އެތައްސުވާލެއް ސިކިޑިތެރޭގައި ދައުރުވަމުންދާއިރު އެއްވެސް ސުވާލެއްގެ ޖަވާބު ޒާރާ އަށް ނޭގެއެވެ.ގިސްލާ ރޮމުންދިޔަ ޔުއާންގެ ކުރިމައްޗައް ޒާރާ ތިރިވިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޒާރާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އެދުވަހަކަށް ޒާރާ އިންތިޒާރުކުރަމުން ދިޔަ ދުވަސް އައިސް ޖެހުމުން ޒާރާއައް ކަންތައް ކުަރަންވީ ގޮތެއް ނުވިސްނުނެވެ. ޔުއާންދެކެ ރުޅިއެވެސް ނާދެވުނެވެ. މަޑުމަޑުން ޔުއާންގެ މޫނުގައި އަތް ޖައްސާލަމުން ޔުއާންގެ ކަރުނަތައް ޒާރާ ފޮހެލަދިނެވެ. ކުަރަން ބޭނުން އެތައް ސުވާލެއް ހުރިކަމަކު ފަށަންވީ ދިމާލެއްވެސް ޒާރާއައް ނޭގުނެވެ. “ޒާ […]
“އަހަރެންވެސް މިހާރު މިހުންނަނީ އާން ދެކިލާހިތުން ކެއްމަދުވެފައި” ހީލަމުން ޒާރާ ބުނެލިއެވެ. އަދިވެސް އެއްފަހަރު ޒިވާއުރާލުމައްފަހު އަވަސްއަވަހައް ދަބަސް އަޅުވައިގެން ޔާނީ ގެއިންނުކުތެވެ. އެއާޕޯޓުގައި ނުކުނަމީހުން ނާއި ދިމާއައް ބަލަހައްޓައިގެން ހުރެ ޔާނީ އާން އައް ހޯދަމުން ދިއައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު ޔާނީ ފޫހިވެގެން ކުސްތަޅާލިއެވެ. “އަދިވެސް ތިގޮތް ކެޑޭކައް ނޫޅޭތަ… ކުޑަކުއްޖެއްހެން ތި ބޮޑާ ހާކަނީ…” ފަހަތުން އައިސް މީހަކު ޔާނީގެ ކޮޑައް އަތް ވައްޓަލަމުން ސަމާސާ ރާގަކައް ބުނެލިއެވެ. “ދޮންބޭ…..”ޔާނީ ބާރައް ގޮވާލަމުން އާންގެ ގައިގާ އޮޅުލައިގަތެވެ. އާންވެސް ހެވިފައިހުރެ ޔާނީ ގައިގާ ބައްދާލިއެވެ. “ނާންނާށޭ ބުނީމަވެސް އައީ ދޯ….. ކޮބާ ބައްޕަ؟؟” ޔާނީގެ ކޮލުގަ ހިފާލަމުން އާން އަހާލިއެވެ. “އެހެން އަދި ބުންޔަސް އަހަރެން ނައިސް ހުންނާނެތަ؟ ” ކޮލުގަ ފިރުމާލަމުން ހެވިލާފައި ޔާނީ ބުނެލިއެވެ. އެކިވާހަކައިގައި ތިބެ ގެއައް އައިސް ވަތް ދެމީހުން ފެނިފައި ސިޓިންރޫމްގައި އިން އާމިރު އައް ކޮޅައް ތެދުވެވުނެވެ. ހައިރާންވެފައި ބަލަން ހުރެވުނީ ލޮލައް ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. ދުވަހަކުވެސް އެދަރިފުޅު ހެވިފައި ހުއްޓާ ނުފެންނާނެކަމައް އާމިރުއައް ހީކުރެވުނު ދަރިފުޅު އެހުރީ ހެވިފަ އާމިރުގެ ކުރިމަތީގައެވެ. އަވަސްއަވަހައް އައިސް އާމިރު އާންގެ ގައިގާ އޮޅުލައި ގަތެވެ. އިރުކޮޅެއް ވަންދެން ދެމީހުންނައް ބަލަން ހުރުމައްފަހު ޔާނީ ސިޑިއާއި ދިމާލައް ހިގައިގަތީ ޒާރާ ބަލައެވެ. ނަމަވެސް ކޮޓަރީގެ ދޮރުހުޅުވާލިއިރު ޒާރާގެ އެއްވެސް ހަބަރެއް ކޮޓަރިން ފެންނަން ނެތެވެ. “ޒާ…. ފާހާނައިގައި ޒާރާ އުޅެދާނެކަމައް ޔާނީ ގޮވާލިއެވެ. ނަމަވެސް ޒާރާގެ އެއްވެސް ހަބަރެއް ނުވިއެވެ. “ބައްޕާ….. ޒާ؟ “ސިޑިން ތިރިއައް ފައިބަމުން ޔާނީ އާމިރުއައް ގޮވާލަމުން އަހާލިއެވެ. “ބައްޕައައް ގުޅިއިރުކޮޅެއް ކުރިން…. ނުޒުހާ ކައިރީގައޯ ހުރީ… ތަންކޮޅެއް […]
ހަމަސްދުވަސް ފާއިތުވެގެންދިޔައިރު ނުހާ ޒާރާއައް ގުޅައިގެން ޒާރާގެ ހާލު ނުބަލާ އެއްމެދުވަހެއްވެސް ނުދާނެޔޭބުނުމަކީ ދޮގަކައް ނުވާނެއެވެ. ބަލިވެއިނުމާއި ގުޅިގެން ކުރިންއަންނަގޮތައް ޒާރާ ކައިރިއައް އައިސް ނޫޅެވުނެއްކަމަކު ނުޒުހާވެސް ޒާރާގެ ހާލުބަލާ ހަދައެވެ ނަމަވެސް ޒާރާ މިހާރު އަބަދުވެސް ހުންނަނީ އުފަލުންނެވެ. އެމޫނުމަތިން ހިނިތުންވުން އެއްގޮތަކައްވެސް ފިލާ ނުދެއެވެ. ކުޑަކުޑަ ޒިވާއާއި ޔާނީގެ ސަކަމިޒާޖު ޒާރާވެސް ބަދަލުކޮއްލީއެވެ. އާމިރުގެ ފަރާތުންލިބެމުން ދިޔަ ބައްޕައެއްގެ ލޯބިން ޒާރާ އައް އިތުރު އުފާވެރިކަމެއް ލިބިފައިވެއެވެ. ނަމަވެސް އެއްމެ ހިދުކޮޅަކައްވެސް ޒާރާގެ ހިތުން އާއިލާގެ ހަދާންތައް ފިލައިގެން ނުދެއެވެ. ހަމަ އެއާއެކު ޔުއާންގެ ނަންވެސް ޒާރާގެ ހިތުން ފަޑުނުވެއެވެ. “ޒާ ހިގާބަލަ ޒިވްގެ ހާފް ބާރތްޑޭ ފާހަގަ ކޮއްލަން… ނެކްސްޓް ވީކްގަ ދޯ ސިކްސް މަންތްސް ވާނީ…. ” ޒިވާގޮވައިގެން ސަކަރާތް ޖަހަންއިދެފައި ކުއްލިއަކައް ހަދާންވެގެން ޔާނީ ބުނެލިއެވެ. “އެއީވެސް ދެން މީހުން ފާހަގަ ކުރާކަހަަލަ ކަމެއްތަ؟ އަމިއްލައަކައް ކޭކު ކާހިއްވީމަ އަވަހައް ތިހެން ތިބުނީ ދޯ…” ޒާރާ ބޭނުންވީ ޔާނީއައް ޖެއްސުންކޮއްލާށެވެ. “ހޫމް … ކޭކް ކެޔަސް މައްސަލައެއް ނެތެއްނު… އަހަރެން ކިހާ ލޫޅާފަތިތަ؟” ޒާރާ ވާހަކަ ދައްކާ ނުނިމެނީސް ޔާނީ ފުންމައިގެން ތެދުވެ ދެކޮޅައް އެބުރިލިއެވެ. ޔާނީ އެބުނި ބަހައް ޒާރާވެސް އެއްބަސް ވިއެވެ. “އެންޑް ބައިދަވޭ ދެކަމެއް ސެލަބްރޭޓް ކުރަން ބޭނުން…. ” ހިނިގަޑެއްޖަހާލަމުން ގޮޑީގައި ހަމަޖެހިލަމުން ޔާނީ ބުނެލިއެވެ. ޒާރާ ޔާނީ އައް ބަލާލަމުން ނިއްއަރުވާލީ ކޮންކަމެއްހޭ އަހާލަމުންނެވެ. “ދޮންބެ…. ހީ އިޒް ކަމިން ބެކް…. އެވެސް އެންމެ ދެދުވަހައް…” ފޫހިގޮތަކައް ޔާނީ ބުނެލިއިރު އެއަޑުގައި އުފާވެރިކަންވެސް ހުއްޓެވެ. “އާން ” އެނަން އެތައް ފަހަރަކު ޒާރާ ވަނީ އަޑު އަހާފައެވެ. އާމިރުއާއި ޔާނީގެ ފަރާތުން އެތައް ވާހަކައެއް އެގިފައި ވީއުރުވެސް ޒާރާއައް އާން ފެނިފައެއް ނުވެއެވެ. “ޒާ މިގެއައް އައިފަހުން އަދި އެއްފަހަރުވެސް ދޮންބެ ނާދޭ ދޯ…. ވަރައް އަން ފްރެންޑްލީ ވާނެ…. އެކަނި އުޅެން ބޭނުންވާ މީހެއް އެއީ… އެކަމަކުވެސް ހީ އިޒް ދި ބެސްޓް…. އަހަންނާ ބައްޕައާ ދެމީހުންދެކެވެސް ވަރައް ލޯބިވާނެ… އެކަމަކު އެންމެފަހުން އައިއްސަ ދިޔައިރު ބައްޕައާ ކޮންމެވެސް މައްސަލައެއް ޖެހިގެން ދިޔައީ.. ހުރި ދުވަސްކޮޅެއްވަންދެން ބައްޕަ އާއި ވާހަކަވެސް ނުދައްކާ…” ހެވިފައިއިދެ އެތައް އިރެއްވަންދެން ޔާނީ އޭނާގެ ދޮންބެގެ ވާހަކަދެއްކިއެވެ. ޒާރާގެ ލޯ އެއްވެސް އިޙުތިޔާރަކާ ނުލާ ކަރުނުން ފުރުނެވެ. “ޒާ އާރ ޔޫ އޯކޭ…” ޒާރާއައް ބަލާލަމުން ޔާނީ ހައިރާންވެފައި އަހާލިއެވެ. ” ޖަސްޓް މިސިންގް މައި ފެމިލީ.. ގުޅިޔަސް ފޯނުވެސް ނުނަގާ….” ޒާރާގެ އަރު ބެދޭގޮތްވިއެވެ. ޔާނީއައިސް އައިސް ޒާރާގައިގަ ބައްދާލިއެވެ. ހިއްވަރު ދިނުމައްވެސް ބުނާނެ ބަހެއް އެވަގުުތު ޔާނީގެ ދުލައް ނައެވެ. އިރުކޮޅަކު ޔާނީކައިރީގައި އިނުމައްފަހު ޒާރާ ޒިވާ ގޮވައިގެން ބޭރައް ނުކުތެވެ. އެގޮތުގައި ހަފުތާއެއް ފާއިތުވުވެގެން ދިޔައެވެ. ޒިވާ ރީތިކޮއްގެން ބޭރައް ނުކުތުމާއެކު ޔާނީ ދވެލައިފައި އައިސް ޒާރާގެ އަތުން ޒިވާ އަތުލިއެވެ. ޒިވާ އިންނަލެއް ލޯބިކަމުން ކޮންމެމީހަކުވެސް އުރާލާ ލޯބިކޮއްލާ ހިއްވާނެއެވެ. އެއުމުރުގެ އެހެން ކުދިންނާ ހިލާފައް އަބަދުވެސް ޒިވާ އިންނާނީ ހެވިފައެވެ. ޔާނީގެ ސަބަބުން އެކުއްޖާއައް ވަނީ ސަކަމިޒާޖެއްލިބި އަބަދު ސަކަރާތްޖަހަން އާދަވެފައެވެ. “ޒާ ދޭ ބައްޕަ ގޮވައިގެން …… އަަހަރެން ދާނަން ދޮންބެ ބަލާ…. “ޒާރާގެ އަތައް ޒިވާދެމުން ޒާރާކައިރީގައި ސިއްރު ސިއްރުން ޔާނީ ބުނެލިއެވެ. “އަވަހައްދޭ… އަހަރެންވެސް މި ހުންނަނީ މިހާރު އާން ދެކިލާހިތުން ކެއްމަދުވެފަ” ހީލަމުން ޒާރާ އެއްބަސް ވިއެވެ. (ނުނިމޭ)
“ނުހާ…”ޒާރާ ބަލިއަޑަކުން ގޮވާލިއެވެ. ނުހާ އަވަސްއަވަހައް ޒާރާގެ ކައިރިއައް ޖެހިލިއެވެ. “ޒާ…. “މަޑުމަޑުން ޒާރާގެ އަތުގައި ހިފާލަމުން ނުހާ ގޮވާލިއެވެ. ދައްކާނެ އިތުރު ވާހަކައެއް ނުހާގެ ދުލަކައް އެވަގުތަކު ނައެވެ. ޒާރާ އުޅުނުހާލު ލޮލުކުރިމަތީ ސިފަވަމުން ދިޔައެވެ. ޒާރާ މަޑުމަޑުން ހިދިފައިވާ ބަޑުގަ ފިރުމާލިއެވެ. ނުހާއާއި ދިމާލައް ބަލާލިއިރު އެލޮލުން ފެންނަން ހުރީ އެދަރިފުޅު ދެކިލުމައް ކެއްމަދުވެފައި ވާވަރެވެ. “ބޭބީ ވީ ނާސަރީގަ…. ކުޑަކޮއް ބްރީތިންގް ޕްރޮބްލަމް ހުރީމަ…. ބަޓް ޝީ ވިލްބީ ފައިން….” ޒާރާގެ ބޮލުގަ ފިރުމާލަމުން ނުހާ ބުނެލިއެވެ. ލޮލުން އޮހުނު ކަރުނަތައް ފޮހެލިވަގުތު ކޮޓަރީގައިތިބި އާމިރުއާއި ޔާނީ ޒާރާއައް ފެނުނެވެ. “ތެންކް ޔޫ….. ތެންކް ޔޫ… ތެންކް ޔޫ…”ޔާނީ ޒާރާ އާއި ކައިރިވެލަމުން ފައްޗަކައް ކިޔާލިއެވެ. “ޒާގެ ސަބަބުން ޔާނީގެ ބައްޕަ ސަލާމަތުން އެހުރީ….”ހައިރާންވެފައި ޒާރާ އިނުމުން ނުހާ އޮޅުންފިލުވައިދިނެވެ. ޒާރާ ހަމަހިމޭންވެފައި އޮތްއޮރު ނުހާއާއި ޔާނީ ހީވަނީ އެތައް ޒަމާނެއްވަންދެން ދިމާނުވެ ތިބި ދެއެކުވެރިން ދިމާވެގެން އުޅޭހެންނެވެ. ޒާރާގެ އެއްޗެހި ހިފައިގެންއައި ނުޒުހާ ވެސް ހުރީ ނެގިމަޑުވެފައެވެ. މިއަދު ޒާރާ އައް އެހެންއެވީ ނުޒުހާގެ ފަރުވާކުޑަކަމުން ކަމައް ނުޒުހާއައް ގަބޫލުކުރެވެނީއެވެ. “ނުޒޫ….” ދެރަވެފައިހުރި ނުޒުހާއައް ގޮވާލަމުން ކައިރިއައް އައުމައް ޒާރާ އިޝާރާތް ކޮއްލިއެވެ. މަޑުމަޑުން ނުޒުހާ އައިސް ޒާރާ ކައިރީގައި އިށީނެވެ. “ދެން ތިހެން އިނީމަ އަހަރެން ކިހާ ދެރަވާނެ… މިވީ އެއްވެސް ކަމެއްގަ އެއްވެސް މީހެއްގެ ކުށެއް ނެތް… ތަގުދީރުގަ ވާންހުރި ކަމެއް ބަދަލެއް ނުކުރެވޭނެދޯ…” ނުޒުހާ ލޮލުން ފޭބިކަރުނަތައް ފޮހެލަމުން ޒާރާ ބުނެލިއެވެ. “ސާބަސް ނުޒޫ އައް….. ދެމީހުންގެ މޫޑު ރަނގަޅުވާކަހަލަ ވާހަކައެއް ބުނަންތަ؟ ” ނުހާ އައިސް ނުޒުހާގެ ބޮލުގައި ޖަހާލަމުން ދެމީހުންގެ އަތުގަ ހިފާލިއެވެ. ނުހާ ދައްކަން އުޅޭ ވާހަކައައް ދެމީހުންގެ ޝައުގުވެރިކަން ހުއްޓުނެވެ. “އައި ގޮޓް ދަ ސްކޯލާޝިޕް….” ހުރިހާ ދަތްތައް ފެންނަވަރައް ހީލަމުން ނުހާ ބުނެލިއެވެ. “އަދި އެއްވާހަކަ… ނުޒޫ އުޅެނީ ދުވަސްކޮޅަކައް ރަށައް ދާން… ސޯ..” ޒާރާ ވާހަކަދައްކަން އަގަހުޅުވާލުމުން ނުހާ އަނެއްކާވެސް ވާހަކަދައްކަންފެށިއެވެ. “އަހަރެން ޖެހޭއެބަ ނެކްސްޓް ވީކްގަ ފުރަން….. އެހެންވީމަ އަހަރެންގެ އެބައޮތް ޝަރުތެއް…. ޒާ އާއި ބޭބީ އެކަނި ކޮއްފަ އަހަރެން ނުދާނަން… އެންޑް ޔޫ ނޯ ދެޓް…. ސޯ ޒާ އަހަރެން އަންނަންދެން ޔާނީ މެންގެއައް ބަދަލު ވާންވީނު…” ހުރިހާކަމެއް ނިންމަން ލިބިފައިވަނީ ކުޑަވަގުތު ކޮޅެއްކަމުން ނުހާ ހުރިހާ ވާހަކައެއް އެއްފަހަރާ ފައްޗަކައް އަމުނާލިއެވެ. “އަހަރެން …..”ޒާރާ ދައްކަންފެށި ވާހަކަ މަޑު ޖެހުނީ ދޮރުހުޅުވާލައިފައި އެތެރެއައް ވަތް ނަރުސްކުއްޖާ ފެނުމުން ނެވެ. ނަރުސް ކުއްޖާގެ އަތުތެރޭގައި ނިދާލައިފައި އެ އޮތީ ޒާރާގެ ދަރިފުޅެވެ. ކަޅިޖަހާނުލާ އެކުއްޖާއައް ބަލަންއިންއިރު ޒާރާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. “މަންމަގެ ޒިވާ…..” ދަރިފުޅު ގަޔާލާ ބޮޑިކޮއްލަމުން ޒާރާ ލޯ މަރާލިއެވެ. ހަފްތާއެއް ފަހުން ޒާރާ ހޮސްޕިޓަލުން ދޫކޮއްލިއިރު ޒާރާ ވަނީ ނުހާގެ ކުރިމާތީގައި ހަތިޔާރު ބަހައްޓާފައެވެ. ނުހާ އަކީ ބުނާ ބަހުގައި ހިފަހައްޓާ މީހެއްކަން އެންމެ ރަނގަޅައް އެގެނީވެސް ޒާރާއަށެވެ. ޒާރާ އާމިރުމެންގެ ގައައް ދާން އެއްބަސް ނުވާކަމުގަ ވަނީނަމަ ނުހާ ހުރީ ކިޔަވަން ލިބުނު ރަނުގެ ފުރުސަތުވެސް ދޫކޮއްލާ ގޮތަށެވެ. އެކަމަކު ނުޙާ އެވަރުގެ ކަމެއްކުރަން ދޫކޮއްލައިގެން ހުންނަން ޒާރާގެ ޒަމީރު އެއްބަސް ނުވިއެވެ. ނުހާ ފުރުމުން އެގެއައް ބަދަލުވާނެކަމައް ޒާރާ ވައުދުވިއެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކާ އެކު އާމިރުއާއި ޔާނީ އާއިމެދު ޒާރާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ޔާނީއަކީ އެންމެނާވެސް ގުޅޭ ހިތްހެޔޮ ކުއްޖެއްކަމުން ޔާނީ ވެގެންދިޔައީ ޒާރާގެ އެކަނިވެރިކަން ދުރުކޮއްލި ބައިވެރިއަކަށެވެ. ނުހާނެތަސް އެކަނި ވާން ނުޖެހޭނެކަން ޒާރާ އައް ޔަގީންވިއެވެ. އާމިރުވެސް ހަމަ އެފަދައެވެ. ބައްޕައެއްގެ ފަރާތުން ދަރިއަކައް ލިބޭނެ އޯގާތެރިކަމާއި އަޅާލުން ޒާރާއައް އާމިރުގެ ފަރާތުން ލިބެމުން ދިޔައެވެ. އަމިއްލަ ބައްޕަ މަތިން ހާދާންވާ ވަގުތުތަކުގައިވެސް އާމިރުއައް ހިތާއި ހިތުން ޝުކުރުއަދާކުރެވެއެވެ. “ވެލްކަމް ހޯމް ޒާ…..” ނުހާ ފުރުވާލުމައްފަހު ޒާރާ ކުޑަކުޑަ ޒިވާ ގޮވައިގެން އާމިރުގެ ގެއައް ދިޔުމުން މަރުހަބާކީ ޔާނީ އެވެ. ހިނިތުންވެލަމުން ޒާރާ އެތެރެއައް ވަންނަން ހިގައިގަތީ އާމިރުގެ އަތައް ޒިވާ ދީފައެވެ. “ކާފަގެ ކަމަނައޭމީދޯ…” ޒިވާ ގޮވައިގެން ސިޓިންރޫމްގައި އިން އުދޯލީގައި އިށީންނަމުން އާމިރު ބުނެލިއެވެ. ޒާރާ އެދިމާލައް ބަލާލަމުން ހީލާފައި ކުރިއައް ހިގައިގަތީ ސިޑިކައިރީގައި ހުއްޓި ހުރި ޔާނީ ގޮވާލުމުންނެވެ. “ކޮންތާކައް ދާންތަ…. ” ޒާރާގެ އަތުގައި ހިފައިގެން ޔާނީ މައްޗައް އަރަން ފެށުން ޒާރާ އަހާލިއެވެ. “އެހާގިނަ ސުވާލު ނުކޮއް އާދެބަލަ… ލޯމަރާބަލަ…. ޕްލީޒް…”ސިޑީގެ އެއްމެ މަތީ ހަރުފަތައް އެރުމުން ޔާނީ ޒާރާކައިރިން އެދުނެވެ. ޒާރާ ހީލަމުން ލޯ މަރާލިއެވެ. ޔާނީ ޒާރާގެ އަތުގައި ހިފައިގެން ތަންކޮޅަކައް ދިޔުމައްފަހު ލޯ ހުޅުވާލަން އެދުނެވެ. “ސަޕްރައިޒް…… ޔޫ ލައިކް އިޓް….” ޒާރާ ލޯހުޅުވާލުމުން ޔާނީ އަހާލިއެވެ. ޒާރާ ކޮޓަރީގެ އެކި ދިމާދިމާލައް ބަލާލިއެވެ. ދަބުކުލައާއި ހުދުކުލައިން ޒީނަތްތެރި ކުރެވިފައިވާ ކޮޓަރިއަކީ ހުވަފެނެއްފަދައެވެ. ބެޑް ރޫމްސެޓް ވެސް ހުރީ ކޮޓަރީގައި ލާފައިވާކުލައާއި ގުޅުވާލައިފައެވެ. ކޮޓަރީގެ އެއްކަނުގައި ކުޑައެެދެއް ބައިންދާފައި ވާއިރު އެދާދިމާލުން ފާރުގައި ބޮޑުއަކުރުން ޒިވާ ޖަހާފައިވެއެވެ. ކުޑައެދުގެ ވަށައިގެން އެކިވައްތަރުގެ ކުޅޭއެއްޗިހި ހުރިއިރު ވަރައްވެސް ފުރިހަމައެވެ. “މީ….”ޒާރާ ހުރީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ. “ނުހާ ކައިރީގަ އަހައިގެން ޒާ އައް ކަމުދާގޮތައް މިތަން ރެޑީ ކުރެވޭތޯ ވަރައް ބަލާފަ މިހުރީ….. މީ ހަމަ ޒާގެވެސް ގެ… ދިސް ރޫމް ބިލޯންގްސް ޓުޔޫ….އެއްވެސް ކަމެއް ޖޭންޖު ކުރަން ބޭނުމަސް ކުރަންވީ… މިގޭގަ ޒާއައް މަނާ އެއްވެސް ކަމެއް ނޯންނާނެ…. ” ކުޑަދޮރު ކައިރީގައި އިސް ސޯފާ ގުޑީގައި ޒާރާ ބައިދަމުން ޔާނީ ވާހަކަ ދެއްކިއެވެ. “ތެންކްޔޫ ފޯ އެވްރީ ތިންގް….” ޔާނީގެއަތުގައި ހިފާލަމުން ޒާރާ ޝުކުރު އަދާކުރިއެވެ. “ދަރިފުޅު ދެން ޝުކުރު އަދާކުރަން ޖެހޭތަ….” ކޮޓަރިއައް ވަދެގެން އައި އާމިރުއައް ޒާރާގެ ޖުމުލަ އަޑުއިވުމުން ބުނެލިއެވެ. ހެވިފައިހުރެ ޒާރާގެ އުގައް ޒިވާލާދެމުން ބޭރައްދާން ހިގައިގަތެވެ. ޒިވާ ބަޑުހައިވެގެން ރޯތީވެ ޒާރާ އަވަސް ވެގަތީ ޒިވާގެ ބަޑުހައި ހޫނުކަން ފިލުވުމަށެވެ. “ޒިވް ނިންދަވާފަ އާދޭ ތިރިއައް ކާން….”ޒިވާގެ ބޮލުގައި ފިރުމާލަމުން ޔާނީވެސް ބޭރައް ދާން ހިގައިގަތެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ ވަރަކައް ޒާރާ އެމާހައުލައް ހޭނެމުުން ދިޔައެވެ. ޔާނީ އަކީ ކިޔަވާ ކުއްޖެއްކަމުން ދުވާލުގެ ގިނަވަގުތު ކޮލެޖުގައި އުޅުނަސް ގެއައްއައިސް ވަނުމައްފަހު އެއްމެ އިރުކޮޅަކައްވެސް ޒާރާ އެކަނިވިޔަ ނުދެއެވެ. ޔާނީ ގެ ސަކަ މިޒާޖުގެ އަސަރު ޒާރާއައްވެސް ކުރަންފެށިއެވެ. ޔާނީ އާއި ޒިވާއާއި އެކު ސަކަރާތްޖަހާ އުޅޭ މަންޒަރު ފެންނަލެއް ގިނަވާންފެށިއެވެ. ހަމަސްދުވަސް ފާއިތުވެގެން ދިޔައިރު ނުހާ ޒާރާއައް ނުގުޅާ އެއްމެ ދުވަހެއްވެސް ނުދާނެޔޭ ބުނުމަކީ ދޮގަކައްނުވާނެއެވެ. ނުޒުހާ ވެސް ބަރާބަރައް ޒާރާގެ ހާލުބަލައެވެ. ނަމަވެސް ބަލިވެއިނުމާއި ގުޅިގެން ޒާރާކައިރިއައް ކުރިން އަންނަހެން އައިސްނޫޅެވެއެވެ. ނަމަވެސް މިހާރު ޒާރާ ހުންނަނީ އަބަދުވެސް ހެވިފައެވެ. ހިތްހަމަޖެހިފައެވެ. (ނުނިމޭ)
“އިފް ޔޫ ޑޯންޓް މައިންޑް ވާހަކައެއް އަހާލަންތަ…. “ނުހާއާއި ޖެހިގެން އިން ގޮޑީގައި އިށީންނަމުން ޔާނީ އަހާލިއެވެ. އެއާއެކު ޔާނީ އަހަން އުޅުނު ސުވާލުވެސް ނުހާއައް އެގުނެވެ. ނަމަވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ. “ޒާރާގެ ހަސްބެންޑް ކޮބާ…”ވީވެސް ނުހާ ހީކުރި ގޮތަށެވެ. ޔާނީ އެކުރީ ހަމަ ނުހާގެ ހިތުގައި އޮތް ސުވާލެވެ. “އަސްލު މިއަދު ޒާރާގެ ސަބަބުން ބައްޕަގެ ފުރާނަ ސަލާމަތްވީ… ހީމީންސް ދަ ވޯލްޑް ޓުމީ…. ސޮރީ އަދި އިޓްރޮޑިއުސްވެސް ނުވެވޭ ދޯ…. އައި އޭމް ޔާނީ…” ނުހާ އެއްޗެއް ނުބުނެ އިނުމުން އާމިރުއައް ބަލާލަމުން ޔާނީ މައުޟޫ ބަދަލުކޮއްލިއެވެ. “އައިނޯ ޔޫ… މިބުނީ ރާއްޖޭގެ އެއްމެ މަޝްހޫރު ބިޒްނަސް މޭންގެހުރި ހަމައެކަނި އަންހެން ދަރި ނޭގޭނީ ކާކައް…”ޔާނީ އައް ބަލާލަމުން ނުހާ ބުނެލިއެވެ. “ޔާ ރައިޓް…. އާންމުކޮއް ބައްޕައާއި އެކު ފަންގްޝަންތަކައްވެސް ދާނީ އަހަރެން …. އެއްވެސް މީހަކައް ނޭގޭނީ ދޮންބެ… ވަރައް މިސްޓީރިއަސް މީހެއް އެއީ…. “ޔާނީ މަސައްކަތް ކުރަމުން ދިޔައީ އެދެެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކަޑުވާލުމަށެވެ. “ޒާ އިޒް ނޮޓް މެރީޑް…” އިރުކޮޅަކު އެއްޗެއްނުބުނެ އިދެފައި ނުހާ ބުނެލިއެވެ. ނުހާ ބުނެލި ޖުމުލައާއެކު އާމިރުވެސް އައިސް އެތަނައް ހުއްޓުނެވެ. ނުހާ އެބުނި އެއްޗެއް އިތުރައް އޮޅުންފިލުވަން ބޭނުންވެފައިވާކަން އާމިރުގެ މޫނުމަތިންވެސް އެގެއެވެ. ނަމަވެސް ތިބެވުނު ތަނުގެ ގޮތުން އެއްވެސް މީހަކު އެކަމާ ގުޅިގެން އިތުރު ވާހަކައެއް އެވަގުތު ނުދެއްކިއެވެ. ޒާރާ ކޮޓަރިއައް ބަދަލު ކުރެވުނު އިރުވެސް ހެއެއް ނާރައެވެ. ވީއައިޕީ ރޫމްއެއްގައި ޒާރާހއޮތްއިރު އެހުރިހާކަމެއް ހަމަޖެއްސީ އާމިރުއެވެ. ނުހާއާއި އެކު ކޮޓަރީގައި އިން ސޯފާގައި އިށިދެ ހަަމަޖެހިަލމުން ޔާނީ ނުހާއައް ބަލާލިއެވެ. އާމިރުވެސް އައިސް ސޯފާގައި އިށީދެލާ ނުހާއައް ބަލަހައްޓައިގެން އިނެވެ. ފަހަރަކު މީހެއްގެ މޫނައްބަލާލަމުން ނުހާ ވާހަކަދައްކަންފެށިއެވެ. “ޒާރާގެ މަންމަ އަހަރެންގެ އެދުމަކައް ޒާރާ މާލެ ކިޔަވަން ފޮނުވީ ރަށުން ގުރޭޑު ދިހައެއް ނިމުމުން …. ޒާރާއަކީ ކިޔެވުމައް ވަރައް ފޯރި ހުންނަ ކުއްޖެއް…. އަބަދުވެސް ކުލލާހުން އެއްވަނަ… އޭލަވަލް ނިމި ކޯހެއްހަދަން ފެށިއިރު ޒާގެ ހަޔާތުގައި ލޯބީގެ ކުޅިގަނޑު ފެށިއްޖެ.. އަބަދުވެސް ހެވިފަ ހުންނާނީ… ހިޔާލީ ދުނިޔެއްގަ… ދުވަހަކުވެސް ޒާ ދޫކޮއްނުދާނެކަމައް އޭނަ ވައުދުވި.. އެކަމަކު…… އޭނަ ރާއްޖެއިންބޭރައް ކިޔަވަންދާން އޮތް ރޭގަ ޒާއާއި މީޓުކުރަން އެދުނީ… އަހަންނައްދެވެން ނެތީމަ އެރޭގަ ޒާ އެކަނި ދިޔައީ…. އެކަމަކު ބާރަ ޖެހިއިރުވެސް ޒާ ގެއައްނާދޭ… ފޯނުވެސް ނުނަގާ.. އަހަރެން ހާސްވެގެން ހަދާނެގޮތެއްނޭގިފަ ހުއްތާޓާ ޒާގެ ފޯނެއްއައީ… އަޑުޖެހމާއެކު އަހަންނައް ކޮންމެސް ކަމެއްވެއްޖެކަން ޔަގީންވީ… ޒާ ހުރިތަން ބުނުމުން އަހަރެން އެތަނައް ދިޔައިން…. ބިންމަތީގައި އިށީދެގެން ކަކުލުގަ މޫނުޖައްސާލައިގެން ޒާ އިންއިރު ފެނުނު ކޮންމެ މީހަކައްވެސް އަސަރު ކުރާނެ….. އަހަރެން އެރޭގަ އެއްވެސް ސުވާލެއް ޒާ އާއި ނުކުރީ…. ޒާ ހުރީ އަހަރެން ކުރާ އެއްވެސް ސުވާލަކައް ޖަވާބުދެވޭ ހާޅއެއްގައެއްނޫން…. އޭގެ އަނެއްދުވަހު…..” ************************************************************************* މެންދުރުގަޑިއަކީ އާންމުކޮއް ޒާރާ ނިދާ ވަގުތު ނޫންނަމަވެސް ރެއައްފަހު ޒާރާއައް އައިސްފައިވީ ބަދަލު އަހަންނައް ވަރައް ރަނގަޅައް ފާހަގަވިއެވެ. ޒާރާ އައް ނިދިފައި އޮއްވާ އަހަރެން ގޮސް ޒާރާ ކައިރީގައި އިށީދެ ޒާރާ ގެ މޫނައް ފުންކޮއް ބަލާލީމެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޯ ނިދާފައި އޮތްއިރުވެސް ފާހަގަވެއެވެ. “ޒާ…. “މަޑުމަޑުން ޒާރާގެ ބޮލުގަ ފިރުމާލަމުން އަހަރެން ގޮވާލީމެވެ. ސިއްސައިގެން ގޮސްއަހަރެންގެ އަތް ފޮޅުވާލަމުން ތެދުވެ ޒާރާ އަހަންނާ ދުރައްޖެހުނީ ބިރެއް ފެނުމުން ދުރައްދާ އުސޫލުންނެވެ. “ރޭގަ ކިހިނެއްތަ ވީ؟؟؟ “އެއްމެފަހުން ކެއްނުވުމުން އަހަރެން އަހާލީމެވެ. އެދުކައިރިއައް ވެއްޓިފައި އޮތް ޒާރާގެ ހެދުން ނަގާ އަހަރެން އަތައް ބޮޑިކޮއްލީ ހިތައް އަރަމުން ދިޔަ ކަންތަަކަކީ ހަގީގަތައް ނުވުމައް ދުއާ ކުރަމުންނެވެ. އަހަރެންގެ ސުވާލާއެކު ޒާރާ ބާރައް ރޮއިގަތެވެ. އަހަރެން ގައިގާ ބައްދާލައިގެން އިދެ އެތައް އިރަކު ރުއިމައްފަހު ހުއްޓާލިއިރު ޒާރާއައް ގިސްލެވެއެވެ. “ޒާ…. އަހަރެން އަބަދުވެސް ދެކެނީ ޒާ ތީ އަހަރެންގެ ކޮއްކޮއެއް ގޮތައް…. ކޮންމެކަމެއްވިޔަސް ޖެހިލުންނުވެ އަހަންނާ ޝެއާ ކޮއްބަލަ…. އަހަންނައް ވެދެވުނު ކޮންމެ އެހީއެއް އަހަރެން ވާނަން…. ޒާ އެއްވެސް ކަމަކާ އެކަނި ކުރިމަތި ލާން ނުޖެހޭނެ…. އަހަރެން މަންމަ މަރުވިފަހުން އަހަރެން ހުރިހާކަމެއް ކޮއް ދިރިއުޅުމާ އަލުން ކުރިމަތިލާނެ ހިއްވަރު ދިން މީހާ ޒާ ތީ…. އެހެން ވީމަ މިއަދު ޒާ އެކަނި ހާލައް ދޫކޮއްލާފަ އަހަރެން ނުދާނަމޭ…. ތީ ހަމައެކަނި ނަމެއްގަ އަހަރެންގެ ބެސްޓްފްރެންޑެއް ނޫނޭ….”ޒާރާގެ އަތުގައި ހިފައިގެން އިދެ އަހަރެން ވާހަކަ ދައްކަމުން ދިޔައީ ޒާރާ ހަމައަކައް އެޅޭތޯއެވެ. “ނުހާ… އަހަރެން ރޭގެ… އޭނަ ބުނިތަނައް ދިޔައިން އިނަތިޒާރުގަ ހުންނަތާ 30 މިނިޓު ވީ އިރުވެސް އޭނައެއް ނައި…. ދެން އަހަރެން ގެއައް އަންނަން ހިގައިގަތް ތަނާ މީހަކު ފަހަތުން އައިސް އަހަރެން އަތުގަ ހިފާ ދަމައިގަތީ…… ހަދަން ފަށާފަ އިން އެއިމާރާތުގެ ތެރެއިން އެމީހާގެ މޫނު ވަކިވާވަރެއް ނޫން…. އަހަރެން އެމީހާ ކައިރިން އާދޭސްކުރިން އަހަރެން ދޫކޮއްލަން އެދުނިން…. އެކަމަކު އެމީހާ ޖަނަވާރެއް ހެން އެއްވެސް ރަހުމެއްނެތި އަހަރެންގެ …. އެތައްއިރެއްފަހުން އަހަންނައް ހޭވެރިކަންވީއިރު …… އަހަރެން އެހާ ރައްކާކޮއްގެން ގެންގުޅުނު އަހަރެންގެ އިއްފަތްތެރިކަން …. ނުހާ އެއީ އިންސާނެއްގެ ސިފައިގަ ހުރި ޖަނަވާރެއް… ” އަހަރެން ގައިގަ ހިފައިގަން ނަމުން ޒާރާ ވާހަކަ ދެއްކިއިރު އެމޫނުމަތިން އެވަގުތު ރުޅި އާއި އެއްވަރައް ހިތާަމަވެސް ފެންނާން ހުރި، ޒާރާ ހީވަނީ މޮޔަވެފަ އިން މީހެއްހެންނެވެ. އެދުވަހުން ފެށިގެން އެހާ މަޖާކޮއް ސަމާސާކޮއް އުޅުނު ޒާރާ ހިމޭންވިއެވެ. އަބަދު ކޮންމެވެސް ވިސްނުމެއްްގައި ހުރުން ޒާރާގެ އާދައަކައް ވިއެވެ. އެހާދިސާއައް ދެމަހެއްހާ ދުވަސް ވީފަހުން ޒާރާގެ މަންމަމެން މާލެއައް އައެވެ. ޒާރާގެ ބަދަލުވެފައިވާ މިޒާޖު އެމީހުންނައް ފާހަގަވިނަމަވެސް އެކަމުގެ ސަބަބު އެމީހުންނައް އަަންގަން ޒާރާ ބޭނުމެއް ނުވިއެވެ. ނަމަވެސް ތަގުދީރުގައި ރޭވިފައިވާ ކަމެއް ބަދަލުކުރެވޭނީ ކާކައް ހެއްޔެވެ. ޒާރާ ބަނޑުބޮޑުކަން އެގުނީ ޒާރާގެ މަންމަމެން މާލޭގަ ތިއްބައެވެ. ނަމަވެސް ޒާރާ ދެއްކި އެއްވެސް ވާހަކައެއް އެމީހުން ގަބޫލެއް ނުކުރިއެވެ. ރޮއިރޮއިފަ ޒާރާ ދައްކަމުން ދިޔަ ވާހަކަތައް އެމީހުންނައް އަޑުވެސް ނީވޭފަދައެވެ. “އަހަރެން އެހާ ލޯބިނަ ބަލާ ބޮޑުކޮއް އެތައް އުންމީދަކާ އެކު މިތަނައް ފޮނުވީމަ ވީގޮތް ކިހާ ރަނގަޅު….. އަހަރެން ލަދުގަނޭ މިޔަދު ޒާރާތީ އަހަރެންގެ ދަރިއެކޭ ބުނަންވެސް…”ޒާރާ އައް ފުރަގަސް ދެމުން ޒާރާގެ މަންމަ ބުނެލިއެވެ. އެދުވަހު އެމީހުން އެގެއިން ނުކުމެގެން ދިޔައީ ޒާރާ އައް އެއްމެ ފަހުބަސް އިއްވުމައްފަހުއެވެ. ބަނޑުގައި އޮތް ދަރިފުޅު ވައްޓާނުލާނަމަ ދެން އެމީހުންގެ ކުރިމައްޗައް ނޭރުމައް ބުނެފައެވެ. ޒާރާގެ ހިތް ކުދިކުދި ވިއެވެ. ނަމަވެސް ޒާރާ ކެއްކުރިއެވެ. އެއްވެސް ކުށެއްނެތް އެފުރާނައައް ގެއްލުމެއްދޭން ޒާރާގެ ޒަމީރު ދެކޮޅުހެދިއެވެ. އޭގެފަހުން ޒާރާގެ އުޅެމުންއައީ އަހަންނާއެކު އަހަރެންގެ ގޭގައެވެ. ************************************************************************** “ނުހާ….”ޒާރާ ބަލިއަޑަކުން ނުހާއައް ގޮވާލިއެވެ. ނުހާއިންތަނުން ތެދުވެގެން ޒާރާ ކައިރިއައް ދިޔުމައް އަވަސް އަވަހައް ހިގައިގަތެވެ. (ނުނިމޭ)
ނަމަވެސް މިއަދު އެޝަކުވާތައް އަޑުއަހާނެ މީހަކު ނެތެވެ. ހަމަޖެހިލަމުން އެދުން ތެދުވެ ޒާރާ ފާހާނައަށް ވަނީ ހޮސްޕިޓަލައް ދާން ތައްޔާރުވުމަށެވެ. ތައްޔާރުވެލައިގެން ނިކުމެ ދެފަހަރަކު ނުޒުހާގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލުމުން ވެސް ހަބަރެއް ނުވުމުން ނުޙާ އެކަނި ހޮސްޕިޓަލައް ދާންނުކުތެވެ. ކާރުބާރު ބޮޑު މަގުގައި ހިގާފައި ޒާރާ އައް ހޮސްޕިޓަލާ ހަމައައްދެވުނީ ވިއްސަކައް މިނެޓުފަހުންނެވެ. ޑޮކްޓަރައްދައްކާ ނިމުމުން ހެވިފައި ހުރެ ޒާރާ ބޭރައް ނިކުތީ ޑޮކްޓަރު ހުރިހާކަމެއް ރަނގަޅުކަމައް ބުނުމުންނެވެ. ދަރިފުޅު ދެކިލާހިތުން ކެއްމަދުވެފަހުރެ ޒާރާއަށް ބަޑުގައި ފިރުމާލެވުނެވެ. މާބޮޑައް ވަރުބަލިވެފައި ހުރުމުން ޓެކްސީއެއްގެ އިންތިޒާރުގައި ހޮސްޕިޓަލުގެ ދޮރުމަތީގައި ޒާރާ މަޑުކޮއްލިއެވެ. އެވަގުތު ޒާރާ ގެ ކަނާތް ފަރާތުގައި އައިސް ހުއްޓުނު ދެބައި އުމުރުގެ ފިރިހެނަކު ޒާރާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޒާރާއަށްވެސް ހީލެވުނީ އެވަގުތު ބައްޕަ މަތިން ހަދާންވުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުންފިލާ ޒާރާގެ މޫނުމަތިން ބިރުވެރިކަން ފާޅުވާންފެށީ ކުރިމަތިން އައި މީހާ ފެނުމުންނެވެ. އެމީހާ ޖީބުންނެގި ވަޅިއަމާޒުވެފައި ވަނީ ޒާރާކައިރީގަ ހުރި މީހާއައްކަން ޒާރާއައް ޔަގީންވިއެވެ. “ބޭބޭ…”ޒާރާ އެމީހާގެ އަތުގައި ހިފާ ދުރައްޖައްސާލީ އެހަމަލާއިން އެމީހާ ސަލާމަތް ކުރުމަށެވެ. އެމީހާ ސަލާމަތްވިއެވެ. ނަމަވެސް މިފަހަރުވެސް ޒާރާގެ ނަސީބު ޒާރާ އާއި އެއްބައި ނުވީއެވެ. ވަޅީގެ ތޫނުތިލަ ބަޑައް ހެރިގެން ދިޔަވަގުތު ޒާރާގެ އަގައިން ވޭނީ ހަޅޭކެއް ބޭރުވިއެވެ. ނަމަވެސް އެނުލަފާ މީހާ އަވަހައް އެތަނުން ދުވެ ފިލީއެވެ. ޒާރާ ކައިރީގައި ތިބި މީހުން ޒާރާ ހޮސްޕިޓަލްގެ ތެރެއައް ވެއްދިއެވެ. އަވަސް ފަރުވާދޭކޮޓަރިއައް ޒާރާ ވެއްދުމުން ބޭރުގައި ހުރި އާމިރު ހާސްވެފައި ހުރެ ދެކޮޅައް ހިގަމުންދިޔައެވެ. އެވަގުތު އާމިރުގެ ކަންފަތުގައި ގުގުމަމުން ދިޔައީ ޒާރާގެ އަޑެވެ. ބިއްމައްޗައް ވެއްޓެމުން ދިޔަ ޒާރާގެ ގައިގާ އާމިރުއައް ހިފަހައްޓާލެވުނެވެ. “ދަރިފުޅާ ކީއްތިކުރީ…. “އާމިރުއައް އަހާލެވުނެވެ. “އަހަރެންގެ ދަރިފުޅު…. ” އެވަގުތު ޒާރާގެ އަގައިން ބޭރުވީ އެއްމެ ލަފުޒެކެވެ. އެދަރިފުޅުގެ ސަލާމަތައް ޒާރާ އެދޭނެވަރު އާމިރުއައް އިހުސާސް ކުރެވުނެވެ. އަތުގައިއޮތް ޒާރާގެ ފޯނު ރިންގުވާއަޑައް އާމިރުއަައް ޙިޔާލީ ދުނިޔެއިން ބޭރައް ނުކުމެވުނެވެ. ފޯނައްއަރާފައިވާ “ނުހާ”ގެ ނަމައް އިރުކޮޅަކު ބަލަން ހުރުމައްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އާމިރުއައް އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮއް އިވުނީ އަންހެންކުއްޖެއްގެ ހުނުމުގެ އަޑެވެ. “ޒާ…. ގެސް ވަޓް.. އެހާދުވަހުގެ ހުވަފެން ހަގީގަތައްވަނީ.. ފައިނަލީ ސްކޯލާޝިޕް… އައި އޭމް ގޮއިންގް ޓުބީއަ ޑޮކްޓާރ… އައި އޭމް ސޯ ހެޕީ….. ” އަވަސްއަވަހައް ނުހާ ވާހަކަ ދައްކަމުންދިޔައިރު އެއަޑުގައިވި އުފާވެރިކަން އާމިރުއައްވެސް އިހުސާސްވިއެވެ. “ހެލޯ ޒާ….. ޒާ…. “އެހާ އުފާވެރި ހަބަރެއް ދިނުމުންވެސް ޒާރާގެ ޖަވާބެއް ނުލިބުމުން ނުހާ ޒާރާ އައް ގޮވާލިއެވެ. ނޭގޭ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ. “ޒާ… ވާހަކަދައްކަބަލަ… “ނުހާގެ އަޑު ތުރުތުރު އަޅަންފެށިއެވެ. “މީ…”އާމިރު ވާހަކަދައްކަން ފެށުމުން ނުހާ ވާހަކަމެދުކަޑާލިއެވެ. “ތީ ކާކު ކޮބާ ޒާ…. ކީއްވެ ޒާގެ ފޯނުން.. “ނުހާ ހާސްވެފައި ސުވާލުކުރަންފެށިއެވެ. “ދަރިފުޅާ ބޭބެ މިދައްކާ ވާހަކަ އަޑުއަހާބަލަ… ވަރައް އަވަހައް އާދެބަލަ އައި.ޖީ.އެމް.އެޗް. އައް… އެކުއްޖާގެ ހާލު ވަރައް ދެރަ…”އާމިރުއައް އެހާ ހިސާބައް ބުނެވުމާއެކު ނުހާ ފޯނު ކަޑާލިއެވެ. އަވަސްއަރުވާލާފައި ހޮސްޕިޓަލް ތެރެއައްވަދެގެން ދިޔައިރު ނުހާގެ ހިތް ދިޔައީ އާދަޔާހިލާފު ބާރުމިނެއްގައި ތެޅެމުންނެވެ. ޒާރާއާ ވީގޮތެއްނޭގި ހިތުގައި ބިރުވެރިކަން ހިގަންފެށިއެވެ. އެމެޖެންސީ ރޫމްގެ ބޭރުގައި ދެކޮޅައް ހިގަހިގާހުރި އާމިރު ފެނުމާއެކު އެއީ ދެންމެ ޒާރާގެ ފޯނުން ވާހަކަދެއްކި މީހާކަން ނުހާއަށް ޔަގީންވިއެވެ. “ޒާ އައް ކިހިނެއްވީ…. ބޭބެ ތީ ކާކު… “އެމީހާގެ މޫނުމަތިން ދަންނަ ވައްތަރެއް ޖެހިނަމަވެސް ނުހާ އެކަމާ މިވަގުތު ވިސްނާކަށް ބޭނުމެއްނުވިއެވެ. އެއައްވުރެ މިވަގުތު ނުހާއައް މުހިންމީ ޒާރާ އޮތް ހާލެއް އޮޅުން ފިލުވުމެވެ. “ބޭބެއައް ކިޔަނީ އަހުމަދު އާމިރު… މީ ވީގޮތަކީ… ” އަމިރުއައް ވާހަކަ ދައްކަން މުފެށެނީސް އެމެޖެންސީ ރޫމުގެ ދޮރު ހުޅުވާލައިފައި ނިކުތް ނަރުސްކުއްޖާ ޒާރާގެ ނަން ގޮވާލިއެވެ. އާމިރުއާއި ނުހާ އެކު އެކީ ދޮރު ކައިރިއައް ޖެހިލިއެވެ. “މި ފޯމް ފުރާލަދެއްވާ…. އެމެޖެންސީ ސީ ސެކްޝަންއަކަށް ދާންޖެހޭނީ…” ނަރުސްކުއްޖާ އަތުގައި އޮތް ފޯމް ނުހާއަތައް ދެމުން ބުނެލިއެވެ. އެއާއެކު ޒާރާގެ ހާލަތު ނުހާއައް އަންދާޒާ ކޮއްލެވުނެވެ. ނިންމަންޖެހޭ ހުރިހާކަމެއް އަވަސްއަވަހައް ނުހާ ނިންމާލިއެވެ. އާމިރުގެ އެހީއާއި އެކު ހުރިހާކަމެއްވެސް ވަރައް އަވަހައް ހަމަޖެހުނެވެ. ޒާރާގެ އޮޕްރޭޝަން ކުރިއައް ދިޔަ ވަގުތު ނުހާ ބޭރުގޮޑީގައި އިދެ ޒާރާ ހެޔޮހާލުގައި ލެއްވުންއެދި ދުއާ ކުރެވުނު އަދަދުވެސް ނޭގެއެވެ. އާމިރު ނުހާއައް ހިތްވަރުދެމުން ދިޔައެވެ. ކަންތައްވެގެންދިޔަ ގޮތް އާމިރު ނުހާއައް ކިޔާދިނެވެ. “ޒާ އަބަދުވެސް ވިސްނާނީ އެހެންމީހުންނާމެދު…. އެމީހާގެ ކުރިމައްޗައްދިޔުމުގެ ކުރިން އަޅެއެއްފަހަރުވެސް ބަޑުގަ އޮތް ދަރިފުޅާމެދު ވިސްނާލިނަމަ… “އާމިރުގެ ވާހަކަ ނިމުމާއެކު ނުހާއައް ބުނެވުނެވެ. އެއީ އަބަދުވެސް ޒާރާގެ އާދައެކެވެ. ނުދަންނަމީހަކަސް ކޮންމެމީހަކައްވެސް އެހީވުމައް ޒާރާ ހުންނާނީ އަބަދުވެސް ތަތްޔާރަށެވެ. “މިފަދަ ޒަމާނެއްގަ އެކަހަލަ ކުދިން އުޅޭނެކަމައްވެސް މީހަކު ގަބޫލުނުކުރާނެ… ބޭބެގެ ފުރާނަ ޒާރާ އެ ސަލާމަތްކޮއްދިނީ ބޭބެ މީ ކާކުން ނުވެސް އެގިހުރެ… “އާމިރު އަދިވެސް އިނީ ވެދިޔަ ކަންތައް ގަބޫލު ކުރަން ދަތިވެފައެވެ. “ބައްޕާ…..”ނުހާއާއި އާމިރު އައް އެއްފަހަރާ ބަލާލެވުނީ ކައިރިން އަންހެން ކުއްޖެއްގެ އަޑު އިވުމުންނެވެ. “ޔާޔާ ދަރިފުޅު…”އާމިރު ތެދުވެގެންގޮސް އެކުއްޖާ ކައިރިއައް ހުއްޓުނެވެ. “މިވަރުގެ ކަމެއްވީއިރު ބައްޕަ ކީއްވެތަ އަހަންނައް ގުޅާނުލީ…. “ފުރަތަމަވެސް ޔާނީ ކޮއްލީ ޝަކުވާއެވެ. “ބައްޕައަކައް ނުވެއެއްނުކަމެއް ….. ” އާމިރު މަސައްކަތްކުރީ ޔާނީ އައް ވިސްނާދޭށެވެ. އަބަދުވެސް އާމިރުއައް ކަމެއްވެދާނެކަމައް ބިރުން ޔާނީ އުޅޭވަރު އާމިރުއައް އެގެއެވެ. “އެކަމަކު އެމީހުން ހަމަލާދޭން އައީ ބައްޕައަކައްނު…” ފުންނޭވާއެއް ދޫކޮއްލަމުން ޔާނީ ބުނެލިއެވެ. އެއީ ތެދެކެވެ. އާމިރުއައް މަރުގެ އިންޒާރުތައް އަންނަތާ މިހާރު މަހެއްހާ ދުވަސްވީއެވެ. އާމިރު އެހީތެރިކަމާއެކު ރާއްޖޭގެ އެއްމެބޮޑު ޑްރަގް ޑީލަރު އަތުލައިގަތްފަހުން އާމިރު އައް މަރުގެ އިންޒާރު އަންނަން ފެށީއެވެ. ކުޑަކުއްޖެއްގެ ރުއިމުގެ އަޑާއެކު ތިންމީހުންނައް އެކީގައި ވިއްސާކޮޓަރީ ދޮރާދިމާއައް ބަލައިލެވުނެވެ. ވިއްސަކައްމިނެޓު ފަހުން ކުޑަކުޑަ އަންހެންކުއްޖެއް އަތައްލައިގެން ނަރުސް ކުއްޖެއް ނުކުތެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަމުން ނުހާ އެދަރިފުޅު އުރާލިއެވެ. އެދަރިފުޅައްޓަކާ ޒާރާ އުފުލި ވޭން ފެނިފައިވާނީ ހަމައެކަނި ނުހާއަށެވެ. “ޒާ؟… ” އާމިރުއަތައް ދަރިފުޅު ދެމުން ނުހާ އަހާލެވުނެވެ. “ޝީއިސް އައުޓް އޮފް ޑޭންޖާރ… “ހިނިތުންވެލަމުން ނަރުސްކުއްޖާ ބުނެލިއެވެ. އާމިރު އަތުގައި އޮތް ކުއްޖާ ގޮވައިގެން ނަރުސްކުއްޖާ އެތެރެއައް ވަނުމުން ނުހާ އެބުރި ކުރިންވެސް އިން ގޮޑީގައި އިށީނެވެ. އަދި މާތް ﷲ އައް ހަމްދުކުރިއެވެ. ފޯނުނަގާ ނުޒުހާއައް ގުޅާލުމައްފަހު ޒާރާ ވިހައިހަބަރު ދިނުމައްފަހު ހޮސްޕިޓަލައް އައުމައް އެދުނު އިރު އަޑުގައިވި ނުރުހުން ރަނގަޅައް ފާހަގަވާން ހުއްޓެވެ. “އިފް ޔޫ ޑޯންޓް މައިންޑް ވާހަކައެއް އަހާލަންތަ… “ނުހާއާއި ޖެހިގެން އިން ގޮޑީގައި އިށީންނަމުން ޔާނީ އަހާލިއެވެ. އެއާއެކު ޔާނީ ކުރަން އުޅޭ ސުވާލުވެސް ނުހާއައް އެގުނެވެ. (ނުނިމޭ)
ދުރުގައި ހުރި ޔުއާން އައް ބަލާލަމުން ހީލެވުނެވެ. އެރެއައް ފަހު ޒާރާ އާއި ޔުއާން ގެ މެދުގައި މަދުމަދުން ވާހަކަ ދެކެވެން ފެށިއެވެ. މީހަކު ފެންނަން ނެތްނަމަ ޔުއާން ހެވިފައި ޒާރާ އާއި ވާހަކަ ދެއްކިނަމަވެސް މީހުން ތިބޭތަންތާގައި ޒާރާ އަކީ ޔުއާން ދަންނަ މީހެއް ހެންވެސް ހީނުވެއެވެ. ނިހާން އައް މިއިން އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. ނަމަވެސް ހުރިހާކަމެއް ނުހާ އައް އެގެއެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެއްމަސް ފާއިތުވި ގޮތްވެސް ނޭގެއެވެ. “ދަރިފުޅުމެންގެ ޓިކެޓް ގަނެފިންތަ މިހާރު… “ސައިބޯން އިދެފައި ޒާހިދާ އަހާލިއެވެ. “ޓިކެޓް ގަނެފިން… އެއްމެފަހުވަގުތު އުޅެގެން ނުވާނެއެއްނު… މިހާރުވެސް ޔުއާން ނައިސްގެން ޔުއާންގެ ބައްޕަ ޝަކުވާކޮއްފި… “ހީލަމުން ނިހާން ބުނެލިއެވެ. “ދަރިފުޅާ… ކިހިނެއް ތިހެދީ…. “ކުއްލިއަކައް ޒާރާ ކެއްސަން ފެށުމުން ޒާހިދާ ހާސްވެފައި އަހާލިއެވެ. މޭޒުދަށުން ޒާރާގެ އަތުގައި ޔުއާން ހިފި މަންޒަރު އެއްވެސް މީހަކަށް ނުފެނުނެވެ. ހާސްވެފައި ޒާރާ އަށް ޔުއާންއާއި ދިމާލަށް ބަލައިލެވުނެވެ. “ޒާރޫ…. ޔޫ އޯކޭ…”ނިހާން ވެސް ވާނުވާނޭގިއިދެ އަހާލިއެވެ. “ނުވޭ ކަމެއް… އެބައަންނަން…”ގަދަކަމުން ޔުއާންގެ އަތުން އަތް ދަމައިގަންނަމުން ޒާރާ ތެދުވެގެން ދިޔައެވެ. ބަދިގެއަށްވަދެ ސިންކް ދޮށުގައި މަޑުކޮއްލަމުން ފުންނޭވާއެއް ފާޒާތެރެއަށް ދޫކޮއްލީ އަވަސްވެފައިވާ ހިތް ހަމައަކަށް އެޅުވުމަށެވެ. “ވާއު….. “ލޯމަރާލައިގެން ހުރި ޒާރާ ސިއްސައިގެން ދިޔައީ ކައިރިން ޔުއާންގެ އަޑު އިވުމުންނެވެ. ލޯހުޅުވާލުމާއެކު ކައިރިން ފެނުނު ޔުއާންގެ ލޮލުން ސިހުނު ނަމަވެސް އެހެން ދިމާލަކަށް ބަލާލުން ޒާރާ އަށް އުދަގޫވީއެވެ. އެހާވަރަށް ޒާރާ ހުރީ ޔުއާންގެ ލޮލުގެ ޖާދޫގައި ޖެހިފައެވެ. “ޔޫ ލުކް ބިއުޓިފުލް ވެން ޔޫ ބްލަޝް….”ޒާރާގެ ލޮލަށް ބަލަން ހުރެ ޔުއާން ބުނެލި ޖުމްލައިން ޒާރާއަށް ލަދުން އިސްޖަހާލެވުނެވެ. ޔުއާންގެ ކުރިމަތީގައި ހުރުމުން ހިތުގެ ތެޅުން އަވަސް ވެފައިވާވަރު ޒާރާއަށް އިހުސާސް ކުރެވުނެވެ. އަމިއްލަ މީހާއަށް އަންނަމުން ދިޔަ ބަދަލުތަކަށް ދޭންވީ ނަމެއް ޒާރާ އަށް ޔަގީން ނުވިއެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނީ މިވަގުތު ޔުއާންގެ ނަޒަރުން ފިލަން ބޭނުންވުމުންނެވެ. “އޯ މައި ގޯޑް…..” ޒާރާ ގެ އެދުމައްޗައް ޖެހިގަންނަމުން ނުހާ ބާރާއް ބުނެލިއެވެ. އެއާއެކު ޒާރާވެސް ކޮޅައް ޖެހުނެވެ. “ނުހާގަޑާ… ސިއްސައިގެންނޭ ދިޔައީ… “ބާލީހުން ނުހާގައިގަ ތަޅައިގަންނަމުން ޒާރާ ބުނެލިއެވެ. “ސިއްސައިގެންނޭ ދާނީ… އަހަރެން މިތަނައް އައިސް އެހާ އިރު ހުރިއިރުވެސް މަޑަމް އަށް ވާ ކަމެއްވެސް ނޫން… ހޭލާ އޮވެވެސް ހުވަފެންބަލާފަ ހެނީ ވިއްޔާ…. އެކަމަކު އަދިވެސް އެއްބަސް ނުވާތި…..”ނުހާވެސް ޒާރާގައިގަ ޖަހާލަމުން ދިމާކޮއްލިއެވެ. “އެއްކަލަ ނުހާ.. އަހަރެން ކޮންކަމަކަށްތަ އެއްބަސް ނުވީ…..”ނިޔަފަތި ހަފަން ފަށަމުން ޒާރާ ބުނެލިއެވެ. “ތިކަން ނުކޮއް ޒާރާ އަށް ދޮގެއްވެސް ނުހެދޭނެ…. އިޑިއަޓް ޔޫ ލަވް ހިމް…..”އަގައަށް ލައިގެން އިން ޒާރާގެ އަތް ދަމައިގަންނަމުން ނުހާ ބުނެލިއެވެ. “އަހަރެން ނުވޭ ޔުއާންދެކެ ލޯތްބެއް… ހީއިޒް ޖަސްޓް އަ ފްރެންޑް….” ޒާރާ އަދިވެސް އެއްބަސް ވާކައް ބޭނުމެއް ނުވިއެވެ. “ޒާރާ… ދީބަލަ ފަސްޓް އެއިޑް ބޮކްސް….. ޔުއާން ގެ ފައި ވަރައް ބޮޑައް ހަލާކުވެގެން….”އެވަގުތު ކޮޓަރިއައް ވަތް ނިހާން ބުނެލި ޖުމްލަ ނުނިމެނީސް ޒާރާ ބޭރައް ދުއްވައިގަތެވެ. “ޔުއާން….. ކިހިނެއް… ކިހިނެއްވީ… ފައި.. ކީއްވެ ކޮޅައް ތިހުރީ …. އިށީދެބަލަ ….”ޔުއާން އަތުގަ ހިފާ އެދުގަ ބައިންދާފައި ޒާރާ ޔުއާންގެ ފައިނަގާ އުގައްލިއެވެ. “ޒާ…. ކީއްތިކުރަނީ…. “ޒާރާ އުޅޭގޮތުން ހައިރާންވެފައި އިދެ ޔުއާން އަހާލިއެވެ. ކަރުނުން ފުރިފައިވާ ލޮލަކުން ޔުއާން އަށް ބަލާލަމުން ޒާރާ ދެން ބަލާލީ ދޮރުމަތީގައި ހެވިފައި ތިބި ނިހާން އާއި ނުހާ އަށެވެ. ޒާރާ ބަލާލުމާއެކު ދެމީހުން ހިނިގަޑެއް ޖަހާލަމުން ބޭރައް ދިޔައެވެ. އެއާއެކު ވީގޮތް ޒާރާއަށް ވިސްނުނެވެ. މީ އެދެމީހުންގެ ރޭވުމެއްކަންވެސް އެގުނެވެ. މިކަމުގައި ނިހާން ބައިވެރިވިކަން އެގުމުން ޒާރާ ހައިރާން ވިޔަސް ނުހާ ހުރިހާވާހައެއް ކިޔާދިނީކަން އެގުމުން ޒާރާ ހިތާ ހިތުން ނުހާއަށް އެއްޗިހި ކިޔާލިއެވެ. “ހޭއި ….. ކިހިނެއްތަ މިވަނީ…. ކީއްވެ އެދެމީހުން ހެމުން އެދިޔައީ… އެންޑް މީ…” ޒާރާގެ ކޮލުގައި ދެމިފައިވި ކަރުނަތައް ޔުއާން ފޮހެލިއެވެ. “ސޮރީ….”ޒާރާ އުޅުނީ އަވަސް އަަހައް އެތަނުން ތެދުވެގެން ދާށެވެ. ނަމަވެސް ކުރިއައް އެޅުނީ އެއްމެ ފިޔަވަޅެކެވެ. ޔުއާން ޒާރާގެ އަތުގަ ހިފާ ހުއްޓުވިއެވެ. “ޒާ އައި…. އައި ލަވް ޔޫ….. “ކުއްލިއަކައް ޔުއާން ބުނެލިއެވެ. ޒާރާ ފަސްއެބުރި ޔުއާން އައް ބަލާލިއެވެ. އެވަގުތު ޒާރާގެ ލޮލުގައިވި ހައިރާންކަން ޔުއާންއަށް ނަގައިގަނެވުނެވެ. ޒާރާގެ އަތުގަ ހިފާ އެދުގަ ބައިންދާފައި ޔުއާން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން މަންމަ…. މަރުވިފަހުން އަހަރެން ހިނިތުންވާން ބޭނުމެއް ނުވި…. އުފާތަކާ ދުރައް އަހަރެން ދިޔައީ އުމުރުން ބާރަ އަހަރުގަ…. ބިރު ގަންނަނީ… ހިތައްއަރަނީ އެއްވެސް ކަމަކާ މާ ބޮޑައް އުފާވެއްޖެއްޔާ އެކަމަކުން އަހަރެން މަހުރޫމް ވާނެޔޭ…. އެންމެންގެ ތެރޭގައި އަހަރެން ލޭބަލްވެފައި އިންނަނީ ވަރައް ރޫޑް މީހެއް ގޮތުގަ…. ބަޓް އައި އޭމް ނޮޓް…. ޒާ އަށް މިހާރު އެކަން އެގޭނެ…. ފުރަތަމަ ޒާ އާ ދިމާވިދުހުވެސް ނޭގޭކަހަލަ ފީލް އެއް ވީ…. ނިހާން ކަމައް ހީކޮއް ޒާ އަހަރެން ގައިގަ ހަގް ކޮއްލި ވަގުތު މަންމަ މަތިން ވަރައް މިސްވި…. ސޯ ފީލްވީ ޔޫ އާ ދަވަން…. އެވަގުތުން ފެށިގެން ތީ އަހަރެންގެ ދުނިޔެއަށް ވެގެން ދިޔައީ…. ޔޫ މީންސް ދަ ވޯލްޑް ޓުމީ….. ބޭނުމެއް ނޫން އެއްމެ ދުވަހަކައްވެސް ޒާއާ ދުރުގަ ހުންނާކައް.. އެކަމަކު ޒާ އާ މެދު އުފެދުނު އެކުވެރިކަން ގެއްލިދާނެކަމުގެ ބިރައް…. އަހަރެން ހިތުގަ އެ ލޯބި ފޮރުވައިގެން ހުރީ…… އެކަމަކު މިއަދު އެއްވެސް ރީޒަންއަކާ ނުލާ ޒާ ތިއައިގޮތުން.. އެންޑް ތި ލޮލުން ފޭބި ކަރުނަ އެއްކަމެއް އަހަންނައް ޔަގީން ކޮއްދީފި…. ޔޫ ލަވް މީ ޓޫ…. އެއްބަސް ނުވިޔަސް އޯކޭ….”ޒާރާގެ އަތުގަ ހިފައިގެން އިދެ ޔުއާން ހިތް ޒާރާގެ ކުރިމަތީގައި ހުޅުވާލިއެވެ. “އައި ލަވް ޔޫ ޓޫ… “އުފަލުން ޒާރާއަށް ޔުއާންގައިގަ ބައްދާލެވުނެވެ. އަލަތު ލޯބި ހިތުގައި ވިންދުޖަހާ އެލޯބި ކާމިޔާބު ވުމުން ޒާރާގެ ހިތް އެފަލުން ނަށާލިއެވެ. “އަބަދުވެސް ޒާ އާއެކުގަ ވާނަން …. އައި ވިލް ނެވާ ލީވް ޔޫ އަލޯން…..”ޔުއާންގެ ދެ އަތްވެސް ޒާރާ ވަށާލިއެވެ. **************************************************************** ބަޑައް އެރި ކުއްލި ތަދާއެކު ޒާރާ ހިޔާލީ ދުނިޔެއިން ބޭރުވިއެވެ. “ނުވާވަރުގެ ކަމަކައް ޕްރޮމިސް ކުރީ ކީއްވެ…. އެއްމެ ބޭނުންވީ ވަގުތު ކީއްވެ އަހަންނައް ޔުއާންގެ އެހީ ނުލިބުނީ… އެންމެން އަހަރެން ބާކީ ކޮއްލިއިރު ކީއްވެ ޔުއާން އަހަރެންގެ އަތުގަ ހިފަން ނައީ….. “ޒާރާގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ. ނަމަވެސް މިއަދު އެ ޝަކުވާތައް އަޑުއަހާނެ މީހަކު ނެތެވެ. (ނުނިމޭ)
“ލޯބޮޑުކޮއްފަ ބަލާކައް ޒާރޫއަކާނޫނޭ މިވާހަކަ ދައްކަނީ.. ޔުއާންއާ…”ޒާރާއާ ދިމާއައް ނިއްއަރުވާލަމުން ފަހަތުގައި އިން ޖޯލިފައްޗައް ނިހާން އިޝާރާތް ކޮއްލިއެވެ. ޒާރާއަވަސްއަވަހައް ފަހަތައް އެބުރި ބަލާލިއެވެ. އެއާއެކު ޒާރާގެ ހުރިހާ ހިއްސެއް ގަޑުވިކަހަލައެވެ. އެހާ ފުރިހަމަ ޒުވާނެއް މިއަދާހަމައައް އައިއިރު ޒާރާއަށް ފެނިފައެއް ނުވެއޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ހަމުގެ ކުލައަލި އިސްކޮޅުން ދިގު އިރު ގަވައިދުން ކަސްރަތުކުރާ ބަލާލި ކޮންމެމީހަކައްވެސް އެގިގެންދާނެހާ ޔުއާންގެ ހަށިގަނޑު ފުރިހަމައެވެ. އަވިއައިނަކުން ލޯފޮރުވާލެވިފައިވާއިރު އިސްތަށިގަޑާއި މޫނުމަތިން ފެންނަންހުރީ ތާޒާކަމެވެ. އެއްވެސް އަސަރެއް މޫނުމަތިން ނުދައްކާ ހުރުމުން ޒާރާއަށް ބުމަ ގޮއްޖަހާލެވުނެވެ. “އަހަރެއް ކޮއްފަ ރަށައްއައިމަވެސް ވަރަށް ވައި….. ޒާރޫ އަކަށް ނުކެރޭނެ ފޫހިފިލާކަހަލަ ކަމެއްވެސް ކުރާކައް….” ޒާރާ އިށީދެގެން އިން ޖޭލީގައި ހިފާ އަބުރާލަމުން ނިހާން ޒާރާ އަށް ޖެއްސުންކޮއްލިއެވެ. “އަހަރެން ކައިރީގަ ބުނެފަ އައިނަމަތާ ކަމެއްރާވާނީވެސް…. އެހެން ނޫނަސް ތުއްތު ތި އައީ ފޫހި ފިލުވަން މީހަކުވެސް ގޮވައިގެންނެއްނު…” ޒާރާވެސް ދެރަނުވާންވެގެން ބުނެލިއެވެ.ވައްކަޅިން ޔުއާން އަށް ބަލާލިއެވެ. ނަމަވެސް ޔުއާންގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. “މީހަކާ ދިމާލައް ބަލާލާފަ ހީލިޔަސް ރަނގަޅުވާނެދޯ…. އެކަމަކަށް ޓެކްސް އެއް ނުނަގާނެ….”ޒާރާއަށް ހިތާހިތުން ކުދިކިޔާލެވުނެވެ. “ޔުއާންދޯ….. އޭނަ އެއައީ މިރައް ބަލާލަން…. އޭނަމިތާގަ ހުއްޓަސް ޒާރޫ ކުރާކަމެއް ކޮއްބަލަ ދޯ…. ޔުއާން ނޫޅޭނެ ޒާރޫއައް އުދަގޫކުރާކަށް…” ޔުއާންއަށް ދޯ ދެމުން ހަމަޖެހިލާފައި ނިހާން ބުނެލިއެވެ. “ފައިން…. މިރެއައް ކަމެއް ރާވާލާނަން…”ޔުއާން އާ ދިމާއަށް ކުދިކިޔަމުން ޒާރާ އެތަނުން ތެދުވެގެން ހިގައިގަތެވެ. ޒާހިދާއާއި ނަވާލްގެ އެހީތެރިކަމާއެކު ޒާރާ އެރެއަށް ބާރބެކިޔު އެއް ތައްޔާރުކުރިއެވެ. ގެއާދިމާލު އަތިރިމަތީގައި ހުރިހާކަމެއް ތައްޔާރުކުރީ ނިހާން އަށް ސިއްރުންނެވެ. އެކަމުގައި ޒާރާ އަށް އެއްމެބޮޑައް އެހީތެރިވެދިން މީހަކީ ޒާރާގެ އެއްމެގާތް އެކުވެރިޔާ ނުހާއެވެ. މާލޭގައި ދިރިއުޅެމުން އަންނަ ނުހާ ކޮންމެ އަހަރެއްގެވެސް ބަންދައް ޒާރާމެންގެ ރަށައް އާދެއެވެ. “ސޯ ކޮންއިރަކުންތަ މިސްޓަރ ރޫޑް މިތަނައް ވަަޑައިގަންނަވަނީ…”އަތުކުރީގައި އޮތް ގަޑިއައް ބަލާލަމުން ނުހާ އަހާލިއެވެ. “ޝޫ… މާބާރައް ނުކިޔަބަލަ ތިހެން އަޑުއިވިދާނެ މީހަކައް…. އިރުކޮޅަކުން އެބައަންނަމޯ ތުއްތު ބުނީ…. “ޒާރާ މަޑުމަޑުން ނުހާގެ ކޮޑުގައި ޖަހާލިއެވެ. “އަހަންނައް ހެޔޮ އަޑުއިވުނަސް… ބައިދަވޭ.. އިޒް ހީ ހޮޓް….”ނުހާ ބޭނުންވީ ޒާރާ ރުޅިއަރުވާލާށެވެ. އެއީ އަބަދުވެސް އެދެއެކުވެރިން އުޅޭގޮތެވެ. “ޔާ…. ކައިންޑާ….. ބަޓް ނޮޓް މައި ޓައިޕް…. ރޫޑް….”އިރުކޮޅަކު ވިސްނަން ހުރެފަ ޒާރާ ބުނެލިއެވެ. “ދެން އައި އޭމް ސޮރީ ފޯ ބީންގް ރޫޑް….”ފަހަތުން ޔުއާންގެ އަޑު އިވުމުން ޒާރާއަށް ލޯ މަރާލެވުނެވެ. ޒާރާ ދެއްކި ހުރިހާވާހަކައެއް ޔުއާން އައް އަޑުއިވުނުކަން ޔުއާންގެ ވާހަކައިން ޔަގީންވިއެވެ. “އަމް…. އައި… މީ އެހެން ބުނި އެއްޗެއް ނޫން އެއީ…. ސޮރީ….”ޒާރާ ގެ ދޫ އޮޅޭގޮތްވިއެވެ. “ކޮންމެސް އެކަކު މާފުކޮއްބަލަދެން ސޮރީ ކިޔަން ނުތިބެ…. އައިމޭމް ގޮއިންގް…. އުދަގޫކުރާނެ މީހަކު ފެނިއްޖެ…. “ދުރުގައި ހުރި ނިހާން އައް އިޝާރާތް ކޮއްލަމުން ނުހާ އެދިމާލައް ހިގައިގަތެވެ. “ކީއްވެ އަހަރެން ރޫޑް އޭ ބުނީ…. “ޒާރާ ވެސް ދާން ހިގައިގަތުމުން ޔުއާން އަހާލިއެވެ. “އައި އޭމް އޯލްވޭސް ލައިކް ދިސް…. “ޒާރާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަދެއްކީ ޔުއާން އެވެ. “ޒާ…. އިށީދެބަލަ މިތާގަ… ނިހާންއަށް ދެން ނުހާގެ ކިބައިން ސަލާމަތް ނުވެވޭނެދޯ…. “ޖޯލިފަތީގައި އިށީންނަމުން ޔުއާން ޖެހިގެން އިން ޖޯތްޔައް އިޝާރާތް ކޮއްލިއެވެ. ދުރުގައި ސަކަރާތް ޖަހަންތިބި ނިހާން އާއި ނުހާއަށް ޒާރާ ބަލާލިއެވެ. ނަވާލް އުޅުނީ މަސްތައް ފިހާށެވެ. ނައުހާން އުޅުނީ ފޮޓޯނެގުމުގައި އަަވަދިނެތިއެވެ. އެއްމެއްނައް ބަލާލަމުން ޒާރާ ޔުއާން ކައިރީގައި އިށީނެވެ. ޒާރާ ބަލާލުމުން ޔުއާން ކުޑަކޮއް ހީލިއެވެ. “ރީތިކޮއް ހީލިއަސް އެކަމައް އަގުދޭކައް ނުޖެހޭނެ… ޔޫނޯ އިޓްސް ފްރީ…. “ޔުއާން ހީލިގޮތުން ޒާރާގެ ހިތައް އެރިއެވެ. އެއާއެކު އަގަމަތީގައި އަތް އެޅުނީ އެބަސްތައް ދުލުން ބޭރުވިކަން އެގުމުން ނެވެ. ލޯ ބޮޑުކޮއްލަމުން ޔުއާން އާއި ދިމާލައް ބަލާލިއެރު ޔުއާން އިނީ ހުރިހާ ދަތްތައް ފެންނަ ވަރައް ހީލައިގެންނެވެ. ޔުއާން ހެމުން ދިޔައިރު ޒާރާ އައް ބަލަހައްޓައިގެން އިދެވުނީއެވެ. “ޔުއާން…..”ނިހާން އަކުރުތަކަށް ދަމާލަމުން ޔުއާން އަށް ގޮވާލިއެވެ. އެއާއެކު ޔުއާންގެ ހުނުން އެއްފަހަރުން ހުއްޓުނެވެ. އެއްމެއިރުކޮޅަކުވެސް މަޑުކުރުމެއްނެތި ތެދުވެގެން ދިޔައީއެވެ. ހައިރާންވެފައި ސުވާލުން ފުރިގެންވާ ނަޒަރަކުން ޒާރާއައް ނިހާން އާއި ދިމާލައް ބަލާލެވުނެވެ. ދެފަރާތައް ބޯ ހޫރާލަމުން ނިހާން ޖޯލިފައްޗައް ވެއްޓިގަތެވެ. “އެކްޗުއަލީ… އަހަންނައްވެސް ޔުއާން އެނގޭ…. މިބުނީ އެކޮޅުގަ އުޅުން އިރު އެއްބައިފަހަރު ނިހާން އާއެކު ދިމާވޭ…. އެންޑް އަހަންނައް ޔުއާން އާއި މިވީ ދެއަހަރު ދިމާވިއިރު އައި ހޭވް ނެވާރ ސީން ހިމް ސްމައިލިންގް… “ނިހާން އެއްޗެއް ނުބުނެ އޮތުމުން ނުހާ ޒާރާ އައް ކިޔާދިނެވެ. “ތުއްތު އަބަދުވެސް މިއުޅެނީ ޔުއާން އާއި އެކީގަ… މިދިޔަ ތިން އަހަރު ތެރޭގައި ދުވަހަކުވެސް ތުއްތު ނުދެކެން ޔުއާން ހެވިފަ ހުއްޓައެއް…. ނުދައްކާނެ އެހާވަރަކައް މީހުންނާ ވާހަކައެއް… ކޮންމެހެން ބުނަންޖެހިއްޖެ އެއްޗެއް ބުނާނީ…. ހުރިހާ އިމޯޝަންސް ތައް ފޮރުވައިގެން ހުންނަ މިހެއް މީހެއް އެއީ… އައި ސިޓިލް ކާންޓް ބިލީވް…. “ހީލަމުން ނިހާން ބުނެލި ގޮތުން ނިހާން ދައްކާވާހަކައިގެ ތެދުކަން ޒާރާ އައް އެގުނެވެ. ތޮށިމަތީގައި ހުރި ޔުއާން އާއި ދިމާލައް ބަލާލަމުން ހީލެވުނެވެ. (ނުނިމޭ)
އާދުވަހަކަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދިޔަ އިރާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ޒާރާގެ ހުގައި ވަނީ ބަޔާންކުރަން ނޭގޭ ހުސްކަމެއް އުފެދިފައެވެ. އެކިކޮޅުކޮޅައް ދަތުރުކުރަމުން ދިޔަ ދޯނިތަކައް ޒަރާ ބަލާލިއެވެ. އެވަގުތު ޒާރާގެ ހަޔާތުގެ މަންޒިލާ މެދު ޒާރާއަށް ވިސްނާލެވުނެވެ. ހަޔާތުގައި އުފެދިފައިވާ ފަޅުކަން ދުވަހަކުވެސް ފޫބެއްދޭނެބާއޭ ހިތައް އެރިއެވެ. ޒިރުގެ ރަން ދޯދިތައް ލޮލައް އުދަގޫކުރަން ފެށުމުން ޒާރާއިން ތަނުން ތެދުވެ ހިގައިގަތެވެ. އަށްމަހުގެ ބަޑާއެކު މަޑުހިގުމެއްގައި ޒާރާ ގެއާއި ދިމާއަށް ދިޔައެވެ. ” މިއަދުވެސް ތިއައީ އެކަނި އެތަނައް ގޮސްފަ ދޯ…” ގެއައް އައިސް ވަނުމާއެކު ޒާރާގެ ކަންފަތުގައި ޖެހުނީ ނުހާގެ އަޑެވެ. އެއީ މިހާރު ޒާރާ އެކަނި ބޭރައްގޮސްފިނަމަ އަބަދުވެސް ނުހާގެ އާދައެވެ. ނުހާއަކީ މިހާރު ޒަރާގެ ހަޔާތުގައި ހުރި އެއްމެ މުހިންމު މީހާއެވެ. ދުނިޔެއައް ބާކީވެފައި ހުއްޓާ އޯގާތެރިކަމުގެ އަތެއް ދިއްކޮއްލި އެކުވެރިޔާއެވެ. އެއްވެސް އެއްޗެއް ނުބުނެ ޒާރާ ނުހާއަށް ބަލާލަމުން ހިނިތުންވެލިއެވެ. “ޒާ އަހަރެން ދައްކާވާހަކަވެސް އަޑުއަހާބަލަ… އަހަންނަކަށް ކަމަކުނުދޭ މިހާރު ޒާ އެކަނި ތަންތަނައްދާކަށް” ބަދިގެއިން ބޭރައް ބޯ ދިއްކޮއްލަމުން ނުހާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. ޒާރާ އަނެއްކާވެސް ހިނިތުންވެލިއެވެ. “ޒާ…. ޕްލީޒް..”އެތައްހާސް ކަރުނައަކައްވުރެ ހިތި ހިނިތުންވުމެއް ޒާރާ ވުމުން ނުހާއަށް ބުނެވުނެވެ. “އަބަދުވެސް އަހަރެން ޒާއާއި އެކީގައި ވާނަން… “ނުހާ މަޑުމަޑުން ޒާރާ ގައިގާ ބައްދާލަމުން ބޮޑުވެފައިވާ ޒާރާގެ ބަޑުގައި ފިރުމާލިއެވެ. ޒާރާ މަޑުހިގުމެއްގައި ގޮސް ސޯފާގައި ހަމަޖެހިލިއެވެ. “މިއަދުމީ ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސްދޯ… އަހަރެން ޑިއުޓީ…””..ސައިޑް ޓޭބަލްމަތީގައި އިން ކަލަންޑަރައް ބަލަން ހުރެ ނުހާ ބުނެލިއެވެ. “އޯކޭވާނެ…. މިއަދު ދެން ނުޒޫއާއި އެކީގަ ދާނީ…. އޭނަ މިހާރު ނިމެން އުޅޭނެ….”ފޯނުން ގަޑި ބަލާލަމުން ޒާރާ ބުނެލިއެވެ. “ނުހާ …. ހާދަމީރުވަސް ދުވައޭ… ކުޅިމަސް ހެދީދޯ….”ގެއައް ވެދެވުމާއެކު އެންމެ ފުރަތަމަވެސް ނުޒުހާގެ ނޭފަތުގައި ޖެހުނީ ނުހާ ހަދާ ކުޅިމަހުގެ މީރުވަހެވެ. “ސާބަސް އެއްކަލަ ކޭމާޓް….. “ހިނިގަޑެއް ޖަހާލަމުން ނުހާ ނުޒުހާއާއި ދިމާކޮއްލިއެވެ. ނުޒުހާ އައުމުން ނުހާ އޮފީހައް ދާން ތައްޔާރުވާންދިޔައީ ނުޒުހާ ގާތުގައި ޒާރާއާއި އެކު ޑޮކްޓަރައްދާން ބުނެފައެވެ. “އަހަރެންމީ ކޮއްކޮ… އެކަމަކު ދޮންތަ އަހަންނައްވުރެވެސް ޒާދެކެ މާލޯބިވޭ ކަންނޭގެ…. “ތުން ދަމާލަމުން ނުޒުހާ ޝަކުވާ ކޮއްލިއެވެ. “އުމުރުން އަހަންނައްވުރެ ކުޑަޔަސް އެހެން ހުރިހާ ކަމަކުން ކުރީގައެއް ނު ތި އުޅެނީ….. އަހަންނައްވުރެ ކުރިން ގައިމުވެސް މެރީކޮއްފިއެއްނު….”އެވަގުތު ގޭތެރެއައް ވަތް ނުޒުހާގެ ފިރިމީހާ ފަޔާޒް ފެނުމުން ނުހާވެސް ދިމާކޮއްލިއެވެ. ނުޒުހާ އެއްޗެއް ބުނުމުގެ ކުރިން އަވަސްއަވަހައް ކޮޓަރިއައް ދެމިގަންނަމުން ދޮރު ލެއްޕިއެވެ. ނުޒުހާއާއި ނުހާގެ މަންމަ މަރުވިއިރު އާއިލާގެ އިތުރު މީހަކު ނެތުމުން ހުރިހާމުދަލެއް އެދެކުދިންނައް ލިބުނުއިރު މާލޭގައި އަޅާފައިވާ ފަސް ބުރީގެ އެއިމާރާތްވެސް އެކުދިންނައް ލިބުނެވެ. އެއްވެސް ދަތިކަމެއްނެތި ދިރިއުޅުމައިގެން ކުރިއައްދާން އެދެކުދިންނައްވަނީ މަގުފަހިވެފައެވެ. އެކަމާ ދެމީހުންވެސް އަބަދުވެސް ޝުކުރުވެރިވެއެވެ. “ޒާ…. ދާންވީމަ ގޮވާލާ…”ފަޔާޒްގެ ފަހަތުން ކޮޓަރިއައް ދަމުން ނުޒުހާ ބުނެލިއެވެ. އެއްމެރަނގަޅުކަމުގައި ބުނެފައި ޒާރާވެސް ކޮޓަރިއައް ދިޔައީ އިރުކޮޅަކު އަރާމުކޮއްލުމަށެވެ. ކޮޓަރިއައްވަދެ އެދުގައި ހަމަޖެހިލުމާއެކު ޒާރާގެ ކުރިމަތީގައި މާޒީގެ ސޮފުހާތައް ނުއުޅެންފެށިއެވެ. އެމާޒީ ހަދާން ކުރަން ބޭނުން ނުވިޔަސް އަދިވެސް ޒާރާ އަށް އެކަމެއް ނުވިއެވެ. ****************************************************************************** ޒާރާއަކީ އެއާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މެދުފަންތީގެ އާއިލާއެއް ނަމަވެސް ޒާރާގެ ކޮންމެ އެދުމެއް އެއްމެފުރިހަމަ ގޮތުގައި ހަމަޖައްސާދީފައިވަނީ ޝަކުވާކުރުމެ ފުރުސަތެއް ޒާރާއައް ނެތްވަރަށެވެ. “ޒާރ.. ދަރިފުޅާ… ދެންތެދުވޭ…. މިހާރު ނުވައެއްޖަހަނީއޭ….”ޒާރާގެ ކޮޓަރީ ދޮރުގަ ޓަކިޖަހަމުން ޒާރާގެ މަންނަ ޒާހިދާ ގޮވާލިއެވެ. “އެބައަންނަން ފެންވަރާލައިގެން….. “ލޯ އުގުޅަމުންގޮސް ދޮރު ހުޅުވާލައިފައި ޒާރާ ބުނެލިއެވެ. ލޯބިން ޒާރާގެ ބޮލުގައި ފިރުމާލަމުން މަންމަ ނިކުމެގެން ދިޔައީ އަވަސްކޮއްލައިގެން އައުމައް ބުނެފައެވެ. ގޭގައި އުޅޭއިރު އާންމުކޮއް ލައިއުޅޭކަހަލަ ޓީޝާޓަކާއި ފުޅާހަރުވާޅެއް ލައިގެން ވައް ބުރުގާ ރީތިކުރަމުން އައިސް ބަދިގެއައް ވަންނަން އުޅުނު ޒާރާ މީހެއްގެ ގައިގަ ޖެހިފައި ވެއްޓުނެވެ. “ތުއްތޫ…..”ވީ ތަދުން ލޯ މަރާލައިގެން އިދެ ޒާރާއައް ބުނެވުނެވެ. އެމީހެއްގެ ގައިގަ ޖެހުނުވަގުތު ދުވި ސެންޓުގެ ވަހުން އެއީ ނިހާން ކަމުގައި ޒާރާ ޔަގީންކުރިއެވެ. އެޓާނިޓީގެ އިންޓެންސް އަކީ ޒާރާއައް ނޭފަތައް އުދަގޫކުރާވަހެއް ނަމަވެސް ނިހާން އެވަރެއް ނެތެވެ. މާލޭގައި ކިޔަވަން ހުންނަ ނިހާން ރަށައް އަންނަކަން ޒާރާއަށް ނުވެސް އެގެއެވެ. ނަމަވެސް ތަދުވުމުން އެކަމާ ވިސްނާވެސް ނުލެވުނީއެވެ. ކުޑައިރުކޮޅަކު އެހެން އިނުމައްފަހު ފުންމައިގެން ތެދުވެ ނިހާންގެ ގައިގާ އޮޅުލައިގަތެވެ. މީހެއްގެ ހުނުމުގެ އަޑައް ޒާރާއައް ލޯހުޅުވާލެވުނެވެ. އޭރު ކުރިމަތީގައި ނިހާން ހޭން ހުއްޓަވެ. ބައްދައިގަނެގެން ހުރެވުނީ ނިހާން ގައިގަ ނޫންކަން އެގުމާއެކު ޒާރާ އަށް ދުރައް ޖެހެވުނެވެ. ކުރިމަތީގައި ހުރި މީހަކައް ބަލާލުމެއްވެސް ނެތި ބަދިގެތެރެއައް ދެމިގަތެވެ. “ޒާރޫއަސްލުވެސް ހީކުރީ އެއީ ތުއްތުކަމައް ތަ؟”ޒާރާގެ ފަހަތުން ހެމުން ބަދިގެއައްވަދެ ނިހާން އަހާލިއެވެ. “ނިހާން ކޮންކަމަކާ ހާދަވަރަކަށް ތި ހެނީ….”މޭޒުކައިރީގައި ސައިބޯން އިން ނަވާލް އަހަލިއެވެ. “ދޮންބޭ މި…. ތުއްތުގެ ކުނި ސެންޓްވަސް …. އެހެންވެޔޭ ނޭގުނީ….” ވީގޮތް ނިހާން ކިޔާދިނުމާއެކު ޒާރާ ޝަކުވާ ކުރިއެވެ. އޭރުވެސް ޒާރާހުރީ ލަދުން ވިރިވިރިއެވެ. “ސާބަސް ޒާރޫ އަށް … އެސެންޓު ޖަހާފާނެ ދޯ އެހެން މީހެއްވެސް…. ބައިދަވޭ އެއީ ތުއްތުގެ ބެސްޓް ފްރެންޑް ޔުއާން…”ޒާރާއާއި އިރުކޮޅަކު ދިމާކޮއްލުމައްފަހު ނިހާން ނުކުމެގެން ދިޔައެވެ. އެއާއެކު ބަދިގޭގައި ތިބި ނަވާލް އާއި ޒަހުވާން ޒާރާއާއި ދިމާކުރަން ފެށިއެވެ. ހަތަރުކުދިން އެކުގައި ބޮޑުވެގެން އައިއިރު އެކުދިންގެ މެދުގައި އުފެދިފައިވަނީ ވަރައްވެސް ވަރުގަދަ އެކުވެރިކަމެކެވެ. އެމަންޒަރު ފެންނަ ކޮންމެ ފަހަރަކު ޒާހިދާއާއި ނިހާދު ތިބެނީ އުފަލުން ފޮޅިފައެވެ. މެންދުރު ވެގެން އައިއިރު ޖޯލީގައި ހެއްލާލަ ހެއްލާލައި އޮތް ޒާރާ އޮތީ ލަވަޖަހާލައިގެން ލޯމަރާލައިގެންނެވެ. “އޭތް މިތާގަދޯ ތިއޮތީ…. އަހަންނައް ހޭލެވުނު އިރު ރޫމްގަ ނެތީމަ މިނިކުތީ…”ނިހާންގެ އަޑައް ޒާރާ ލޯހުޅުވާލާފައި ހައިރާންވެފައި ނިހާން އައް ބަލާލިއެވެ. “ލޯބޮޑުކޮއްފަ ބާލާކައް ޒާރޫ އަކާ ނޫނޭ މިވާހަކަ ދައްކަނީ…. ޔުއާންއާ…”ޒާރާއާއި ދިމާއައް ނިއްއެއްލަމުން ނިހާން ބުނެލިއެވެ. ޒާރާ ޖޯލި ފަހަތައް އެބުރި އަވަސްއަވަހައް ބަލާލިއެވެ. (ނުނިމޭ)