Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުޅެން އުމުރަށް ލޯބިން އެކީ…3

naaya Level 1
August 6, 2014 2 Mins Read
10 Comments

  ހެނދުނު ދިއުޓީ އަށް ދިޔުމަށް އަހަރެން ހޭލީ ހަތެއްޖެހިފަހުން ނެވެ. ފާޙާނާއަށްވަދެ ފެންވަރައިލައިގެން އަހަރެން ނިކުތްއިރު ފޯނުރިންގު ވަނީއެވެ. ބާރުހިނގުމެއްގައި އައިސް އަހަރެން ފޯނުނެގީމެވެ.

“ގުޑް މޯނިންގް” އަޔާޒްގެ އަޑު ކަންފަތުގައި ޖެހުމުން އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނެވެ.

“ރޭގަ ދެފަހަރަކު ގުޅިން …ނިދާފަ ދޯ…”

“އާ…މައި ގުޅިއިރު އޮތީ ނިދާފަ…” އަޔާޒްގެ އަޑުގައި ވަނީ ނިދީގެ އަސަރެވެ.

“ޑިއުޓީ އަށްދާން..ރެޑީވަނީ…ފަހުން ގުޅާނަން އިނގޭ…!” އަޔާޒް އަށް އިތުރަށް ނިދުމަށް ވަގުތު ދިނުމަށާއި އެކީ އަހަރެން ފޯނު ކަނޑައި ލީމެވެ.

އެދުވަހު އަހަރެން ޑިއުޓީ ނިމިގެން ގެއަށް އައި މަގުމަތީ އެހެން ދުވަހާއި ހިލާފު ހާދިސާ އަކާއި ކުރިމަތި ވިއެވެ. ސިއްޙީ މަރުކަޒުން ނިކުތީއްސުރެން ފެށިގެން ފުރާވަރުގެ އަންހެންކުއްޖަކު އަހަންނަށް ފާރަލަމުން ދިޔައެވެ. އެކުއްޖާ އަހަރެން ފަހަތުން އަންނަމުން ދިޔަކަން އަހަންނަށް ޔަގީން ވިއިރު އަހަރެންހުރީ ގެއާއި ދިހަވަރަކަށް ފޫޓު ކައިރިއަށް އައިއްސައެވެ. ހަތަރުވަރަކަށް ފަހަރު އަހަރެން އެނބުރި ބަލައިލަމެވެ. އެއާއެކު އެކުއްޖާ އެންމެކައިރީ އެވަގުތަކު ފެންނަން ހުންނަ ދިމާލަކަށްވަދެ ފިލައެވެ. އެވަރުންވެސް އަހަރެން އެކުއްޖާދެކުނީމެވެ.

އަހަރެން ގެއަށްވަދެ ދޮރާށިލެއްޕުމަށް ފަހު ދެތިން މިނިންޓު މަޑުކޮއްލީމެވެ. އެއަށްފަހު އަނެއްކާވެސް ދޮރޯށި ހުޅުވާލީމެވެ. އޭރު އެތާގައި އެއްވެސް ކުއްޖަކުނެތެވެ. އަހަރެން މަގަށް ނިކުމެ ދެކޮޅުހޯދާވެސް ބެލީމެވެ. އެކަކުވެސް ނެތެވެ. އަހަންނަށް ޖިއްސުންކޮއްލަން އެކުއްޖާ ކޮއްލިކަމެއްކަމަށް ނިންމަމުން އަހަރެން ހަމަޖެހިލީމެވެ. އެއަށް ފަހު އެނބުރި ގެއަށްވަދެ ދޮރޯށި ރަނގަޅަށް ތަންޑުއެޅުވީމެވެ.

ދެންއަހަންނާއި ކުރިމަތިވީ ރަނގަޅު އިމްތިޙާނެކެވެ. ދަބަސް ބަޔަކު ފޭރިގެން ދިޔުމުން ޕާސްޕޯޓާއި އެނޫންވެސް މުހިންމު ލިޔެކިޔުންތަށް ގެއްލި އަޔާޒްއަށް ރަށަށް އާދެވުން ލަސްވިއެވެ. ފުރަންއޮތް ދުވަހު ކުރިމަތިވި ހާދިސާގެ ސަބަބުން ދަތުރު މަދުވެގެންވެސް ހަފުތާއަކަށް ފަސްކުރަން ޖެހުނެވެ. އެހަބަރު ލިބުމުން އަހަންނަށް ލިބުނީ ފުންހިތާމައެކެވެ. ލޯބިވާ ފިރިމީހާ ދިގު މުއްދަތަކަށް ތިމާއާއި ދުރުގައި ވުމަށް އެދޭނެ އެއްވެސް ކުއްޖަކު ނުހުންނާނެކަން ގައިމެވެ. ކޮންމެއަކަސް އަހަރެމެންގެ މުސްތަޤުބަލް ފަހި ކުރުމަށް އެ އުދަގޫކަންތަކާވެސް އަހަރެން ކުރިމަތި ލީމެވެ. އެހެންވުމުން އިތުރު ހަފުތާއަކަށް އިންތިޒާރީ ދިގުވިޔަސް ކެތްތެރިކަން އަހަރެން އިސްކުރީމެވެ.

ޖެ ހިގެން އައިދުވަހު އަހަރެން ވަޒީފާއަށް ނިކުތީ އެހާ ދާހިތަކުން ނޫނެވެ. ފަހަރެއްގައި އަޔާޒްގެ އިންތިޒާރީ ދުވަމުން ދިޔުމުން ކަމަށްވެދާނެއެވެ. އެހެނަސް އެދުވަހުގެ ހާދިސާ އާދަޔާއި ހިލާފަށް އަހަރެންގެ ސިކުނޑިއާއި ކުޅެލިއެވެ.ކުރީދުވަހު އަހަރެން ފަހަތުން އައި ކުއްޖާއާއި  ދެވަނަ ދުވަހުވެސް އެކަން ތަކުރާރު ކުރިއެވެ. އެވަރުންވެސް އަހަރެން އެކަމަކާއި އަޅައެއްނުލަމެވެ. އެހެނަސް ތިންވަނަދުވަހު އެކަން ތަކުރާރުވުމުން ވިސްނަން މަޖުބޫރުވިއެވެ.އެންމެ ހައިރާން ކުރަނިވި ކަމަކަށްވީ އެކުއްޖާގެ ހަރަކާތްތަކަށް އެއްވެސް ބަދަލެއްނާންނަ ކަމެވެ. ކޮންމެ ދުވަހަކުވެސް ހަދަނީ އެއްގޮތަކަށެވެ. ހީވަނީ މީހަކު ޗާބީދީފައި ފޮނުވާ އޮޓޯ ބުދެއްހެންނެވެ. ބައެއްފަހަރު ހަށިފާރަވެރިއެއް ބާއޭވެސް ހީވެއެވެ.އަބަދުވެސް ސިއްހީމަރުކަޒުން އަހރެން  ނިކުންނަންދެން އިންތިޒާރުގައި ފާރުަކައިރީ ހުރެއެވެ. އަހަރެން ނިކުތުމުން ފަހަތުން ގެއާއި ހަމައަށް އާދެއެވެ. އެއަށްފަހު ދާނުދާ ތަނެއްނޭގި ގެއްލެއެވެ. ހަތަރުވަނައަށްވީ ދުވަހު އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ.ޑިއުޓީ ނިމިގެން ނިކުތްއިރު އާދައިގެ މަތިން އެދުވަހުވެސް އެކުއްޖާ މަގުގެ އަނެއްފަޅީގައި ހުރި ބިޔަނިކަގަސް ދޮށުގައި އިށީނދެ ލައިގެން އިނެވެ. ހީވަނީ އަހަރެންގެ އިންތިޒާރުގައި އިނީހެންނެވެ. އައިދުވަހު ބާރު ހިނގުމެއްގައި ނިކުމެގެންގޮސް އަހަރެން ހުއްޓުނީ ސީދާ އެކުއްޖާގެ ކުރިމައްޗަށެވެ.  އެއާއެކު އެކުއްޖާ ދުވެގޮސް އެތާއެންމެ ކައިރީ ހުރި ގޯޅި ތެރެއަށް ވަނެވެ. އަހަރެންވެސް އެކުއްޖާގެ ފަހަތުން ދުއްވައިގަތީމެވެ. އަހަންނަށް އެހާހިސާބަށް ދެވުނު އިރު އެކުއްޖާގެ އަސަރެއް ނެތްތާގައި އިންސާނެއްގެ ހިލަމެއްވެސް އެހިސާބަކުނެތެވެ. މާނޭވާ ލެވިފައިހުރުމުން އަހަރެން އެތާކައިރީ ހުރި ފާރަށް ލެނގިލީމެވެ. އެކުއްޖާގެ ސޫރަ އަހަރެންގެ ލޯކުރިމަތީ ސިފަވަމުން އޭރުވެސް ދިޔައެވެ. ބަލާބެލުމަށް އެއީ ސޯޅަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. މޫނުމަތީގައި ވަނީ މާސޫމިއްޔަތުކަމެވެ. އެދެލޮލުން ފެންނަނީ ބުނެދޭން ނޭގޭފަދަ ޖަޒުބާތު ތަކެކެވެ. މުސީބާތަކުން ސަލާމަތް ނުނެވިގެން އުޅޭކަހަލައެވެ. ދުއްވައިގަތް ގޮތުން ހީވީ ބިރުވެރި ފުރޭތައެއް ފެނިގެން ދިޔަހެންނެވެ. ހަމަގައިމުވެސް އަހަންނަކީ ފުރޭތައެއް ނުންތާއެވެ. ދެން އެހެންވީއިރު އެގޮތަށް ކަންތަށް ކުރަންވީ ސަބަބު އަހަންނަކަށް ނުވިސްނުނެވެ.

އެރޭގެ ވަގުތެވެ. އަހަރެން ހުރީ ކޮޓަރި ތޭރޭ ދެކޮޅަށް ކުރުކާލި ކަނޑާލަ ކަނޑާލައެވެ. އަހަރެންގެ ބޯވަނީ އޭރު މުޅިން ހާސްވާން ފަށާފައެވެ.

“އެއީ ކޮންކުއްޖެއްތަ…؟ ކީއްވެ އަހަންނަށް އެވަރަށް ފާރަލަނީ….؟ ދުވަހަކުވެސް މީގެ ކުރިއަކުން މިރަށަކުން ނުދެކެން…؟ އަނެއްކާ އެއުމުރުގެ ކުއްޖަކު..އަމުދުން އަންހެންކުއްޖަކު އަހަންނަށް ފާރަލާންވީ ކީއްވެ…؟ އެކުއްޖާ އަހަރެން ފެނުމުން ދުއްވައިގަތީ ކީއްވެބާ؟..އަހަންނާއި އެކުއްޖާއާއި ދެމެދުގައި ގުޅުމެއްވަނީބާ…؟އެއީ އަނެއްކާ ކޮންގުޅުމެއް..؟”

ދުލުން ބޭރުނުވިޔަސް އަހަރެންގެ ސިކުނޑި ފުރިަފައިވަނީ ސުވާލުމާކު ތަކުންނެވެ.

އެރޭ އަހަރެންގެ ސިކުނޑި އެކޮޅުކޮޅުން ޖެހެން މަޖުބޫރުވާފަދަ  އެހެން ހާދިސާއެއްވެސް ދިމާވިއެވެ.

Share Article

Follow Me Written By

naaya

Level 1

Other Articles

Previous

ލަހެއްނުވެއެވެ! 3 (ފަހުބައި)

Next

ކަފުނަށް މި ހިތް އަދި ނުލާކަން ޔަގީން…5

Next
August 8, 2014

ކަފުނަށް މި ހިތް އަދި ނުލާކަން ޔަގީން…5

Previews
August 6, 2014

ލަހެއްނުވެއެވެ! 3 (ފަހުބައި)

10 Comments!

  1. shaph says:
    August 6, 2014 at 10:53 pm

    alhe haadha kurey .. but nice mi part wes . plxx up ASAP

  2. shaph says:
    August 7, 2014 at 6:50 am

    mi partvx v reethi. v kiyaa hiyywaakahala waahaka eh. and please next time thankolheh dhigu koh genes dhehchey

  3. naaya says:
    August 7, 2014 at 8:50 am

    thnks shaph … nd i willl try my best make othr parts olso intrestin and some what long

  4. faathun says:
    August 7, 2014 at 9:43 pm

    Reethi 😉

  5. athi says:
    August 8, 2014 at 9:12 pm

    vvvvv reethi bt maa kurey next part thahn kolhe dhgu kohlah chey

  6. mish says:
    August 9, 2014 at 10:25 am

    vvvvvv salhi mi part ves…….ekam thankolheh kury mi prt….. nxt prt dhigu kohfa avahah genes dheychey

  7. inu says:
    August 9, 2014 at 11:45 am

    dhn hiy hama jehea .. ekm ves dhn faharakun rangalhu kolaathi

  8. shaph says:
    August 9, 2014 at 6:27 pm

    waitinggg

  9. M says:
    August 9, 2014 at 8:22 pm

    MEESHAM

  10. lady says:
    September 3, 2014 at 12:32 am

    Mivarun vaahaka up nukuran veenu. . Month eh vanee mihaaru. . Varah foohi vey! !!!!.

Comments are closed.



All Right Reserved!