Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުޅެން އުމުރަށް ލޯބިން އެކީ…4

naaya Level 1
August 16, 2014 2 Mins Read
5 Comments

މުޅި ދުވަހު ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވާލުމައްޓަކައި ބަދިގެ އަށް ވަދެ ކޮފީތައްޓެއް ތައްޔާރުކޮށްލީމެެވެ.ކޮޓަރީގައި ފޯނު ބާއްވާފައި އާދެވުނު ހަނދާން ވުމުން ކޮފީތަށި ހިފައިގެން ކޮޓަރިއަށް މިސްރާބު ޖެހީމެވެ. ގޭގައި އިތުރު މީހަކު ނޫޅޭތީ ވެ މުޅީތަނަށް ވެރިވެފައި އޮތީ ހަމަހިމޭން ކަމެވެ. އަހަންނަށް ހަފަރާތް ހިސާބަށް ނަޒަރު ހިންގާލެވުނެވެ. ގަހެއްގެ ފަތެއް ހާ ހިސާބު ވެސް ގުޑިލާތަނެއް ނުފެނެއެވެ. އަހަރެންގެ ދިރި އުޅުމަށް އައިސްފައި މިވާ ހަމަހިމޭން ކަމުގައި އެތަކެތި ވެސް ބައިވެރިވާ ފަދައެވެ.

“މައި….” އައިޝްގޮވާލި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ.

“ސާބަހޭ މިއީ މަށޭ… ހީކުރީ ފުރޭތައެއްކަމަށް ދޯ..؟!” އައިޝްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” މަހީކުރީ ފަތިސް ހަނދުވަރުން ޖިނާ އައީކަމަށް…..ހިނގާކޮފީ ބޯން…” އެކުވެރިޔާ އާއި ދިމާވަމުން އަހަރެންގެ ހިތަށް ލިބިފައިވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.

“މަމިއައީ ކޮފީ ބޯކަށްނޫން…މަށަށް ދޭން ބުނި ވާހަކަތަށް ބަލައި…”

ކޮޓަރީގެ ދޮރު އަހަރެން ހުޅުވާލުމާއެކު އައިޝް ފުންމައިގެންގޮސް އެނދުމައްޗަށް ޖެހުނެވެ. ބަލާކަށްނެތި ސައިޑުކަބަޑު މަތީ އޮތް ވާހަކަނަގައިގެން ކިޔަން އިށީނެވެ.

“މިވާހަކައިގެ ބައެއްގަނޑުތަށް މަދު…” އައިޝް އެހެންބުނުމުން އަހަރެންގެ ހަނދާނަށް އައީ ކުރީރެއެވެ. އަތުން ދޫވެގެން ވާހަކަވެއްޓި ހުރިހާ ގަނޑެއް ވިއްސިވިހާލި ވިހަނދާނެވެ.

“ތިހެން ބުނީމަ ހަނދާންމިވީ ކުރީރޭގަ ތިފޮތް ކިޔަން އަހަރެންއިންދާ ވާހަކަ ބިންމައްޗަށް ވެއްޓުނު…ފަހަރެއްގަ ވެދާނެ ތިގަނޑު އެނދު ތަންދަށަށް ދިޔައީކަމަށް…” އަލަމާރީގައި ހެދުންތަށް އަޅުވަމުން އަހަރެން ބުނެލީމެވެ.

އެއާއެކު ވައިސޫރިއެއްހެންގޮސް ބުރުސް ހިފައިގެން އައިސް އެގަނޑު ފެނޭތޯ އައިޝް މަސައްކަތް ފެށިއެވެ. މިޒާޖުގައި މަޖާގޮތް ހުންނަ އައިޝްގެ އެފަދަ ހަރަކާތް ތަކުގެ ސަބަބުން އަހަންނަށް ހިނިތުންވުން ގެނުވައެވެ.

“ކޮބާ…މިތާނކު ނެތޭ ގަނޑެއް…” ކޮޅަށް ތެދުވެ ހިންދެމިލަމުން އައިޝް ބުނެލިއެވެ.

“ތިދެން ކޯއްޗެއް…” އައިޝްގެ އަތުގައި އޮތް ގަނޑަށް އިށާރާތް ކުރަމުން އަހަރެން އެހީމެވެ.

“ނޭގޭ…މިއީ މިތާއޮތް ސިޓީ އުރައެއް…”

އަހަންނާއި އައިޝް އާއި ވެގެން އެސީޓީއުރަ ކެނޑީމެވެ. އޭގެ ތެރޭގައި ވަނީ ދުވަސްވުމުގެ ސަބަބުން ކުލަ ބަދަލުވެފައިވާ ފޮޓޯ ތަކެކެވެ. ޒުވާން ރީތި އަންހެން ކުއްޖެކެވެ. ފަރިވެފައިވާ ފިނިފެން މަލެއްފަދައިން ޒީނަތްވެ ހެދުންއަޅައިގެން އިނދެ ނަގައިފައިވާ ފޮޓޯއެވެ. ދެންތިބި ފޮޓޯގައި ހަމައެ އަންހެންކުއްޖާ ކުޑަކުޑަ ކުއްޖަކު އުނގައްލައިގެން އިން ފޮޓޯ ތަކެވެ. ބަލާބެލުމަށް އެއަންހެން ކުއްޖާއަކީ އެތުއްތު ދަރިފުޅުގެ މަންމައެވެ.

” މީ ކޮން ބައެއް…؟ މައި ދަންނަ ބައެއްތަ..؟”

“ނޫން ، މީގެ ކުރިއަކުން ދުވަހަކުވެސް ނުދެކެން…!” ހަގީގަތުގއިވެސް މީގެ ކުރިޔަކުން އަހަންނެއް އެއަންހެން ކުއްޖާއެއް ނުދެކެމެވެ. އެފޮޓޯ ތަކެއްވެސް ނުދެކެމެވެ.

“އެހެން ވިއްޔާ ތިވާނީ މިގޭގަ ކުރިން އުޅުނު ބައެއްގެ އެއްޗަކަށް ކަންނޭގެ…”

އައިޝް އެހެންބުނުމުން އަހަރެންވެސް އެގޮތަށް ނިންމީމެވެ.

“ކީއްކުރާނީ …ބޭކާރުހާ އެއްޗިހި ފެނުނު އިރުވެސް ބޭނުންވި އެއްޗެއް ނުފެނުނު ވިއްޔާ…”

“ތިހާ ތުން ދިގު ކުރަންޏާ މާކަނައަކަށް ވެދާނެ…ތިގަނޑު ނުފެނުނަސް ތިތާ އެހެން ވާހަކަވެސް އެބަހުއްޓެއްނު…އެވަރުންވެސް މަދުވަންޏާ ، ބޭރުގަ ހުރި ފޮށިގަނޑުން ބޭނުން ފޮތެއް ގެންދޭ…”

“އައްދޭ..ހަގީގަތުގައިވެސް ކަމަނާގެ ގޭގައި ކުތުބު ޙާނާއެއް ދެއްތޯ…”

ހެމުން ހެމުން ނިކުމެގެން ދިޔަ ތާ ދެތިން މިނިންޓުވެސް ނުވަނީ އަނެއްކާވެސް އައިސް ވެނެވެ.

“މައި ބަލާބަލަ..ދެންމެ ފެނުނު ފޮޓޯތަށް ކަހަލަ ފޮޓޯ ތަކެއް … ހަމައެއް ބައެއް…”

“ތިއީ މިހާރު ކޮންތާކުން ހޯދިއެއްޗެއް…؟”

“އެފޮށިން ނެގި ވާހަކައެއްގެ ތެރެއިން ފެނުނީ…ބަލާބަލަ މިފޮޓޯގެ ކަނުގަ އެބައިން ކޮންމެވެސް އެއްޗެއް ލިޔެފަ..އެކަމު ވަރަށް ކިޔަން އުދަގޫ …”

އެތަނުން އެއްފޮޓޯ އައިޝް، އަހަރެންގެ އަތަށް ދިތްކޮއްލިއެވެ.

“މީގަ މިއިނީ “ހަތަރު މަސް” އެހެން…” ވަރަށް އުދަގުލުން އޭގައިވާ އެއްޗެއް ކިޔާލެވުނެވެ. ދުވަސް ވުމުގެ ސަބަބުން އެފޮޓޯ ތަކުގެ އޮމާންކަން ގެއްލި މުޅިން ހެންވަނީ ކުލަބަދަލުވެފައެވެ.

“ބަލަ މިފޮޓޯގަ މިއިނީ ‘ތިން މަސް’ ..” އައިޝް އަނެއްކާވެސް ފޮޓޯއެއް ދެއްކިއެވެ.

“އަހަންނަށް ހީވަނީ މިއީ މިތުއްތު ކުއްޖާއަށް ގެ ފޮޓޯ ކޮންމެ މަހަކު އެއްފަހަރު ނަގާފަ ރައްކާކޮއްފަ އޮތީހެން…”

“އޭ…ބަލަ ކުރީގެ މީހުންގެ ވެސް ތިކަހަލަ މޮޅެތި ޙިޔާލު ހުރޭތަ …ގައިމު މަށަށް އެނގިގެން ތިގޮތަށް ފޮޓޯ ނަގާ އުޅެނީ މިޒަނާނު މީހުން…” އައިޝް ފަސޭހަ ކަމާއެކު އަހަރެންގެ އަނގަ ބަންދުކުރިއެވެ.

“މައި ބުނީ މެއްނު އެފޮށިގަނޑުގަ ހުރީ ހުސް އަޔާގެ ވާހަކަ ފޮތޭ..އެހެންވީމަ މިވާނީ އަޔާގެ އާއިލާ މީހަކައްނު…”

“ތިހެންވެސް ވެދާނެ…އެކަމު އެފަދަ ޙާލަތެއްގައި ތިފޮޓޯތަށް ހަމަޔަށް ހޯދާފަ ރައްކާކުރުން އެއީ އަހަރެންގެ ޒިންމާެއެއްތާ…ހިނގާބަލަ ތިފޮށިގަނޑުން އިތުރު  ފޮޓޮއެއް ފެނޭތޯ ބަލަން…”

“ލައްބަ މަސާހިބާ…އަވަހަށް ހިނގާ…”

Share Article

Follow Me Written By

naaya

Level 1

Other Articles

Previous

އޯގާވީ ހިތަކުން…41

Next

އޯގާވީ ހިތަކުން…42

Next
August 17, 2014

އޯގާވީ ހިތަކުން…42

Previews
August 14, 2014

އޯގާވީ ހިތަކުން…41

5 Comments!

  1. mal says:
    August 16, 2014 at 10:24 pm

    V reethi…..ekamaku thankolheh kuree dhw….

  2. zaahi says:
    August 17, 2014 at 9:27 am

    very nice…. i read this part 10 times 🙂 :):):) aneh part kon irakun

  3. SHAFU says:
    August 21, 2014 at 9:46 pm

    EY EYNA HUSGE KID EH THA ?? 😛

  4. AMAAN says:
    August 25, 2014 at 11:55 am

    V SALHI. KEEP UP THE GOOD WORK

  5. mal says:
    August 27, 2014 at 4:06 pm

    Naaya kobaa aneh part, haadha lahey…..plx havahah up kohla dhehchey……bye..tc

Comments are closed.



All Right Reserved!