Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަދީނީލޯބި

މަންމަ ހަޅޭއް ލިއެވެ. އެކަމަކު ލޯބިން ނެވެ.

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
April 14, 2021 3 Mins Read
8 Comments

 

އަހަރެންގެ މަންމަ އަހަރެން ބެލީ ތަޅައިގެންނެވެ. ގަޑިއަށް ސްކޫލަށް ނުގޮސްފިނަމަ ގުދަނަށް ލައި ބަންދު ކޮށްގެންނެވެ. މިސްކިތަށް ނުގޮސްފި ނަމަ ސުންނަތް ތިރީސް ނަމާދު ކުރުވައިގެން ނެވެ. ހެނދުނު ސައި ނުބޮއެފި ނަމަ އެ ދުވަހަކު ކެއުމުން އަހަރެން މަޙުރޫމް ކުރުވައިގެންނެވެ. ފަތިސް ނަމާދަށް ނުހޭލައިފި ނަމަ އިލޮށިފަތިން ހައެއްކަ އެތިފަހަރު ތަޅައިގެންނެވެ. ވައްކަން ކޮށްފިނަމަ ދެއަތް ފަހަތަށް ގެންގޮސް އައްސައިގެން ނެވެ. ނުބަލަންވީ މަންޒަރެއް ބަލައިފިނަމަ ލޯ މަތީ ފޮތި ބަނދެގެންނެވެ. މީހަކާ ދިމާއަށް ބަހެއް ބުނެފި ނަމަ ދެ ގަޑިއިރު ވަންދެން ހަޅޭއްލަވައި ގެން ނެވެ. ތިޔައިގެ ތެރެއިން ކުއްޖަކަށް މި ވާހަކަ ކިޔައިދީފިނަމަ ފުރަތަމަ ވެސް ހިތަށް އަރާނީ ތިމަންނަ ހާދަ ނަސީބުގަދަ އެވެ. ތިމަންނާ ގެ މަންމަ ތިމަންނާ އަކަށް ހަޅޭކެއް ނުލަވައެވެ. ނުތަޅައެވެ. ތަންތާގައި ބަންދެއް ނުކުރެއެވެ. އެހެނަސް ނަސީބު ގަދައީ ތިކުދިން ހެއްޔެވެ؟ ނުވަތަ އަހަރެން ހެއްޔެވެ؟ އެޔެއް ވެސް ބަލަމާ ތޯއެވެ.

 

މިހާރު ކިޔައިދޭން މި އުޅެނީ އަހަރެންގެ އުމުރުން 13 އަހަރު ގައި ވީ ކަމެއްގެ ވާހަކައެވެ. އެއީ ރަމަޟާން މަހެއްގެ ފަހު ދިހައިގެ ހަތް ވަނަ ވިލޭރެއެވެ. މަންމަ އައިސް އަހަންނަށް ހާރުކާން ގޮވިއެވެ. سبحان الله އެވެ. އެ އައީ އަހަރެން އެންމެ ބިރުގަންނަ މަންމަ އެވެ. ނުތެދުވެ އެންމެ ހިނދުކޮޅެއްގައި ވެސް އޮންނަން އަހަންނަށް ކެރޭނެ ހެއްޔެވެ؟ ފުންމައިގެން ތެދުވީމެވެ. ތެދުވާ ހިތަކުން ނޫނެވެ. ނުތެދުވެއްޖެ ނަމަ ރޯޅި އެއް އަންނާނެކަން އެނގޭތީއެވެ. މަންމަ ކުރިމަތިން އަހަރެން ގޮސް ފާޚާނާއަށް ވަނީމެވެ. އެއްމިނެޓު ތެރޭ ދަތް އުނގުޅާލައިގެން ނުކުތީމެވެ. ހާރުކެއުމަށް ހުރީ ކޮންއެއްޗެއްތޯ ބެލިއިރު ހުރީ ކަދުރާއި ފެނެވެ. އެކަމާ އަހަންނަށް ޝަކުވާ ކުރެވުނެވެ. “ހުރިއެއްޗެއް ކާނީތަ؟ މިއަދު ހާރު ނުކައި ރޯދައަށް ހުންނާނީތަ؟” މަންމަގެ ޖަވާބު އައީ އަހަރެން ހީކުރި ގޮތަށެވެ. ހަރުކަށިކަން އިންތިހާއެވެ. ހާރު ނުކައި އަހަންނަށް ރޯދައަކަށް ނުހުރެވޭނެ އެވެ. ހާރު ނުކައިފިނަމަ ހަވީރު އަތަށް އަޅާއިރަށް އަހަންނަށް ހޮޑު ލެވެއެވެ. ޖެހޭނީ ކާށެވެ. ބަނޑުފުރާލުމަށް ހައެއްކަ ކަދުރު ކާލީމެވެ. ބޮޑު ފެންތައްޓެއް ދަމާލީމެވެ. ތިންނޭވާއިންނެވެ. އެދުވަހުގެ އިރު އަރައިގެން ގޮސް ދުވަހުގެ އެންމެ ހޫނުގަދަ ވަގުތު އައިސް ޖެހިއްޖެއެވެ. މިސްކިިތުން އައިސް އަހަރެން ސޯފާއަށް ވެއްޓިގަތީމެވެ. އޭރު މަންމަ ކަރާ ފަނި ގިރަންވެގެން ކަރާ ކޮށަނީއެވެ. އަހަންނަކަށް އެކަމެއް ނޭނގެއެވެ. “އައިހަމް! އައިހަމް އަކަށް ނޭންގޭތަ ތިތަން ތި އޮތީ މަގޭ ދެންމެ ކަމެއް ރީތި ކޮއްފަކާ؟ އެނދެއްގައި ބެޑުޝީޓު ގަނޑެއް ރީއްޗަކަށް ނޯންނާނެ… ސޯފާ ގަނޑެއް ރޫނުޖެހި އޮތުން އެއީ މިގޭން ފެންނާނެ ސިފައެއް ނޫން… އޮތްގޮތަށް ރީތިކޮށް އުރަ ލައްވާ!” އަހަރެން އިނީ ތުންފަތް ހަފާލަ ހަފާލަ އެވެ. މަންމަ އެތާ ހުރިކަން އެނގުނު ނަމަ އަހަރެން އެތާ ނުވެސް އިށީނީމުހެވެ. ސޯފާ އަކީ މާ މޮޅު ސޯފާއެއް ނޫނެވެ. އޭގެ މަތިން އަޅާފައި އޮތީ ވިލާތުގެ މޮޅު ފޭރާމެއް ނޫނެވެ. އުއި ފޮތި ގަނޑެކެވެ. އެހެނަސް ހަޑި އެއް ނޫނެވެ. ސާފު ތާހިރެވެ. މަންމަގެ މުރާލިކަމާއި ސާފުތާހިރުކަން ހަމައެކަނި ސޯފާއަށް ބަލައިލިޔަސް ފެނެއެވެ. އެންމެ ރޫކޮޅެއް ވެސް ނުހުންނާނެހެން ވާންކޮށް ސޯފާގައި ފޮތިގަނޑު އަޅާލީ މެވެ. މަންމަ އިތުރު އެއްޗެކޭ ބުނަން ވާއިރަށް އަހަރެން ފިލައިފީމެވެ.

 

މިއަދު އަހަންނަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ ވިޔަފާރި ވެރިއެކެވެ. އަހަރެންގެ ވިޔަފާރި އަކީ ފޮތް ލިޔެ ޝާއިއު ކުރުމެވެ. ސިނަމާލެ ބުރިޖުން މާލެ އަރާ އިރު އެންމެންގެ  ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ ދިހަ ބުރީގެ އުސް އިމާރާތެކެވެ. އެ އިމާރާތުގެ މަތީގައި “ފޮތުގެ ދުނިޔެ” ބޮޑު އަކުރުން ލިޔެފައި ވާނެއެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އެ އިމާރާތުގެ ތެރެއަށް ވަދެ، ފޮތް ލިޔެ،ފޮތް ގަނެ، ފޮތް ކިޔާ ހަދައެވެ. ތެދަށް ބުނަންޏާ އެއީ އަހަރެންގެ ވިޔަފާރި ހިންގާ އިމާރާތެވެ. ހަވީރު ހަތަރެއް އެއީ މީހުން ޒިޔާރަތް ކުރަން އަހަރެން ކަނޑައަޅާފައިވާ ވަގުތެވެ. ހައެއް އެއީ ޒިޔާރަތް ކުރާ ފަރާތްތައް ނުކުމެ އަދި ވަނުން މަނާ ވަގުތެވެ. ފޮތް ތައް ލިޔުމުގައި މަސްއޫލު ވެގެން ތިބި މީހެއް އެމީހެއްގެ މަސައްކަތް ހުއްޓުމަށްފަހު މިސްކިތަށް ދާން ޖެހޭނެއެވެ. ޚުދު އަހަރެން ވެސް އެ މީހުންނާއި އެކު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު ކުރަމެވެ. އަނެއް ދުވަހުގެ އަށެއް ޖަހާއިރު އަހަރެން ހުންނާނީ އިމާރާތުގެ އަހަރެންގެ އޮފީސް ބައިގައެވެ. ފޮތް ގަތުމަށް އަންނަ ކުޑަކުދީން އަހަރެން ފެނުމުން ސަލާން ކުރަން ދުވެފައި އާދެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އަހަރެން އެ ކުދިންނާ ދޭތެރޭ ބަހައްޓާ ގާތް ކަމުންނެވެ. އެއިން ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދޭތީއެވެ. ހަމައެކަނި ކުޑަކުދީންނެއް ނޫނެވެ. މި ކަނޑަނީ ފޮންޏެއް ވެސް ނޫނެވެ. މުޅި ދުނިޔެ ވެސް މިއަދު އަހަރެން ބަލައިގަނެއެވެ. ބައިނަލް އަޤްވާމީ ފެންވަރުގެ އިނާމު ތަކާއި ސަނަދު ތަށް މިއަދު އަހަންނަށް ލިބިއްޖެ އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބަކީ އަހަރެންގެ މަންމަ އެވެ. އަހަރެންގެ މަންމަ އަހަންނަށް ލީ ހަޅޭކެވެ. ދެއަތާ ދެފައިގައި އެއްސި އެއްސުމެވެ. ގުދަނަށް ލައި ބަންދު ކުރި ބަންދު ކުރުމެވެ. ކުރުވި ތިރީސް ސުންނަތް ނަމާދެވެ. އަހަރެން އެކަންކަމުން ފުރިހަމައަށް ޢިބުރަތް ހާސިލް ކުރީމެވެ. މިއަދު އަހަރެންގެ މަންމަ އަހަންނަކަށް ހަޅޭކެއް ނުލަވައެވެ. ނުތަޅައެވެ. ތަންތާގައި ބަންދެއް ނުކުރެއެވެ. މިއަދު އަހަރެންގެ މަންމަ އެއިނީ ހީލަ ހީލާ އެވެ. އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އެވެ. އެ މަންމަ އޭނާގެ ވާޖިބު އެންމެ ފުރިހަމަ އަށް އަދާ ކޮށްފި އެވެ. އެ މަންމަ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ކުރިމަގު ކޮށައި ދީފިއެވެ. މާމެލާމެއްޔާ ދޫނީ ސޫފާސޫތްޕާއި މީރު ވަހުން އެ ދަރިފުޅުގެ ހަޔާތް ފުރާލަ ދީފިއެވެ. ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

 

ވީމާ ނަސީބު ގަދައީ ކާކު ތޯއެވެ؟ އަހަރެން ނޫން ތޯއެވެ؟ މައިންބަފައިން ތިމާގެ ގައިގައި ތަޅަނީ ރުޅި އައިސްގެންނޭ ހީ ނުކުރާށެވެ. އަބަދު އެއްޗެހި ކިޔަނީ ލޯބިނުވާތީއޭ ހީ ނުކުރާށެވެ. އޭގެ ބަދަލުގައި އެ ކަންކަމުން ޢިބްރަތް ހާސިލް ކުރާށެވެ.

 

(ނިމުނީ)

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ނުލިބުނު ލޯބި

Next

ގެއްލުނު އެކުވެރިޔާ 5

Next
April 14, 2021

ގެއްލުނު އެކުވެރިޔާ 5

Previews
April 14, 2021

ނުލިބުނު ލޯބި

8 Comments!

  1. Nayaa Nayaa says:
    April 15, 2021 at 5:46 am

    ބްރޯ…… ގަދަ އިނގޭ… މީ ހަމަ އެއްވަނަ… ނަޔާގެ މަންމަވެސް ވަރަށް ރުޅިގަދަ ވާނެ.. އެކަމް ވަރަށް ލޯބިވެސް ވާނެ… ހެހެހެ… ކަންތައް ކޮށްލަން ޖައްސާ އިރު ދެން ހީވާނީ ހަމަ އެހެން ފަދަ ކަމެއްހެން… ހަހާ… އެކަމްވެސް އިނގޭ މަންމަ ވަރަށް ލޯބި ވާ ކަން.. ބުނާ ކޮންމެ އެއްޗެއްވެސް ބުނާނީ ރަނގަޅަކަށް ކަން… ބައެއް ކުދިން މަންމަމެންގެ ކުރިމަތީގަ ޒުވާބު ކޮށްލާ ގޮތް ދޯ.. ޕިސް ޕިސް ޕިސް… މަށަކަށް ވާ ލާހިކެއް ނޫން ޗުއްޕުވެސް ބުނާކަން… ކަމެއް ސަހާދެއް… މަންމައަކީ އެފަދަ ދެވަނައެއް ނުވާ އެންމެ ފުރިހަމަ ނަމޫނާ… ނުވަ މަސްދުވަހުގެ އެތަކެއް ވޭނާ ކެކުޅުމަށް ފަހު އަހަރެމެން ބަލައިދީ، ލޯބިދީ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްދޭ ޝަޚްސިއްޔަތު… ދުވަހަކުވެސް އަހަރެމެން އެމީހަކާ ވަކިވުމަށް ނޭދޭ ޝަޚްސިއްޔަތު… ވީއިރު، މަންމައަށް އިހާނެތިކޮށް ކަންތައް ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ހަމަ ކުދިންނަށް ނުވިސްނެނީބާ؟؟ ރުޅިއައިސްގެންވެސް، ހިނިއައިސްގެންވެސް ދަރީންނަށް ރަނގަޅު ގޮތާ ނުބައި ގޮތް ބުނެދޭނީ ހަމަ މަންމަ ދޯ… އެކަމަށްޓަކައި ޝުކުރުވެރި ވާން ވާނެ…

    މާޝާﷲ ރީޝް ހަމަ ހަބޭސް އިނގޭ… މަޖާވެފަ، އަދި އެހާމެ އިބްރަތްތެރި… ނަޔާގެ ފޭވަރިޓްސް ލިސްޓަށް ދާނެ ހަމަ ގައިމުވެސް މި ވާހަކަ… އެހާވެސް ސަޅި… ހަމަ ހައްބު…

    ތިގޮތުގައި ކުރިޔަށް ދޭ އާންޓީގެ ލޯބި ލޯބި ރީޝް…
    ވަރަށް ލޯބިވޭ…

  2. Xeeen says:
    April 15, 2021 at 9:36 am

    Masha d

  3. Xeeen says:
    April 15, 2021 at 9:36 am

    Masha Allah V ree

  4. Xeeen says:
    April 15, 2021 at 9:37 am

    Sorry nonni olhigen liye nunimenees egen cmnt

  5. ReeshA CoronA ReeshA CoronA says:
    April 15, 2021 at 11:28 am

    މި އޮތް ވަގުތު ކޮޅު ތެރޭ ކިހިނެއް މަ މިއަށް ރައްދު

    އާން އާން ވާނެ ވާނެ…. ޝުކުރު ޝުކުރު… ހަމަ ނަޔާ މަންމަ އޭ ކިޔައިގެން އަނގަ ތަޅާތީ ބޮލަށް އައި ހާދިސާ އެއް މީ… ސުކުރު ސުކުރު ބޮއްތާ! އާން ދެން އަހަރުމެން ލިޔާ އެއްޗެހި މަޖާ ބައެއް ނުލައި ނުލިޔެވޭނެ ދޯ! ހުވާ! ރީޝްގެ ފެވަރިޓު ކޮމެންޓު ލިސްޓަށް ދާނެ މި ކޮމެންޓު….
    އިރާދަ ކުރެއްވިއްޔާ މި ގޮތަށް އުތުރަށް ދާނަން

  6. ReeshA CoronA ReeshA CoronA says:
    April 15, 2021 at 11:30 am

    Xeenoo E rangalhu vaane dhoonigandaaaa…. Shukuriyaaa sisoooo
    Mymmmmm
    Ramadan Mubarak

  7. ReeshA CoronA ReeshA CoronA says:
    April 15, 2021 at 8:49 pm

    Ey Nayoooo Rilooo ingeytha miadhu sale sale ah Gulhi ehnnu Arusham kiyaa kuhjjeh… Bunee Raa atholhun no ???ma mihithah aranii eii E thakaholhi baa ey… Arusham aa Areesh vahthareh noon thr..

    Dhn maadhan Ahutti aa Liyam ah surprise eh ????ISA

    1. Nayaa Nayaa says:
      April 16, 2021 at 5:16 am

      kalw gayaa dhogu nuhadhaa.. esoru gaathu ahaabala e sory thoa ehee.. rasheh nubneytha? ma quran claahah dhaan jehigennubeluney dhoonyaa… quran claahun ai gothah vx ulhunee badhigeyga viyya… ehenve nubelunee… aan dhen vahtharu dhw
      what?? konsuprise eh?? anekkaa dhebeyfulhunge anniversary thr?????

Comments are closed.



All Right Reserved!