Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ތިޔަލޯބިން ހިތް ފުރިއްޖޭ..
ލޯބި

ތިޔަލޯބިން ހިތް ފުރިއްޖޭ..

Nym Level 110 Stories
July 15, 2020 3 Mins Read
8 Comments

މާލޭގެ ހަލަބޮލިމާހައުލުފެނި ބޮލަށް އުދަގޫވެފައިހުރި ޔުސްރާ އަށް ހުއްޓިހުރެވީ ކުރާނެކަމެއް ނޭގިފައެވެ. ލޯންޗުން ފޭބި އެހެން އެންމެން އެމީހެއްގެ މަންޒިލަށް ދިއުމަށް އަވަސް އަރުވާލައިފައި އުޅެމުން ދިޔައިރު ޔުސްރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ޔުސްރާތަ؟” ކައިރިން އިވުނީ ބަރު ފިރިހެން އަޑެކެވެ. ހައިރާންވެފައި ބަލަން ހުރެފައި ޔުސްރާއަށް ބޯޖަހާލެވުނީ އެއީ ދުވަހަކުވެސް ޔުސްރާ ދެކެފައިވާ ޒުވާނެއްނޫން ވީމައެވެ.

ހަށިގަޑުގެ ކުލަ އަލި އިސްކޮޅުން ދިގު މީހެކެވެ. ލައިފައިވާ މަޑު ނޫކުލައިގެ ގަމީހާއި ފަޓުލޫނުގައި ބެގީ ކޮށްލާފައި ވާއިރު ވަރަށްވެސް ފުރިހަމައެވެ. ސްޓައިލް ކޮށްލައިފައިވާ އިސްތަށިގަޑާއި އަރާފައިވާ ވިދުންގަދަ ބޫޓުންވެސް މީހާގެ ހައިބަތު ހާމަވެގެން ދެއެވެ. އަމިއްލަ ނަފްސާމެދު ވިސްނާލެވުމުން ޔުސްރާ އަށް އިސްޖަހާލެވުނެވެ. އާދައިގެ ބުރުގާއެއް އަޅާފައި ހުރިއިރު ލައިފައިވަނީ ދެމޭފޮތީގެ ކަކުލާ ހަމައަށް އަންނަ ހެދުމެކެވެ. ކަޅު ހަރުވާޅަކާއެކު އަރައިފައިހުރީ ފެންފައިވާނަކަށެވެ. ޔުސްރާގެ ފެންވަރަކީ އެއީއެވެ. ނަމަވެސް ޔުސްރާއަކީ ހިތްތިރި މީހުންނާ ގުޅޭ، މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ.

“މީ ހައިކަލް… އަހަރެން މިއައީ ޔުސްރާ ބަލާ.. ” ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ ހައިކަލް އަމިއްލައަށް ތައާރަފް ވެލިއެވެ. ޔުސްރާ މާލެއެއައީ ގެއެއްގައި މަސްއްކަތް ކުރުމަށެވެ. މުއްސަދި ބައެއްގެ ކުޑަދަރިފުޅުގެ “ނެނީ” އެއްގެ ގުތުގައެވެ.

“މިއޮއްއައީ ކާރު… ހިގާ ދާން… ކޮބާ ފޮށި؟” ކައިރިއަށް އައިސް ހުއްޓުނު ކާރަށް އިޝާރާތް ކޮށްލަމުން ހައިކަލް އަހާލިއެވެ.

“މި ދަބަސް އެކަނި..” ކޮޑުގައި އަޅިުވާފައި އިން ދަބަހައް އިޝާރާތް ކޮށްލަމުން ޔުސްރާ މަޑުމަޑުން ބުނެލިއެވެ.

“ހައިއްކޮ އެހާ ފްރެންޑްލީ އެއްނުވާނެ.. ދުވަސްކޮޅެއްވާނެ ހަމައަކަށް އެޅެން.. ޔުސްރާ ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ހައިއްކޮ ރަނގަޅަށް ބެލުން…. ޝީ މީންސް ދަ ވޯލްޑް ޓުމީ…” ކާރު ދުއްވަމުން ދިޔައިރު ހައިކަލް ދިޔައީ ހައިޝާއާ ބެހޭ ހުރިހާ މައުލޫމާތެއް ޔުސްރާއާ ހިއްސާކުރަމުންނެވެ. ހައިކަލްގެ ވާހަކަ ނިމުނު އިރު ޔުސްރާއަށް ހައިޝާ ނުފެނި އެކުއްޖާ ދަސްވިއެވެ. ނަމަވެސް އެއްފަހަރުވެސް ހައިކަލް ހައިޝާގެ މަންމަ ގެ ވާހަކައެއް ނުދައްކައެވެ. ޔުސްރާއަށްވެސް އަހާލަން ނުކެރުނީއެވެ.

ފަނަރަ މިނެޓުގެ ދަތުރަކަށްފަހު ކާރު ގޮސް މަޑުކޮށްލީ ދިހަބުރީގެ އުސްއިމާރާތެއްގެ ކުރިމައްޗަށެވެ. އަށްވަނަ ފަންގިފިލާގެ ތެރެއަށް ހައިކަލްގެ ފަހަތުން ވަނުމާއެކު ޔުސްރާ ގެ ކަންފަތުގައި ޖެހުނީ ތުއްތުކުއްޖެއްގެ ރުއިމުގެ އަޑެވެ.

“އާދެވިއްޖެދޯ… އަހަރެން މިހާރު ލަސްވެގެން ގުޅާތާ ކޮންއިރެއްތަ؟ ހައިކް ގެ ފޯނުކޮބާތަ؟؟ … ދެންވެސް ހައިއްކޮ އުރާބަަލަ.. ގަޑިޖެހެނީއޭ…. ” ދެއަހަރުގެ ހައިޝާ ހައިކަލްގެ އަތުތެރެއަށް ލަމުން އެމީހާ ވާހަކަ ދައްކަމުން ދިޔައިރު ޔުސްރާ އެއީ އެތާހުރި މީހެއްހެންވެސް ހީނުވެއެވެ.

“އިޝާ މިއަދު ގޭގަ މަޑުކުރަންވީނު… ހައިއްކޮ ހުންއައިއްސަ އެއްނު މިއިނީވެސް…. ” ޔުސްރާއާ ދިމާއަށް ބަލާލުމަށްފަހު ހައިކަލް މަޑުމަޑުން ބުނެލިއެވެ.

“މިދަތުރު އަހަންނަށް ވަރަށް މުހިންމު… އެހެންނޫނަސް މިހާރު ހައިއްކޮގެ ކަންތައް ބަލަން މީހަކުވެސް ގެނެސްފައެއްނު އެ ހުރީ… “ހައިޝާ އެވަރަށް ރޮމުން ދިޔައިރުވެސް އެ އަންހެނާގެ ހިތައް އެއްވެސް އަސަރެއްއެކަމުން ނުކުރާފަދައެެވެ. ހައިކަލް ދައްކަމުން ދިޔަ ވާހަކައިން އެއީ ހައިޝާގެ މަންމަކަން ވެސް ޔުސްރާ އަށް އެގުނެވެ.

“އިޝާ …ޕްލީޒް….. ” އާދޭހުގެ ރާގަކަށް ހައިކަލް ގޮވާލިއެވެ. އޭރު ހައިކަލް ދިޔައީ ހައިޝާ މަސަލަސްކުރުމަށް ދޮކޮޅަށް ހިގަމުންނެވެ.

” ހައިކަލް ބުނަން ވާހަކައެއް…. ހައިޝާ ތީ އަހަރެން އެއްވެސް ވަރަކަށް ބޭނުންވެގެން ހޯދި ކުއްޖެއްނޫން… އެކަން އެއްމެ ރަގަޅަށް އެގޭނެ މީހަކީވެސް ތީ…. އަހަރެން ނަށް އަހަރެންގެ މިނިވަންކަން ވަރަށް މުހިންމު… އެކަމަކު ހައިކަލް ބުނި ކުއްޖަކު ލިބުނަސް އަހަރެންގެ މިނިވަންކަން ނުގެއްލޭނެޔޭ… ސޯ….. ހައިކަލްގެ ދަރި ހައިކަލް ބަލާ … އަހަރެން މި ދަނީ…” އައި ރުޅީގައި ހިތު ހުރިހާއެއްޗެއް ހައިކަލްއާ ދިމާއަށް ގޮވާލުމަށްފަހު އިޝާ ނިކުމެގެން ދިޔައެވެ.

ހުއްޓުން އަރާފައި އިރުކޮޅަކު ހުރުމަށް ފަހު ޔުސްރާ ހައިކަލް ކައިރިއަށް ޖެހިލިއެވެ. ހައިކަލް ހިގައިގަތީ ކޮޓަރިތަކާ ދިމާލަށެވެ. އޭރު ހައިޝާއަށް އޮތީ ނިދިފައެވެ.

“މީ ޔުސްރާގެ ކޮޓަރި… ދެން މީ ހައިއްކޮގެ ކޮޓަރި… މިގެއަކު ނޫޅޭނެ އިތުރު މީހެއް… އަހަންނާ އިޝާ އާ ހައިއްކޮއާ އެކަނި މިތާގަ އުޅެނީ….” ކުރިމާތީގައި ހުރި ދެކޮޓަރިއަށް އިޝާރާތް ކޮށްލަމުން ހައިކަލް ވާހަކަ ދެއްކިއެވެ.

“ދީ އަހަރެން އަތައް…” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޔުސްރާ ހައިޝާ އާ ދިމާއަށް އަތްދިއްކޮށްލިއެވެ.

ހައިޝާ ހީވަނީ ހޫނުކަމުން ފިހިދާނެހެންނެވެ. އެހާލުގައި އެކުއްޖާ ދޫކޮށްލާފައި އިޝާ އެދިޔައީ ހިތުގައި ހަމަ އެއްވެސް ވަރަކަށް މައިވަންތަ ކަމުގެ ކުލުނުނެތީބާއޭ ޔުސްރާ ހިތައް އެރިއެވެ. އެރޭއެއްކޮށް ޔުސްރާ ހޭދަކުރީ ހައިޝާ ކައިރީގައެވެ. ފުރަތަމަ ޔުސްރާ އުރާލުމުން ރޯންފެށިނަމަވެސް އިރުކޮޅަކުން ހަމައަކަށް އެޅުނެވެ. ބޭސްދިނުމައްފަހު ފެންފޮތިގަޑެއް ގައިގާ ހާކަން ފެށުމުން އިސާހިތަކު ހުން ފިލިއެވެ. އާދުވަހަކަށް އަރައިގެން އައި އިރާއެކު އެގޭގައި މަސައްކަތް ކުރަން އުޅޭ ދެ މީހުން އައެވެ. އެކަކު ކެއްކުމުގައި އަވަދިނެތި އުޅުނުއިރު އަނެކަކު އުޅުނީ ތަންތަން ފޮޅާ ސާފުކުރުމުގައެވެ. ޖެނީއާއި ރާދާ އާ ތައާރަފްވެ ޔުސްރާ އެމީހުންނާ ވާހަކަ ދައްކަން ފެށިއެވެ.

މެންދުރުވުމުން ހައިޝާ ނިންދަވާފައި ޔުސްރާ ބަދެގައަށް ދިޔައެވެ. އޭރު ޖެނީ އާއި ރާދާ އޮލަ ވާހަކައިގައި ތިއްބެވެ. އިންޑިޔާއަށް ނިސްބަތްވާ އެދެމީހުންވެސް ދިވެހިބަހައް ވަރަށް ފަރިތައެވެ. އެއީ ޔުސްރާއަށް ލިބުނު ވަރަށްބޮޑު ހިތްހަަމަޖެހުމެކެވެ. ޔުސްރާވެސް ގޮޑިއެއްގައި ހަމަޖެހިލަމުން އެމީހުންގެ ވާހަކަތައް އަޑުއަހަން ފެށިއެވެ. އެގޭގެ ހުރިހާކަމެއް އެދެމީހުން ދިޔައީ ޔުސްރާއަށް ކިޔައިދެމުންނެވެ. އިޝާއާއި ހައިކަލްގެ ކައިވެންޔަކީ އާއިލާ ތެރޭގައި ރޭވިގެން ކުރެވުނު ކައިވެންޔެކެވެ. މަޑުމައިތިރި މީހުނަށް އިޙުތުރާމު ކުރާ އެންމެނާވެސް ހިނިތުންވެ ވާހަކަދައްކާ އުޅުނު ހައިކަލްއަށް ކައިވެނީގެ ގޮތުން ގުޅެވުނު އިޝާ އަކީ ހަމައެކަނި އަމިއްލަ ނަފްސާމެދު ވިސްނާ މީހެކެވެ. މުއްސަދިކަމާ އެއްވަރައް ބޮޑާކަމާއި ކިބުރުވެރިކަންވެސް އިޝާގެ ކިބައިގައި ހުރެއެވެ. ހައިކަލް އުޅޭ ހާލުން ދެރަވާކަމުގައި އެދެމީހުން ބުންޔެވެ. ޔުސްރާވެސް ހައިކަލް އާމެދު ވިސްނާލިއެވެ. އިއްޔަގަ ކަންތައްވެގެން ދިޔަ ގޮތެވެ. އެވަގުތު ހައިކަލް ގެ ކެއްތެރިކަމާ މެދު ހިތާހިތުން ތައުރީފުކޮއްލެވުނެވެ. އެހާ ހިތްތިރި ޒުވާނަކު މިހާރު ވަރަށް މަދުވާނެއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

މަންޒިލް 2

Next

އިމްތިޙާން 16

Next
July 15, 2020

އިމްތިޙާން 16

Previews
July 15, 2020

މަންޒިލް 2

8 Comments!

  1. Raaya says:
    July 15, 2020 at 4:28 pm

    woow! vrh reethi mi part. dhen inna bayah inthizaaru kurevey

  2. Raaya says:
    July 15, 2020 at 4:46 pm

    woow! vrh reethi mi part… dhn inna bayah varah intizaaru kurevey! loved it! dhn inna bai thankolheh dhigu kohlahchey

  3. Shaina says:
    July 16, 2020 at 9:28 am

    Wooww. I loved this story. Waiting for the next part ??☑️☑️☑️☑️

  4. Chff says:
    July 16, 2020 at 10:33 am

    Vrh vrh reethi Masha Allah ?♥️?keep it up dear.

  5. VANTEKTH says:
    July 16, 2020 at 12:42 pm

    mashallah vv reethi.. adhi prt nerenhtha??? v reethi vaanehen heevanee… waiting!

    1. Nym says:
      July 17, 2020 at 9:39 am

      Thank u….

  6. Laalu says:
    July 16, 2020 at 4:21 pm

    Nunimey dhw adhi… waiting for nxt prt?????v v v reethi masha allah.. nimendhn genesdhehchey????

    1. Nym says:
      July 17, 2020 at 9:38 am

      Thank u…
      Insha Allah … Tonight…

Comments are closed.

Next Episodeތިޔަ ލޯބިން ހިތް ފުރިއްޖޭ… (2)←


All Right Reserved!