Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ތިޔަލޯބިން ހިތް ފުރިއްޖޭ..
ލޯބި

ތިޔަ ލޯބިން ހިތް ފުރިއްޖޭ… (2)

Nym Level 110 Stories
July 17, 2020 3 Mins Read
5 Comments

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަވަރަކަށް ޔުސްރާއަށް ހައިކަލް އާއި ހައިޝާއާ މެދު ވިސްނޭވަރު ދިޔައީ ގިނަވަމުންނެވެ. އަބަދު ގޭގައި ހުންނަ މީހަކަށް ވުމުން އިޝާގެ ހުރިހާ ކަމެއްވެސް ޔުސްރާއަށް ދިޔައީ ފެނި ދަސްވަމުންނެވެ. އެއްބައިފަހަރު އިޝާ ހައިކަލް އާއި ކައިވެނި ކޮށްގެން އުޅެނީ ކީއްވެބާއޭވެސް ޔުސްރާގެ ހިތައްއަރައެވެ.

“ހައިއްކޮ… ދޫނި އަވަސްކޮށްލަބަލަ …. އޭރުން ނެއްނު ޕާކަށްދެވޭނީ ދޯ…” ތަށިހިފައިގެން ހައިޝާ ކައިރީގައި އިދެ ޔުސްރާ ދިޔައީ އެކިވާހަކަ ދައްކަމުންނެވެ. އަމިއްލައަށް ކެއުން އެއީ ހައިޝާ އެއްމެ ބޭނުން ނުވާ ކަންތަކެވެ. ކޮންމެ ކަމެއްކުރާއިރުވެސް ޔުސްރާ ކައިރީގައި ހުންނަން ހައިޝާ ބޭނުންވެއެވެ. ތިންމަސް ފާއިތުވެގެން ދިޔައިރު ހައިޝާ އެހާވެސް ބޮޑަށް ޔުސްރާ އާއި ދޯޅުވެފައެވެ.

“ބައްޕިގެ ކަމަނަ ކޮންތާކަށް ދާ ދުވަހެއް…. ” ރީތިވެލައިގެން ސިޓިންރޫމްގައި ދެކޮޅަށް ދުވެލަދުވެލާ އުޅުނު ހައިޝާ ފެނުމުން ހައިކަލް ލޯބިން އަހާލިއެވެ.

“ޕާކަށް ދާން….. ބައްޕި ޕާކަށް ދާން….” ޔުސްރާ އާދިމާއަށް ބަލާލަމުން ތުންދަމާލަމުން ހައިޝާ ބުނެލިއެވެ.

“އިރުނޯއްސެނީސް އަންނައްޗޭ…. އެންޑް ވަރަށް ބަލާތި….” ޔުސްރާއާ ދިމާއަށް ކުޑަކޮށް ބަލާލުމަށް ފަހު ހައިކަލް ހައިޝާގެ ބޮލުގައި ފިރުމާލިއެވެ.

“މީ….. ނޭންގޭ… ޕާކަށް ދާކަށް…. ޑްރައިވަރު މިއަދު ބަލިވެފަ އޮތީމަ…. ” އިސްޖަހާލައިގެން އިދެ މަޑުމަޑުން ޔުސްރާ ބުނެލިއެވެ. ހައިރާން ވެފައި ހައިކަލް އަށް ޔުސްރާއާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު ޔުސްރާގެ މޫނުމަތީގައިވި ލަދުރަކިކަން ހައިކަލް އަށް ފާހަގަ ވިއެވެ. ފުރަތަމަ ފަހަރަށް ރީތިކޮށް ޔުސްރާއާދިމާލަށް ބަލާލެވުނެވެ. އެއްވެސް މޭކަޕެއްނުވާ ސާދާ މޫނެވެ. ހެޔޮވަރުގެ އިސްކޮޅެވެ. ހެދުންއެޅުމުގައި ގެންގުޅޭ އާދައިގެ ގޮތެވެ. ޔުސްރާގެ އެ ސާދާކަމަށް ހައިކަލްގެ ހިތް ތައުރީފު ކުރިއެވެ. ހައިކަލްގެ ޖަވާބެއް ނުލިބުމުން އިސްއުފުލާލި ޔުސްރާއަށް ލަދުން އިސްޖަހާލެވުނީ ހައިކަލްގެ ނަޒަރު ޔުސްރާގެ މޫނަށް އަމާޒުވެފައިވާތަން ފެނުމުންނެވެ.

ލަދުން ވިރެމުންދިޔަ ޔުސްރާއަށް ބަލަންހުރި ހައިކަލްއަށް ހެވުނެވެ.

“އެވަރުކަމަކާތަ ބިރުން ތިހުންނަނީ…. އަންނާނަން އެއްޗިހި ބަދަލުކޮށްލައިގެން…. މިއަދު ޕާކަށް ދާނީ ބައްޕިއާއެކުގަދޯ… ” ކޮޓަރިއާ ދިމާއަށް ދަމުން ހައިކަލް ބުނެލުމުން ހައިޝާ އުފަލުން ފުމެންފެށިއެވެ.

ހައިކަލް ލޯމަތިން ގެއްލުމުން ޔުސްރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހީވީއެހުރިހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށް ލީހެން ނެވެ. ސޯފާގައި އިށީދެ ހައިކަލް ނިކުން ނަންދެން އިންއިރުވެސް ޔުސްރާގެ މޫނުމަތީގައި އެ ލަދުރަކި ހިނިތުންވުން ނުފިލާ ހުއްޓެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ހައިކަލްއަށް ލޯމަރާލެވުނެވެ. އެއާއެކު ޔުސްރާގެ މޫނު ލޯކުރިމަތީ ސިފަވެގެން ދިޔައެވެ. ފުރަތަމަ ދުވަހު ޔުސްރާ ފެނުމުންވެސް ހައިކަލް އަށް ކުރެވުނީ ތަފާތު އިހުސާސް އެކެވެ. ވީވަރަކުން ޔުސްރާއާއި ދުރުގައި ހުރުމައް ހައިކަލް ދިޔައީ މަސައްކަތް ކުރަމުންނެވެ. ޔުސްރާ ފެންނަ ކޮންމެފަހަރަކު ހިތް އޭގެ މަގާމުން ދޫވާހެން ހައިކަލް އަށް ހީވަނީއެވެ. އިޝާ ކޮންމެގޮތަކަށް އުޅުނަސް އިޝާގެ ފިރިމީހާގެ ގޮތުގައިހުރެ އެހެން އަންހެނަކާ ދިމާއަށް އެފަދަ ނަޒަރަކުން ބަލާލުމަކީވެސް ހައިކަލް ބޭނުން ވާގޮތެއް ނޫނެވެ. ނަމަވެސް މިއަދު މިވަނީ ހުރިހާކަމެއް ބަދަލުވެފައެވެ.

ހައިޝާއަށް އިޝާގެ ފަރާތުން ނުލިބުނު މަންމައެއްގެ ލޯބި އެއްމެފުރިހަމަ ގޮތުގައި ހައިޝާއަށް ދިޔައީ ލިބެމުންނެވެ. މިވީ ތިންމަސްދުވަސް ތެރޭގައި ގޭތެރޭގެ ހުރިހާކަމެއް ބަލަމުން އަންނަނީ ޔުސްރާއެވެ. ނަމަވެސް ހައިކަލްއާއި ޔުސްރާގެ މެދުގައި އަދިވެސް ވަނީ ދުރުކަމެވެ. ހައިޝާގެ ކަމެއްގަނޫން ގޮތަކަށް ހައިކަލް އާއި ޔުސްރާ ވާހަކަވެސް ނުދައްކައެވެ. ހައިކަލް ބޭރުން ގެއައް އަންނައިރު ހައިޝާއާއި އެކު ސަކަރާތް ޖަހާންހުރެފަވެސް ހައިކަލް ފެނުމާއެކު ހިމޭންވެއެވެ. ހައިކަލް މިހާރު ބޭނުންވަނީ އެގޮތް ބަދަލުކުރާށެވެ. އެކުވެރިކަން އެދެމެދުގައި އުފެއްދުމަށް ހައިކަލް މިއަދުއެވަނީ ފުރަތަމަ ފިޔަވަޅު އަޅާފައެވެ. ހައިޝާގެ “ބައްޕީ” އޭކިޔާ ގޮވާލި އަޑަށް ހައިކަލް އަށް ހިޔާލީ ދުނިޔެއިން ނުކުމެވުނެވެ.

“ހިގާދާން….. ” އަވަސްކޮށްލައިގެން ނިކުމެ ހައިޝާގެ އަތުގައި ހިފަމުން ހައިކަލް ހިގައިގަތެވެ.

“ޔުސްރާ…. އާދޭދާން….” ޔުސްރާނައިސް ހުންނަން ފެށުމުން ހައިކަލް ގޮވާލިއެވެ. އިރުކޮޅަކު ހުރުމައްފަހު ޔުސްރާ ހިގައިގަތީ ހައިކަލް ދޮރުމަތީގައި ހުއްޓިހުރުމުންނެވެ.

މާލެއައިތާ ތިންމަސްވެފައިވާއިރު ޔުސްރާ އެގެއިން ބޭރަށް ނުކުމެފައިވަނީ ދެތިންފަހަރުއެވެ. އެވެސް ކައިރީގައި ހުންނަ ފިހާރަޔަކަށް ދާންޖެހިއްޖެނަމައެވެ. އެކަންވެސް އާންމުކޮށް ކުރާނީ ގޭގައި ގެންގުޅޭ ބޭރުމީހުންނެވެ. އެހެންކަމުން މާލޭގެ މާހާއުލަކީ ޔުސްރާއަށް މުޅިން އާތަނެކެވެ.

“ހިގާފަދޯ ދާނީ…. ޔުސްރާ ދައްތައަށް މާލެދައްކާލަން…” މަގުމައްޗައް ނުކުމެ ހިގައިގަންނަމުން ހައިކަލް ބުނެލިއެވެ. ހައިކަލްގެ ބަހައް ޔުސްރާއަށް ހުއްޓެވުނެވެ. މަގުމަތިން ދިޔަ މީހުންގެ ނަޒަރު ޔުސްރާއަށް ހުއްޓެން ފެށިއެވެ. ލާފައިހުރި ހެދުމަށް ޔުސްރާއަށް ދަމާލެވުނެވެ.

“މީހުންބަލާނެ… އެކަމާ އަޅާނުލާ….. ” ޔުސްރާ ހާސްވެފައިހުރި ތަންފެނުމުން ހައިކަލް ބުނެލިއެވެ. އެއާއުކު ކުރިއަށް ހިގައިގަތެވެ. ހައިޝާ އެއްއަތުން ހައިކަލްގެ އަތުގައި އަނެއްއަތުން ޔުސްރާގެއަތުގައި ހިފާލިއެވެ. އިތުރު ގޮތެއްނެތުމުން ޔުސްރާވެސް ކުރިއަށް ހިގައިގަތެވެ.

“ހޭތް ހައިކް….. ހާދަދުވަހެއް ކޮއްލާފައޭދޯ” ކައިރިން އަންހެން ކުއްޖަކު ހައިކަލްއަށް ގޮވާލިއަޑު އިވުމުން ޔުސްރާއަށް ބަލާލެވުނެވެ. ހަމުގެއަލި އެކުއްޖާ ހެދުންއަޅާފައިވަނީ އެންމެ ޒަމާނީ ގޮތަށެވެ. އިސްތަށިގަޑު ގައި މުށިކުލަ ޖައްސާލައިފައިވާއިރު ދިވެހި ކުއްޖެއްހެންވެސް ހީނުވެއެވެ.

“ޝަހޫ….. ކިހިނެއް… ” ހައިކަލްވެސް ހެވިލާފައި އެކުއްޖާއާ ސަލާމްކޮއްލިއެވެ.

“ގުޑް…. މީ ވައިފްތަ؟ ….. ނައިސް…. އަބަދުވެސް ބުނާހެންދޯ… ސިންޕަލް އެންޑް ނެޗުރަލީ ބިއުޓިފުލް ….” ޝަހުދާއަށް އިޝާއާއި ދިމާވެފައި ނުވާތީ ކުންހީއެއްކުރެވުނެވެ. ނަމަވެސް ހައިކަލް އެ ކުންހީ ފިލުވަދޭން ވެސް ބޭނުމެއްނުވިއެވެ. ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

“ދަނީއޭދެން…. ހައިއްކޮ ގޮވައިގެން ޕާކަށް ދާންމިދަނީ…” އިތުރުއެއްޗެއް ޝަހުދާ ބުނުމުގެ ކުރިން ހައިކަލް ކުރިއަށް ހިގައިގަތެވެ.

“ސޮރީ…. އަސްލު ޝަހޫއާ އިޝާ އަދި ދިމައެއް ނުވޭ ސޯ…” ސުވާލުތަކުން ޔުސްރާގެ ހިތް ފުރެމުން ދަނިކޮށް ހައިކަލް ބުނެލިއެވެ. އޭގެންވެސް ޔުސްރާއަށް އެގިގެންދިޔައީ ހައިކަލް އޭނާގެ ރައްޓަހިންގެ ކުރިމައްޗައް އިޝާ ގެންދަންބޭނުން ނުވާކަމެވެ. ސަބަބުވެސް ޔުސްރާއަށް އެގެއެވެ. އެހެންކަމުން އިތުރު ސުވާލެއް ޔުސްރާ ނުކުރެއެވެ.

ސަކަރާތާ މަޖަލުގައި ހަވީރުގެ ވަގުތު ނިމިގެން ދިޔައިރު ޔުސްރާއާއި ހައިކަލްގެ މެދުގައި ވި ބީރައްޓަހިކަން ވަނީ ކުޑަވެފައެވެ. ދެމީހުނަގެ ހިތުގައިވެސް ނޭގޭ ހިތްހަމަ ޖެހުމެެއް އެކަމުން އުފެދިގެން ދިޔައެވެ. ހިނިތުންވެތިބެ ހައިޝާގޮވައިގެން ގޭތެރެއައް ވަތް ދެމީހުންގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލިގެން ދިޔައީ ސޯފާގައި އިށީދެގެން އިން އިޝާ ފެނުމުން ނެވެ. ރުޅިއައިސް ރަތްވެފައި އިން އިޝާ ޔުސްރާއާއި ދިމާއަށް ބަލާލި އަނިފާނުގެ ބެލުމަކުންނެވެ. ޔުސްރާއަށް ހިން ދިރުވާލެވުނެވެ. ހައިކަލް އާއި ދިމާއަށް ބަލާލެވުނެވެ.

“ޔުސްރާދޭ ހައިއްކޮ ގޮވައިގެން ކޮޓަރިއަށް…” ހައިކަލް ހައިޝާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. އޭރު ހައިޝާވެސް ހުރީ ޖެހިލުންވެފައި އިޝާއާއި ދިމާލަށް ބަލާށެވެ. ވާނީވެސް އެހެންތާއެވެ. ތިންއަހަރަު ވާންވެފައި ހުރިއެރު އެ މަންމަގެ އަތުން ލޯބިން އެއްފަހަރުވެސް އެ ކުއްޖާގައިގާ އަތް ޖައްސާލައިފައި ނުވެއެވެ.

ކޮޓަރިއަށް ވެދެ ޔޫޓިއުބުން ވީޑިއޯއް ޖައްސާލުމައްފަހު ހައިޝާގެ ކަންފަތުގައި ޔުސްރާ ހެޑްސެޓް އަޅުވާލިއެވެ. ބޭރުން ދެން އިވިގެން ދާނީ އިޝާގެ ހަޅޭލެވުމުގެ އަޑުކަން ޔުސްރާއަށް އިގެއެވެ. އެއީ އަބަދުވެސް ޔުސްރާ ގޭގައި ހުންނަންޔާ އާދައެވެ. ޔުސްރާ އެގެއައް އައި ފަހުން އިޝާގޭގައި ހުންނަ ދުވަސް ދުވަހައްވުރެ ނުހުންނަ ދުވަސް ދުވަސް ގިނަވާނެއެވެ. އަބަދުވެސް ކޮންމެވެސް ރިސޯޓެއްގައި ނޫނީ ބޭރުގެ ކޮންމެވެސް ގައުމެއްގައެވެ. އިޝާ ބަލަންޖެހޭ ދަރިއެއް ފިރިއެއް ހުންނަކަންވެސް އިޝާއަށް އިހުސާސް ނުވެއެވެ. ޔުސްރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުުތު އިވުނު ވާހަކައިން ޔުސްރާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 4

Next

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(11)

Next
July 17, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(11)

Previews
July 17, 2020

ނޭނގި ވެވުނީ ލޯތްބޭ- 4

5 Comments!

  1. R ❤ says:
    July 17, 2020 at 11:02 pm

    Maashaa allah ??? I laav this story.. keep it up nym.. can’t wait to read next part ❤❤

  2. Nakhu Ali says:
    July 17, 2020 at 11:46 pm

    nice

  3. Shaima shaee says:
    July 18, 2020 at 10:48 am

    Vrrrr Reethi. Kihinehbaa vaanee dhen

  4. ރާޔާ says:
    July 18, 2020 at 11:07 am

    ވަރަށް ރީތި މި ވާހަކަ! ހަމަ ހަބޭސް! ދެން އިންނަ ބަޔަށް ވަރަށް އިންތިޒާރު ކުރެވޭ!

  5. unknown queen says:
    July 19, 2020 at 12:25 pm

    Vvv reethi..
    Next avahah genesdhecchey ?

Comments are closed.

Next Episodeތިޔަ ލޯބިން ހިތް ފުރިއްޖޭ… (3)←


All Right Reserved!