ބޭރުން ފެންނައިރު ހީވަނީ ބޮޑު ގަނޑުވަރެއްހެއްނެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާއިރު ވަނީ ތިންބުރިއަށް ނަގާފައެވެ. ގެވަށައިގެން ވަށާފާރު ނަގާފައި ވާއިރު ކަޅުކުލައިގެ ބޮޑު ގޭޓެއްލާފައި ވެއެވެ. ގޭޓުން އެތެރެޔަށް ވަދެގެންދާއިރު ފެންނަން އޮތް ބޮޑު ބަގީޗާގައި އެކިކުލަކުލައިގެ މާމެލާމެލި ހައްދާފައިވެއެވެ. އެއީ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ބަލާލުމުންވެސް އިނގެއެވެ. ގޭގެ އެތެރެޔަށްވަދެގެން ދާއިރު ފުރަތަމަވަދެވެންއޮންނަނީ ބޮޑު ހޯލެއްކަހަލަ ސިޓިންރޫމްއަކަށެވެ. މުޅިމާހައުލުންވެސް ފެންނަމުން ދަނީ ޒަމާނީ ކުލަތަކެވެ. ސިޓިންރޫމްގެ މެދާކަތްހިސާބުގައި ބޮޑުތަނބެއް ހުއްޓެވެ. އެތަނބުވަށައިގެން […]
ބޭރުން ފެންނައިރު ހީވަނީ ބޮޑު ގަނޑުވަރެއްހެއްނެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާއިރު ވަނީ ތިންބުރިއަށް ނަގާފައެވެ. ގެވަށައިގެން ވަށާފާރު ނަގާފައި ވާއިރު ކަޅުކުލައިގެ ބޮޑު ގޭޓެއްލާފައި ވެއެވެ. ގޭޓުން އެތެރެޔަށް ވަދެގެންދާއިރު ފެންނަން އޮތް ބޮޑު ބަގީޗާގައި އެކިކުލަކުލައިގެ މާމެލާމެލި ހައްދާފައިވެއެވެ. އެއީ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ބަލާލުމުންވެސް އިނގެއެވެ. ގޭގެ އެތެރެޔަށްވަދެގެން ދާއިރު ފުރަތަމަވަދެވެންއޮންނަނީ ބޮޑު ހޯލެއްކަހަލަ ސިޓިންރޫމްއަކަށެވެ. މުޅިމާހައުލުންވެސް ފެންނަމުން ދަނީ ޒަމާނީ ކުލަތަކެވެ. ސިޓިންރޫމްގެ މެދާކަތްހިސާބުގައި ބޮޑުތަނބެއް ހުއްޓެވެ. […]