” ޝޫޓް! އަހަރެންވެސް ޝިޔާ ބަލާ ދާން ހަނދާން ނެތެން ޖެހުނީ ޝިއްކޮގެ ފަސްޓް ޑޭ އެޓް ވޯކް ގެތަ! ޑޭމް މީ!” އަމިއްލަ ނަފްސަށް ކުދިކިޔަމުން ޝަޔާން ސައިކަލަށް އަރާފައި ދުއްވައިލިއެވެ. ނަމަވެސް ޝަޔާން އަކަށް ފަހަތުން ދުއްވާފައި އައި ބޮޑު ލޮރިއެއް އަޅައެއް ނުގަތެވެ.

“އޯހް ޕްލީޒް.. ދޮންބޭ! ކަމް އޯން! ކަމް އޯން!ފޯނު ނަގާބަލަ!” ‘ހެޕީ ބީޓްސް ކްލިނިކް ގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ޝިޔާގެ މޫނުން ފެންނަނީ ހާސްކަމެވެ. މިހާރު ޝަޔާން އޭނާ ބަލާ އާދޭތޯ އިންތިޒާރުގައި ހުންނަތާ ބައިގަޑިއިރު ވަނީއެވެ. އެދޮން މޫނުން ދާތިކިތައް ވިދަމުން ދިޔައިރު ޝިޔާ ދިޔައީ މެދުނުކެނޑި ޝަޔާންއަށް ގުޅަމުންނެވެ.

“ތިޔަ ގުޅުއްވި ނަމްބަރުން މިވަގުތު ޖަވާބެއް ނުދޭ!ފަހުން ގުޅުއްވާލައްވާ! ސޮރީ، ދަ ނަމްބަރ ޔޫ ޑަޔަލްޑް….” ޝަޔާންގެ ފޯނަށް ޖަވާބުނުދޭކަމަށް އެކޮޅުން ބުނަމުން ދިޔަސް ޝިޔާ ގުޅަމުން ދިޔައެވެ. ނަމަވެސް ލިބެމުން ދިޔައީ އެއް ޖަވާބެކެވެ. އެންމެފަހުން ޝިޔާ ޓެކްސީއަކަށް ގުޅީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ.

ސައިކަލުގައި ބާރު ސްޕީޑެއްގައި ޝިޔާ ބަލާ ދާން ދުއްވަމުން ދިޔަ ޝަޔާންއަށް މެދުނުކެނޑި ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔަކަން އިނގެއެވެ. ނަމަވެސް އޭނާ ދުއްވަމުން ދިޔައީ މަޖީދީމަގުން ކަމަށްވުމުން އެގަޑީގައިވެސް އެމަގު އޮތީ ދުއްވާ އުޅަނދުތަކުންނާއި މީހުންތަކުން ތޮއްޖެހިފައެވެ. ކުއްލިއަކަށް ޝަޔާންއަށް ފަހަތް ބަލާލެވުނީ ބާރަކަށް ދުއްވާފައި އަންނަ ލޮރީއެއްގެ އަޑަށެވެ. ނަމަވެސް ޝަޔާންއަށް ފަރާތަކަށް ޖެހިލެވެން ވާއިރަށް އެލޮރީ އައިސް ޝަޔާންގެ ސައިކަލުގައި ޖެހިފައި ސައިކަލު މާދުރަށް ވިއްސައިގެން ގޮސް ޝަޔާން ވެސް ގޮސް ޖެހުނީ އެމަގުގައި ހުރި ހޮޅިދަނޑިއެއްގައެވެ. އިރުކޮޅެއްވެސް ނުވެ އެތަން ލެއިން ފޯވެގެން ދިޔައެވެ. އޭރު އެމަގުގައި ތިބި އެންމެންކަހަލަ ގޮތަކަށް އެތަނަށް ޖަމާވަމުން ދިޔައިރު އެއްބަޔަކު އެމްބިއުލެންސަށް ގުޅިއިރު އަނެއްބަޔަކު މަސައްކަތްކުރީ ޝަޔާންގެ އާއިލާ މީހަކަށް ގުޅޭތޯއެވެ.

ކްލިނިކް ގެ ދޮރުމަތީގައި ހުރި ޝިޔާއަކަށް މާކަ ގިނައިރު ޓެކްސީގެ އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. ޓެކްސީ އައުމުން ޝިޔާ އެއަށް އަރާފައި ‘ގ.ކޮރަލް’ އަށޭ ބުނުމުން ޑްރައިވަރު ވަނީ އެދިމާއަށް މިސްރާބު ޖަހާފައެވެ. އޭރުވެސް ޝަޔާންއަށް ގުޅަމުން ދިޔައިރު މިހާރު ބުނަނީ ފޯނު ނިއްވާލައިފައިވާ ކަމަށެވެ. އެންމެ ފަހުން ޝިޔާ ގުޅުން ހުއްޓާލީ ފޯނަށް އަޅާފައިވާ ކާޑު ހުސްވުމުންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޝިޔާގެ ހިތް ބުނަންފެށިއެވެ. އޭރު އާދަޔާހިލާފަށް ޝިޔާގެ ވާތުލޯވެސް ތޮޅެމުން ދިޔައެވެ. ހާސްވެގެން ގޮސް ޝިޔާއަށް ދެއަތްދެއަތާ މޮޑެވެންފެށުނެވެ. ގެއަށް އާދެވުމާއެކީ ޝިޔާ ދުވެފައި ކަހަލަގޮތަކަށް ލިފްޓަށް އަރަމުން 4 ވަނަ ފަންގިފިލާއަށް ފިތާލިއެވެ. އެޕާޓްމަންޓް ގެ ތެރެއަށް ވަނުމަށްފަހު ޝިޔާ ދިޔަގޮތަށް ގޮސް ޝިޔާ ޝަޔާންގެ ކޮޓަރީގައި ތަޅަމުން ގޮވަން ފެށިއެވެ.

“ދޮންބޭ! ދޮންބޭ! ކީއްތަ ތިކުރަނީ ޝިއްކޮ ބަލާ ނުގޮސް ކޮޓަރީގަ؟” ޝިޔާ ބާރަކަށް އެހެން ގޮވާއަޑަށް އާމިލާވެސް ކޮޓަރީގައި އޮވެފައި ނިކުތެވެ.

“ދަރިފުޅާ ޝިޔާ! ކީކޭތަ ތިކިޔަނީ؟ ދޮންބެ ބަލާނުދެއޭ؟ އެކަމަކު އޮފީހުން އައިސް ގެއަށް ވަދެވަދެ ހުރެފައި އެއް ނޫންތަ ދަރިފުޅު ބަލާ ދިޔައީ..؟ ގައިމު ޝިއްކޮ އާ ވާހަކަދެއްކީ..” އާމިލާ އެހެން  ބުނުމުން ޝިޔާގެ މޫނަށް ކަންބޮޑުވުމުގެ އަސަރުތައް ވެރިވާން ފަށައިފިއެވެ.

“އެކަމް މަންމާ! އަޅުގަނޑު މިއައީ ދޮންބެ ނުގޮސްގެން ހުރެހުރެފައި ޓެކްސީއެއްގައި އެންމެ ފަހުން.. ގުޅާގުޅާ ފޯނުން ރުފިޔާ ހުސްވިއިރުވެސް ނުނަގާ ފޯނެއް..” ޝިޔާ އެހެން ބުނަމުން އާމިލާއަށް ކޯލް ލޮގް ދައްކާލިއެވެ. ތެދެކެވެ. ޝިޔާގެ ފޯނުން 41 ފަހަރު ޝަޔާން އަށް ގުޅާފައި ވެއެވެ. އެހެންކަމުން އާމިލާގެ މޫނަށްވެސް ހާސްކަން ވެރިވާން ފެށިއެވެ.

“ޝަހީނޫ! ޝަހީނޫ!” އާމިލާ ގޮވަން ފެށުމުން ޝަހީން ކޮޓަރިން ނިކުތެވެ. “ކިހިނެއްވީ؟ އަނހަ ދަރިފުޅާ ޝިޔާ! ދޮންބެ ކޮބާ؟” ޝިޔާ ފެނުމުން ޝަހީން އަހާލިއެވެ. ނަމަވެސް ޝިޔާ ހުރީ ފޯނުން ޝަޔާންގެ އެކުވެރި ލިވާން އަށް އާމިލާގެ ފޯނުން ގުޅައިގެން ޝަޔާން އެގޭގައި އުޅޭތޯ ބަލަންވެގެންނެވެ. އެހެންކަމުން އާމިލާ ބުނެލިއެވެ.

“ޝިޔާ އެބުނީ ޝަޔާން ބަލާނުގޮސްގެން އޭނާ އެއައީ ޓެކްސީއެއްގައޭ.. ޝަޔާން މިދަނީއޭ ބުނިފަހުން ބައިގަޑިއިރު ވެބޮޑުވީއޭ.. ފޯނެއްވެސް ނުނަގައޯ.. މިހާރު އެހުރީ ލިވާންއަށް ގުޅައިގެން..” އާމިލާ ހުރީ ވަރަށް ހާސްވެފައެވެ. އެހެންކަމުން ޝަހީން ބުނެލިއެވެ.

“އާމީ! ހާސްނުވެބަލަ! އެވެދާނެއޭ އެސޮރު..” ޝަހީންއަށް އެހާ ހިސާބަށް ބުނެވުނު ތަނާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާ ބަލާލިއިރު އަރާފައި އިނީ ‘ބޮޑުބެ’ އެނަމެވެ. އެހެންކަމުން ލަސްނުކޮށް އޭނާ އަވަހަށް ފޯނުނެގީ އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވާ ހާލުއެވެ.

“ޝަހީން! ހިތްވަރު ކުރާތި! މިޚަބަރަކީ އަޑުއަހަން ފަސޭހަވާނެ ޚަބަރެއް ނޫން! ބޮޑުބެއަށް އިނގޭ އެކަން.. ޝަހީން! ޝަޔާން އެކްސިޑެންޓްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގައި އެބައޮތް. އަވަހަށް އާދޭ މިކޮޅަށް!” އެކޮޅުން އެހެން ބުނިއަޑު އިވުމުން ޝަހީންގެ އަތުން ފޯނު ވެއްޓުނެވެ. ދުރުގައި ހުރި ޝިޔާ އަދި އާމިލާއަށް ކަމެއް ގޮސްވެއްޖެކަން އިނގުމާއެކީ އަވަހަށް ޝަހީން ކައިރިއަށް ދިޔައިރު ޝަހީންގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަނީއެވެ.

” ބައްޕާ! ބައްޕާ! ކިހިނެއްވީތަ؟” ޝިޔާ ވަރަށް ކަންބޮޑުވެފައި އަހާލުމުން ޝަހީން ބޯހޫރާލިއެވެ. ނަމަވެސް އާމިލާ ވެސް އައިސް ޝަހީން ގާތު ކަންވީގޮތް ކިޔައިދިނުމަށް އެދުމުން ޝަހީން ބުނެލިއެވެ.

” ޝަ..ޝަޔާން އެކްސި…އެކްސިޑެންޓް ވެގެން އޭ..އޭޑީކޭ ހޮސްޕިޓަލުގެ އައި..އައި.ސީ.ޔޫ ގައި އެބަ…އެބައޮތް..ބޮޑުބެ ގުޅާފައި އެ..އެބުނީ އަވަހަށް އަންނާ..އަންނާށޯ..” ޝަހީންގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

ޝިޔާއަށް އިންތަނަށް ތިރިވެވުނު އިރު އާމިލާ އަޑުންއަޑުނަގާފައި ރޮނީއެވެ. އެހެންކަމުން ދެބަފައިން ވެގެން އާމިލާ ހަމައަކަށް އަޅުވައިގެން އަވަހަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ބާރުހިނގުމެއްގައި ގޮސް ހޮސްޕިޓަލް ތެރެއަށް ގޮސް ވަތް ޝަހީން އަށް އައި.ސީ.ޔޫ ކައިރީގައި ހުރި ބޮޑުބެއާއި އަދިވެސް އެހެން ފިރިހެނަކު ފެނުނެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޝަހީންގެ ފަހަތުން އާމިލާ އަތުލަފިކޮށްގެން އައި ޝިޔާ އަށް ވެސް ވަރަށް ހަރަކާތް އަވަސްކޮށް އައި.ސީ.ޔޫ އިން ވަދެނިކުމެ ހަދާ ޑޮކްޓަރުންނާއި ނަރުހުން ފެނިފައި ދޮންބެގެ ހާލު ރަނގަޅު ނޫންކަން އެނގުނެވެ. އެރީތި ބޮޑު ދެލޯ ފެންކަޅިވަމުން ދިޔަޔަސް ހިތަވަރު ކޮށްލާފައި އޭނާ އާމިލާ ގޮވައިގެން ގޮސް އައި.ސީ.ޔޫ ކުރިމަތީގައި ހުރި ގޮނޑިބަރީގައި އިށީނދެލިއެވެ.

އަދީލްގެ ފަރާތުން ޝަޔާންގެ އެކްސިޑެންޓްގެ ޚަބަރު ކިޔާންއަށް ލިބުނީ އޮފީހުން ގެއަށް އައިސް ކާން އިންދައެވެ. ކިތަންމެ ބަނޑުހައިވެފައި ހުރިނަމަވެސް ކާން އެޅި ބަތްތަށި ހުރިގޮތަށް ބަހައްޓާފައި އޭނާ ސައިކަލަށް އަރާފައި އޭޑީކޭ ހޮސްޕިޓަލަށް ދާން ދުއްވާލީ ތިހާމާ ގޮވަގޮވާ ހުއްޓައެވެ.

ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކިޔާން އައި.ސީ.ޔޫ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެއަށްފަހު އެތާ އެންމެ ކައިރިއަށް ހުރި ގޮނޑީގައި އިށީނދެލަމުން އޭނާގެ ދެއަތް އެފަން އިސްތަށިގަނޑުގެ ތެރެއަށް މަހާލަމުން ކިޔާންއަށް ކަނާތްފަރާތަށް ބަލައިލެވުނެވެ. އޭނާ ހުއްޓުންއެރީ އާމިލާގެ ކައިރީގައި އިށީނދެގެން އިން ހޫރެއް ފަދަ ރީތި އަންހެންކުއްޖާ ފެނިފައެވެ.

ނުނިމޭ…

 

24

1 Comment

  1. Ninni0910

    June 26, 2021 at 8:30 pm

    hi guyss… mibai genesdhinun lasveema ninni vrh bodah maafah edhen hurihaa kiyuntheringe faraathun… Wifi ge problem eh dhimaa vegen aslu mi bai lasvy.. and mi baiga admin ge approval libuny vrh vrh lahun.. Ninni mibai up kurin iyye mendhuru…
    anyway., Ninni unmeedhu kuran mibai ves hurihaa kiyuntherinnah ves kamudhaane kamah..
    Stay Safe

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!