު ގޯސްވާން ހެޔޮވާނެ ބާއެވެ؟ ބޮޑުބޭބެ، ބޮޑުދައިތަކިޔާ އާއިލީ ގުޅުންއޮތް ބައެކެވެ. އާއިލީގުޅުން ކަނޑާލުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން އެމީހުންނަށް ނޭނގެނީބާއޭ އަހަރެން ހިތަށްއެރިއެވެ.

ބައްޕަ ނިޔާވިފަހުން 3އިރުގެ ކެއުން، ގެއިން ލިބުން ދަތިވިއެވެ. އަހަރެންގެ ދައްތައަކަށްު ވަޒީފާއެއް އަދާކުރަން ފެށުނުއިރު ސާނަވީ ތައުލީމު ނުފަށާ 3ކުދިން ތިބިއިރު ވަޒީފާ އަދާކުރަމުން ދިޔައީ އެންމެ ދެ މީހުންނެވެ. 8 މީހުންގެ އާއިލާއަކަށް 8000ރުފިޔާގެ އާމްދަނީއަކުން، އާއިލާގެ ހުރިހާ ހަރަދުތަކެއް ނުބެލެހެޓެއެވެ. މަންމަ ހަވާލުވާންޖެހުނު މަސައްކަތްތައް އިތުރުވެެގެން ދިއުމުން، ދަރިންނަށް ދޭންޖެހޭ ފުރިހަމަ އަހައްމިއްޔަތުކަމެއް ނުދެވުނެވެ. އެހެންކަމުން ހިތްހަމަޖައްސާލުމަށްޓަކައި އަހަރެން އިޙްތިޔާރުކުރީ އަހަރެންގެ ރަޙްމަތްތެރިންނެވެ. ގޭދޮށު އެކުވެރިންނެވެ. އުމުރަށްވުރެ ހަގު އަދި ދޮށީ ކުދިންނެވެ.

އެ ލިބުނު އެކުވެރިންނަކީ ރަނގަޅުބައެއް ނޫންކަން އަހަންނަށް އެނގެއެވެ. ނަމަވެސް، ފައިސާ ހޯދައި އެހެނިހެން ބޭނުންތައް ފުއްދުމަށް ފަހިވިމަގެއްނަމަ ކޮންމެގޮތެއްވެސް ވަރިހަމައެވެ. ފަހަރުގައިވީ އެހެންކަމަށްވެސް ވެދާނެއެވެ.

އަހަރެންގެ ރައްޓެހިން އަހަންނަށް ތަފާތު އެކިވައްތަރުގެ މަސައްކަތް ހަވާލު ކުރަމުން ގެންދިޔައެވެ. އެ މަސައްކަތްތަކުގެ ތެރެއިން އަހަރެން އެންމެ ކުރާހިތްވި މަސައްކަަތަކީ ވަޑާންކުރުމުގެ މަސައްކަތެވެ. އެމީހުން ހަވާލުކުރާ މަސައްކަތް ފުރިހަމަކޮށް ނިންމާލުމުން އުޖޫރައެއްދެއެވެ. ބިސްކޯދާއި، ސިނގިރޭޓަކާއި، ކޮފީއެވެ. އަދި އަހަންނަށް ތައުރީފްކުރެއެވެ. އެވަރުން އަހަންނަށް ފުދެއެވެ. ބަނޑުފުރާނެ އެއްޗެއް ލިބޭތީއެވެ. މަންމަގެ ތައުރީފުގެ ބަހެއް ނުލިބުނަސް އެ ތައުރީފުގެ ބަސްތަކުން ހިތްހަމަޖެހެއެވެ. އެ ވަސްވާސްތަކުން ސިކުނޑި ބަނަ ކޮށްލިއެވެ.

ނުނިމޭ…

Share Article

Follow Me Written By

rainy

Level 1

Other Articles

Previous

އެކުވެރިން

Next

ހުވަފެނީ ލޯބި 1 ވަނަ ބައި

Next
November 17, 2018

ހުވަފެނީ ލޯބި 1 ވަނަ ބައި

Previews
November 17, 2018

އެކުވެރިން

2 Comments!

  1. S says:
    November 17, 2018 at 12:31 pm

    Nice dear ?

  2. Myhaa says:
    November 25, 2018 at 9:08 am

    Varah Nice!! Kon iraku dhn bai nerenee.. waiting!!

Comments are closed.



All Right Reserved!