“އެގެން ބޭނުންތަ…. އެހެންވެއްޖެއްޔާ އަޑުއަހާ…. ޝީ މީންސް ދަ ވޯލްޑް ޓުމީ…. އަހަރެންގެ އުފާ .. ހިހަމަޖެހުން އެއީ… އަހަރެންގެ ދަރިފުޅުގެ މަންމައެއީ.. ގޭގެ ރޫހު އެއީ… އިތައުޓް ހާރ މައި ލައިފް އިޒް އިންކޮމްޕްލީޓް… އައި ލަވް ހާރ… އަހަރެންކައިރީގަ އޭނަނެތް ދިރިއުޅުމެއް އަހަރެން ބޭނުމެއް ނޫން…..ސާފުވެއްޖެ… ” އިޝާ ދެލޯބޮޑުކޮއްގެން ބަލަން ހުއްޓާ ޔުސްރާގެ އަތުގައި ހިފައިގެން ހައިކަލް ފިހާރައިން ނުކުމެގެން ދިޔައީއެވެ. ގެއާހަމައައް ދެވެންދެން ކާރުގައި ވީ ހިމޭންކަމެވެ. އެއްވެސް އިންޒާރަކާ ނުލާ ވާރޭވެސް އޮއްސާލީއެވަގުތުއެވެ. ކާރުން ބޭރައް ނަޒަރު ހުއްޓާލައިގެން ޔުސްރާއައް އިދެވުނެވެ. އެވަގުތު ސިކުޑީގައި އެބުރެމުން ދިޔައީ ދެންމެ ހައިކަލް ދެއްކި ވާހަކަތަކެވެ. ހައިކަލް އެވަގުތު އެހެންބުނީ އައިސްފައި ހުރި ރުޅީގައި ބާއޭ ނޫނީ އެއީ ހަމަ ހަގީގަތްބާއޭ ހިތައް އެރިއެވެ. ގެއާއި ހަމައާއި ދެވުން އިރުވެސް ޔުސްރާއަށް އެކަން އިހުސާސް ނުވިއެވެ. “ޔުސްރާ…. ނުފައިބާނަންތަ؟؟” އިރުކޮޅަކު މަޑުން ޔުސްރާއައް ބަލަން އިނުމައްފަހު ހައިކަލް ޔުސްރާއަށް ގޮވާލީ ޔުސްރާ ކާރުން ނުފައިބާ އިނުމުންނެވެ. ހައިކަލް އާއި ދިމާއަށް ބަލާލުމައްފަހު އަވަސްއަވަހައް ޔުސްރާ ކާރުން ފައިބައިގެން ގޭތެރެއައް ވަދެގެން ދިޔައެވެ. ގޭތެރެއަށް ވަދެވުމާއެކު އަވަސްއަވަހަށް ޔުސްރާ ހިގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ނަމަވެސް ޔުސްރާއަށް ދެވުނީ ކޮޓަރީގެ ދޮރާހަމައަށެވެ. ހައިކަލް ޔުސްރާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެވަގުތު ޔުސްރާއަށް ހީވީ ހިތުގެ ތެޅުންވެސް ހުއްޓުނުހެންނެވެ. “ޔުސްރާ … އަހަރެން…. ” ހައިކަލްއަށް ވާހަކަ ދައްކަން އުދަގޫވިއެވެ. ޔުސްރާ މަޑުމަޑުން ޔުއާންއާއި ދިމާއަށް އެބުރުނެވެ. ނަމަވެސް އިސްއުފުލާ ހައިކަލްގެ މޫނައްބަލާކަށް ނުކެރުނެެވެ. “އައި އޭމްސޮރީ…” ލޯ މަރާލަމުން ހައިކަލް ބުނެލިއެވެ. އެއާއެކު ޔުއްރާގެ އަތުގައި ހިފަހައްޓާފައިވާ އަތްވެސް ދޫކޮއްލިއެވެ. ޔުސްރާގެ ހިތް ކުދިކުދިވިއެވެ. ހިތުގައި ރޯވި އުންމީދުގެ ހުޅުކޮޅުވެސް ނިވުނެވެ. އިސްއުފުލާ ހައިކަލްއާއި ދިމާއައް ބަލާލިއިރު ޔުއާން ހުރީ އޭރުވެސް ލޯމަރާލައިގެންނެވެ. “ނޫން…. ހައިކް ނުޖެހޭނެ މާފައް އެދޭކައް…. އެއީ މައްސަލައެއް ނޫނެއްނު….. އެވަގުތު ރުޅިއައިމަ އެހެން ބުނެވުނީ…” އަވަސްއަވަހައް ލޮލުންއައި ކަރުނަތައް ފޮހެލަމުން ޔުސްރާ އުޅުނީ ކޮޓަރިއައް ދެމިގަންނާށެވެ. “ވެއިޓް…. އަސްލުވެސް ނާދޭތަ ރުޅިއެއް… ” ހައިކަލް އަނެއްކާވެސް ޔުސްރާ ހުއްޓުވިއެވެ. “ނާދެއޭ ރުޅިއެއް… އަހަރެން ކީއްކުރަން ހައިކް ކައިރީގަ ދޮގުހަދަންވީ؟؟؟” ޔުސްރާ ތުންފަތްމައްޗައް މައުނަވީ ހިނިތުން ވުމެއ ވެރިކުރަމުން ހައިކަލްއާއި ކުރިމަތިލިއެވެ. “ޔޫ އާ ކްރައިން… ވަރައް ހާޓްވެއްޖެ ދޯ…” ޔުސްރާގެ ފެންކަޅިވެފައިވާ ލޯ ފެނުމުން ހައިކްލްއަށް އަމިއްލަ ނަފުސު ކުއްވެރިކުރެވުނެވެ. ހިން ދިރުވާލުމައްވެސް އުދަގޫވިއެވެ. ޔުސްރާއައް ބޭ ހޫރާލެވުނެވެ. އަގައިން ބަހެއް ނުބުނީ އަގަހުޅުވާލާ ތަނުންވެސް ރޮވިދާނެހެން ހީވުމުންނެވެ. “ފައިން ދެން… އަދެބަލަ ބޭރައް… އަހަރެން ބޭނުން ވާހަކަ ދައްކަން …ޕްލީޒް” މިވަގުތު ޔުސްރާ އެކަނި ދޫކޮލާކައް ހައިކަލްގެ ހިތް އެއްބަސް ނުވިއެވެ. އެއްވެސް ދެކޮޅުހެދުމެއްނެތި ޔުސްރާ ބޭރައް ނުކުމެ ސޯފާގައި އިށީދެލިއެވެ. ހައިކަލްއައް ހީލެވުނެވެ. މިއަދާ ހަމައައް ހައިކަލް އެއްވެސް ކަމަކަށް ޔުސްރާ ދެކޮޅު ހަދާފައެއް ނެތެވެ. “އެއްޗެއް އަހާލަންތަ؟؟” ޔުސްރާ ކައިރީގައި އިށީންނަމުން ހައިކަލް އަހާލިއެވެ. ޔުސްރާ ދެންވެސް ޖަވާބުދިނީ އިޝާރާތުންނެވެ. ” މިރޭގަ އަހަރެން އިޝާއާއި ދެއްކިވާހަކަ….” ހައިކަލް ވާހަކަދައްކަން ފެށިއެވެ. “ޔުއާން ލެޓްސް ނޮޓް…. އެހެން ވާހަކައެއް ދައްކަންވީނު…:” ހައިކަލް ވާހަކަ ދައްކަންފެށުމުން ޔުސްރާއަށް ބުނެވުނެވެ. އެވާހަކަތައް އަލުން އަޑުއެހުން ޔުސްރާއަށް ފަސޭހައެއް ނުވާނެއެވެ. “އެއީ ހަގީގަތެއް ވެއްޖެއްޔާ….” ސީދާ ޔުސްރާގެ ލޮލައް ބަލަންއިދެ ހައިކަލް އަހާލިއެވެ. ޔުސްރާ އަށް ހައިރާންވެފައި ހައިކަލްއަށް ބަލާލެވުނެވެ. “ހައިކް …. ޕްލީޒް ތިކަހަލަ ސަމާސާ ….” ޔުސްރާއަށް އިސްޖަހާލެވުނެވެ. “ނޯ ޔުސްރާ…. އައި އޭމް ނޮޓް…..އެވަގުތު އަހަރެން ދެއްކި ކޮއްމެ ވާހަކައެއް އެއީ އަހަރެންގެ ހިތުގެ އަޑު…. މިހުރިހާ ދުވަހު ހިތުގަ އެކަން ފޮރުވައިގެން އަހަރެން ހުރީ… އެކަމަކު ދެން….” ސޯފާއިން ތެދުވެ ޔުސްރާގެ ކުރިމަތީގައި ހައިކަލް ކަކޫ މައްޗައް ތިރިވިއެވެ. ” އެކަމަކުހައިކަލްް އަހަންނާ ހައިކަލް…” ޔުސްރާއިނީ އިވެމުން ދިޔަ ވާހަކަތައް ގަބޫލުކަރަން ދަތިވެފައެވެ. “ވަޓް…. އަހަންނަކައް ތިއައްވުރެ ރަނގަޅު ލައިފްް ޕާޓްނާއެއް ނުލިބޭނެ… ހައިއްކޮ އަކައް ތިއައްވުރެ ރަނގަޅު މަންމަ އެއް ނުލިބޭނެ…. އަކަމަކު މިކަމުގަ އެންމެ ފަހު ގޮތް ނިންމާނީ ޔުސްރާ… ޔުސްރާގެ ކޮންމެ ނިންމުނަކަށް އަަހަރެން ރެސްޕްކްޓް ކުރާނަން…. ބްޓަ ރިމެމްބާރ ވަން ތިންގް… އައި ލަވް ޔޫ… އެންޑް އައި މީން އިޓް…” ހައިކަލް ދައްކަން ބޭނުން ވި ހުރިހާ ވާހަކައެއް ދެއްކުމައް ފަހު ތެދުވެގެން ދާން ހިގައިގަތެވެ. ނަަމަވެސް ޔުސްރާގެ އަޑު އިވުމާއެކު ފައިގައި ހީވީ ނުފެންނަ އަތަކުން ހިފެހެއްޓިހެނަނެވެ. “އަހަރެން ގެ މުޅި ހަޔާތް މިހަރު ދައުރުވަނީ ހައިކް އާއި ހައިއްކޮގެ ވަށާ…. އަހަރެން ގެ މިހާ ތިދެމީހުންނޫން އެތުރު އެއްވެސް މީހެއް ނެތް… ފުރަތަމަ މިގެއައް އައި ދުވަހު ހައިކް އަާއިމެދު ހިތުގަ ހަމްދަރުދީ އުފެދުނު… އެ އިހުސާސް ލޯތްބައް ބަދަލުވީ ކޮންއިރަކު ކަމެއް އަހަންނަކައް ނޭގޭ… ހައިކް ދެރަވެފަ ހުންނަތަން ފެންނަ ކޮންމެފަހަރަކު މިހިތުގަ ހާދަ ވޭނެއް އަޅައޭ…. އެކަމަކު މިހެއްގެ ފިރިއަކަށް އަހަރެން ގެ ހިތް ދެވުނީމަ އެކަން ސިއްރުކުރަން އަހަންނަށް މަޖުބޫރުވީ…… އެހެންނޫނަސް އަހަރެންގެ ސިކުޑި އަހަންނައް ވިސްނާދިނީ އަހަންނާ ހައިކް އާއި އަރާ ހުރި ފަރަގު…. ދުވަހަކުވެސް އަހަރެން ހައިކްއާއި ގުޅުންއެއީ ނުވާނެ ކަމެއްކަން އަހަރެން ހުރީ ގަބޫލުކޮއްގެން… އަަހަރެން ނައް ހައިކްއާއި ނުލާ ދިރި ނޫޅެވޭނެހާވަރައް ހައިކް ދެކެ ލޯބިވެވިފަ ވީއިރުވެސް އެކަން އަހަރެން ސިއްރުކުރިން… އެކަމަކު މިރޭ އިޝާގެ ކުރިމަތީގައި ހައިކް އެގޮތައް ވާހަކަ ދެއްކީމަ އަހަރެންގެ ހިތައް ވަރައް އަސަރުކުރި… އަހަރެން … އަހަރެން ހީކުރީ ހައިކް އައިސްފަ ހުރި ރުޅީގައި ކީ އެއްޗިހިކަމައް އެއީ…. ދެން ގެއައް އައިސް މާފައް އެދުނީ…. ޔެސް ޔޫ ހޭވް ހާޓް މީ… ބަޓް އައި ލްވް ޔޫ… މިދުނިޔޭގައިވާ ހުރިހާއެއްޗަކައްވުރެ ބޮޑައް… ހައިކް ދުވަހަކުވެސް އަހަރެން ދޫކޮއްފަ ނުދައްޗޭ.. އަހަރެން މޮޔަވާނެ…” ޔުސްރާ ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ. މޫނުމަތީގައި އަތް އަޅާލަމުން ޔުސްރާ އައް ރޯން ފެށުނެވެ. ” ދުވަހަކުވެސް ނުދާނަން….” ޔުސްރާގެ އަތުގަ ހިފާ ނަގަމުން ހައިކަލް ޔުސްރާގައިގަ ބައްދާލިއެވެ. ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިބީ ދުނިޔޭގައިވާ ހުރުހާކަމެއް ހާދަން ނައްތާލަމުން ނެވެ. “ބައްޕީ…..” ސިހިފައި ދެމީހުންނައް ދުރައް ދެވުނީ ކައިރިން އިވުނު ހައިޝާގެ އަޑުންނެވެ. “ޔުސްތާ…. ނިދަން…” ޔުސްރާގެ ފައިގާ ހައިޝާ ބައްދާލިއެވެ. “ޔުސްތައެއް ނޫން… މަންމި….” ހައިޝާ އުރާލަމުން ޔުސްރާ ގަޔާ ކައިރި ކޮއްލަމުން ހައިކަލް ކޮޓަރިއާއި ދިމާއައް ހިގައިގަތެވެ. އެމީހުން ދިޔަ ދިމާއަށް ބަލަން ހުރި ޖެނީއައް ހީލެވުނެވެ. އެއްވެސް މީހެއްގެ އެސްފީނާއެއް ހައިކަލް އާއި ޔުސްރާގެ އުފާވެރިކަމައް ނޭޅުމައްއެދި ދުއާކުރެވުނެވެ.
“ހައިކް އަހަރެން އަބަދުވެސް ހައިކްއާއި އެކުގަ ވާނަން… ޕްލީޒް ނުރޮއި….. ތިލޮލުން ކަރުނަ އޮހޭ މަންޒަރު ބަލަން އަހަންނަކައް ކެތެއްނުވާނެ…..” ދުރައް ހިގަމުން ދިޔަ ހައިކަލް އާއި ދިމާލަށް ބަލަންހުރި ޔުސްރާގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް އެއަޑު ހައިކަލް އައްނީވޭނެއެވެ. އެބަސްތައް ދުލުންބޭރުކުރާނެހާ ހިއްވަރެއް ޔުސްރާގެ އެއްނެތެވެ. އެގިގެންދިޔަ ހަގީގަތާއެކު ޔުސްރާގެ ހިތް އުފަލުން ނަށާލިއެވެ. ނަމަވެސް ސިކުޑި ވިސްނައިދެމުން ދިޔަ ހިތް ދައްކާ މަގުން ނުހިގުމަށެވެ. “ދައްތާ…. ކޮއްކޮ ނިދަން…”ޔުސްރާ ނައިސް ގިނައިރުވާން ފެށުމުން ހައިޝާ ކޮޓަރިން ނުކުމެގެން އައީ ލޯ އުގުޅަމުންނެވެ. އެވަގުތު އިޝާ އެތާގައި ނެތުމުން އެކަމާ ހައިޝާ ސުވާލެއް ނުކުރިއެވެ. އެއުމުރުގެ އެހެންކުދިން ފަދައިން މަންމަ ފެނުމުން ހައިޝާ އުފަލުންވެސް ނޫޅެއެވެ. އިޝާ ވަނީ އެހަވެސް ބޮޑައް އެކުއްޖާއާ ދުރައްގޮއްސައެވެ. ހައިޝާއަށް ކާންދީ ނިންދެވުމައްފަހު ޔުސްރާ އިރުކޮޅަކު ހައިޝާ ކައިރީގައި އޮތެވެ. އެވަގުތު ސިކުޑީގައި އެބުރެމުން ދިޔައީ ދެންމެގަ ވީ ކަންތަކެވެ. ވިސްނަން ބޭނުން ނުވިޔަސް ޔުސްރާއަށް ވިސްނެނީ ހައިކަލްއާއި މެދުގައެވެ. އެންމެފަހުން ޔުސްރާއަށް ކެއްނުވެގެން ބޭރައް ނުކުތެވެ. ނަމަވެސް ހައިކަލްގެ ކޮޓަރީ ދޮރުމައްޗައް އަރާފައި ހުއްޓެވުނީއެވެ. ހައިކަލްއަށް ގޮވާލާކަށް ނުކެރުނެވެ. “ޔުސްރާ.. ކަމަކުތަ…؟؟” ފަހަތުން ހައިކަލްގެ އަޑުއިވުމުން ޔުސްރާއަށް ސިހިފައި ބަލާލެވުނެވެ. ކޮފީތައްޓެއް ހިފައިގެން ހުރުމުން ހައިކަލް އެއައީ ބަދިގެއިންކަން ޔުސްރާއަށް އެގުނެވެ. ދެފަރާތައް ބޯ ހޫރާލަމުން ޔުސްރާ އިސްޖަހާލިއެވެ. “ޔުސްރާ އަހަންނާ ވާހަކަ ދެއްކިޔަސް މީހަކު ރުޅިއެއް ނާންނާނެ… އެހެން ނޫނަސް އެއްގެއެއްގަ ކިހިނެއް ވާހަކަ ނުދައްކާ އުޅޭނީ….”ބެލްކަންޔާ ދިމާއައް ހިގައިގަންނަމުން ހައިކަލް ވާހަކަދެއްކިއެވެ. އޭރު ހައިކަލްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. އިރުކޮޅެއްކުރިން ހައިކަލްވެސް ހައިޝާގެ ކޮޓަރީ ދޮރުމަތީގައި ހަމައެގޮތައް ހުއްޓެވެ. ނަމަވެސް ޔުސްރާއަށް ގޮވާނެހާ ހިއްވަރު ހައިކަލް އަށްވެސް ނުލިބުނީއެވެ. “ޔުސްރާ….. ވީ ކޭންބީ ފްރެންޑްސް ރައިޓް…”ދޮރުމަތީގައި ހުއްޓެމުން ޔުސްރާއާއި ދިމާއަށް ބަލާލާފަ ހައިކަލް އަހާލިއެވެ. “މީ … އަހަރެން…”ލަދުން ޔުސްރާއަށް ރަނގަޅައް ވާހަކަވެސް ނުދެއްކުނެވެ. “މިތާގަ އިށީދެބަލަ….”ހައިކަލް އޭނާގެ ކުރިމަތީގައި އިން ގޮޑިއައް އިޝާރާތް ކޮއްލިއެވެ. އެއީ އެވަގުތު ހައިކަލްގެ ހިތް ބޭނުންވިގޮތެވެ. ޔުސްރާ ފެންނަހިސާބުގައި އިނުމުން ހުރިހާ ހާސްކަމެއް ފިލާދާކަހަލައެވެ. އެމޫނައް ހިތް ފުރެންދެން ބަލާލަން ހައިކަލް ބޭނުމެވެ.އެއްވެސް ބަހެއްނުުބުނެ ޔުސްރާ ހައިކަލްގެ ކުރިމަތީގައި އިށީނެވެ. ހައިކަލް ބަލަން އިނުމުން ޔުސްރާއަށް ހައިކަލްއާއި ދިމާލަށް ބަލާލަންވެސް ނުކެރުނެވެ. “ޔުސްރާ ދެން ރަށަކަށް ނުދާނަންދޯ……” ހައިކަލް އެއިންގޮތައް އިދެ އަހާލިއެވެ. އެއީ މިހާރު ހައިކަލް ވުމައް އެއްމެ ނޭދޭ ކަންތަކެވެ. ޔުސްރާއާއި ވަކިން އެއްމެދުވަހެއްވެސް ދެން ހޭދަކޮއްލުމަކީ އުދަގޫކަމެކެވެ. ޔުސްރާ ބޯޖަހާލިއެވެ. އެއާއެކު ހައިކަލްގެ މޫނު އުޖާލާވެގެން ދިޔައެވެ. “ޔުސްރާ ދާންވަންދެން މިގޭގަ ހުރެވޭނެ….. އެއްވެސްކަމެއް ޔުސްރާއަށް މަނާއެއްނުވާނެ… ” ދައްކާނެ ވާހަކައެއް ނޭގިފައި އިރުކޮޅަކު އިނުމައްފަހު ހައިކަލް ބުނެލިއެވެ. އެއާއެކު ޔުސްރާ އިސްއުފުލާ ހައިކަލްއަށް ބަލާލިއެވެ. “ސޮރީ.. ގޯސްއެއްޗެއްތަ މި ބުނެވުނީ…” ފެންކަޅިވެފައިވާ ޔުސްރާގެ ލޯ ފެނުމުން ހައިކަލް ހާސްވިއެވެ. “މިތަނައްއައީ ދާނެ އިތުރު ތަނެއް ނެތީމަ…. ބައްޕައަކާ ނުލާ މަންމަ އެކަނި އަހަރެން މިވަރުކުރީ… އަހަރެންމީ ބައްޕަ ނެތް ކުއްޖެއްކަން އަހަންނައް އެގުނީ އަހަރެންގެ އުމުރުން ނުވައަހަރުގަ….. ރަށުނީހުން އަބަދުވެސް އަހަންނަށް އެކަން ހާދާން ކޮއްދޭ…. މަންމަ ވަރަށް ބަލިކޮއް އުޅެފަ މަރުވީ… އަހަރެންނައް އަޅާލާނެ އަހަރެންގެ ހާލުބަލާލާނެ އެއްވެސް މީހެއް އެރަށުގަ ނުހުންނާނެ… މުހައްމަދުބެ އަހަރެންކައިރީގަ މިގެއައް އަންނަ ވާހަކަ ދެއްކީމަ ފުރަތަމަ އަހަރެން ދެކޮޅުހެދިން…. އެކަމަކު އެކަނިމާއެކަނި ގެއެއްގަ އުޅުން އަހަންނައްވީ ވަރަށް އުދަގޫކަމަކަށް…. ކޮންމެވެސް ފިރިހެނެއްގެ އުދަގޫ އަހަނަށް މުފޯރާ އެއްމެރެއެއްވެސް ނުދޭ…. އެހެންވެ އަހަރެން މިތަނަށް އައީ… ހައިކަލް ކަހަަލަ މާތް މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން…. ދެން ހައިއްކޮ… އެއީ މިހަރު އަހަރެންގެ ހުރިހާވެސް ހިތްހަމަޖެހުމަކީ…. ހައިކަލްް އަހަރެން މިގެއިން ނެރެނުލާހާހިދަކު އަހަރެން މިތާކުން ނުދާނަން….” ކަރުނަ ފޮހެމުން ޔުސްރާ ވާހަކަ ދެއްކިއެވެ. ރަށުގައި ޔުސްރާއާއި މެދު ކަންތައްވެފައި އޮތްގޮތް މުހަމަދުބެވަނީ ހައިކަލް އައް ކިޔާދީފައެވެ. ނަމަވެސް ޔުސްރާ އެގޮތައް އެވާހަކަތައް ކިޔާދިނުމުން ހައިކަލްގެ ހިތުގައި ރިއްސާލިއެވެ. “އަހަރެން ދުވަހަކުވެސް ޔުސްރާ ދޫކޮއްނުލާނަން….” ރޮވިފައި އިން ޔުސްރާއަށް ބަލަން އިދެ ހައިކަލް އަށް ބުނެވުނެވެ. ހިތުގެ އަޑު ދުލުން ބޭރުވިކަން ހައިކަލްއަށް އިހުސާސް ވީވެސް ޔުސްރާ އިސްއުފުލާ ބަލާލުމުންނެވެ. “މިބުނީ…. ޔުސްރާ ފޮނުވައެއްނުލާނަމޭ…. އެހެންނޫނަސް ދެން އަހަނައް އެކަނި ހައިއްކޮއެއް ނުބެލޭނެ… ” ހަމަޖެހޭން މަސައްކަތް ކުރަމުން ހައިކަލް ގޭތެރެއަށް ދާން ހިގައިގަތެވެ. ހައިކަލްއާއި ދިމާލައްބަލަން ޔުސްރާ އިންއިރު ހައިކަލް ދެންމެ ބުނި ޖުމްލަ ޔުސްރާގެ ކަންފަތްދޮށުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކަށް ހައިކަލްއާއި ޔުސްރާގެ ގުޅުން ދިޔައީ ބަދަހިވަމުން ނެވެ. ކުރީކޮލުގައި އިޝާގެ އުދަގޫ ކޮންމެވެސް ވަރަކަށް ވީނަމަވެސް އެކަންވެސް ގިނަދުވަހެއް ނުވެ ހުއްޓުނެވެ. ހައިޝާ ގޮވައިގެން ޔުސްރާއާއި ހައިކަލް އުޅެމުން ދާއިރު ކޮންމެމީހަކައްވެސް ސިފަވާނީ އުފާވެރި އާއިލާއެކެވެ. އެއްއަހަރު ފާއިތުވެގެން ދިޔައިރު ޔުސްރާވެސް ހައިކަލްއާއި ހީ ސަމާސަ ކޮއް ހަދައެވެ. ދެމީހުންގެ ހަޔާތުގައި ދިމާވެފައިވާ ހުރިހާކަމެއް އެކަކު އަނެކަކާ ހިއްސާކޮއްފައިވާއިރު އަދިވެސް ދެމީހުންގެ ހިތުގައި އުފެދިފައިވާ ލޯބި ވަނީ ފޮރުވިފައެވެ. ދުލުން ނުބުނި ކަމުގައިވިޔަސް އަމަލުން ދެމީހުންވެސް ދިޔައީ އެލޯބި ސާބިތުކޮއްދެމުންނެވެ. ގޭތެރޭގެ ކަންތަކާއި ހައިޝާގެ ކަންތައްތަކުގެ އިތުރުން ހައިކަލްގެ ކޮއްމެކަމަކަށް ޔުސްރާ ހާއްސަ އިސްކަމެއްދެއެވެ. މިހާރު ޔުސްރާ ފެންނަމީހަކަށް އެއީ ކުރީގެ ޔުސްރާއޭވެސް ބުނަން ދަތިވާނެއެވެ. ޔުސްރާ މިހާރުވަނީ އެހާވެސް ބޮޑައް ބަދަލުވެފައެވެ. ހަންގަޑުގެ ކުލަ އަލިވެ، ހަށިގަޑުގައި ކުރިންހުރި ނިކަމެތިކަން ކެޑިފައެވެ. ހެދުންއެޅުމުގައި އަދިވެސް ޔުސްރާގެންގުޅެނީ ކުރީގެ ސާދާ ގޮތެވެ. އެއީ ހައިކަލްއައް ކަމުދަނީ އެގޮތްކަމައްވާތީ އެކަން ބަދަލުކުރަން ޔުސްރާ ބޭނުންނުވީއެވެ. “ޔުސްރާ…. ނުނިމޭތަ…” ސިޓިންރޫމްގައި އިދެފައި ގަޑިއައް ބަލާލަމުން ހައިކަލް ގޮވާލިއެވެ. ” ހިގާދާން… އެހެންނޫނީ ފިހާރަތައް ބަންދުކުރާއިރުވެސް ނުނިމޭނެ…” ކޮޓަރިން ނިކުންނަމުން ޔުސްރާ ބުނެލިއެވެ. ކަޅުހެދުމާއެކު ނޫކުލައިގެ ޝޯލްއެއް އަޅާފައިވާއިރު ޔުސްރާގެ ވައް މޫނާ ނުލާހިކު ގުޅެއެވެ. ކޮއްފައިވާ ލުއިމޭކަޕުން އެރީތިކަން އެތައްގުނައެއް އިތުރު ކޮއްދީފައިވެއެވެ. ކަޅިޖަހާލަންވެސް ނޭގިފައި ހައިކަލްއައް ބަލަން ހުރެވުނެވެ. ޖެނީކައިރީގައި ހައިޝާ ކައިރީގައި މަޑުކުރަން ބުނެފައި އެބުރުނު ޔުސްރާއައް އިސްޖަހާލަން މަޖުބޫރުވީ ހައިކަލްގެ ތޫނުނަޒަރުން ސަލަމަތް ވުމަށެވެ. “މިހާރު ލަހެއްނުވޭތަ….” އިސްޖަހައިގެން ހުރެ ކުރިއައް ހިގައި ގަންނަމުން ޔުސްރާ ހީލާފައި އަހާލިއެވެ. ހައިޝާގެ އުފަންދުވަހުގެ ތައްޔާރީތައްވުމައް އެޗިހިގަންނަން ދާން ޔުސްރާ އުޅޭތާ ދެދުވަސް ވީއެވެ. އެކަމަކު ހައިކަލް ޔުސްރާއެކަނި ދާން ހިތްހަމައެއް ނުޖެހުނެވެ. އެހެނަކަމުން ހައިކަލްއައް ވަގުތުވެގެން ދާން މަޑުކުރީއެވެ. “ހައިކް…. މި އޯކޭދޯ….” ތަށިތަކެއްނަގާ ހައިކަލްއައް ދައްކާލަމުން ޔުސްރާ އަހާލިއެވެ. “ކޮންއުފަލެއްގަ ޕާޓީ ބާއްވަނީ…” ފަހަތުން އަންހެނެއްގެ އަޑުއިވުމުން ޔުސްރާ ފަހަތް ބަލާލިއެވެ. ދެލޯބޮޑުކޮއްލަމުން ހައިކަލް ހުރިދިމާލައް ބަލާލިއިރު ހައިކަލް ފޯނެއްގައި ހުރެ ބޭރައްނުކުނަނީއެވެ. ކުރިމަތީގައި ހުރީ އެމީހަކު ދެކެ ޔުސްރާއެއްމެ ފޫހުވާ މީހާއެވެ. ހައިކަލްގެ ދިރިއެޅުމުގެ ހަމަޖެހުންނަގާލި އަންހެނާއެވެ. “ރާއްޖެތެރޭ އެއްޗަކައް މާލެއެރޭއިރައް ފުރަތަމަވެސް ބަލާނީ ފިރިހެނަކު އަތު އަޅުވާލެވޭތޯ…. އެހެޔޮވާނެ މީހެއްގެ ފިރިއަކަސް… މަގޭއަތުން މަގޭ ފިރިމީހާ ޖަހައިގަނެފަ ކަލޭ ހީކުރީ ވަރައް އުފަލުން އުޅެވޭނެކަމައްތަ…. އަދި ބުނެފިއެއްނު ހައިކް އޭ…. އެނަން ކިޔާނީ ހަމައެކަނި އަހަރެން…” އިޝާ އެއްމެންގެ ތެރޭގައި ޔުސްރާއާއި ދިމާލައް އެޗިހިކިޔަން ފެށިއެވެ. ފިހާރާއިގައި ތިބިއެންމެންގެ ނަޒަރު ހުއްޓިފައިވަނީ ޔުސްރާއައްށެވެ. އެވަގުތު ބިންފަޅާފައި އަޑިއައްދާނެނަމައޭ ޔުސްރާގެ ހިތައް އެރިއެވެ. “މީތަ އީޝް ބުނި އަންހެނަކީ…. މީނައައްޓަކާ ހައިކަލް އީޝް ދޫކޮއްލީ… ހުރި ކަޓުވައްތަރު ބަލާބަލަ….” އިޝާ ކައިރީގައި ހުރި ކުއްޖާވެސް ޔުސްރާއާއި މަލާމާތް ކުރަން ފެށިއެވެ. “އަދިވެސް ހައިކް ކަލެއަކާ ނީދޭދޯ…. ނުވެސް އިންނާނެ… ކަލެއާއި ހައިކް މެޗް ނުވާކަން ހައިކްވެސް ގަބޫލުކުރާނެ…… ތިހެންދަރިބަލަން ގޭގަ ބަހައްޓަފާނެ…. އެއީ ކަލޭގެ ފެންވަރަކީ….ހައިކްގެ ހިތާހަމައައް ދުވަހަކުވެސް ކަލެއައް ނުދެވޭނެ…” އިންޒާރުދޭފަދައިން ޔުސްރާ އާއި ދިމާލައް އިގިލި ދިއްކޮއްލަމުން އިޝާ ބުނެލިއެވެ. ރައްދުގައި ޔުސްރާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އިޝާގެ ކޮންމެ ޖުމުލައަކާއެކު ހިތްދިޔައީ ފޮތިފޮތިވަމުންނެވެ. “އަހަރެންގެ ހިތުން ޖާގަލިބޭނެގޮތް އިޝާއައް ކިހިނެއް އެގެނީ…. ތީ ހަތަރުއަހަރުވަންދެން އަހަރެންގެ އަތްބެއްގެ މަގާމުގައި ހުރެވެސް އަހަރެންގެ ހިތުން ޖާގަ ނުހޯދުނު މީހެއް …. އެހެންވީމަ މިއަދު ޔުސްރާއާއި ދިމާލައް އެއްޗެއް ބުނުމުގެ އެއްވެސް ހައްގެއް އިޝާއައް އެބަ އޮތްތަ؟؟؟” ފޯނުބާއްވައިފައި ފިހާރައައް ވަދެގެންއައި ހައިކަލް އައް އިވުނު ބަސްތަކުން ލޭ ކެކިގަތެވެ. އޭނާގެ ހިތުގެ ވިންދުކަމުގައި ވެފައިވާ ކުއްޖާއާއި އެގޮތައް އެއްވެސްމީހަކު ވާހަކަދެއްކުން އެއީ ހައިކަލްގެ ހިތައް ކުޅަދާނަވާނެ ވަރުގެ ކަމެއް ނޫނެވެ. ” އައްދެ… ގޭގައި ގެންގުޅޭ ކުއްޖަކާހެދި ހާދަވަރެއް ހައިކްއައް ތިވަނީ… ހާދަ ގާތް ގުޅުމެއް ތިދެމެދުގަ އޮތްހެން ހީވެޔޭ… އާ ވާނީވެސް އެހެންތާދޯ… ދެމީހުން […]
ޔުސްރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު އިވުނު ވާހަކައިން ޔުސްރާގެ ދެލޯ ބޮޑުވިއެވެ. އެއީ ހަމަ ހަގީގަތެއްބާއޭ ހިތުގައި ސުވާލު އުފެދުނެވެ. “ހީކުރީތަ އަހަރެން ވަރިކޮއްލާފައި އައިސް ތިގޮތައް ހުރެވޭނެކަމަށް…” އިޝާގެ އަޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. “އަހަރެން ދެންކިހިނެއްތަ ހަދަންވީ…. އިޝާ އަހަންނާއެކު އުޅެން ބޭނުމެއްނުވޭ….އެކަމުގެ ހެކި އަހަންނައް ފެނުނީ… ދެން އަހަރެން އިޝާ ވަރިކޮށްދިނީ… މިހާރު ގައިމުވެސް އިޝާގެ މިނިވަންކަމަކަށް ހުރަސްއަޅާކަށް އެއްވެސް މީހަކު ނުހުންނާނެ… ޔޫ ކޭން އެއްޖޯއި ޔުއާރ ލައިފް .. […]
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަވަރަކަށް ޔުސްރާއަށް ހައިކަލް އާއި ހައިޝާއާ މެދު ވިސްނޭވަރު ދިޔައީ ގިނަވަމުންނެވެ. އަބަދު ގޭގައި ހުންނަ މީހަކަށް ވުމުން އިޝާގެ ހުރިހާ ކަމެއްވެސް ޔުސްރާއަށް ދިޔައީ ފެނި ދަސްވަމުންނެވެ. އެއްބައިފަހަރު އިޝާ ހައިކަލް އާއި ކައިވެނި ކޮށްގެން އުޅެނީ ކީއްވެބާއޭވެސް ޔުސްރާގެ ހިތައްއަރައެވެ. “ހައިއްކޮ… ދޫނި އަވަސްކޮށްލަބަލަ …. އޭރުން ނެއްނު ޕާކަށްދެވޭނީ ދޯ…” ތަށިހިފައިގެން ހައިޝާ ކައިރީގައި އިދެ ޔުސްރާ ދިޔައީ އެކިވާހަކަ ދައްކަމުންނެވެ. އަމިއްލައަށް ކެއުން އެއީ ހައިޝާ އެއްމެ […]
މާލޭގެ ހަލަބޮލިމާހައުލުފެނި ބޮލަށް އުދަގޫވެފައިހުރި ޔުސްރާ އަށް ހުއްޓިހުރެވީ ކުރާނެކަމެއް ނޭގިފައެވެ. ލޯންޗުން ފޭބި އެހެން އެންމެން އެމީހެއްގެ މަންޒިލަށް ދިއުމަށް އަވަސް އަރުވާލައިފައި އުޅެމުން ދިޔައިރު ޔުސްރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ޔުސްރާތަ؟” ކައިރިން އިވުނީ ބަރު ފިރިހެން އަޑެކެވެ. ހައިރާންވެފައި ބަލަން ހުރެފައި ޔުސްރާއަށް ބޯޖަހާލެވުނީ އެއީ ދުވަހަކުވެސް ޔުސްރާ ދެކެފައިވާ ޒުވާނެއްނޫން ވީމައެވެ. ހަށިގަޑުގެ ކުލަ އަލި އިސްކޮޅުން ދިގު މީހެކެވެ. ލައިފައިވާ މަޑު ނޫކުލައިގެ ގަމީހާއި ފަޓުލޫނުގައި ބެގީ ކޮށްލާފައި ވާއިރު ވަރަށްވެސް […]