Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި ހިތުގެ ލޯބި 16

Aishath Limsha
Aishath Limsha Level 3100 Login10 Stories
April 3, 2025 5 Mins Read
8 Comments

ގައިގައި ނެތް ހިތްވަރެއް ނެރިގެން ވެސް ޔުމްނާ ނުލިބުނު ކަމުގައިވިއަސް ޔުމްނާގެ މައާފު ރާއިލް ބޭނުމެވެ. މިހާރު އެއް ފަހަރު ރާއިލްގެ އަތުން ޔުމްނާ ބީވެގެން ހިނގައްޖެއެވެ. ނުވިތާކަށް އިވްލީން ވެސް ބީވެގެން ހިނގައްޖެއެވެ. ދެވަނަ ފުރުޞަތެއް ލިބިފައި އޮއްވާ އަނެއްކާވެސް ޔުމްނާ ރާއިލްގެ އަތުން ބީވެގެން ދިޔުމަކަށް ނޭދެއެވެ.
* * * * * * *

“ޔުމް.. އައި ނޯ އައި ޑޯންޓް ޑިޒާވް ޔޫ.. ބަޓް އެޓްލީސްޓް ލިސެން ޓު މީ.. ޔުމްގެ މައާފު ނުލިބޭނެކަން ވެސް އެނގޭ.. އަހަރެން އެއްގޮތަކަށްވެސް ކަންތައް ކޮށްގެން ވާނެގޮތަކަށްނޫން އަހަންނަށް ޔުމްއާއި ދޭތެރޭގަ އަސްލު ކަންތައް ކުރެވުނީ.. އަހަންނަށް އެކަމުގެ ހައްގު އަދަބު ވެސް ލިބިއްޖެ!!..އައިމް ރިއަލީ ސޮރީ ޔުމް… އަހަރެން ނުބުނާނަން ޔުމް ދެވަނަ ފަހަރަށް އަހަރެންގެ މީހަކަށް ވެދޭށެކޭ.. ކޮޒް އައި ނޯ އައި ޑޯންޓް ޑިޒާވް ޔޫ ކަން.. ބަޓް އެޓްލީސްޓް ފޯރގިވް މީ ޕްލީޒް ޔުމް!!” ރާއިލްގެ ވާހަކަ ހުރިގޮތުން ޔުމްނާ އިތުރަށް ދެރަވިއެވެ. ރާއިލްގެ ވާހަކަ ނިމުނު ވަގުތު ޔުމްނާގެ ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގެން ދިޔައެވެ. ދުވެފައި ގޮސް ޔުމްނާ ރާއިލްގެ މޭތެރެއަށް ބޮނޑިވެގަންނަމުން ރޮއެގަތް ގޮތުން ކޮންމެ މީހަކު ވެސް ހަމްދަރުދީން ފުރޭނެކަންގައިމެވެ. ގެންނާނެ ހަރަކާތެއް ވެސް ނޭނގިފައި ހުއްޓުންއަރާފައި ހުރި ރާއިލްއަށް ހަމަ ބިމަށް އާދެވުނީ ޔުމްނާގެ މަޑު ގިސްލުމުގެ އަޑުންނެވެ. ރާއިލް ވެސް ޔުމްނާގެ ގައިގައި ދެއަތް ވަށައިލީ އަބަދުވެސް މި ހިމާޔަތާއި ރައްކާތެރިކަން ދޭނަމޭ ބުނާފަދައިންނެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރުގެ ނިމުން މިކަހަލަ ގޮތަކަށް އަންނާނޭ ޔުމްނާގެ ހިތް ވެސް ނުބުންޏެވެ.” ރާއިލް ނޫންން!! ޕްލީޒް ނޫންން!! ބު..ބުނޭ ބުނޭ ރާއިލް ޔުމް ބޭނުމޭ ގައިމު ވެސް .ޔު.. ޔުމްއަކަށް ..ދެ.ދެ..ދެން ނޫޅެވޭނެ ރާއިލް އާއި ނު…ނުލައެއް ތިހެން ނުހަދާ!! ޕްލީޒް.. ޔޫ ޑިޒާވް މީ ޕްލީޒް..” ޔުމްނާއަށް ގިސްލެވެމުން ދިޔައިރު ރަނގަޅަށް އަޑު ވެސް ބޭރެއް ނުވިއެވެ.”ޝްޝްޝް.. އައި ލަވް ޔޫ.. ދުވަހަކު ވެސް ދޫކޮށެއް ނުލާނަން އިންޝާﷲ…. ޔުމްއަށް ހީވަނީތަ އަހަރެންނަށް ކުރަން ވަރަށް ފަސޭހަކަމެއް ހެން ތީ؟ ހީވޭތަ އަހަންނަށް ވާނެ ކަމެއް ހެން ޔުމް ދޫކޮށްލުން؟ ނޯވޭ އިފް ދެޓް ހެޕެންސް ޕްރޮބަބްލީ އައި ވުޑް ބީ ޑެޑް.. ޝްޝްޝް ދެން ހުއްޓާލާ މިހާރު ހީވަނީ އަހަރެން ޔުމް ރޮއްވަނީއޭ..” އެވަގުތުވީ ހަމްދާން އައިސް ސައިކަލުގެ ބަރުގަނޑު އެޅި ވަގުތަށެވެ.”ގެ..ގެއަށް ގޮސް ހަ..ހަ..ހަމަޖެހިލައިގެން ހުރިހާ ވާހަކަތަކެއް ކި..ކިޔާދޭނަން.. ރާއިލް މަ..މަންމަ އަތުގަ އަހަރެންގެ ނަން..ނަ..ނަންބަރު އިންނާނެ މެސެޖެއް ކޮ…ކޮށްލައްޗޭ””ޔެސް” ރާއިލް އަނެއްކާވެސް ހިތަށް އަރަމުންދިޔައީ އެއީ ކާކުބާއެވެ؟ އެރޭ ދެލޯބިވެރިން ދުރުވާން ޖެހުނީ ވެސް ހަމަ ޔުމްނާ ގޮވައިގެން ދެންމެ އެދިޔަ ކުއްޖާއާއި ހެދީއެވެ. ކުއްލިއަކަށް ރާއިލް ސިހިގެން ދިޔައީ މީހަކު އައިސް ރާއިލްގެ ކޮނޑުގައި އަތް ބޭއްވުމުންނެވެ.” ދަރިފުޅާ އެއީ އޭ ޔުމްނާ ބޮޑުދައިތަގެ ދަރި ހަމްދާނު.. ރަނގަޅު ކުއްޖެއް ވައްތަރު ވެސް ޖަހާ ދޯ.. މަންމަ ވަރަށް އުފާވެއްޖެ ދެންމެ ދެއްކި ހުރިހާ ވާހަކަތަކެއް މަންމައަށް އަޑު އިވިއްޖެ!!” ރަޝީދާ ހުރީ އެވަގުތު އުފަލުން ރޮވިފައެވެ.” ދަރިފުޅުގެ އުފަލަކީ މަންމަގެ ވެސް އުފާ.. ދަރިފުޅު ބޭނުން ކުއްޖަކާއި އިނދެވޭނެ އެކަމަކު އިވްލީން އާއި ދަރިފުޅު ގުޅެން މަންމައަށް ހަމަ އެއްބަހެއް ނުވެވޭނެ އެއީ ވާނެ ކަމެއް ނޫން” ދެބުމަ ކައިރި ކޮށްލި އިރު އެ ބެލުމުގައި ހިތާމައާއި މާޔޫސްކަން އެކުލެވިފައިވެއެވެ.”މަންމާ އިވްލީންގެ ވާހަކަ ނުދައްކަމާ އޭނަ މިހާރު އުޅެނީ މީހަކާއި އިނދެގެން… އަހަރެންގެ ދުޢާއަކީ އިވްލީންއަށް ރަނގަޅު ދިރިއުޅުމެއް ލިބުން…އަހަންނަށް ޔުމްނާއިން ފުދޭ އިތުރު މީހަކު އަހަރެން ބޭނުމެއްނޫން..” ވާހަކައިގައި ތިބެފައި ދެމީހުން ވެސް އެތެރެއަށް ވަނީ އިރުއޮއްސި އަނދިރިވާން ކައިރިވެފައި ވާތީއެވެ. އައިގޮތަށް އައިސް ޒިލާލް އަރާ ނިދުމުން ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް އިވްލީންއަށް ލިބިއްޖެއެވެ. ޒިލާލް ނިދިގަނޑެއް އަޅާލާފައި ތެދުވި އިރު ކޮޓަރީގައި އިވްލީން ނެތުމުން ހޯދަންފެށިއެވެ.” ހަހަ ލެކްޗަރަރ އެއް އަޅާލަން ވާއިރަށް ބިރުން ފިލީ ތޯއްޗެ.. ކޮބާތަ އެ ޑްރާމާ ކުއީނެކޭ ކިޔާ އެތި” ޒިލާލް ހިތާހިތުން ކުދިކިޔަމުން ދިޔައިރު ބެލްކަނީގައި އިވްލީން ހުރިތޯ ބަލަމުން ދިޔައެވެ. އިވްލީންއަށް އެއްޗެކޭ ބުނެ ނުލާ ހުރުން ވީ ޒިލާލްގެ ހިތުގެ ހަމަޖެހުން ނަގާލި ކަމަކަށެވެ.
ކޮޓަރި ދޮރު ހުޅުވި އިރު ސޯފާގައި އަސްމާ ކައިރި އިން އިވްލީން ފެނުމުން ޒިލާލް ޒާތަކަށް ހިނި އައެވެ. ނިދާހޭލިގޮތަށް ހުރުމުން ޒިލާލްގެ އިސްތަށިގަނޑު ވެސް ހުރީ ހޭވިފައެވެ. އެރީތި ދޮންމޫނާއި ތަނަވަސް މޭމަތި ވެސް ވަނީ ހާމައަށެވެ. އިވްލީން ބަލާލި ވަގުތު ސީދާ އިވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޒިލާލް ފެނުމުން ހިތަށް ނުތަނަވަސްކަން ވެރިވާން ފަށައިފިއެވެ.” އިވްލީން އާދެބަލަ!” ޒިލާލް މިހެން ބުނުމުން އިވްލީންއަށް ހިތާހިތުން ކުދިކިޔާލެވުނެވެ. “ނެތް ވަރަށް އެއްޗިހި ގޮވާއިރު ފެންނަން ނެތް ހިސާބުގަ ހުއްޓަސް އަދި މިމަނިކުފާނުގެ ހިތެއް ނުފުރޭ އަޖައިބެއް ކަހަަލަ މީހެއް މި ވެސް… ޔަގީން ކޮންމެ ވެސް އެއްޗެކޭ ކިޔާފަ ބަވައިގަންނަން މަށަށް އެ ގޮވާނަގަނީ” ހިތާހިތުން ކުދިކިޔަމުން ގޮސް ކޮޓަރިއަށް ވަދެވުމާއެކު އިވްލީންގެ މޫނަށް ޒިލާލްގެ ނަޒަރު ދަތުރު ކުރިއެވެ.
“ކިހިނެއްވީ؟” އިވްލީން ބުންޏެވެ.ސޯފާގައި ޒިލާލް އިނދެފައި އަތުގެ އިޝާރާތުން އިވްލީންއަށް އަންނާށޭ ބުންޏެވެ. މިހެން ބުނުމުން އިވްލީން ގޮސް ސޯފާގައި އިށީނެވެ. ނަމަވެސް ޒިލާލްއާއި އިވްލީންއާއި ދެމެދުގައި އިތުރު ދެމީހަކަށް ތިބެވޭވަރަށް ޖާގައޮތެވެ.
“ކައެ ކުރަންވީ ކަމަކީ ޖޮބަކަށް ދާންވީ ކައެއަށް އިނގޭނުން މަގޭ ލާރި ނުވެސް ދޭނެކަން ދޯ އެހެންމަ އުޅޭ ރީތިގޮތުގަ ޒުވާބަކަށް ނުގޮސް ޖޮބަކަށް އެޕްލައި ކުރަން ކައެ ތީ ނަރުހެކޭ ދޯ” އާނއެކޭ ބުނުން ފިޔަވައި އިތުރަށް އެންމެ ބަހެއްވެސް އިވްލީން ނުބުންޏެވެ.” ” އޯކޭ އެހެންމަ ބަ ބަލާނަން ނަރުހެއްގެ ޖޮބަށް އިއުލާން ކޮށްފަ އިންތޯ…ޑްރާމާ ކުއީން މަ ބުނީ ކޯޗެއްތަ ކާން ހުރީ؟ މިހާރު ބަނޑުން އެބަ އަޑު ވެސް ކިޔާ…””ކާން ހުރި އެއްޗެއް އެނގޭނީ ކާން ދިޔައީމަ!” މިހެން ބުނެފައި އިވްލީން ނުކުތީ ބޭރަށެވެ. ހަޤީޤަތުގައި މިރޭ މިވީ އަސްލު ވެސް އިވްލީން ވަރަށް ބޭނުންވި ކަމެކެވެ. ނަމަވެސް އިވްލީން ހިތަށް އަރަމުންދިޔައީ ހެޔޮހިތުން ޒިލާލް އޭނަ އާއި އަނގައިން ބުނާނީ ކޮން ދުވަހަކުން ބާއެވެ؟ އޭނަގެ ހިތް އިވްލީންއަށް ހެޔޮ ވެއްޖެއާ މުޅި ދުނިޔެ ވެސް އެކަމާ މަލާމާތް ކުރާނެ ނޫންހެއްޔެވެ؟ އެއީ ވާނެ ކަމެއްކަމަށް މުޅި ދުނިޔެ ޤަބޫލުކުރި ނަމަވެސް އިވްލީން ޤަބޫލުކުރާނީ ކިހިނަކުންހެއްޔެވެ؟
ކާން އަރާ އިނދެފައި ފޯނު ހިފައިގެން އިން އިރު އިތުރު އެއްވެސް ތަނެއް ޒިލާލްއަކަށް ނުފެނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކާން ހަދާފައި އިވްލީން ވެސް އެތާ ކައިރި އިން ގޮނޑީގައި ޖައްސާލިއެވެ.
ކަޅި އަޅާލަމުން ކާން ހުރީ ކޯއްޗެއް ތޯ ޒިލާލް ބަލައިލިއެވެ. ކާން ހުރީ ވައިޓް ސޯސް ޕާސްތާއެވެ. އިވްލީން އެވަގުތު އިނީ ފޯނަށް ސަމާލުކަން ދީގެނެވެ. ޒިލާލް ތައްޓަށް ޕާސްތާ އަޅާފައި ދެތިން ފަހަރަކު ކައިލިއެވެ.” މި ކާކު ކައްކާފަ ހުރި އެއްޗެއް؟”ޝައްކެއް ވެސް ނެތެއްނުންހެއްޔެވެ؟ ގަސްތުގައި ވެސް ޒިލާލް އެހެން އަހާނީ އިވްލީން ރުޅި އަރުވާލުމަކަށް ނޫންހެއްޔެވެ؟”އަހަރެން ކެއްކީ..” އިވްލީން އެހެން ބުނުމާއެކު އެކު ޒިލާލް ދުއްވައިގަތީ ޑަސްބިނާއި ދިމާއަށެވެ.” އައްޗީޑި މީގަ ލޮނު ރަހަ ވެސް ނެތް ވަރަށް ގަދަ.. އަނގަޔަށް ލާއިރަށް ހީވަނީ ލޮނު އެއްޗަކަށް ފޭބޭހެން!! ޖެއްސުމަށް ވެސް މިވަރު ކުރަންޖެހޭތަ؟ ކުޅި ރަހަ އޭ ކިޔާއެއްޗެއް މީގަ ނުވެސް ނެތް… މިވަރުން އެއްޗިހި ކައްކާނެ ވެސް ކަމެއް ނެތް ހިތުން ދެން މާ ޕްރޯވެފަ!! މިވަރުން ހެޔޯ ކައެ އެއްޗެއް ނުކެއްކިޔަސް…” ޒިލާލް އެއްޗިހި ގޮވާ ނިންމާލިއިރު އިވްލީންއަށް ހުރީ ރޮވިފައެވެ. ރުޅިއައިސްގެން ގެއިން ނުކުމެގެން ޒިލާލް ދިޔުމާއެކު ހެން އިވްލީންގެ ކޯތާފަތް ތެންމަމުން ކަރުނަތައް އަންނާކަށް ފަޅި ސިކުންތެއް ވެސް ނުނެގިއެވެ. ތަށިތަކާއި އެއްޗިހި ނެގުމަށް ފަހު އިވްލީން ވަނީ ކޮޓަރިއަށެވެ.ބޭރަށް ނުކުމެ ހުރި ޒިލާލްގެ މޫނުމަތިން ހިތްހަމަ ޖެހުމާއި އުފާވެރިކަން ފެނުނަސް ކޮޓަރީގެ އޮވެ ރޮމުން ދިޔަ އިވްލީންގެ ލޮލުން އެ ބޭކާރު ވަނީ ކިތައް ކަރުނަތިކި ހެއްޔެވެ؟
އެތައް އަހަރަކަށް ފަހު ދެލޯބިވެރިންގެ ހަޔާތުގައި އަނެއްކާވެސް އާ ދިރުމެއް އުފެދުނެވެ. އާނ އެކެވެ. ރާއިލް އާއި ޔުމްނާގެ ދިރިއުޅުމުގައި ހަމަ ރަނގަޅަށް ވެސް އާ ދިރުމެއް އުފެދިއްޖެއެވެ.
“ހުމްމް ޔުމް ދެން އެރޭ ވީގޮތް ކިޔާދީބަލަ! ވަރަށް އަޑުއަހާލަން ބޭނުން ވެފަ މިއޮތީ..” އެވާހަކަ އެއް އަޑުއަހައިލާ ހިތުން ރާއިލް މިހާރު އިންތިޒާރުކުރަމުން ދާތާ އެތައް އިރުތަކެއް ވެއްޖެއެވެ.
” އެރޭ ރާއިލް އަށް މިސްއަންޑާސްޓޭންޑިން އެކޭ ހީވީ ފަހުން އަހަރެން އެއްވެސް އެއްޗެއް ބުނެދޭކަށް ވެސް ރާއިލް ނުދިނީމެއްނު ޗާންސެއް ވެސް…. އެރޭ ސެލެބްރޭޓް ކުރަން ރެޑީކޮށްފަ އޮންނާނީ ޔުމް އެންޑް ރާއިލްގެ ރިލޭޝަންޝިޕްގެ ފަސްޓް ޔެއާ ސެލެބްރޭޝަންއޭ… ހަމްދޮންއަށް ވެސް ނޭނގޭނެ އަހަރެން އެތަން ރެޑީކުރުވީ ކީއްވެކަމެއް…އެންޑް އެރޭ އަހަރެން ހުރީ ވެސް ހަމްދޮންއަށް ރާއިލް އިންޓްރޮޑިއުސް ވެސް ކޮށްދޭން… މިއީ ވީގޮތަކީ..” ޔުމްނާގެ ވާހަކަ ނިމުނު އިރު ރާއިލްގެ އަނގައިގައި ތަޅެއް ލެވިފައިވާ ކަހަލައެވެ.”ދެން އުޅޭ އަނެއް ފްރެންޑް ކޮބާ؟” “އޭނަ ނޫޅޭނެ އޭރު އޭނަ އުޅުނީ ކިޔަވަން ގޮސް….. ރާއިލް ދެން އެގޮތަށް އަހަރެންގެ މިސްޓޭކެއް ނެތި އަހަރެން ދޫކޮށްލާފަ ނުދައްްޗޭ ޔޫ ކާންޓް އީވެން އިމޭޖިން ހައު އިމްޕޯޓެންޓް ޔޫ އާ ފޯ މީ..”
” ޔަގީންކުރޭ އައި ކާންޓް ލީވް ޔޫ..ޔުމް އައި ލަވް ޔޫ ޓޫ”
ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ޔުމްނާއަށް މިރޭ ވަނީ ލިބިފައެވެ. ރާއިލްގެ ހާލަކީ ވެސް ހަމަ މިއެވެ.ދަންވަރު ވަންދެން ނޯރާއާއި އެކު ބޭރުގައި އުޅެފައި ގެއަށް އައިސް ވަދެ ފުރަތަަމަ ވެސް ޒިލާލް ބެލީ އިވްލީން ކޮބާތޯއެވެ. ސޯފާގައި ނިދާފައި އޮތް އިވްލީން ފެނުމުން ބޭރުގައި ހުރި ޒިލާލް ހިނިއައިސްފައި ހުރެ ކޮޓަރި ދޮރު މަޑުމަޑުން ލައްޕާލިއެވެ. ދެން ޒިލާލް މަޑު ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ. ގޭގައި މީހުން ނިދާފައި ތިބޭ ވަގުތު ކަމުން ޒިލާލް ގޭތެރޭގައި އުޅުނީ ވަރަށް ބަލައިގެންނެވެ. ބަދިގެއަށް ވަދެ ހޯދާހޯދާ ބަލިވިއިރު ވެސް ޒިލާލްއަށް ޕާސްތާ އަޅާފައި ހުރި ތަށި ފެންނަގޮތެއް ނުވިއެވެ. އެންމެފަހުން ގޮސް އެއްޗެއް ޑަސްބިނަށް ލާން ޑަސްބިން ހުޅުވައިލި އިރު ޑަސްބިން ތެރޭގައި ޕާސްތާތައް ހުއްޓާ ޒިލާލްއަށް ފެނުނެވެ.” ޕިސް ޕިސް އެއޮށްހާ މީރު ވައިޓް ސޯސް ޕާސްތާ އެތި… އެކަން ހުރިހާ ރަހަތައް ވެސް ހާދަ ހެޔޮވަރޭ..އަޅެ އެހާ ކާހިތުން މިއައީ ވެސް ޕިސް… ކުރާނެ ކަމެއް ނެތް ދެން ނޭނގެ މީން ދުވަހަކު ވައިޓް ސޯސް ޕާސްތާ ގަނޑެއް ކައްކާނެ ކަމެއް ވެސް…އެހެންނޭ ވާނީ ނެތް ވަރަށް ލެކްޗަރަރ ވެސް އޭނާއަށް އަޅާލެވިއްޖޭދޯ.. އެކަމު މަ ހާދަ އެބަ ކާހިތްވެޔޭ… ލަދުހަޔާތް ކަނޑާލާފަ ބުނަން ވީ ކަންނޭނގެ ކައްކާ ދޭށޭ.. އުހުން ސުއްބޫ އެގޮތެއްވާ ކަމަކު ނުދާނެ މަ ނުކުރާނަން ގޮތްދުލެއް… ޖެހޭނެ ގޮތުގަ ހިފާއްޓަން..” އަމިއްލައަށް ހުރެ ވާހަކަ ދައްކަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާފައި އަރާ އޮށޯތީ ނިދޭތޯއެވެ.
“ޕިސް ހަރާމޭ މި ނިންޖެކޭ ކިޔާއެއްޗެއް ވެސް އަންނަން ވެއްޖެއްނޫންތަ އަޅެ؟ މިހާރު މިހެން އޮންނަތާ 2 ގަޑިއިރު ވަނިއްޔޭ! މިހާރު މިއޮށް ފަތިސް ވެސް ވިއްޔޭ ކަމެއް ދެން މިއޮތީ ޔަގީނޭ ނުނިދިގެން މިއުޅެނީ ޕާސްތާ ކޮޅެއް ނުލިބުނީމަކަން… މި ޕާސްތާއެއް ކާހިތުން މުޅި ރޭގެ ނިދިވެސް…އަޅެ މާބާރަށް ތޯއްޗެ މި ވާހަކަ ދެއްކުނީ އެންމެން މަ ހާ ނިދިގަދައެއް ނުވާންނު..” މިހެން ބުނެފައި ޒިލާލް އެނދުން ތެދުވެ ފޯނު ހިފައިގެން ގޮސް ފޯނު ހުޅުވާލާފައި ބްރައިޓްނެސް އެންމެ ހައި ކޮށްލުމަށްފަހު އިވްލީންގެ މޫނަށް ވާގޮތަށް ދިއްކޮށްލިއެވެ. ގަދަ ނިދީގެ ތެރޭގައި އޮތް އިވްލީންގެ އިޝާރާތެއް ނުވުމުން ފުއްނޭވާއެއް ދޫކޮށްލާފައި ގޮސް އަރާ އަނެއްކާވެސް ނިދޭތޯ އުޅުނެވެ.

ނުނިމޭ

Share Article

Aishath Limsha
Follow Me Written By

Aishath Limsha

Level 3100 Login10 Stories

A girl who want it, work for it🖤.. trying my best to be a good author🤍 ... I'll accept positive n negative comments and without reader's comments🤍 I might have been repeating mistakes🖤...I would love to see reader's opinion for my stories?? 🤍Author of " abadhahtakaa hithuge loabi" luv yu my dear reader's 🤍🖤

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ………9

Next

ފުރާނައިގެ ދިރުމޭތިއީ 27

Next
April 4, 2025

ފުރާނައިގެ ދިރުމޭތިއީ 27

Previews
April 3, 2025

ވާނަމޭ އުމުރަށް އެކީ ޖާނާ………9

8 Comments!

  1. ❤️ says:
    April 4, 2025 at 2:02 am

    Vrh vrh reethi 🫶
    Masha allah ♥️
    Keep it up dear lily 👏
    When is the Next ep ?

    1. Aishath Limsha Aishath Limsha says:
      April 4, 2025 at 1:39 pm

      Thank yu ❤️
      Thanks lilyge sis 🥹
      Next ep maybe tmr…

  2. leeshaa says:
    April 4, 2025 at 9:34 am

    Mi part vx vrh reethi Masha Allah 💗
    zilaal maa molhu velan vegen ivlyn aa dhimaa ah pasta nuba ey buneema dhn vaanee vx ehn…
    hehe
    i really really like it Lim 💖
    neynge mi story aa behey gothun ehchekey bunaakah vx…
    hama ehaa perfect ❤️
    raail and yum ge part kiyaalaafa hama rovun 😭
    i just don’t know how to say how nice the story is just by few lines….
    you are the best and my fav author tooo
    vrh loabiveyyyy Lim 💋

    1. Aishath Limsha Aishath Limsha says:
      April 4, 2025 at 1:45 pm

      Thank yu leeshaa ❤️
      Zilaal ge hiy hama eh ves nujehe ey ivleen rohvaa nula eh keehkuraany dhw 😭
      Aslu ves pasta nuba ey buneema vaani ehen.. mi comment fenuneema meeni bunaane ehcheh ves neyngifa kykey dhw bunaany ves haadha ufaa veyey mikahala comment thah fenuneema 🥹🫶🏻
      Ithuru hiy vareh story kuriah gendhan….
      Finally I’m a reader’s favvv Thai brings me a lot of happiness 🥹 bunedheyn ves neyngifa meeni mivaahaa ufaa 🤭
      I luv yu more leesha 🥰🫶🏻

  3. 🦋 says:
    April 4, 2025 at 10:10 am

    Aalheyy hama limm tha mee..
    heeves nukuran lim mihaa talented kamakah..
    aslu bunaane ehcheh ves neyngifa mi iny..
    gabool kuran ves undhagoo thee Hama lim kamah..
    Maasha’Allah Varah Varah interesting and hama Varah kiyaalaa hiy vaa gothakah mi story mi dhany..
    limm hama Varah molhu Maasha’Allah!! 👏
    Keep up tha good work dear <33
    When next..?

    1. Aishath Limsha Aishath Limsha says:
      April 4, 2025 at 1:52 pm

      Thank yu 🦋 ❤️
      Gaboolu nukurevey dhw lim kamah??hehe
      Ekm Mee lim Inge 🙈
      Mihaa loabi comments libeytheee vrh vrh bodahh ufaa veyy alhamdhulilah
      Vhk kuriah gendhan ithuru hiy vareh
      Thank yu for supporting ☺️
      Mi comment kiyaafa ufalun gos virey eba 🤭 this brings me a lot of happiness
      Same I also can’t believe it’s me kamah 🤕
      Vrh bodahh ufaa vejje kamudhaa gothah story kuriah dhaathyve
      Thank yu 🥹 LYSM 🫶🏻
      Next maybe tmr….

  4. Cutie girl says:
    April 5, 2025 at 10:53 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Finally raail and yum gulhunee
    They both are made for each other
    Haadha curious kohlaafa thi nimaaly

    1. Aishath Limsha Aishath Limsha says:
      April 6, 2025 at 8:10 am

      Thank yu Cutie girl ❤️
      Next ep soon..
      Yeah raail and yum gulhunee dhw let’s see what happens next…. Curious kohlevijje dhw maabodah…. Happy to see ur comment ☺️ episode eh levijje aa cutie girl ge comment akh wait kurevey…. Thank yu for supporting me 🥰

Comments are closed.


All Right Reserved!